ލައިފްސްޓައިލް / ސޯޝަލް މީޑިއާ

ލުބްނާންގެ ޝެފަކު ތައްޔާރުކޮށްލީ ދިވެހި ކެއުން

ލުބުނާންގެ ޝެފަކު ދިވެހި ކެއުން ތައްޔާރުކުރާ ވީޑިއޯގެ ސްކްރީންޝޮޓްތަކެއް.

01 އޯގަސްޓް 2023 - 07:16

15 comments

ލުބުނާންގެ ސެލެބްރިޓީ ޝެފް އަދި ސޯޝަލް މީޑިއާ އިންފްލުއެންސާ، އަބީރް އަލް ސަހީރުގެ ޓިކްޓޮކް ވީޑިއޯއެއްގައި ދިވެހި ކެއުން ތައްޔާރުކޮށްފި އެވެ.

އުމުރުން 24 އަހަރުގެ އަބީރު ޓިކްޓޮކުގައި މަޝްހޫރުވީ އެކި ގައުމުތަކުގެ ކެއުންތައް ތައްޔާރުކޮށް އަޕްލޯޑްކުރަން ފެށި ވީޑިއޯތަކުންނެވެ.

އެ ވީޑިއޯތަކުގައި އޭނާ ހުންނަނީ ވެސް އެ ގައުމަކާ ގުޅޭ ގޮތަށް ހެދުން އަޅައިގެންނެވެ. ކަންކަން ބޭނުންކުރާ ސާމާނު ވެސް ހުންނަނީ އެ ގައުމަކާ ގުޅޭ ގޮތަށެވެ. ވީޑިއޯގެ މިއުޒިކްގެ ގޮތުގައި ވެސް އޭނާ ހިޔާރުކުރަނީ އެ ގައުމެއްގެ ސަގާފަތާ ގުޅޭ ލަވައެކެވެ. އަދި ކޮންމެ ގައުމެއްގެ ދިދަ ވެސް އޭނާ ބޭނުންކުރެ އެވެ.

އެންމެފަހުން އިއްޔެ އޭނާ ވަނީ ދިވެހި ކެއުން ތައްޔާރުކުރާ ވީޑިއޯއެއް އަޕްލޯޑްކޮށްފަ އެވެ.

@abir.sag Replying to @SuMmEr maldivan garudhiya 🇲🇻 طبق مالديفز الوطني #maldives #🇲🇻 #abirzkitchen #garudhiya ♬ original sound - Abir el saghir

އެ ވީޑިއޯ އިން ފެންނަ ގޮތުގައި، އޭނާ ތައްޔާރުކުރީ ދިވެހިންގެ އެންމެ އާންމު ކެއުން ކަމަށްވާ ގަރުދިޔަ އާއި ބަތެވެ. އެއާ އެކު، ފިހުނު މަހާއި މިރުހާއި ފިޔަ އާއި ލުނބޯ ވެސް ހުއްޓެވެ.

މިއުޒިކްގެ ގޮތުގައި މި ވީޑިއޯގައި އޭނާ ބޭނުންކުރީ ރާޅުގަނޑު ބޮޑުބެރު ގްރޫޕްގެ މަޝްހޫރު ލަވަ "ބާރަށް ދުއްވާ" އެވެ.

އަބީރުގެ ޓިކްޓޮކްގައި 22 މިލިއަނަށް ވުރެ ގިނަ ފޮލޮވާސް ތިބެ އެވެ. އޭނާ ދިވެހި ކެއުން ތައްޔާރުކުރާ ވީޑިއޯ އަށް މިހާތަނަށް 400،000 އަށް ވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ.

އެ ވީޑިއޯ އަށް ވަރަށް ގިނަ ދިވެހިން ކޮމެންޓު ވެސް ކޮށްފައިވެ އެވެ.

"ތިއީ ހަމަ 10/10 އެއް. ވަރަށް ފުރިހަމަ. ދިވެހި ކެއުމާ މެދު އަދި މިހާ ފަހުރުވެރިނުވެވޭ،" އެކަކު ބުންޏެވެ.

"ދިވެހިންގެ ކެއުމެއް ތައްޔާރުކުރީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ."

