ރިޕޯޓް / ފިނޭންސް މިނިސްޓްރީ

ކޮންޓްރެކްޓަރުންގެ ބިލްތަކަށް ފައިސާ ލިބުން ތާށިވެފައި

ކޮންސްޓްރަކްޝަން ސައިޓެއްގައި ބިދޭސީންތަކެއް މަސައްކަތް ކުރަނީ: ކުދި އަދި މެދު ފަންތީގެ ކުންފުނިތަކަށް ސަރުކާރުން ލިބެން ޖެހޭ ފައިސާ ނުލިބޭކަމުގެ ޝަކުވާ ބޮޑު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަރުކާރުގެ އެކި ޕްރޮޖްކެޓްތައް ހިންގާ ކުންފުނިތަކުން ކުރާ އެންމެ ބޮޑު ޝަކުވާއަކީ ފައިސާ ލިބެން ޖެހޭ މުއްދަތަށް ނުލިބުމެވެ. އޭގެ ސަބަބުން މަސައްކަތްތައް ނުނިމި ދިގުލައިގެން ދިއުމާއި ކޮންޓްރެކްޓަރުންނަށް ކްރެޑިޓަށް މުދާ ދޫކުރުން ފިހަރާތަކުން ހުއްޓާލުމުން ލިބޭ ގެއްލުންތައް ބޮޑެވެ.

ކޮންޓްރެކްޓަރުންނަށް ގަވައިދުން ޕޭމަންޓްތައް ލިބެމުން ނުދިއުމަކީ ހަމައެކަނި މި ސަރުކާރުގައި ދިމާވެގެން އުޅޭ މައްސަލައެއް ނޫނެވެ. މި އުނދަގޫތަކާ ހެދި ބައެއް ކުންފުނިތައް ބަނގުރޫޓުވެ، ހުއްޓާލަން ވެސް ޖެހުނެވެ.

ފައިސާގެ މައްސަލައަށް ހައްލެއް ހޯދަން ބައެއް ކުންފުނިތަކުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކުރި ނަމަވެސް ހައްލެއް ނުލިބެނީ ސަރުކާރުގެ ކޭޝްފްލޯ ދަށްވުމުންނެވެ.

ކޮންޓްރެކްޓަރުން ގިނަ ޕްރޮޖްކެޓްތައް ހިންގަނީ އެކި ތަންތަނުން ކްރެޑިޓަށް މުދާ ނަގައިގެންނެވެ. އެ ފައިސާ ދައްކަން އޮންނަ މުއްދަތަށް ނުދައްކާ ނަމަ އޭގެ ގެއްލުން އެ ވިޔަފާރިވެރިންނަށް ވެސް ކުރެ އެވެ. ބައެއް ފިހާރަތަކަށް އެތައް މިލިއަން ރުފިޔާ ނުލިބި އެބަ ހުއްޓެވެ.

މާލޭގައި ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން ސާމާނާއި ހާޑްވެއާ ވިއްކާ ކުންފުންޏެއްގެ ވެރިއަކު ވިދާޅުވީ ބައެއް ކުންފުނިތަކުން ފައިސާ ދައްކަން އޮންނަ މުއްދަތަށް ނުދައްކައިގެން ކްރެޑިޓަށް މުދާ ދޫކުރުން ހުއްޓާލާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވެސް ވަކި ވަރަކަށް ކްރެޑިޓަށް މުދާ ދޫކުރެވޭނީ. ބައެއް ކުންފުނިތަކުން އެބަހުރި އެތައް ލައްކަ ރުފިޔާ ނުލިބި ހައެއްކަ މަސް ވެފައި. އެ ފައިސާ ނުލިބުނީމަ އަޅުގަނޑުމެންނަށް ވެސް މުދާ އެތެރެކުރަން ދަތިތަކެއް އެބަ ދިމާވޭ،" އޭނާ ވިދާޅުވި އެވެ.

