އާދަމް ޝަރީފް ހައްޔަރުކޮށް، ފުލުހުންގެ ވެހިކަލަށް އަރުވާފައި.---ފޮޓޯ: ޕީޕީއެމް
13 ޖޫން 2023 - 23:59
އިދިކޮޅު ޕީޕީއެމް/ ޕީއެންސީން މިރޭ ބޭއްވި އިހުތިޖާޖުގެ ތެރެއިން، ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ހައްޔަރުކޮށްފި އެވެ.
އެކަމާ ގުޅިގެން ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ކުރިމަތިވާ ތަކުލީފާއި އެ މަނިކުފާނަށް ދެމުންދާ އަނިޔާތަކާ ދެކޮޅަށް ސުލްހަވެރިކަމާ އެކު، ބޭއްވި އިހުތިޖާޖުގެ ބައިވެރިން އަނިޔާވެރިކޮށް ހައްޔަރުކުރާ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
ޕީޕީއެމުން ބުނީ އިހުތިޖާޖުގެ ތެރެއަށް އެއްވެސް އިންޒާރެއް ދިނުމެއް ނެތި ޕެޕާ ސްޕްރޭ ޖެހުމާއި ބައިވެރިންގެ ތެރެއަށް ފުލުހުން ވަދެގަތުމާއި އަނިޔާވާ ގޮތަށް މީހުން ހައްޔަރުކުރުމުގެ އިތުރުން ގަސްދުގައި އަނިޔާކުރާކަން ފާހަގަކުރެވޭ ކަމަށެވެ.
އަދި މިރޭގެ އިހުތިޖާޖުގައި ވެސް ފިރިހެން ފުލުހުން، އެއްވުމުގެ ބައިވެރިންގެ ތެރެއަށް ވަދެ، އަންހެނުންގެ ގައިގައި ހިފައިގެން ހައްޔަރުކުރަމުންދިޔަ މަންޒަރާއި ނޫސްވެރިންގެ ވާޖިބަށް ހުރަސް އަޅައި ފުރައްސާރަކުރި މަންޒަރު ފެނިފައިވާ ކަމަށް ޕީޕީއެމުން ބުންޏެވެ.
އެ ޕާޓީން ބުނި ގޮތުގައި ސުލްހަވެރިކަމާ އެކު، އަޑުއުފުލަމުން ގެންވަނިކޮށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހައްޔަރުކުރީ ވެސް އެއްވެސް އިންޒާރެއް ނެތި ކުއްލިއަކަށެވެ. އިހުތިޖާޖުގެ ބައިވެރިންގެ ޝުއޫރުތައް ލިޔެފައިޥާ ބޯޑުތަކާއި ދިދަތަކުގެ އިތުރުން ހުއްދަ ނަގައިގެން އިހުތިޖާޖުގައި ބޭނުންކުރަމުން ގެންދާ ޕިކަޕްގެ ސައުންޑް ސިސްޓަމް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ޕިކަޕް ގެންދިޔައިރު، ޕިކަޕްގައިވާ އަގުބޮޑު ސާމާނަށް ގެއްލުންވާ ގޮތަށް އަމަލުކުރި ކަމަށް ވެސް އިދިކޮޅުން ބުންޏެވެ.
ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޯޑަރު ދެއްވިޔަސް ގާނޫނާ ހިލާފު ނުވުމަށާއި ގާނޫނީ އިމުގެ ތެރެއިން އަމަލުކުރުމަށް ފުލުހުންނަށް ގޮވާލައިފަ އެވެ. އަދި އާދަމް ޝަރީފާއި އިހުތިޖާޖުން ހައްޔަރުކުރި އެހެން މީހުން ދޫކޮށްލުމަށް ވެސް ގޮވައިލި އެވެ.
މިރޭގެ އެއްވުމުން ހައްޔަރުކުރި މީހުންގެ އަަދަދު ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރުސީ
14 June 2023
އޭނަ ހައްޔަރުކުރާއިރު ވަރަށް ވިސްނަންޖެހޭނެ. ދަތްދޮޅި ދުއްވާލަފާނެ.
