އެމެރިކާގެ މާލީ ވަޒީރު ބެއިޖިންގުގެ އެއާޕޯޓަށް ފައިބާ ވަޑައިގަންނަވަނީ -- ފޮޓޯ: އޭއެފްޕީ
07 ޖުލައި 2023 - 11:48
އިގްތިސާދީ ގޮތުން އެންމެ ބޮޑު ދެ ބާރުގެ ގޮތުގައި ބެލެވޭ ޗައިނާ އާއި އެމެރިކާއާ ދެމެދު ސިޔާސީ މައިދާނުގައި އުފެދިފައިވާ ދެބަސްވުންތަކުގެ ސަބަބުން ކުރިމަތިވާ އިގްތިސާދީ ގެއްލުންތައް ކުޑަކުރުމާ ގުޅޭ ގޮތުން އެމެރިކާގެ މާލީ ވަޒީރު ޖެނެޓް ޔެލެން ޗައިނާ އަށް ވަޑައިގެންފި އެވެ.
އަސްކަރީ ގޮތުންނާއި ސިޔާސީ ގޮތުން އަބަދުވެސް ބޮޑު ވާދަވެރިކަމެއް އޮންނަ މި ދެ ގައުމުގެ ދެމެދުގައި މަސްރަހު އިތުރަށް ގޯސްވީ، ޗައިނާ އިން ދެކޮޅު ހަދަމުން ދަނިކޮށް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނެންސީ ޕެލޯސީ، ތައިވާނަށް ވަޑައިގަތުމާ ގުޅިގެންނެވެ. އޮގަސްޓް 2022 ގައި ނެންސީ ތައިވާނަށް ވަޑައިގަތުމާ ގުޅިގެން، ޗައިނާ އިން ވަނީ އޭނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް ވެސް އަޅައިފަ އެވެ.
އެ މައްސަލައިގައި ޗައިނާ އިން ބުނެފައިވަނީ، ނެންސީގެ އެ އަމަލަކީ ޗައިނާ އިން ގެންގުޅޭ އެއް ޗައިނާ ސިޔާސަތަށް އެމެރިކާ އިން ކުރަމުން އައި ތާއީދު މުގުރައިލުމުގެ އަމަލެއް ކަމަށެވެ. އަދި މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި، ޗައިނާގެ ޖާސޫސީ ބިޔަ ފުއްޕާހަމެއް އެމެރިކާގެ ވައިގެ ސަރަހައްދަށް ވަދެ އުޅުނު މައްސަލައިގައި ވެސް ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.
އެމެރިކާގެ މާލީ ވަޒީރު ޗައިނާ އަށް ވަޑައިގެން އެ ގައުމުގެ އެމްބެސެޑަރާ ސަލާމް ކުރައްވަނީ -- ފޮޓޯ: އޭއެފްޕީ
މާލީ ވަޒީރު ޖެނެޓް ޗައިނާ އަށް ކުރައްވާ މި ދަތުރަކީ އެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރެވެ. އޭނާގެ މި ދަތުރުގައި މައިގަނޑު ގޮތެއްގައި ޗައިނާއާ އެކުގައި މަޝްވަރާ ކުރާނީ، ދެ ގައުމުގެ އިގްތިސާދީ ގުޅުން ރަނގަޅު ކުރުމަށާއި، ދެ ގައުމުގެ ދެމެދުގައި ކުރިން އޮތް މުވާސަލާތީ ގުޅުން އަލުން ބަދަހިކުރުމާ ބެހޭ ގޮތުންނެވެ.
އޭނާ ޗައިނާ އަށް ވަޑައިގަންނަވާނީ މިރޭގެ ވަގުތެއްގަ އެވެ. މި ދަތުރަށް މަގު ފަހިކުރުމުގެ ގޮތުން އިއްޔެ އޭނާ ވަނީ އެމެރިކާގައި ހުންނަވާ ޗައިނާގެ ސަފީރު ޝީ ފެންގްއާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފަ އެވެ.
މާލީ ވަޒީރުގެ ދަތުރާ ބެހޭ ގޮތުން ޗައިނާ ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ދެ ގައުމުގެ ގުޅުން މިހާރު އޮތް ހާލަތަށް ބަލާއިރު، މާލީ ވަޒީރުގެ މި ދަތުރުން މާ ބޮޑު އޮއްޓަރެއް ހާސިލުކުރެވޭނެ ކަމަކަށް ނުބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
18 July 2023
ބޮޑެތި ހަންގަނޑުގަނޑު ޗައިނާއަށް ގޮސްގެން ވާނެ ކަމެއް އެބަ އޮތްތަ؟
ޙަބީބު.
