ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން މަހްލޫފް ކޯޓުން ނުކުމެވަޑައިގަންނަވަނީ. މަހްލޫފްގެ އިސްތިއުނާފް ޝަރީއަތްތައް ނުބާއްވާތީ އާއިލާއިން ވަނީ ކަންބޮޑުވެފައި. - ފޮޓޯ: މިހާރު
28 ޖެނުއަރީ 2017 - 15:17
ޖަލަށް ލާފައިވާ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފްގެ މައްޗަށް އިއްވި ދެ ހުކުމްގެ އިސްތިއުނާފް ޝަރީއަތްތައް ނުބާއްވާތީ އާއިލާއިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) މިއަދު ވިދާޅުވި ގޮތުގައި މަހްލޫފްގެ މައްޗަށް އިއްވި ހަ މަސް ދުވަހުގެ ޖަލު ހުކުމް މި މަހުގެ 17 ތަންފީޒުވެ ނިމުނުކަން ކަރެކްޝަނަލް ސާވިސް އިން އަންގާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ އިސްތިއުނާފްގެ އަޑުއެހުންތައް ނުފެށުމަކީ މަހްލޫފަށް އިންސާފު ހޯދަން ކުރާ މަސައްކަތުގައި ލިބުނު ހުރަހެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އިސްތިއުނާފް ޝަރީއަތްތައް ކުރިއަށް ނުދާތީ ކަންބޮޑުވޭ، އެއްވެސް ސަބަބެއް ވެސް އަންގާފައެއް ނެތް އެ މައްސަލަ ކުރިއަށް ނުގޮސް މަޑުޖެހިފައި އޮތީ ކީއްވެގެން ކަން،" ނަޒޫ ވިދާޅުވި އެވެ.
މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވެންނެވިކަމާއި ފުލުހުންގެ ބަންދުގައި ހުންނެވިއިރު ފުލުހުންގެ ވެހިކަލަށް އަރުއްވަން ދެކޮޅު ހައްދަވައި، ފިލަން އުޅުއްވި ކަން ސާބިތުވެ، ވަކިވަކިން އިއްވި ދެ ހުކުމުގައި، މަހްލޫފް ޖަލަށް ލީ 10 މަސް ދުވަހާއި 24 ދުވަހަށެވެ. މަހްލޫފް މިހާރު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކުރި ހުކުމެވެ.
ނަޒޫ ވިދާޅުވި ގޮތުގައި މަހްލޫފް ހުކުމް ތަންފީޒުކޮށް ނިމޭ ތާރީހު ކަރެކްޝަނަލް ސާވިސްއިން ވަނީ އޮޅުވާލައިފަ އެވެ. މިއީ މަހްލޫފްގެ ހައްގަށް އަރައިގަތުން ކަމަށް ވެސް ނަޒޫ ވިދާޅުވި އެވެ.
"މަހްލޫފްގެ ހުކުމް ތަންފީޒުކޮށް ނިމޭނެ އަންނަ ޖޫން ތިނެއްގައި. އެކަމަކު ފޯމުގައި އިނީ ޖޫން ހައެއް ކަމަށް، އެމީހުން (ކަރެކްޝަނަލް ސާވިސް) އިން ބަލަނީ ފެބްރުއަރީއަކީ 31 މަހެއް ކަމަށް،" އޭނާ ވިދާޅުވި އެވެ.
ނަޒޫ ވިދާޅުވީ ގާނޫނާ ހިލާފަށް ތިން ދުވަސް އިތުރު ކުރި މައްސަލަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ.
މަހުލޫފްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ދެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި ވާއިރު، އެ މައްސަލައިގެ ޝަރީއަތް އަދި ނުފަށަ އެވެ.