ސެންކޯސަރީ
14 June 2023
މިގައުމުގާ ދޮތްދޮޅިދުއްވާލެވޭފެންވަރުގެ ދެމީހުންއުޅޭނީ. އެއީ މިބޭޅާއާ އެބޭޅާ.
ލައްޓި
14 June 2023
ދެން ތިއާދަނު ދޫނުކުރާތި. ހުސް ބޯގޯސްވާހަކަދައްކަނީ.
1828
14 June 2023
އެހެން ދޫނުކޮށް ހިފެހެއްޓޭނެ ތަ؟
މިސްޓަރ ޓިނޭ
14 June 2023
އެއްވަންޏާ ހައްޖަށް ދާންވީނު ،??????ޕަކާސް
ފޯޅަވަހިބޮޑުވަޒީރު
14 June 2023
ރ ޔާމީނުގެ ވެރިކަމުގަ ފުލުހުންގެ އަމަލުތައް ހުރި ގޮތަށްވެރު 1 ލެވެލް ދަށް..
ޢަރުތަ
14 June 2023
މިރޭގެ އެއްވުމުގަ ފުލުހުންގެ ހަރަކާތްތައް ތިހުރީ ހަމަ މީގެ ކުރިންވެސް ރ ޔާމީނުގެ ވެރިކަމުގަ ފުލުހުންގެ އަމަލުތައް ހުރި ގޮތަށް އާކަމެއް ނުފެނެ، އެހެންވީމަ ތީ އެއްވެސް މައްސަލައެއް ނޫން، އަބަދުވެސް އިދިކޮޅުގަ އޮންނަ ޕާޓީއަށް ވެރިކަމަށް އާދެވޭނީ ތިހުރިހާ ރަހައެއް ތަޖުރިބާ ކުރެވިގެން، އެހެން ނޫނީ މިއަކަށް ޑިމެކްރަސީ އެއް ނުކިއޭނެ.
1828
14 June 2023
އަހަރެން ޔާމީންނަށް ނޫނެކޭ ބުނެފައި އިބްރާހީމް މުޙައްމަދު ސޯލިހަށް ވޯޓްދިނީ ޔާމީންގެ ސަރުކާރުގައި ގޯސްކޮށްކުރިކަންކަން ތަކުރާރުކުރާކަށްނޫން. ބްރާހީމް މުޙައްމަދު ސޯލިހަށް ވޯޓްދިނީ ޔާމީން ސަރުކާރުގައި ރަނގަޅަށްކޮފައިވާކަންކަން އެގޮތުގައި ކުރިއަށް ގެންދިއުމާއެކު، ޔާމީން ގޯސްކޮށްފައިވާކަންކަން ނުކުރާނެކަމަށްބުނެ ވައުދުވީމައި. ކުރީ ސަރުކާރުގައި ގޯސްކޮށް ކޮށްފައިވާކަންކަން، މިސަރުކާރުން ކުރާނަމަ ދެން ސަރުކާރެއް ބަދަލުކުރުމުގެ އެއްވެސް ބޭނުމެއްނެތް.
އަލީރާޖާ
14 June 2023
ޔާމީނު ވިދާޅުވޭނު މިސްކިތުގަ ނަމާދަށް ހުއްޓާއެއް ނޫނޭ ހައްޔަރު ކުރަނީދޯ؟
1828
14 June 2023
ބަލަ ޔާމީންގެ ސަރުކާރު ގޯސްވެގެންނޭ މިސަރުކާރު ރައްޔިތުން ގެނައީ؟ ޔާމީންގެ ސަރުކާރުގައި ގޯސްކޮށް ކޮށްފައިވާކަންކަން ތަކުރާރު ކުރާކަށްނޫނޭ އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ގެނައީ.
ސަސި
14 June 2023
ޔާމީނުގެ އަނބިމީހާއާ ދަރިންނާ އާއިލާގެ މީހުން ނުކުރާ މަސައްކަތް އާދަނު ކުރަނީ ކޮންކަމަކާ؟ ކިތަންމެ ވަރެއް ކުރިޔަސް ޓިކެޓް ދޭކަށް ޔާމީނު އެއްބަހެއް ނުވާނެ