ރ. ދުވާފަރު މަތިން ނަގާފައިވާ ފޮޓޯއެއް: ފިހިފައި ވަނީ އެ ރަށު ދެ މީހުންނާއި އެ ދޯނީގައި މަސައްކަތް ކުރާ އެހެން ރަށެއްގެ މީހެއް.--- ފޮޓޯ: ކިޑޯ އެމްވީ
29 ޖުލައި 2023 - 17:50
ރ. ދުވާފަރު ދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ތިން މީހަކު ފިހިގެން ފަރުވާދޭން ފަށައިފި އެވެ.
ދުވާފަރު ކައުންސިލް މެމްބަރު މުހައްމަދު ޝާމް ވިދާޅުވީ މިއަދު ހެނދުނު އެ ހާދިސާ ހިނގީ އެރަށުގައި ހުއިފިލަނޑާ ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ދޯންޏެއްގައި ކަމަށެވެ.
އޭނާ ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވީ ދޯނި ސާފު ކުރުމުގެ ތެރޭގައި ބޭނުންކުރި ކެމިކަލްތަކެއްގެ ސަބަބުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ ހާދިސާގައި އަނިޔާވި ތިން މީހުންނަށް ދުވާފަރު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް ޝާމް ވިދާޅުވި އެވެ.
ނަމަވެސް އެ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިހިފައި ވަނީ އެ ރަށު ދެ މީހަކާއި އެ ދޯނީގައި މަސައްކަތް ކުރާ އެހެން ރަށެއްގެ މީހެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy