ޔާމީން: އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް އިތުރު މައްސަލައެއް މިހާރު ވަނީ ހުށަހަޅާފައި --- ފޮޓޯ/މިހާރު
25 ޖުލައި 2023 - 13:33
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގު ގެއްލޭ ކަމަށް ވިދާޅުވެ، އެ މަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބަލައިނުގަތުމުން އިތުރު މައްސަލައެއް ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅުއްވައިފި އެވެ.
ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ މައްސަލާގައި ޔާމީންގެ އިސްތިއުނާފް ޝަރީއަތް ނުނިމި ލަސްވަމުންދާތީ އޭގެ ސަބަބުން ޔާމީންގެ އިންތިހާބީ ހައްގު ގެއްލޭ ކަމަށް ވިދާޅުވެ، ކުރިން ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް ނިންމީ ދުސްތޫރީ މައްސަލައަކަށް ނުވާތީ އެވެ.
ނަމަވެސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް އާ މައްސަލައެއް މިއަދު ހުށަހަޅުއްވާފައި ވިޔަސް، އޭގެ ތަފްސީލެއް ނުލިބެ އެވެ. އެކަމާ ބެހޭގޮތުން އެ މަނިކުފާނުގެ ވަކީލުންގެ ބަހެއް ވެސް ނުލިބުނެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ،
ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި އޮތުމުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެ މަނިކުފާނަށް މިވަގުތު ވަނީ ބަންދުވެފަ އެވެ. ޔާމީނަށް އެ ފުރުސަތު އަލުން ލިބިވަޑައިގަންނަވާނީ އިސްތިއުނާފް މަރުހަލާއިން އެ މަނިކުފާނުގެ ޖަލު ހުކުމް ބާތިލްކޮށްފިނަމަ އެވެ.
ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި ކުރިއަށް ގެންދިއުމަށް ފަހު އެ މައްސަލަ މަޑުޖެހުނީ އެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ އެއް ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމުންނެވެ.
ޔާމީންގެ މައްސަލަ ހައި ކޯޓުން ނުނިލި ދިގުލައިގެން ދާއިރު، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލާން މިހާރު ވަނީ ހުޅުވާލައިފަ އެވެ. ސުންގަޑިއަކީ އަންނަ މަހުގެ ހަތްވަނަ ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަރުތަ
26 July 2023
ޔާމީނު ވީމަ، އިސްތިއުނާފަށް ހުށަހަޅާފަ ހުރި އެހެން ހުރިހާ މައްސަލަތަކެއް ޕާކު ކޮށްފަ، ޔާމީނުގެ މައްސަލަ އަވަހަށް ބަލާ ނިންމުން އެއީވެސް އިންސާފު ކަމަށް ބަޔަކު ގަބޫލުކުރާކަން މިއޮތީ ފެންނަން، މިވަރު ބަޔަކު އިންސާފޭ ދޮންދަގަނޑޭ ކިޔަމުން މަގުތަކަށް ނުކުމެ އެހެން މީހުނަށް މި ދުއްޕާންކުރަނީ، ކިހާތާހިރު.
ރެކިފުތާގެ ފުތާ
25 July 2023
މައްސަލާގެ ފުނިވަރު ކޯޓަށް ވެއްދުމެއް ނޫން ބޭނުންވަނީ ޔާމީނަށް ލެވޭނެކަން ނުލެވޭނެކަން ސާފުވެ ނުލެވޭ ނަމަ އެހެން މީހަކު ކުރިމަތިލުމުގެ ފުރުޞަތު އޮތުން ޔާމީނު ނޫނަސް ވެރިކަން ކުރެވޭނެ މީހުން އެބަތިބި
ޢަރުތަ
27 July 2023
ޔާމީނަށްވެސް ލެވޭ ކަންނޭގެ
ސިްދީގް2
25 July 2023
ވައްކަންކޮއް ޖަލުގައި ހުކުމް ތަންފީޒް ކުރާ އެއްމެހައި ގައިދީން ވެރިކަމައް ކުރިމަތިލާން ފޯމްފުރާ ހައގުތައް ގެއްލެނީކަމަށްބުނެ ސްޕީމް ކޯޓަށް މައްދަލަލާ މިނިވަން ވެދާނެ .