ފައިސާ ނުލިބި އެތައް މަހެއް

ސަރުކާރުގެ ޕްރޮޖެކްޓްތައް ހިންގާ މެދު ފަންތީގެ ކޮންސްޓްރަކްޝަން ކުންފުންޏެއްގެ ވެރިޔަކު ވިދާޅުވީ އެ ކުންފުނިން ހިންގި ހައުސިން އަދި އެޑިއުކޭޝަންގެ ޕްރެކްޓްތަކެއްގެ ފައިސާ ނުލިބި މިހާރު ވެސް ތިން މަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނާ މަސައްކަތް ހަވާލުކުރާއިރު އޮވޭ އެއްބަސްވުމުގައި މަސައްކަތް ނިންމާތާ އެއް މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކާނެ ކަމަށް. އެކަމަކު ތިން މަސް އަދި ހަތަރު މަސް ވެގެންދާއިރު ޕޭމަންޓް ނުލިބުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ބައެއް ކުންފުނިތަކުން ބުނި ގޮތުގައި ސަރުކާރުން ލިބެން ޖެހޭ ޕޭމަންޓްތައް ނުލިބިގެން ޓެކްސް ނުދެއްކޭތީ ބައެއް ފަހަރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެކަައުންޓްތައް ފްރީޒްކޮށްފައިވެ އެވެ. އަދި އޭގެ އިތުރުން މުވައްޒަފުންނަށް މުސާރަ ނުދެވި އެތައް މަހެއް ހޭދަވުން ފަދަ އެތައް މައްސަލައެއް ކުރިމަތިވާކަން ވެސް ކޮންޓްރެކްޓަރުން ފާހަގަކުރެ އެވެ.

"ޓެކްސް ދައްކަން ޖެހޭ މުއްދަތުގައި ނުދެއްކުމުން މީރާއިން އެބަ އާދޭ އެ ފައިސާ ހޯދަން. އަނެއްކޮޅުން މުވައްޒަފުން މި ތިބެނީ މުސާރަ ކިރިޔާ ލަސްވިޔަސް ކާލާ ހިސާބުގައި. މުދާ ކްރެޑިޓަށް ނަގާ ފިހާރަތަކުން އެ ފައިސާ ހޯދަން ފަހަތުން ދުވޭ. އަޅުގަނޑުމެން ކަހަލަ އާދައިގެ ކުދި ކުންފުނިތަކަށް އެންމެ ޕޭމަންޓެއް ލަސްވިޔަސް ހެދޭނެ އިތުރު ގޮތެއް ނޯންނާނެ،" މެދު ފަންތީގެ ކުންފުންޏަކުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

އިމާރާތެއް ތަޅާލުމުގެ މަސައްކަތުގައި ބިދޭސީންތަކެއް ހަރަކާތްތެރިވަނީ: ބައެއް ކޮންސްޓްރަކްޝަން ކުންފުނިތަކަށް ފައިސާ ނުލިބޭތީ ދަރަނިވެރިވުމުގެ ބިރު ބޮޑު .-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވީ ސަރުކާރާއި ކުންފުނިތަކުން ލިބެން ޖެހޭ ޕޭމަންޓްތައް ލަސްވަނީ އާއްމުކޮށް ކޮންމެ އަހަރެއްގެ މެދެއްހާ ހިސާބުން ފެށިގެން ކަމަށެވެ.

"މިދިޔަ އަހަރު ވެސް މި މައްސަލަ [ފައިސާ ނުލިބޭ މައްސަލަ] ދިމާވި. ކުރިން ފިނޭންސްއަށް ބިލްކުރާތާ ހަތް ދުވަސް ތެރޭގައި އެމްއެމްއޭއަށް ޗެކް ފޮނުވާ. މިހާރު ދެތިން ހަފުތާ އެބަ ހޭދަވޭ އެކަމަށް ވެސް. އޭގެ ފަހުން އެމްއެމްއޭ އިން ކުންފުނިތަކަށް ޖަމާކޮށްދެނީ ވެސް ހަފުތާއެއްހާ ދުވަސް ފަހުން،" އޭނާ ވިދާޅުވި އެވެ.

