ޔާމީން: ޖަލްސާއެއްގައި: އެމަނިކުފާނުގެ އިންތިހާބީ ހައްގުތައް ކަށަވަރުކޮށްދޭން އެދި ސުޕްރީމް ކޯޓަށް ވަނީ ދުސްތޫރީ މައްސަލައެއް ހުށަހަޅާފައި.
22 ޖުލައި 2023 - 21:47
މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ސާބިތުވެ، މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރުކޮށްދޭން އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ވަކީލުންގެ ޓީމުން މިރޭ ބުނެފި އެވެ.
ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވީ ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ޔާމީންގެ އެތައް އަސާސީ ހައްގުތަކަކާއި އިންތިހާބީ ހައްގުތަކަކަށް ހުރަސްއެޅިފައިވާ ކަމަށެވެ.
"އެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދާދި ދެންމެއަކު ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިން،" ޔާމީނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވި އެވެ.
ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ ކަމަށްވާ @ProgressPartyMV ގެ ރިޔާސީ ކެންޑިޑޭޓް ކަމުގައިވީހިނދު، ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިޢުނާފީ މައްސަލަތައް ނުނިމި…
— 𝗔𝗗𝗔𝗠 𝗦𝗛𝗔𝗠𝗘𝗘𝗠 (@AdamShameem) July 22, 2023
ޔާމީންގެ ފަރާތްޕުޅުން ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ވެއްދިއިރު އެމަނިކުފާނު އިންތިހާބުގައި ވާދަކުރެއްވުމުގެ ފޯމު ހުށަހެޅުމުގެ މަސައްކަތް ޕާޓީން އަންނަނީ ކުރަމުންނެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ އިން ފެށިގެން އަންނަ މަހުގެ ހަތަކަށް ހުޅުވާލާފައިވާ އިރު ޕީޕީއެމްގެ ކެންޑިޑޭޓަކީ ޔާމީން ކަމަށް އެ ޕާޓީން އަންނަނީ ބުނަމުންނެވެ.
އެކަމަކު ޖަލު ހުކުމެއް ތަންފީޒުކުރައްވާތީ އިންތިހާބަށް ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތު ޔާމީނަށް އޮތީ ބަންދުވެފަ އެވެ.
ގާނޫނުއަސާސީގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ ކަަމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވާން ޖެހެ އެވެ.
ވ. އާރަށް ކުއްޔަށްދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު ހައި ކޯޓުގައި ކުރިއަށް ދިޔައަސް އެ މައްސަލައިން އިންތިހާބުގެ ކުރިއަށް އެމަނިކުފާނު ސަލާމަތްވުމުގެ ދޮރު ގާތްގަނޑަކަށް މިހާރު އޮތީ ބަންދުވެފަ އެވެ.
އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ޔާމީން ވާދަކުރެއްވުމަށް ހުރަސް އެޅުމުގެ ގޮތުން އިސްތިއުނާފް ލަސްކުރުމަށް ހައި ކޯޓުގެ ފަނޑިޔާރުން ޗުއްޓީ ނެގުމަށް ސަރުކާރުން ވަނީ މަޖުބޫރުކޮށްފަ އެވެ. ހައި ކޯޓުން ޔާމީންގެ މައްސަލައިގައި ގޮތެއް ނުނިންމިޔަސް، ސުޕްރީމް ކޯޓުން ޔާމީންގެ ކެންޑިޑެސީގެ މައްސަލަ ކާމިޔާބުވާނެ ކަަމަށް ޕީޕީއެމުން އަންނަނީ ބުނަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނދުބޯ އިބްރާހީމް
25 July 2023
ޔާމީނުވެސް ގޮތް ދޫކޮށް ޕާރޓިގެ ރުޙުގަ ޕާރޓީއަށް ހެއު އެދި އުލޭތަން ފެންނަން އެބަޖެހޭ މައްސަލަ ހުށަހެޅުމުގަ އަވަދިނެތި ޕާރޓީ ބިޒީކޮށް ލުމުގެ ބަދަލްގަ ގޮތް ނިންމާ އެހެން މީހަކު ނިކުމެ ރިޔާސީ ރޭސް ކާމިޔާބު ކުރަންވީ ޔާމީނު ހުރަގޭން ސަލާމަތް ވުމުގެ ފުރުބަތު ބޮޑީވެސް މިމަގަށް މިކަން ކޮށްގެން މިބުނި ބަހެއް ދޮގެއް ނުވާނެ
ޢަރުތަ
24 July 2023
އިންތިޚާބީ ހައްގު ކީއްކުރަން، ވެރިކަން ކަށަވަރުކޮށް ޔަގީން ކުރަން ހުށަހެޅިނަމަ..............
ޔާމީންބަބސވ
23 July 2023
ހެހެހެ އަމިއްލައަށް ފޭހި އިލޮށި އަނިއްލަ ލޮލަށްހެރިފަ. ޖަލުތަކާ ޕެރޯލް ގާނޫނުގެ އިސްލާހު ބަހުސް އަދިވެސް ހަނދާން އެބަހުރި. އޭރު ނޫސްތަކުގަ ވެސް އެއީ ގޯހެކޭބުނި
ޢެމެރިކާ
23 July 2023
އިންޑިޔާއިން މިއޮތީ ދަރަނި ދަންތޫރާގަ ރާއްޖެ ަޖަސްސާފަ.
