އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އެތަނުގައި ތިބި ބަޔަކު ފުރަތަމަ އެހީ ދެނީ: އޭނާއަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގައި.-- ފޮޓޯ: އެކްސިޑެންޓް އެމްވީ
18 ޖޫން 2023 - 10:30
މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާޅޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހި، އެ އެކްސިޑެންޓް ހިނގީ ހުޅުމާލެ 2 ގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަމުން އަންނަ "އަމަން އުދަރެސް" ފްލެޓްތައް ކައިރީގަ އެވެ.
އަނިޔާވި އުމުރުން 19 އަހަރުގެ ދިވެހި ޒުވާނާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ހުޅުމާލޭ ހޮސްޕިޓަލުގަ އެވެ. ނަމަވެސް ގދ. ތިނަދޫ އެ ޒުވާނާ އަށް މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ.
އެ ހޮސްޕިޓަލުން ބުނީ އެ ޒުވާނާ އަށް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށެވެ. ނަމަވެސް އޭނާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުބުނެ އެވެ.
އެކްސިޑެންޓްވި ދުވަހު ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯތަކުން ފެންނަ ގޮތުގައި، އެ މީހާގެ އަތް އޮތީ ވަރަށް ބޮޑަށް މަށައިގެން ގޮސްފަ އެވެ. އޭނާގެ ސައިކަލު ބަހުގައި ޖެހި، ބަހުގެ ބިއްލޫރިގަނޑެއް ވެސް ހުރީ ވަރަށް ބޮޑަށް ތަޅައިގެން ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަލަންތިބޭ
20 June 2023
އޯވަރ ޓޭކްކުރާއިރު ޚާއްސަކޮށް ސައިކަލް ދުއްވާ މީހުން ވިސްނަންޖެހޭކަމެއް ، ބަހުގައި ވަށައިގެން ލޯގަޑު ހުރިކަމުގައި ވިއަސް ، ޑްރައިވަރަށް ނުފެންނަ "ބްލައިން ސްޕޮޓެއް" އިންނަކަން ...
ރާޖާ ކަންނަންނޫރު ޖިއޫން.
18 June 2023
އަރަބި ލަފްޒް ކޮޅު ބުނެލާހިތުން ކެއްމަދުވެފަ މިހިރީ. އަންގާލައްޗޭ ބުނަންވީމަ، މަބޭނުން އެންމެ ފުރަތަމަ އެ ލަފްޒް ކޮޅު ބުނާ މީހުންގެ ތެރޭގައި ވާން.
ޔޫއާނ
18 June 2023
ބަހެއްގެ ބިއްލޫރިގަނޑު ބަހުގެ އަރިމަތީގައި އެއްޗަކުން ޖެހި ތަޅައިގެން ދާނީ ވަރަށް ބާރަށް ޖެހިގެން. އެވަރުގެ އިމްޕެކްޓެއް އަންނަ އިރު ބަހުގައި ޖެހޭ ވެހިކަލަށް ބޮޑުވަރުވާނީ. ބަހަށް އަރައި ދަތުރެއްކޮށްލީމަ އަސްލު އެނގޭނެ މީހުން ނުބަލާ ބަހާއި ކައިރިން އޯވާރޓޭކް ކުރާ ވަރު. ޑްރައިވަރުންގެ ހުށިޔާރުކަމުން ބަޔަކަށް ނޭގުނަސް އެހެންމީހުންގެ ފުރާނަ ސަލާމަތްކޮށްފައި އެމީހުން ދަތުރު އެކުރަނީ.
އިސްމާލި
18 June 2023
ބަހަށް އަރައިގެން ދަތުރުކޮށްލީމައި އެނގެނީ ސައިކަލުތަކުގެ ދުއްޕާން. އެއެއް މިއެއް ނުބަލާ ކައިރިން އަރައިގެން ދަނީ. މަގަކަށް ލަނބާލާއިރު އެ ދޭތެރެއިންވެސް އަރަނީ. ހުރަސްކުރާ މީހުންނަށްވެސް ހީވަނީ ކިތަންމެ ޓްރެފިކް ގިނަޔަސް ހުރަސް ރޮނގަށް އެރީމައި އެންމެން ކުއްލިއަކަށް ހުއްޓި މިމީހުންގެ ކެޓްވޯކް ބަލަންވީ އޭ. އެހެން ގައުމުތަކުގައި ޕަބްލިކް ޓްރާންސްޕޯޓަކީ އިސްކަން ދެވޭ އުޅަނދުތައް. މިތާ އެހެނެއްނޫން. ބަސްތަކަށް ޖެހޭނެ އެހެން އެއްޗެތި ޖާގަ ދޭން.
ކަމެއްނެތް
18 June 2023
މީހުންނަށް ގޯސް ވާނީ ބަސް. އެކަމު އެ އުމުރުގެ ކުދިން ބަހަށް ތަންނުދީ އަވަހަށް ކުރި އަރައިގެން ދާތަން އެތައް ފަހަރަކު ފެނޭ. ބޮޑު ބަހެއް ސަިއކަލެއް ފެންނަ އިރަކަށް ހުއްޓުމަކީ އުނދަގޫވާނެ ކަމެއް.