ސަރުކާރާއި ބައެއް ކުންފުނިތަކުން އަތޮޅުތަކުގައި ހިންގާ ބައެއް ޕްރޮޖެކްޓްތަކުގެ މަސައްކަތްކުރާ ކުންފުންޏެއްގެ ވެރިއަކު ވިދާޅުވީ ފައިސާ ނުލިބުމުގެ މަައްސަލަ އެންމެ ބޮޑަށް ދިމާވަނީ ކުދި އަދި މެދު ފަންތީގެ ކުންފުނިތަކަށް ކަމަށެވެ.

"ވަރަށް ދަތިކޮށް ގިނަ ކުންފުނިތައް އުޅެނީ ޕޭމަންޓްތައް ނުލިބިގެން. ބައެއް ކުންފުނިތަކަށް ދެތިން ހަތަރު މިލިއަން ރުފިޔާ ނުދައްކާ އެބަ ހުރި. ބޮޑެތި ކުންފުނިތަކަށް ވެސް ޕޭމަންޓްތައް ނުލިބޭކަމުގެ ޝަކުވާގެ އަޑުއިވޭ. ނަމަވެސް އެ ކުންފުނިތަކަށް ދެތިން ޕޭމަންޓެއް ނުލިބި ހަތަރު މަސް ވިޔަސް މެނޭޖްކުރެވިދާނެ. އެކަމަކު އަޅުގަނޑުމެން ކަހަލަ ކުދި ކުންފުނިތަކަށް އެއީ ވަރަށް ބޮޑު މައްސަލައަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.

ފައިސާ ނުލިބޭތީ މަސައްކަތްތައް ހުއްޓިފައި

ސަރުކާރާއި ބައެއް ކުންފުނިތަކުގެ ޕްރޮޖެކްޓްތައް ހިންގާ އެހެން ކުންފުންޏެއްގެ ވެރިއަކު ވިދާޅުވީ ފެނަކަ ކަހަލަ ސަރުކާރުގެ ބައެއް ކުންފުނިތަކުން ދައްކަން ޖެހޭ ޕޭމަންޓްތައް ނުލިބިގެން ބައެއް މަސައްކަތްތައް ހުއްޓާލާފައިވާ ކަމަށެވެ.

"މީގެ އެންމެ ބޮޑު މައްސަލައަކީ ސަރުކާރުގައި ނެތް ފައިސާ އިން ޕްރޮޖެކްޓްތައް ހިންގުން. އެހެންވީމަ ފައިސާގެ ތާށިކަން ކުރިމަތިވަނީ. މި ހުރިހާ ކަމެއްގެ ތަކުލީފު އުފުލަން ޖެހެނީ އަޅުގަނޑުމެން ކަހަލަ ކުދި ކުންފުނިތައް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕޭމަންޓްތައް ނުލިބުމުގެ ސަބަބުން ބައެއް މައްސަލަތައް ކޯޓާ ހިސާބަށް ވެސް މިހާރު ގޮސްފައިވާ ކަމަށެވެ.

"ބައެއް ފަހަރު ޕޭމަންޓްތައް ނުލިބި ލަސްވީމަ ކްރެޑިޓަށް މުދާ ދޫކުރާ ފަރާތްތަކުން އެ ފައިސާ ހޯދަން ކޯޓަށް ވެސް ދޭ. އަދި އޭގެ އިތުރުން މުދާ އުފުލައިދޭ ދޯނި ފަހަރަށް ވެސް ދޭން ޖެހޭ ފައިސާ ނުލިބިގެން އެ މީހުން ވެސް ފަހަތުން ދުވޭ. މި ހުރިހާ މައްސަލައެއް ވެސް ކުރިމަތިވަނީ އަޅުގަނޑުމެންނަަށް. ފިނި ކޮޓަރީގައި ތިއްބަވާ ބޭފުޅުންނަށް މި މައްސަލަތަކެއް އެނގިވަޑައެއްނުގަންނަވާ،" އޭނާ ވިދާޅުވި އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން އެކި ރަށްރަށުގައި 500 އެއްހާ ޕްރޮޖެކްޓް ހިންގާފައިވެ އެވެ. މީގެ ތެރެއިން ގިނަ ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރީ ކުދި އަދި މެދު ފަންތީގެ ކުންފުނިތަކުންނެވެ. އާއްމުކޮށް ބޮޑެތި ކުންފުނިތަކާ ޕްރޮޖެކްޓްތައް ހަވާލުކުރި ބައެއް ފަހަރަށް އެ މަސައްކަތްތައް ކުރަނީ ކުދި ކުންފުނިތަކާ ސަބް ކޮންޓްރެކްޓަށް ދީގެންނެވެ.