ޢަރުތަ
24 July 2023
ކީއްވެތަ މައުޟޫއިން ބޭރުވަނީ، ތީތި ކަޑައޭ.
އިންޓަރ މަޔާމީއަށް އަލަށް ކުޅުނު މެސީ
23 July 2023
މަހުއެއި މަމިކޯ ވަރަބަލިވެގެ ތެޔަށް ވޯޓާ އެޑާއް ރެޑީވެގެން ހިށެހިށެ އެންމެ ފަހުން ދަދެމޮކްރެޓުސް އަށް ބަދަލުވެގަތިން
ކަންވާރު އިބްރާހީމް
23 July 2023
ޔާމީނު އިންތިޚާބީ ހައްގު ގެއްލުނީ އެމަނިކުފާނުގެ ވެރިކަމުގައި ތިމަންނާ މިއީ ތާއަބަދަށް ވެރިކަމުގައި ހުންނެވޭނެ މީހެއް ކަމަށް ދެކިގެން ހެދި ކޮސް ޤާނޫނުތަކުންނެވެ. މިއަދު ތިޔަކަން ބަދަލުކުރަން ތިޔަ އުޅެނީ އެދުވަހު ޔާމީނަށް ރަންބުއްދިވެގެން އެކަމަށް ތާޢިދުކޮށް އެ ޤާނޫނުތަށް ފާސްކުރަން ވޯޓްދިން މީހުންނެވެ. ސިޔާސީގޮތުން ޔާމީނު އަމިއްލައަށް ކޮށްގެއް އުޅޭ ކޮސްކަމަކުން ވީ ކަމެއް ހައްލުކުރަން ސަރުކާރުން އަމުދަކުން ނޫޅޭނެއެވެ.
ޢަރުތަ
24 July 2023
އުޅޭނެކަމެއްވެސް ނެތް، ކީއްކުރަން ތެޅިތެޅި ހުރެދާނު.
ނުލަފާ
23 July 2023
ޖަލުގައޮތް ގައިދީއެއްގެ އިންތިހާބީ ހައްގެއް ޤާނޫނީގޮތުން އޮވޭތަ؟
ޢަރުތަ
24 July 2023
ބަޔަކަށް ހީވެގެން އުޅެނީ، ޔާމީނު ޖަލުގަ އޮންނަނީ އެއްވެސް ކުށެއް ކޮށްގެނެއް ނޫނޭ، ފިސާރި މައުސޫމު މީހަކު ސަރުކާރުން ގެންގޮސް ހައްޔަރުކޮށްގެން ޖަލުގަ ގެންގުޅެނިއްޔޭ، ހުކުމެއް ކުރިއަސް އެއީ ހަރާމް ހުކުމެއް ކަމަށް ބުނެ ގޮވަނީވެސް ބަޔަކަށް އޮޅުވާލަންވެގެން، އަދިވެސް ގޮތް ދޫނުކުރާން އެ ހިފަހައްޓަނީ.
ޕިންކް
23 July 2023
ހިސާބު ޓީޗަރު ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ވަގެކޯ!!!! ދެން ލަލާ
ހިސާބު އިލްމު
23 July 2023
ސުޕުރީމް ކޯޓުން ކީއްކުރަން ، .. ކޯޓުން ނިންމި އަސް ވައްކަން ކުރި މީހަކު ވާނީ ވަގަކަަށް.. އަދި ވައްކަން ކުރީ ވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުރެ.. މުއީޒަށް ، ސައިދުއަށް ، ޝަރީފަށް ވޯޓް ދިނަސް ، މިވަގު ކަލޭގެއަށް ވޯޓް ދެވޭކަށް ނެތް.
އަމްރު
23 July 2023
ދައުލަތަށް ވަންނަން ޖެހޭ ފައިސާ އަމިއްލަ އެކައުންޓަށް ވަތް މީހެއް އިންތިހާބަށް ކުރިމަތި ލެވުނަސް ވޯޓް ދެވޭކަށް ނެތް.. މަޖިލިސް މެންބަރުން ޕެނެޑޯލް ކާޑައި މާރސް ޗޮކް ލެޓާއި ، ކަދުރު ބަހަން އުޅުނު ޒަމާން އިޔާދަވާކަށް ނޭދެން.. މަގުމަތީ ބޮން ގިނަވެ ، ހަތިޔާރު ފަޅުތަކުން ފެނުނު ޒަމާން އިޔާދަވާކަށް ނޭދެން. ފާޅުގައި ހަލާލު ނޫން ކަޅު ދަބަހުގައި އާއި ގޯނި ގޯނީގައި ފައިސާ ދޫވެއްސަށް ވަތްކަމަށް އެއްބަސްވި ވެރިއަކަށް ދުވަހަކު ވެސް ވޯޓު ނުދޭނަން.