ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް: އެކްސިޑެންޓް މައްސަލަތަކުގައި ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށް ހީވުމަކީ ކުށް ހީއެއް ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ/މިހާރު
10 ޖުލައި 2023 - 13:25
އެކްސިޑެންޓްތަކުގައި މީހުންގެ ފުރާނަ އާއި މުދަލަށް ލިބޭ ގެއްލުންތަކަށް ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށް ހީވުމަކީ ކުށް ހީއެއް ކަމަށާއި މިހާރުގެ ސިޔާސަތަކީ އެފަދަ މައްސަލަތަކުގައި ދައުވާ ކުރުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ދާދިފަހުން މާލޭގައި ވަނީ ލައިސަންސް ނެތި ސައިކަލު ދުއްވަނިކޮށް މީހެއްގެ ގައިގައި ޖެހި ވަނީ ބޮޑެތި އަނިޔާތަކެއް ވެފަ އެވެ. އެކްސިޑެންޓުވި ސައިކަލު ދުއްވި މީހާ ފަހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް އޭނާގެ އަމިއްލަ ބްލޮގްގައި މިއަދު ލިޔުއްވާފައިވާ ގޮތުގައި، އެކްސިޑެންޓުގެ މައްސަލަތަކުގައި ކުށުގެ ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް ބައެއް މީހުންނަށް ހީވެފައި އޮތަސް، އެއީ ކުށް ހީއެއް ކަމަށެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މިހާރުގެ ސިޔާސަތަކީ ވެސް އެފަދަ މައްސަލަތަކުގައި ޖިނާއީ ދައުވާކުރުން ކަމަށާއި އެހެންވެ، އެފަދަ ބައެއް މައްސަލަތައް މިހާރު ވެސް ކޯޓުގައި ހިނގަމުންދާ ކަމަށް ޝަމީމް ލިޔުއްވާފައިވެ އެވެ.
"ދައުވާ ކުރުމުގެ ސިޔާސަތު އޮތީ ވެސް އެކްސިޑެންޓްވުމަކީ ޖިނާއީ ކުށެއް ކަމަށް ބެލުމަށެވެ." ޝަމީމް ލިޔުއްވާފައިވެ އެވެ.
ޝަމީމް ލިޔުއްވި ގޮތުގައި އެކްސިޑެންޓްވާ މީހާގެ އަތުގައި ލައިސަންސް ނެތް ނަމަ، އެއީ ގާނޫނުލް އުގޫބާތުގައި ބުނާ ފަދަ ފަރުވާ ކުޑަ އަމަލެއްގެ ދަރަޖައިން ދައުވާ ކުރެވޭނެ ކަމެކެވެ. އަދި ގަސްދުގައި ކުރި ކަމެއް ކަމުގެ ހެކި ހުރި ނަމަ، ގަސްދުގެ ދަރަޖައަށް މަތިކޮށް، އަދަބު ބޮޑު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލައިސަންސް ނެތް ނަމަ، އެއީ އޭގެ ޒާތުގައި ފަރުވާކުޑަ އަމަލެއް ކަމަށް ގާނޫނުލް އުގޫބާތު ގަބޫލު ކުރާތީ، ނިޔަތުގެ ދަރަޖައިގައި އޮތް ފަރުވާ ކުޑަ އަމަލު އެ މީހާގެ ކިބައިގައި ފުރިހަމަވާ ކަމަށް ބަލަން ޖެހެ އެވެ." ޝަމީމްގެ ލިޔުމުގައިވެ އެވެ.
އޭގައިވާ ގޮތުން އެކްސިޑެންޓެއްގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިގެން މަރުވެއްޖެ ނަމަ، ގާނޫނުލް އުގޫބާތުގެ ދަށުން ފަރުވާ ކުޑަ އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ދައުވާ ކުރެވޭނެ އެވެ. އަދި އެކްސިޑެންޓްތަކުގައި މީހުންނަށް ލިބޭ އަނިޔާތަކާ ގުޅިގެންނާއި އެކްސިޑެންޓްތަކުގައި މީހުންގެ މުދަލަށް ލިބޭ ގެއްލުންތަކާ ގުޅިގެން ވެސް ގާނޫނުލް އުގޫބާތުގެ ދަށުން ޖިނާއީ ދައުވާ ކުރެވޭނެ ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.