ސަރުކާރުގެ ކުންފުންޏެއްގެ އިސް އޮފިޝަލަކު ވިދާޅުވީ ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތައް ނިމުމާ އެކު އެ ފައިސާ ހޯދަން ކުންފުނިތަކުން ބިލް ހުށަހަޅާ ކަމަށެވެ. ނަމަވެސް ފައިސާ ނުލިބި ލަސްވަނީ ފިނޭންސް މިނިސްޓްރީގައި އެކަން ނުނިމި ގިނަ ދުވަސްތަކެއް ހޭދަވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފިނޭންސުން ފައިސާ ޖަމާކުރަން ލަސްވެގެން ގިނަ ފަހަރު ޕޭމަންޓްތައް ނުލިބި ލަސްވަނީ. މީގެ ގިނަ ޕްރޮޖެކްޓްތައް މި ހިންގަނީ ޕްރޮޖެކްޓް ކުރިޔަށްދާ ވަރަކުން ފައިސާ ދައްކާ ގޮތަށް. އެއިން އެންމެ ޕޭމަންޓެއް ލަސްވިޔަސް ކުރިޔަށް ނުގެންދެވިގެން ހުއްޓާލަން ޖެހިފައި އެބަހުރި،" އެ އޮފިޝަލް ވިދާޅުވި އެވެ.

ސަރުކާރުގެ ޕްރޮޖެކްޓްތަކުން ކުދި އަދި މެދު ފަންތީގެ ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ނުލިބި ލަސްވާ ނަމަ އޭގެ ގެއްލުން ވަރަށް ގިނަ ބަޔަކަށް ފޯރަ އެވެ. ކުންފުނިތަކުން ވެސް ކުރާ ޝަކުވާ އަކީ އެއީ އެވެ.

15 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 15%
icon angry icon angry 81%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިޚްލާސް

30 January 2017

ފިނޭންސްއިން ބިލްތަކަށް ފައިސާ ދޫކުރުމުގައި ބޮޑެތި ކުންފުނިތަކާއި، ކުދި ކުންފުނިތައް ވަރަށް ބޮޑަށް ތަފާތު ކުރާކަން ފާހަގަކުރެވެއެވެ. އެއީ ބޮޑު ކުންފުންޏެއްގެ ބިލަކަށް ތިން ހަތަރު ދުވަސްތެރޭގައި ފައިސާދޫކުރާއިރު، ކުދި ކުންފުނިތަކުގެ ބިލްތަކަށް ފައިސާ ދޫކުރުމުގައި ގިނަދުވަސްވާކަން ފާހަގަކުރެވެއެވެ.

The name is already taken The name is available. Register?

ހާދާލު

30 January 2017

ހދ ހަނިމާދޫގައި ވެސް ބަޔަކައް ދޭންޖެހޭ 32500ރ ނުލިބިގެން އެކަމާ ގުޅޭ ވަޒީރު އިހައް ދުވަހު ރަށައް އައުމުން ލާރި ކޮޅު ވާހަކަ އަހާލީމަ ދެނެހުރި ކަމަކައްވެސް ނުހެދި......

The name is already taken The name is available. Register?

އަލީ

30 January 2017

ހެހެހެ އަރުވާޖަހާފަ ބޮޑެތި ޕްރޮޖެކްޓް ވާހަކަ ތަކުގެވާހަކަ ގޮވާތި! ލަދުން ބާހަލާކު!

The name is already taken The name is available. Register?