މަހުލޫފްގެ މައްޗަަށް ހުކުމްކޮށްފައިވާ ގޮތާ މެދު އިންޓަ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށް، ޖަލުގައި ހުރެ އޭނާގެ ސިއްހީ ހާލަތު ގޯސްވަމުން ދާތީ، ގޭބަންދަށް ބަދަލު ކުރުމަށް އެ ޖަމިއްޔާ އާއި މަހްލޫފްގެ އާއިލާއިން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ. މަހްލޫފް ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އިންޑިއާގައި ފަރުވާ ހޯއްދަވައިފި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަބޭސް
29 January 2017
ކިހެނެެއްތިވަރުން އިންސާފުލިބުނުކަމަށް ޤަބޫލުކުރާނީ
ޕާޕާ
29 January 2017
އެކޮއި ނަޒޫ ޖަލު ހުކުމް ތަންފީޛުކުރުމުގައި ދުވަސް އޮޅުވާލީމަ އެމައްސަލަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގައި ޖެއްސިއަކަސް ވާނެ މޮޅެއް ނޯންނާނެ. އެކޮމިޝަންގެ މެންޑޭޓް ތެރޭގައި ހިމެނޭ ކަމެއްނޫން މޯލްޑިވްސް ކަރެކްޝަން ސަރވިސް ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުވުމަކީ.
އަލި
28 January 2017
ބާކީ 4 މަސްދުވަހު ﷲ ދުޢާކޮށް ކެތްތެރިކަން ދެއްވާތޯ ދެންނެވުމުގައި ވަގުތު ހެޔޮ ގޮތުގައި ބޭނުން ކުރުން ނޫން ގޮތެއްނެތް.
ރައްޔިތުމީހާ
28 January 2017
މާތް ﷲ ރަޙްމަތަށް އުއްމީދުކޯށް ލޯބިކުރާ މުޢުމިނުންނޭ، ﷲ އަށް ބިރުވެތި ނުވާ ހަމަޔާއި އިންސާފުން އެއްކިބާވެ ޤާނޫނެއް ޤަވައިދެން ހަމައެއް ބެލުމެންނުވާ އިންޒަތާއި ފުލެޓާއި މުސާރަޔާއި ހަދިޔާއަށް އެދޭ ދުނިޔޭގެ އިއްޒަތަށް އާޙިރަތް ދޫކޮށްލާ ބައެއްގެ ފުށުން އޮންސާފެއް ނުފެންނާނެ.........
އަލީ
28 January 2017
ހުރިހާ މުއައްސަސާތައް ގުޅިގެން ދޮގުހެކިދީގެން ޖަލަށްލާފަ ދެން އަޅާލާނެކަމަކަށް ނުފެެނޭ ކޮންމެ މީހަކަށްވެސް އެނގޭނީ އެމީހަކަށް ނުހައްގުން އަދަބެއްދިނީމާ އެކަކަށްވެސް އެކަމެއް ރަނގަޅެއްނުވާނެ އެމީހެއްގެ އާއިލާގެ މީހަކު ވަކިމީހަކު ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު ޖަލަށްލާބަލަ އެމީހަކަށް ތަމެން މަމެން ކިޔަން އިނދެވޭތޯ ބަލަން
ހައްގު
29 January 2017
ގޭގަ އިނދެގެން ކޮމެންޓް ކުރީމަ ނިމުނީ އެއް ނޫން!
ބަލްކު އެންޑް ބަލަކް
28 January 2017
ސާބަހޭ މަހޭ. ބާރަށް ހަޅޭއްލާ.
ދަގަދެން
28 January 2017
މަޚްލޫފުގެ ހުކުމް ތަންފީޒުވެފައި އިސްތިއުނާފުގެ ޝަރީއަތް ނުބާއްވާނަމަ ދެން ތަމެން ދަގަ ސްޕްރީމް ކޯޓަށް ދޯ. ދެން ދަގަ ބައިނަލް އަގްވާމީ ކޯޓް ދަ ހޭގް އަށް ދޯ. އެއިރުން ތިޔާ ކަންކަމަށް ފަރުވާ ލިބެން ހުށި ކަމެވެ.
ޢަބްދުﷲނާފިޒު
28 January 2017
ދަގަދެން ދާންވީނު ރައްޔިތުންގެ ތިޖޫރިއަށް އެރެން، އެކަމަކާ ހެދި ތިތިބެނީ ބޫތު ކައިފަ ވިއްޔަ.