މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވާހަކަ ދައްކަވަނީ: އޭނާ އެކަމާ ގުޅޭ ހުރިހާ ޑޮކިއުމަންޓްތަކެއް މަޖިލީހާ ވެސް ހިއްސާކޮށްފައިވާނެ ކަމަށް.-- ފޮޓޯ: ރައީސް އޮފީސް
08 ޖޫން 2023 - 14:06
ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށު އަރާ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލަ ބަލަމުންދަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ 241 ކޮމިޓީން އެދިއްޖެ ނަމަ އެ ކޮމިޓީއަށް ދޭނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ހަފްތާގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން ވިދާޅުވީ ދެ ގައުމުގެ ދޭތެރޭ ހިނގާ އެފަދަ މުއާމަލާތްތައް އަބަދުވެސް އޮންނާނީ ސިއްރުކޮށް ކަމަށެވެ.
"ރައީސް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ 241 ކޮމެޓީން އެދިއްޖެ ނަމަ ކޮމެޓީއަށް ސިޓީ ހިއްސާ ކުރައްވާނެ. މިއީ ސިއްރިޔާތުގައި ހިނގާ ކަންކަމެއް ނޫން. ރާއްޖެއިން ހުށަހެޅީ ޑޮކިއުމަންޓްތައް ވެސް އިޓޮލޮސްގެ ވެބްސައިޓުގައި ވެސް ހުންނާނެ ފެންނަން،" މިއުވާން ވިދާޅުވި އެވެ.
"ބަންޑާރަ ނައިބުގެ އޮފީހުން ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް، ކުރެވިފައި ހުރި މަސައްކަތުގެ ކަންކަން ރައްޔިތުންނަށް އޮޅުން ފިލުވައިދިނުމަށް މަސައްކަތްތައް ދަނީ ކުރަމުން. އެ މަސައްކަތްތައް ވެސް ހުންނާނެ ފެންނަން،"
އިމުގެ މައްސަލާގައި ސަރުކާރުން ކަންކަން ސިއްރުކުރާ ކަމަށް ބުނަނީ ސިޔާސީ ވާހަކަ ދައްކައި އޮޅުވާލަން ކަމަށް މިއުވާން ވިދާޅުވި އެވެ.
ރައީސް މޮރިޝަސްއަށް ފޮނުއްވި ސިޓީފުޅު ހޯދުމަށް މަޖިލީހުގައި ހިމެނޭ އިދިކޮޅު ބައެއް މެމްބަރުން އިއްޔެ ރައީސް އޮފީހަށް ވަޑައިގަތެވެ. އޭތެރޭގައި ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނާއި ޑިމޮކްރަޓްސްގެ މެމްބަރުންގެ އިތުރުން އެމްއެންޕީގެ މެމްބަރުން ވެސް ހިމެނެ އެވެ.
ރައީސް އޮފީހުން އޭރު ވެސް ބުނެފައި ވަނީ ސިޓީ ހިއްސާ ކުރެވޭނީ މަޖިލީހުގެ 241 ކޮމެޓީއާ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފާސްކުރުމަށް ފަހު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ ރައީސް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ކޮމިޓީން ހޯދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާބެ.
11 June 2023
ޓައިމް އަޕްވާން ވ.ކާރިވެއްޖެ ވިސްނާ ފިކުރުކުރޭ ، ވަ.ގޮތްގޮތައް ވާހަކަދެއްކިއްޖެ ތިޔަވާހަކަ ކޯޓުގަ ދައްކާއިރު ޔިޔަގޮތައް ދައްކަން ތައްޔާރައް ހުންނަންޖެހޭ އަދި ތިޔައީ ސީދާ ރައީސުލް ޖުމްހޫރިއްޔާގެ ލަފާތޯވެސ އެބަޖެހޭ ސާފުވަން ޖަރނަލިސްޓުން މިކަންކުރިމައް ގިވާލަން
ޔަހުޔާ12
09 June 2023
241 ކޮމިޓީއަކީ ކޮބާތަ؟ ނޫސް ކިޔާ މީހުންނައް ތިލަ ކޮއްދީބަލަ..
ސިޓީ ކައުންސިލް
08 June 2023
މުއިއްޒު ޕީޕީއެމް އާއްމު މެމްބަރުންކައިރީގަ މިހާރުކިޔަނީ މުއިއްޒު ރައީސްކަމަށްނަގަން ޕީޕީއެމުންނާ ޔާމީނު ވަނީ ނިންމާފަޔޯ. އިބޫ މުއިއްޒު ޖަލައްލާފާނެތީއޯ އަދި އިޢުލާންނުކޮށްތިބީ..
ރަދީފު ބިން ރަފައިދާ
08 June 2023
އަނެއްކާ އެޑިޓުކޮށްފައެއްނޫން ދޭނީކީ.
