ހުޅުމާލެ މަގުމަތިން ދުއްވާފައިދާ އެމްބިއުލާންސެއް: ގޭސްފުޅި ގޮވައި އެ އަންހެން މީހާގެ މޫނުމަތި ފިހިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދޭ.-- ފޮޓޯ: ނިޝާން އަލީ/މިހާރު
23 ޖުލައި 2023 - 11:03
މާލޭގެ ގެއެއްގައި ގޭސް އުނދުނެއް ރޯކުރަނިކޮށް ހުޅުގަނޑު ފަޅައިގެންގޮސް ފިހުނު މީހަކަށް ފަރުވާދޭން ފަށައިފި އެވެ.
މ. ދިލީވިލާގައި މި ހާދިސާ ހިނގީ އެމްއެންޑީއެފުން ބުނި ގޮތުގައި ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރުމުންނެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ މޫނު ފިހިފައިވާ ކަމަށާއި ހޮސްޕިޓަލްގައި އޭނާއަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.
ގޭސް ލީކުވެފައި ހުއްޓާ ރޯކުރުމުން ނުރައްކާތެރި ހާދިސާތައް ހިނގައި އެތައް ބަޔަކަށް އަނިޔާވެފައިވެ އެވެ. މި އަހަރާއި މިދިޔަ އަހަރު ވެސް މިފަދަ އެތައް ހާދިސާއެއް ހިނގާފައި ވާއިރު މިދިޔަ އަހަރު ފިހުނު އަންހެނަކަށް ފަރުވާދެނިކޮށް ނިޔާވެފައި ވެސް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
23 July 2023
މީއީ ކުރިއަރާފައިވާ ގައުމުތަކުގައި ވާކަމެއް ނޫން! އެމީހުންގެ ގޭބީސީ ތަކުގައި ގޭސް އެލާމް ހަރުކުރެވިފައި ވަނީ! މިވަރު ކަމެއްވެސް ސަރުކާރުން ގަވައިދެއް ހަދާ ތަންފީޒުކުރާ ތަނެއް ނުފެނޭ! މަޖިލިސްގައި ބޮޑުމުސާރަ ނަގާ ބުޅާ ކޯޅޭހެން އައުގުރާނަ ގޯވާ ތިމާމެންނަށް ފައިދާވާ ބިލްތައް ހަދަނީ!
ގުބޯބެ
23 July 2023
ބަލަ މިގައުމަކީ ގާނޫނެއް ގަވާއިދަކަށް ބަލާ ބައެއް އުޅޭ ތަނެއްނޫން. މަތި މަތިން ދިހަ ގަވާއިދު ހެދިޔަސް ގާނޫނާ ގަވާއިދު އޮންނާނީ އޮތްތާގަ.
އައްޔޫބޭ
23 July 2023
ގުދުގުބެއްޔާއަކީ ކުރިއަރާފައިވާ ޤައުމުތަކުގަ ކަންކަން އޮންނަ ގޮތް ދަންނަ މީހެއް ނޫން، ގުދުގުދުބެއްޔާ އަށް އެނގޭތަ އެހެން ޤައުމުތަކުގަ އެންމެންނަކީ ހަމަހަމަ ރައްޔިތުން، ކޮންމެ މީހަކަށްވެސް އެމީހަކު ދިރިއުޅޭތަނެއް އެމީހެއްގެ ޤައުމުގައި އިހްތިޔާރުކުރެވޭ،ނެ އެކަމަކު ގުދުގުދު ބެއްޔާ ހީކުރަނީ މާލެ ސަރަހައްދުގައި އަމިއްލަ ބޯހިޔާވަހިކަމުގައި ދިރިއުޅެވެންޖެހެނީ ހަމައެކަނީ "މާލޭ" މީހުންނަށްކަމަށް. އެހެންވީމާ ތަރައްޤީ އޭ ތަހުޒީބޭ ބެއްޔާ އަކަށް ނުބުނެވޭނެ.
ރަދީފްއޮފިޝަލް
23 July 2023
ގެޓް ވެލް ސޫން.ގޭސް ލީކް ވުމުގަ ގޭސް ސަޕްލަޔަރުންގެ އިހްމާލް ވެސް އެބައޮތް. ރާއްޖޭގެ 02 ސަޕްލަޔަރުން މިކަމަށް ވަރަށް ވިސްނަން އެބަޖެހޭ.