ދުނިޔެ / ފެންބޮޑުވުން

ފެންބޮޑުވެ އަފްޣާނާއި ޕާކިސްތާނުން 40 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ފެންބޮޑުވެ

24 ޖުލައި 2023 - 13:56

2 comments

ކާބުލް (ޖުލައި 24) - އަފްޣާނިސްތާނާއި ޕާކިސްތާނަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި އެ ދެ ގައުމުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ މަދުވެގެން 40 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

އަފްޣާނިސްތާނުގެ ޑިޒާސްޓާ މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ ތިން ދުވަހުގެ ތެރޭގައި ކުރި ވިއްސާރައިގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމާއި ކިސަޑު ފޭބުން ފަދަ ހާދިސާތައް ހިނގައިފަ އެވެ. އެ ހާދިސާތަކުގައި މިހާތަނަށް އަފްޣާނިސްތާނުން 31 މީހުން މަރުވި އެވެ. އަދި 74 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިގެން މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އޭގެ އިތުރުން ވީނުވީއެއް ނޭނގި ގެއްލިފައިވާ 41 މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އަފްޣާނު ސަރުކާރުން ބުނެ އެވެ. އެންމެ ބޮޑަށް ފެން ބޮޑުވެފައިވަނީ ވެރިރަށް ކާބުލްގަ އާއި މައިދާން ވަރުދަކް ޕްރިވިންސާއި ޣަޒްނީ ޕްރޮވިންސްގަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން މަރުވީ ކާބުލްގެ ހުޅަނގު ސަރަހައްދުންނެވެ.

ވެރިކަން ކުރާ ތޯލިބާން ޖަމާއަތުން ބުނި ގޮތުގައި ފެން ބޮޑުވެފައިވާ ސަރަހައްދުތަކުން، 250 އަށް ވުރެ ގިނަ ގެރި ބަކަރި ފަދަ ޖަނަވާރުތައް ވަނީ ގެއްލިފަ އެވެ. ބޮޑަށް ލަފާކުރެވެނީ ބޮޑުވެފައިވާ ފެންގަނޑުގެ އޮޔާއެކު އެތަކެތި ކޮންމެވެސް އެހެން ސަރަހައްދަކަށް ދިޔައީ ކަމަށެވެ.

ތޯލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ބުނި ގޮތުގައި މައިދާން ވަރުދަކް ޕްރިވިންސްގައި ފެންގަނޑު ބޮޑުވެ ގޭގެ އަށް ފެންގަނޑު ވަދެގަތީ އެ ސަރަހައްދުގެ މީހުން ނިދާފައި ތިއްބައި ދަންވަރުގެ ވަގުތުގަ އެވެ. އެ ސަރަހައްދުން މަދުވެގެން 12 މީހުން މަރުވެ، އިތުރު 40 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ.

އެހީ ފޯރުކޮށްދޭ ޓީމުތަކުން ލަފާކުރާ ގޮތުގައި ގެއްލިފައިވާ މީހުންތައް ވާނެ ކަމަށް ބެލެވެނީ ވެއްޓިފައިވާ ގެތަކުގެ ދަށުގަ އެވެ. އެ ސަރަހައްދުގައި މިހާރު ވެސް ކަކޫތާފެނަށް ފެން ބޮޑުވެފައިވާތީ، ގެއްލިފައިވާ އެކަކު ވެސް ދިރިހުއްޓައި ފެންނާނެ ކަމުގެ އުންމީދެއް ނެތެވެ.

ޕާކިސްތާނަށް އިއްޔެ ކުރި ގަދަ ވިއްސާރައިގައި ބައެއް ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެ ބައެއް ގޭގެ ވެއްޓިފަ އެވެ. ހުޅަނގުއުތުރު ޕްރޮވިންސެއް ކަމަށްވާ ޚައިބަރު ޕަޚްތުންޚުވާ އަށް މިދިޔަ 48 ގަޑިއިރުގެ ތެރޭގައި ކުރި ވިއްސާރައިގައި މަދުވެގެން ނުވަ މީހަކު މަރުވެ އިތުރު އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ. އަދި އެ ސަރަހައްދުން 74 ގެ ވެއްޓި އެތައް ބަޔަކު ތިބީ ހާލުގައި ޖެހިފަ އެވެ.

ޕާކިސްތާނުގެ އެހެން ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވުމުގެ ސަބަބުން މަރުވި މީހުންނާ އެކު، މިދިޔަ ތިން ދުވަހުގެ ތެރޭގައި، ފެން ބޮޑުވުމުގެ ހާދިސާތަކުގައި ޕާކިސްތާނުން މަރުވި މީހުންގެ އަދަދު ވަނީ 13 އަށް އަރައިފަ އެވެ.

ޕާކިސްތާނުގެ މި އަހަރުގެ ވިއްސާރަ މޫސުން، މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު ފެށިފައިވާ އިރު، އެ ގައުމުގެ އެކި ސަރަހައްދުތަކަށް ކުރި ވިއްސާރައިގެ ސަބަބުން ހިނގި ތަފާތު ހާދިސާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 101 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި 16 އަންހެނުންނާއި 42 ކުޑަކުދިން ވެސް ހިމެނެ އެވެ.

ކޮންމެ އަހަރެއްގެ ވިއްސާރަ މޫސުމުގައި ކުރިމަތިވާ ތަފާތު ހާދިސާތަކުގައި އަފްޣާނިސްތާނުން ވެސް އެތައް ބަޔަކު ހާލުގައި ޖެހެ އެވެ. އެވްރެޖް ގޮތެއްގައި ކޮންމެ އަހަރަކު ވެސް 200000 އަށް ވުރެ ގިނަ މީހުންނަށް އެކި ގޮތްތަކުން ވިއްސާރައިގެ ގެއްލުންތައް ލިބޭ އިރު، ހުސްވި 2022 ވަނަ އަހަރުގެ ވިއްސާރަ މޫސުމުގައި ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 1700 އަށް އަރައިފަ އެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަމީނު

24 July 2023

މީ އެމެރިކާ ގަ ނަަމަ ދިވެހިން ވަރަށް ފޯރި ހުންނާނެ

The name is already taken The name is available. Register?

ސަލީމުބޭ.

25 July 2023

ތެދެއް ތިބުނީ. ބަދު ދުޢާވެސް ކުރިސް. އެމީހުންނަކަށް ނޭނގޭ މި ހުރިހާ އެންމެންނަކީ އެއްފަރާތަކުން ހަލްގުކުރެއްވި ބައެއްކަމެއް. މިހުރިހާ އެންމެންގެ ހާލަތު ބައްލާ ރިޒުގުދެއްވާ މަރުގަންނަވަނީ އެއްކައުވަންތަ އިލާހުކަމެއް. އެނގޭނަމަ ކޯފާ ލެއްވުމަށް ހަލާކުކުރެއްވުމަކަށް ނުގޮވިސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454