ޔާމީން: ފުއްގިރި މައްސަލާގައި އެމަނިކުފާނަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައި --- ފޮޓޯ/މިހާރު
23 ޖުލައި 2023 - 11:01
ރ. ފުއްގިރިގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން މިއަދު ކެންސަލް ކޮށްފި އެވެ.
އެހެން މައްސަލައެއްގައި މިހާރު ވެސް 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީންގެ މައްޗަށް ފުއްގިރިގެ މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރި ކަމަށް ބުނެ އެވެ.
ޔާމީންގެ އިތުރުން ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާއެއް ވެސް އެ މައްސަލާގައި ދައުލަތުން ކުރެ އެވެ.
ކްރިމިނަލް ކޯޓުން ބުނީ މިއަދު ހެނދުނު ތާވަލް ކުރި އަޑުއެހުން ކެންސަލް ކުރީ ސަން ކުންފުނީގެ ވަކީލުން އެހެން ކޯޓެއްގައި އޮތް ޝަރީއަތަކަށް ދާން ޖެހުމުން ކަމަށެވެ.
ޔާމީން މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވަނީ ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެގެންނެވެ. އެ ހުކުމް ދެމި އޮތުމުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި ވަގުތު އެ މަނިކުފާނަށް ވަނީ ބަންދުވެފަ އެވެ.
ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުގައި އޮތްއިރު، އެ މައްސަލަ ކުރިއަށް ނުގޮސް، ޔާމީންގެ އިސްތިއުނާފީ ހައްގަށް ހުރަސް އެޅޭ ކަމަށް ވިދާޅުވެ، އެ މަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް އިއްޔެ ވަނީ ދުސްތޫރީ މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީދިބެ
23 July 2023
ބަލަގަ, ރައިސް ކަމުގައި ހުންނަ އިރު އަމިއްލައަށް ފުއްގިރީމަ ބޮޑު މައްސަލައެއް އެއީ, ފުއްގިރަން ބަހައްޓާފަ ތިބި މީހުންގެ ވަޒީފާ ރައިސް ކުރީމާ ވީގޮތް ތީ.
މިވެސް ދެން އިންސާފް
23 July 2023
މީ ވަކި މީހަކާ ދެކޮޅަށް ގަސްތުގައި ކުރާ ކަމެއް. އެމީހާދެކެ އޮންނަ ޒާތީ ރުޅިއަކުން މިކަމަަށް ތާއިދުކުރާ މީހުން ރަނގަޅުވާނީ ވައްކަމޭ، އަދުލޭ، އިންސާފޭ ނުކިއްޔާ. ތިމާގެ ކިބައިގައި ނެތް އިިންސާފެއްގެ ކިޔާނެކަމެއް ނެތް.
ަސދަ
23 July 2023
މަޖިލިސް މެންބަރުން ޕެނެޑޯލް ކާޑައި މާރސް ޗޮކް ލެޓު ، ހަތިޔާރު ފަޅުތަކުން ފެނުނު ޒަމާން ގެންނަނީ ކީކުރަން. ފާޅުގައި ހަލާލު ނޫން ކަޅު ދަބަހުގައި އާއި ގޯނި ގޯނީގައި ފައިސާ ދޫވެއްސަށް ވަތްކަމަށް އެއްބަސްވި ވަގަކަށް ވޯޓު ނުދޭނަން.
އުދުހޭ
23 July 2023
ފުށްގިރީގެ ނަން މިހާރު ބަދަލުކުރަންއެބަޖެހޭ ކެންސަލްގިރި އަށް.