އަބީރު އެލް ސަހީރުގެ ގިނަ ވީޑިއޯތަކަށް މިލިއަނުން ވިއުސް ލިބޭއިރު، މިހާތަނަށް ޓިކްޓޮކްގައި އެކަނި 500 މިލިއަނަށް ވުރެ ގިނަ ވިއުސް އޭނާގެ ވީޑިއޯތަކަށް ލިބިފައިވެ އެވެ. އަދި އޭނާ އަކީ އަރަބި ކޮންޓެންޓް ކްރިއޭޓާސްގެ ތެރެއިން ޓިކްޓޮކްގައި ފޮލޮވާސް އެންމެ ގިނަ އެކަކެވެ.

15 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 24%
icon sad icon sad 3%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 58%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަތީބެއް

11 August 2023

މަންޖޭ ތެއްލި ރިހާކުރު ހަދާތަން ދެން ކޮން އިރަކުން ފެންނާނީ.

The name is already taken The name is available. Register?

ާައައްޔު

06 August 2023

ކޯރު މަހުގައި ގަރުދިޔަ ކެއްކޭތަ؟ ހަމަގައިމު މަ ނުކާނަން!

The name is already taken The name is available. Register?

ފޭކެއްނު

05 August 2023

އެ އުދި ހަނޑުލެއް ނޫން ކައްކާ ނިމުނުއިރު އެހުރީ.

The name is already taken The name is available. Register?

ކަމަނަ

02 August 2023

ތަފާތަކީ ދުނިޔޭގެ ގިނަ ބަޔަކަށް އޭނާގެ ޑިޝް ފެންނާނެކަން ބަންގާޅީން ތައްޔާރުކުރާ ކެއުންތައް ކާމީހުނަށްވެސް ނުފެންނާނެ

The name is already taken The name is available. Register?

މިރުސްސް

01 August 2023

މޮޅު މިރުސްގަނޑެއް ނަގާފަ ފުނޑާލާ ތަނާއި މަސް ފިހާ ތަންވެސް ދައްކާލިނަމަ ދޯ.

The name is already taken The name is available. Register?

ރޭރު

01 August 2023

އޭނަގެ މައްސަލައެއް ނެތް ވީޑިއޯއިން އެނގިގެން ދިޔައީ އެހެން ގައުމުތަކާ ބަލާއިރު ދިވެހިންގެ ކެއުމުގައިވެސް އުފެއްދުންތެރިކަމެއް ނެތްކަމާ ކަންނެތްކަން ވީޑިއޯގެ ބޮޑުބައިގައި ކުރާނެ ކަމެއް ނޭތީމަ އޭނަހުރީ ތާރުޖަހާލަ ޖަހާލަ

The name is already taken The name is available. Register?

ޜޭރުނުވާ

01 August 2023

އަސްލު ދިވެހި ކެއުން ކެއްކުން ފަސޭހަ އަދި މީރު. ތައި ޓޮމްޔާމް ވެސް އަސްލު ވައްތަރީ ގަރުދިޔަ ގަނޑަކާ. އދި ތައްޔާރު ކޮއްލަންވެސް ވަރަށް ފަސޭހަ. ޓޮމްޔާމް ނުބަޔޭ ނުބުނާނެ އެކަކުވެސް.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

01 August 2023

ލަވް ފްރޮމް މޯލްޑިވްސް.

The name is already taken The name is available. Register?

އެޑްމުންޑޯ

01 August 2023

ހަޖަމެނުވިދޯ ، ކުރާނެ ކަމެއްނެތް ، ހަމަބުނެވޭނީ ވަރަށް ފުރިހަމަ އޭ ،

The name is already taken The name is available. Register?

ޗިޕްް

01 August 2023

އެއްވެސް ދިވެހިވަންތަ ކަމެއް ނެތް ތިޔަކު

The name is already taken The name is available. Register?

މަންމަ

01 August 2023

މަ ހީކުރީ އޭ.އި ކްރިއޭޓެޑް ރޮބޮޓެއްކަމަށް މީ. އަރަބިން ތިބޭ ގޮތުން ވެސް ލަދު ގަނޭ. އަސްލެއްނެތް. ހުސް ފޭކު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454