ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ/މިހާރު
04 ޖޫން 2023 - 15:56
ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފްގެ ޝަރީއަތް އަންނަ ބުދަ ދުވަހު ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލައި އަދި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުރި ހުކުމް އިސްތިއުނާފް ކުރަން އެ މަނިކުފާނު ފަރާތްޕުޅުން އޮތީ ހުށަހަޅުއްވައިފަ އެވެ.
އެ މައްސަލައިގެ ޝަރީއަތް އަންނަ ބުދަ ދުވަހު ފަށަން ހަމަޖައްސާފައިވާކަން ހައި ކޯޓުން ކަށަވަރު ކޮށްދިނެވެ.
ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމަށްފަހު، އެ މައްސަލާގައި އެމަނިކުފާނު ލޯންޑާ ކުރެއްވި 52 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ކުރިން އަމުރެއް ނެރުނެވެ. ނަމަވެސް އެ އަމުރު ހައި ކޯޓުން ފަހުން ވަނީ ބާތިލްކޮށްފަ އެވެ.
ޖަލު ހުކުމާ އެކު، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ޔާމީނަށް މިވަގުތު ވަނީ ބަންދުވެފަ އެވެ. އެހެން ނަމަވެސް ހައި ކޯޓުން އެމަނިކުފާނުގެ ޖަލު ހުކުމް ބާތިލްކޮށްފިނަމަ އެ ފުރުސަތު އަލުން ލިބިވަޑައިގަންނަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެއްވ
05 June 2023
ވައްކަންކުރުން ޙަލާލު އެކަމުގެ ހުކުމް ޙަރާމް ވާ ގޮތެއްނުވިސްނުނު
ޢަރުތަ
04 June 2023
ޙަރާމް ހުކުމްވެސް އިސްތިއުނާފު ކުރޭތަ، ކޮންޒާތެއްގެ ބޯނުބައި ބައެއްތަ މީއަޅެ.
ހަމަވ
04 June 2023
އެކައުންޓް ފުރާ ޑޮލަރު ޖަމާކުރުމުންވެސް އެއީ ވެސް ހަމަ މައުސޫމް ކަމުންތޯ؟
އަންނަނީ އަންނަނީ
04 June 2023
ޕޕމ އިން ޑރ މުހައްމަދު މުއިއްޒު ނެރެ ކެމްޕޭން ފަށަންވީ ކޮން ޔަގީންކަމެއް އޮތީ ރައީސް ޔާމީން މިނިވަން ވާނެ ކަމުގެ. އަރާލާ ބިމުން ނޫރު ފަތިހުގެ އުޖާލާ މި ޕާޓީގެ ކުރިމަގު ގެ ބެބުޅުން އޮތީތާ #މުއިއްޒު 2023 އިންޝާ ﷲ # މި ފަހަރު ޔަގީން #އެންމެ ފުރަތަމަ ގައުމު
ތޯމަސް
04 June 2023
ދީނާ މަގެ ގައުމާ މަގެ އަމްނާ ނުކުޅެއްޗޭ ތާރީޚު ބަލާ އެނގިތިބެ ޣައްދާރު ނުވައްޗޭ... އިންޝާ ﷲ މިފަހަރު ރައީސް ޔާމީން
ޢަރުތަ
04 June 2023
2018 ގަ ރ ޔާމީނު ނުހޮވީވެސް ކަމެއް ވެގެން، އެސަބަބު އޮތީ އޮތް ގޮތަށް ބަދަލެއް ނާދެ، އަދިވެސް ކަމުން ރެކިގެން ބޯދަމައިގަންނަން މަސައްކަތް ކުރަނީ މައުސޫމު މީހަކަށް ހެދިގެން، އެކަމަކު ރައްޔިތުން ދެނަހުރި ކިހާވަރެއްގެ ހިޔަޅު މީހެއްކަން ޔާމީނަކީ، ދެން ފުރުސަތު ދިނަސް އެވަރު އަރުވާލާނެކަން ރައްޔިތުން ދެނަހުރި، އެހެންވީމަ ޔާމީނަށް ބުނެވޭނީ ހަމަ ސޮރީއޭ.