އަދުލުގެ ނިޒާމުގެ ބޭނުމަކީ ގެއްލުން ލިބޭ މީހުންނަށް އިންސާފު ހޯދައި ދިނުންކަން ފާހަގަ ކުރައްވައި، ޝަމީމް ލިޔުއްވާފައިވަނީ އެކްސިޑެންޓްވުމަކީ ކުށެއް ނޫން ކަމަށް ބެލުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެގޮތަށް ބަލާނަމަ، ގަސްދުގައި އެކްސިޑެންޓް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީބެ
12 July 2023
އެކްސިޑެންޓްތަކުގައި ދިވެހި ފުލުހުންގެ ހުރެގެން ތިކަންވާނީ. އަދި މަގުތަކަކީ އެކްސިޑެންޓްތަކާ ނުރައްޓެހި ތަންތަނަށް ހެދުމަށް އުޅޭނެބަޔަކުވެސް ތިބެގެން ވާނީ. މަގުޕްލޭންކުރުމާ ، ހެދުމާ، މަރާމާތުކުރުމާ ނިޝާންބޯޑު ބެހެއްޓުމާ ދެފަޅިވަކުރުމާ ކުލަލުމާއި މަގުމަތި ބަލަހައްޓާ ފުލުހުންއެކަށީގެންވާ އަދަދަށް ޑިއުޓީކުރުމާ އެތައްކަމެއް ފޭލްވެފަ މިހާރުއޮތީ.
ބަންޑާރަ ނައިބު
11 July 2023
މި އަޅެފަހެ ކާކުތަ.. ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް އަކީ މިސަރު ކާރުގެ ޕަޕެޓެއް
ކޮސްބޮލާ
11 July 2023
އޯގާތެރިކަމުގެ ނަމޫނާ ޕީޖީއަކު ދައްކާ ކަހަލަަ ވާހަކަތޯ މިދައްކަވަނީ؟؟ އަނެއްކާ ސިޔާސީ މީހަކާ ގުޅުމެެއްނެތް ވޯޓަށް އަސަރުކުރާނެ ފަދަ އާއިލާއެއް ނެތީމައި ހަމްދަރުދީވާން އޯގާތެރިކަންދޭން ނާންގަނީތޯ؟؟ ފައްތަވާ ފެނުގެ ކުޅިވަރުތަކާއި ރަށްޓެހި ޒުވާން ޕީޖީ އަހަރުމެން މިތިބީ ލައްކަ އުއްމީދުގައެވެ. ހަމްދަރުދީވާން ވާނެއެވެ.
ކަރާސީނު1
11 July 2023
މަނިކުފާނުގެ އޯގާތެރިކަން ޤާނޫނު އުގޫބާތަށް ވުރެ ފުޅާ ނޫންތޯ؟ ކުއްވެރިންނަށް އޯގާތެރި ޕީޖީ!!!
ކަންވާރު އިބްރާހީމް
11 July 2023
ކޮންމެހެން ޕަބްލިސިޓީ ހޯދަން ފާޑުފާޑުގެ ވާހަކަ ޕީޖީ ދައްކަވާނެ ކަމެއްނެތެވެ. ދައުލަތުގެ މުދަލުން މުށްޖަހާ ކެއީމައިވެސް ހަމްދަރުދީވާ އޯގާގެ ޤާނޫނެއް އޮތްކަމަށް ބުނާ ޕީޖީއަކީ ތިޔައީއެވެ. ދެން ކޮން ދައުވާއެއް ކުރައްވާ ވާހަކަތޯ ތިޔަ ދައްކަވަނީ؟؟
ކުޑާދަނު
10 July 2023
ލައިސަންސް ނެތް ނަމަ، އެއީ ގާނޫނުލް އުގޫބާތުގައި ބުނާ ފަދަ ފަރުވާ ކުޑަ އަމަލެއްތޯ ނުވަތަ އަމުރަށް ނުކިޔަމަންތެރި ވުމުގެ އަމަލެއްތޯއެވެ؟ މިހެން މިއަހާލީ ލައިސަންސް ނެތި ދުއްވައިގެން ނުވާނެކަން ވަރަށް ރަގަޅަށް ބަޔާން ކުރެވިފައި އޮތީމައެވެ.
އަޅީ
10 July 2023
ތިކަން އޮއްބާލަނީ ފުލުހުން. އބޭފުލހުން ބޭނުންވާ ގޮތަކައް ތިކަން ނިންމާލަނީ އަޅުގަޑު ތަޖުރިބާކުރިން.
ކޮވެލި
10 July 2023
ރަނގަޅު ނިންމުމެއް. ނުރައްކާތެރި ކޮށް ދުއްވުމަކީ ފުރާނައަށް ގެއްލުން ލިބޭފަދަ ކަމެއް. މިފަދަ ޙާލަތްތަކުގައި މަރުގެ ދަޢުވާ ކުރެވެންވާނެ.
ބޮޑުތަދު
10 July 2023
އެނގޭ ތިކަން. ދައުވާ ކުރާނީ ދަޢުވާ ކުރާނެ މީހަކަށް. ފަންސުރު ހިމަ ވުމާ ހެކި ނެތުމަކީ ދައުވާ ކުރަން ބޭނުންނުވާ މީހުންނަށް ހިނގާ ކަންކަން
މަރީ މުޝްތާގު
10 July 2023
މީނާއަށް ކީއްވެގެންތަ އަމިއްލަ ބުލޮގުގައި ރަސްމީ ވާހަކަ ލިޔެވެންވީ؟ އެއީ ވެސް ދައުވާކުރެވެންޖެހޭ ކޮރަޕްޝަންގެ ޢަމަލެއް.