ވަރަބިންދާލި
25 July 2023
މިވަރުގެ ހައްސާސް ކަމެއްގަ ޣާޒީ ވެސް ވަޑާގަންނަވަން ޖެހެނީ ވަކިގޮތެއް ނިންމުމަށް ފަހު .މިއީއާއްމު އެތައްފަރުދުން ނާ ގުޅޭ މައްސަލައަކަށް ވާއިރު . އެހެން މީހުންނާ ވަކި ގޮތަކަށް ކަން ކުރަން ޖެހެނީ ކީއްވެ ތޯއޭ ނޫން ސުވާލު އުފައްދަންވީކީ ވަކި ގޮތަކަށް މުއްދަތެއްގަ ނިންމަންޖެހޭ ކަމަކަށް ވާއިރު ހައްޤު ތަކަކާ ގުޅޭ ކަމަކަށް ވާތީ ނިމެން ޖެހެނީ . މިއީ ރައިސް ޔާމީން ގެ ހަމައެކަނި މައްސަލަ އަކަށް ނުވާތީ
ޢަރުތަ
26 July 2023
ޔާމީނު ވީމަ ވަކި މުއްދަތެއްގަ ނިންމުން އެއީވެސް ހަމަ އިންސާފުބާ، ގަޅިވާހަކަ.
ގެދާށޯމޮސް
25 July 2023
ސާބިތުކަމާއެކު ހުންނަވާ ! ﷲ ގެ މަދަދާއި ކާމިޔާބު ލިބުން ވަނީ ގަދައަޅާ މަސައްކަތް ކުރާމީހުންނާއެކުއެވެ. މިސރުކާރުގެ ކެހިވެރި އަނިޔާވެރި މަކަރުވެރިކަން ދާދިއަވަހަށް ﷲ ބޭޒާރު ކުރައްވާނެތެވެ.
ރުންކުރު
25 July 2023
އަނިޔާވެރި ހިޔާނާތްތެރިންނަކަށް އެކަލާންގެ މަދަދެއް ނުދެއްވާނެ. ދުނިޔޭގައިވެސް އާހިރަތުގައިވެސް އެފަދަ މީހުންނަށް އޮތީ ނާކާމިޔާބީ އާއި އެކަލާންގެ އަޒާބު. ބިރުވެތިވާނަމަ އެފަދަ އަމަލުތަކުން ދުރުހެލިވާނެ.
ޢަރުތަ
26 July 2023
ސާބިތުކަމާއެކު ހުންނަވަންވެސް ނުކެރިގެން އެމަނިކުފާނު އެއުޅުއްވަނީ، މީގެން ކޮންމެ މީހަކުވެސް ވެރިކަމާހެދި ހޭބަލިވަނީ، ހާދަ ބޮޑު މަންފާއެއް ކުރާތީއޭ އެވަރަކުން އެތެޅެނީ.
ހަލީނަތު
25 July 2023
މަނީ ލޯޑަރ މީހާއަކީ ދިވެހިންނަށް ޖެހިފަ އޮތް އުދަގުލެއް
ޢަރުތަ
26 July 2023
ދުވަހަކުވެސް ވެރިކަމުގެ ތަޚުތުން ޖާގަ ދޭން ހެޔޮވާވަރުގެ މީހެއްނޫން.
ފާތުންް
25 July 2023
ދެންވެސް ކޯޓުތަކުގެ ވަގުތު ބޭކާރު ކުރަން ނޫޅެ ތިޔަ ހުކުމް ތަންފީޒުވެ ނިމެންދެން ޖަލުގަ މަޑުން އޮންނަންވީ އެއްނު؟
ޢެޑްމުންޑޯ
25 July 2023
11 އަހަރު ދުވަހުގެ ހުކުމެއްގައި ހުރި މީހަކު އެހުކުމް ބާތިކުވެ ނުވަތަ ހުކުމް ތަންފީޒްކޮށް ނުނިއްމާ ވެރިކަމަށް ކުރިމަލާގެން މީކޮންކަމެއް ،
ޢަރުތަ
26 July 2023
ޙަރާމް ހުކުމެކޯ، އެކަމަކު ހުކުމް ބާތިލިކުރަން އަނެއްކާވެސް ކޯޓަށް، މަޖާކަމެއްދޯ.
ރުންކުރު
25 July 2023
އިތުރު ފަސް މައްސަލަ ހުށަހެޅިޔަސް ދުސްތޫރީގެ މާނަ ނޭންގުމަކީ ވަރަށް ދެރަ ކަމެއް. ދުސްތޫރީ މައްސަލަ އެއްތޯ ނުވަތަ އަމިއްލަ މަސްލަހަތު ހިމާޔަތްކުރަން ހުށަހަޅާ މައްސަލައެއްތޯ ސުވާލު އުފެދޭ. ވަކީލުންވެސް މިއަށްވުރެ ތަންދޮރު ފިލައިގެން ކަމެއް ކުރެވޭނީ. މިހާރު ތިދެން ފޫނެއް ފަޔަކަށް ފެންފުރަނީ!!
ރިޕަބަލިކް އޮފް ޕާކިސްތާން
25 July 2023
ޕާކިސްތާނުގެ ދަރަޖައައް ރާއްޖެ ގެންދާނެ.
ޢަރުތަ
26 July 2023
ވެރިކަމާހެދި ބޫތުކައިގެން އުތަ.