ހަސަން

30 January 2017

ނެތް އެއްޗެއް ކިހިނެއްތޯ ދޭނީ. ބޭރު ގައުމަކުން އެހީއެއް ކީއްކުރަން ލޯނުގަނޑެއްހާ ހީސާބުވެސް ލިބެނީކީނޫން. ހުރިހާ ގައުމުތަކާ މޫނު ކެނޑިފަ. ދެން އެތެރޭގަ ރައްޔިތުން އަތުގަ އޮތް އެއްޗެއް މިފެލަނީ އެކި ނަންނަމުގަ ޓެކުހާ ފީގެ ގޮތުގަ. ދެން އެއިން ރަށު އިސްކޫލުގަ ގާފޮޅެއް ރާނާލީމަ ކަލޭމެން ރައްޔިތުން ތިބެނީ ހަމަ ގުނބޯ ހެދިފަ.

The name is already taken The name is available. Register?

މުހައްމަދު

30 January 2017

މަސައްކަތް ދުވަހައް ނިންމީމާ ބަރާބަރަށް ފައިސާލިބެއެވެ. އަޅުގަނޑުމެންނަކަށް ފައިސާގެމައްސަލައެއް ދިމައެއްނުވޭ

The name is already taken The name is available. Register?

އަސްލު

30 January 2017

މިނިސްޓަރުގެ ނާޤާބިލްކަން މިފެންނަނީ

The name is already taken The name is available. Register?

ސޯޓު

30 January 2017

މިސަރުކާރު އައިފަހުން ދައުލަތަށް ލިބޭ ފައިސާއަށްވުރެ ކުރާހަރަދު ބޮޑުވެގެން އުޅެނީކީއްވެގެންތޯ ބަލާ ފިޔަވަޅު އަޅަންގޮވާލަން... ލޯނުނަގައިގެން ހަރަދު ފޫބައްދާތީ އެތައްތަނަކަށް ސަރުކާރު އޮތީ ދަރާފައި... ބަޖެޓަކީ ލިބޭ އާމްދަނީ އާއެއްވަރަށް ހަދަންޖެހޭ އެއްޗަކަށްވާތީ 27 ބިލިޔަންގެ ދަރަނި ބަޖެޓު ހެދި މީހުން ވަގުތުން ބޭރުކޮށް ގައުމު ހިންގުމަށް ތައުލީމީ ބައެއްގެ އަތްމައްޗަށް ގެންދިއުމަށް ގޮވާލަން... ޗައިނާގެ ލޯނުބުރިޖު ދައްކައިގެން ރައްޔިތުން އޮޅުވާލައިގެންތިބެ ކުރާކަމަކީ ހިޔާނާތްތައް ހިންގުން... މިކަމުގެ މިސާލަކީ އިއުލާނަކާ ނުލާ ރާއްޖޭގެ ރީތި ފަޅުތަކާ ރަށްތަ ނުއަގުގައި ބައެއްމީހުންގެ ފައިދާއަށް ވިއްކަމުންދާ ދިއުން... ބަދަލަކަށް އިންތިހާއަށް އެބަބޭނުންވާ ގައުމީ ސަލާމަތަށްޓަކައި...

The name is already taken The name is available. Register?

އަހުމަދު

30 January 2017

މުއްދަތައް ފައިސާ.ނުދައްކާނަމަ އިތުރުވާ ކޮންމެ ދުވަހަކަށް އިތުރަށް ފައިސާ ނަގާށެވެ. މުއްދަރައް ނުނިންމާނަމަ އިތުރަށް ފައިސާ ނަގައެވެ.

The name is already taken The name is available. Register?

އަހުމަދު

30 January 2017

2016 ޖަނަވަރީ ގަ ކުރި މަސަައްކަތެއްގެރުފިޔާ އަދިވެސް ނުލިބޭ. މަމިހިރީ މިއަދު ދަރަނިވެރިއަކަށވެފަ ސަރުކާރު ޕްރޮޖެކްޓެއް ނެގީމަ. މިސަރުކާރު މީ ރައްޔިތުންގެ ގޮހޮރު ދަމާ ނެރެގެން ހިންގާ ސަރުކާރެއް.

The name is already taken The name is available. Register?

ކޮލަމާފުށި

30 January 2017

ހުރިހާވެސް މައްސަލަޔަކީ ފައިސާނެތި ޕްރޮޖެކްޓްތައް ހިންގުން...ދައުލަަތަށް ލިބޭފައިސާ އިސްރާފްކުރަނީ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454