10 July 2023
މިވަގުތު ޗައިނާކުރަންވީ ކަމަކީ އަރަބި ގައުމުތަކުގެ ސައިންސްވެރިން ލައްވާ ނިޔުކުލިއަރ ހަތިޔާރު އުފައްދާ އެމެރިކާ ކުޑަކަކުލައް ތިރިކުރަންވީ
އަފްރާސިޔާބު
09 July 2023
މިވެސް ރަނގަޅަކަށް ނޫން ލިޔެގެން ތިއުޅެނީކީ. އަހަރެމެން ދުށިން ޗައިނާ އިން އެމެރިކާ ބުނިހާ ގޮތަކަށް މަސައްކަތް ކުރިތަން. އެމީހުން ނުކިއްސަރު ވާން ފެށީ ބުޝްގެ ދުވަސްވަރު. ބައްޕަ ބުޝް ދަތިކުރުމުގެ ފިޔަވަޅު ޗައިނާ ދެކޮޅަށް އަޅަމުން ދިޔައިރުވެސް ޗައިނާ އިސްކުރީ ޓްރޭޑް ޑިސްޕިއުޓް ވާހަކަ ދައްކައިގެން ހައްލު ކުރުމަށް. އެމެރިކާގެ ބޮޑާ ކަމާއި ގަދަފަދަ ކަން ދެއްކުމުގެ ނަތީޖާ އަކަށްވީ ޗައިނާ މަޑުމަޑުން އީރާނާ ގުޅުން ބަދަހި ކޮށް ދުރަށް ޖެހެން ފެށީ.
ސަންފާއްދީ
08 July 2023
މުސްކުޅި ހޮއްޑޮއްޑޯ އެއް ހަންގަޑު ބާރުދޫވެ ރޫޖެހި އެލިގެން ވެއްޓިފަ ދެފަރާތުން ވައިދުވެފަ. ފުއްޕާހަމެއް ޕަންޗަރު ވީމަ އޮއްނާނީ ކިހިނެތް އެލިފަ؟ 90 އަހަރުވީމަ ގައިގަ އިސްތައްޓެއް ނުހުއްނާނެ. ދެތިން ހުދުކުލާގެ ނުރަ ހުރެދާނެ ވަރައް ދިގު ވެފަ ލޮލް
ކޮރަލް
07 July 2023
އެމެރިކާ އިން ބޮޑެތި ކުންފުނި ތަކުގެ މަސައްކަތް އިންޑިޔާ އަށް ބަދަލު ކުރާތީ ޗައިނާ އިން އެމެރިކާ އާ ދެކޮޅަށް ދަތު ކުރުމުގެ ބައެއް ފިޔަވަޅު އަޅައިފި އެވެ. އޭެގެ ގެއްލުން އެމެރިކާ ގެ ބޮޑެތި ވިޔަފާރި ތަކަށް ކުރާނެތީ އެކަން ހައްލު ކުރާނެ ގޮތެއް ހޯދަނީ އެވެ.
އަފްރާސިޔާބު
09 July 2023
އިންޑިއާ އަށް ކިހިނެތް ޗައިނާ އާ ވާދަ ކުރެވޭނީ. އެމީހުން ނޫޅޭ އިންޑިއާ އަށް ޔޫ.އެސް.ގެ ކުންފުނިތައް ޝިފްޓްވާތީ އެކަމާ ކަންބޮޑުވެގެން. ޗައިނާ އިން މަސައްކަތް ކުރަނީ ޗައިނާގެ ކުންފުނިތަކާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލެވޭތޯ. އެކަމަކު ދުވަހެއް ދުވަކަށް އެމެރިކާގެ ބަލާބޮޑުވަމުން ދާތީ އެނޫން ގޮތެއް ހޯދީ. އިންޑިޔާގެ އާބާދީގެ ބޮޑުބަޔަކީ ޖާހިލުން. ކިހިނެއް ދެން ޗައިނާއާ ވާދަކުރެވޭނީ.
ޖުހާ.
07 July 2023
ޒުވާން ސަޅި އަންހެން ބިޓެއްގެ ފަހަތުން ފިރިހެނަކު ދުވާހެން އެމެރިކާގެ ވެރިން ޗައިނާ ފަހަތުން ދުވަނީ. ލަދުން ބޯ ހަލާކު. ދުނިޔޭގެ ބޮޑުބާރު ދިއަފެލި ހަންޓޯޓޯވަނީ. ޗައިނާގެ ރައީސްބުނީ އައިޑޯންޓް ލައިކޭ.