ގމރދވހނ
04 June 2023
2023 އިބޫ ފަސޭހަ ކަމާއެކު ނަގާނެ.. އެހެނީ ގުރައިދޫ ދާއިރާގެ އިންތިޚާބުގައި ރައްޔިތުން ވަނީ ބޮޑު ކުރި ޓެކްސް އާއި އަންނަނީ އަންނަނީ ގެ ވައުދުތަކަށް އާއެކޭ ބުނެފަ. ޔޯގާ ޖައްސާ ޖޭ ހިންދު ގޮވުމަށް އާއެކޭ ބުނެފަ..މޯދީ ދަށުވެ އަޅުވެތި ވުމަށް އާއެކޭ ބުނެފަ... ސިނަމާލެ ބުރިޖާއި ދަރުމަވަންތަ ހޮސްޕިޓަލްގެ ތަރައްޤީ އަށް ނޫނެކޭ ބުނެފަ.. 2023 އެއްބުރުން ރައީސް އިބޫ ކާމިޔާބުކުރާނެ
ޢަރުތަ
04 June 2023
ރ ޔާމީނަކީ ދެވަނަ ފުރުސަތެއް ދޭން ހަމަ ހެޔޮވާވަރުގެ އިންސާނެއް ނޫން، ޔާމީނުގެ ފަސްއަހަރުގެ ވެރިކަމުގަ ހިންގި ބިޔަބޮޑު މަޝްރޫޢުތަކަށް އެކަނި ނަޒަރު ހިންގާލައިގެން ނުފުދޭނެ، ހިންގާފަ ހުރި ބޮޑެތި ޖަރީމާތައްވެސް ހަނދާނުގަ އަބަދު ބަހައްޓަން އެބަޖެހޭ، އެހެން ވީމަ ޔާމީނު ނޫން ކޮންމެ މީހަކަށްވެސް މަމެން ވޯޓުލާން ފަސް ނުޖެހޭނަން.
ކަތްދައްތަ
04 June 2023
ވައްކަން ކޮންގެންތޯ ނޫނީ ކަންވަށްކޮށްގެންތޯ މިއުޅެނީ. ވައްކަން ކޮށްގެން ޖަލަށްލީމާ އިންސާފެއްނުލިބެޔޯ. ވައްކަންކޮށްގެން ދޫކޮށްލީމަވެސް އިންސާފެއް ނުލިބެޔޯ. ދެން އިންސާފަކީ ކޮބާހޭ؟
ޢަރުތަ
04 June 2023
އިންސާފަކީ ރ ޔާމީނަށް ވެސް 2023ގެ ރިޔާސީ އިންތިކާބަށް ކުރިމަތި ނުލެވުން، ވަރަށް ގިނަ މީހުން ހުރަގޭގަ ބައިތިއްބައިގެން 2018ގެ ރިޔާސި އއިންތިޚާބު ބޭއްވީ، އެހެންވީމަ ރ ޔާމީނަށްވެސް އެބަޖެހޭ ފިލާވަޅެއް ދޭން.
ތެދު ހަގީގަތް
04 June 2023
އަސްލު ޔާންޓެ މިނިވަން ވެގެން ފައިދާ ވާނީ ރއސ އިބްރާހީމް އަށް.. ނަމަވެސް މިކަން ނުވިސްނެނި
ޢަރުތަ
04 June 2023
ފައިދާ ވުމަށްވުރެ ބޮޑަށް ވިސްނަންވީ 2023 ގެ ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުސަތު ނުލިބޭނެ ގޮތަކަށް ކަންކަން ވެގެން ދިއުންތާ، އެއީތާ އިންސާފަކީ.
ރޯސް
04 June 2023
އަންތަރީސްވާނެ ހުޅުމާލެ ބޮޑު ވީ ވަރުން. ރަންވޭ ހުޅުލޭ ދެކުނަށް ބިޔަވެގެން ދިޔަ ގޮތުން. ފަންސަވީހަށް ދަރުމަވަންތަ އުފުލާ ލުމުން. އިންޝާ ﷲ ތަރައްޤީ ގެ ބާނީ ގެ ހެޔޮ ވެރިކަމެއް އަލުން ދެކިލުމުގެ ފުރުސަތު ލިބޭނެ. ރައީސް ޔާމީން 2023
ޢަރުތަ
04 June 2023
ރޯސް ތިބުނި ހުރިހާ ކަމެއް ތިހެން ހުރީމަ ރައްޔިތުން އަންތަރީސް ވެގެން 2018ގަވެސް ރ ޔާމީނަށް ނޫނެކޭ ބުނީ، އެބޭޅާގެ މައުސޫމު ކަންހުރިވަރު ރައްޔިތުންނަށް އިހުސާސު ކުރެވުނީ ތޯއްޗެ.
ދީދި
04 June 2023
ބާޒާރުގައި ތަކެތީގެ އަގުބޮޑުވިޔަސް ތުރުކީ ރައްޔިތުން އުރުދުޣާނަށް ވޯޓުދިނީ ގައުމިއްޔަތަށްޓަކައި. ބޮޑެތިބާރުތަކަށް ބޯނުލަނބާ ބައެއްގެއަޅުވެތިކަމަށްނުގޮސް އަމިއްލަފައިމައްޗަށްތެދުވެ ހަށިފޮޅާލާ ގައުމުގެ ހައިބަތު ދުނިޔެއަށް ދައްކައިދިނީތީވެ. ކުރިއަށް ދިވެހިގައުމު ކިޔައިގެން މިރާއްޖެދަނީ ފަހަތަށް އަޅުވެތިކަމަށް.