ބޮޑުމީހާ
08 June 2023
ސިޓީއަކަށްވުރެ މުހިންމުކަންކަން މިގައުމުގައި ނެތީބާ! އާސަންދަ ހުސްވެގެން ބޭސްފަރުވާއަށް ސަލާންޖަހާ މީހުންގެ މައްސަލަތައް ހައްލުކުރުން މަސައްކަތްކުރުން މާއައުލާކަންބޮޑު
ކަތްދައްތަ
08 June 2023
"ދެ ގައުމުގެ ދޭތެރޭ ހިނގާ އެފަދަ މުއާމަލާތްތައް އަބަދުވެސް އޮންނާނީ ސިއްރުކޮށް" މީ އަންތަރީސްވާ ޒާތުގެ ވާހަކައެއް. 5 އަހަރު ދުވަހަށް އަންނަ ސިޔާސީ މީހަކު ގައުމުގެ ސަރަހައްދާ ސިއްރުން ކުޅެވޭނެކަމަށް ތިޔަ ބުނެވެނީ. އެހެނެއް އެކަމެއް ނުވާނެ. ސިއްރުކުރެވޭނީ ދޭދޭ ގައުމުތަކުގައި ހިނގާ ސިޔާސީ ޑިޕްލޮމެޓިކް އިމްތިޔާޒު ލިބޭ ކަންކަން. ގައުމުގެ ސަރަހައްދާ ކުޅެ ކުޑަކޮށް ބަޔަކަށްދީ ހެދުމަކީ ރައީސަކަށް ކުރެވޭނެކަމެއްނޫން. ގައުމަށް ގައްދާރުނުވެވޭނެ.
1206
08 June 2023
ދިވެހި ރައްޔިތުންނޭ. ނަމަ ނަމަ އިބޫ ސޯލިހުގެ ސަރުކާރަށް ވޯޓު ނެދޭތި. މި ހާރު ވެސް އެ ހުރީ ނުފޯރާ ފޮތިން ފޫގަޅާފަ. ބަކީ ރިޒާވްގައި ހުރީ ދޮޅު މަހުގެ ބަނޑު ހަނޑޫ. ލައިގެން ކާން ހުރީ މަގޫ ފަތް. ޑޮލަރު 17 އިން މަތީގައި. ކުރިއަށް އޮތް ލާ ޖަންގިޔަލުން ވެސް ޓެކުސް ނަގައިފާނެ. ވެރިކަން ލިބިއްޖެއްޔާ އަންނަ ދައުރުގައި ހިފި ނުހުންނާނެ. ހެޔޮ ނުވާނެ. ރޮއެ އާދޭސްކޮށްފައި މިބުނީ. މަގުމަތީ ހޭރޭ ބުޅަލަކަށް ދޭން ޖެހުނަސް އިބޫ ސޯލިހުގެ ސަރުކާރަކަށް ވޯޓު ނުދޭތި.
ގެދޮރު ނެތް މާލޭމީހާ
08 June 2023
ބިނާކުރަނިވި ގޮތަކަށް މަސައްކަތްކުރާ އިދިކޮޅު ޕާޓީއެއް އޮތްނަމަ ހާދަހާ ތަފާތެއް ފެނުނީހެވެ.
1206
08 June 2023
ދީފައި އޮތް ކަމަށް ބުނާ ސިޓީތަ މިއީ. މިއީ ސުވާލެއް އުފެދެންޖެހޭ ކަމަކަށް ވެސް ނުވިތަ މި ލިޔުނު މީހާޔަށް؟ ރޯމާ ދުވާލު ތިޔަހާ ފިތުނަވެރިވެގެން އުޅުނީމާ ކިރުތުނބުން ނުވީއްލޭ ދަރިއަށް ވެސް އެނގޭނެ ވިކިގެން ތިބެކަން ތިޔަ ލިޔަނީ.
ރީނދޫސަންގު
08 June 2023
ވެރިކަމަށް މީހަކު ހޮވާފައި ހުންނަނީ ފަސް އަހަރަށް. ދެން އެމީހާ ގާނޫނު އަސާސީ އާ ގާނޫނުތަކާ ޚިލާފް ނުވާނަމަ ވެރިކަން ކުރިއަދީ. ކަމު ނުދާނަމަ މަޖިލީސް މެދުވެރިކޮށް ގާނޫނީ ހަމަތަކުން ވަކި ކުރޭ. އަހަރެމެން ކޮންމެ މީހަކު ބުނާ ގޮތަކަށް ވެރިކަން ކުރެވޭނެ މީހެއް ނުހުންނާނެ. އެހެން ނަމަ ގިނަ މީހުން އެކަމަށް ކުރިމަތިލާނެތާ. ފުރުސަތު އެންމެނަށްވެސް އެބަ އޮތް.