ފުލުހުންތަކެއް އޮޕަރޭޝަނެއް ހިންގަނީ: ނުކުރެވި ހުރި ކަންކަން ހޯދައިގެން ކޯޓުތަކުން މީހުން ދޫކުރުމަކީ ނުރައްކަލެއް ކަމަށް ހައި ކޯޓުގެ ހުކުމުގައި ވަނީ ބުނެފައި --- ފޮޓޯ/މިހާރު
02 އޯގަސްޓް 2023 - 15:59
ދައުލަތަށް ނުކުރެވި ހުރި ކަންކަން ހޯދައިގެން، ކުށުގެ ތުހުމަތު ކުރެވޭ މީހުން ކޯޓުތަކުން މުޖްތަމައުގެ ތެރެއަށް ދޫކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށް ހައި ކޯޓުން މިއަދު ކުރި ހުކުމެއްގައި ބުނެފި އެވެ.
ހަތިޔާރު ހިފައިގެން މަގުމަތީގައި އުޅުނު ކަމުގެ ތުހުމަތުގައި ގ. ޝާރާޒް ހުސައިން މަފާޒް މުހައްމަދު ސަލީމް ހައްޔަރު ކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުން މިދިޔަ މަހު އޭނާ ދޫކޮށްލީ އޭނާގެ ކުށުގެ ރެކޯޑްތައް ފުލުހުން ހުށަހަޅާފައި ނެތުމުން މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށް ބުނެ އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ނުރައްކާތެރި ހަތިޔާރު ހިމެނޭ ކުށުގެ ރެކޯޑްތަކެއް މަފާޒާ ގުޅޭގޮތުން އޮތްއިރު އެކަން ދަށު ކޯޓުން ކަށަވަރު ކޮށްފައިނުވާ ކަމަށެވެ. އަދި އެއީ ކޯޓުން އަމިއްލައަށް ކަށަވަރު ކުރަންޖެހޭ ކަމެއް ކަމަށާއި އަދި ނުކުރެވި ހުރި ކަންކަން ހޯދައިގެން މުޖްތަމައުގެ ތެރެއަށް މީހުން ދޫކޮށްލައި، ޖިނާއީ އަދުލުގެ ނިޒާމާ އިދިކޮޅަށް ކަންކަން ކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށް ހުކުމުގައިވެ އެވެ.
"ސާފުކޮށް ފެންނަން ހުރި ކަންކަމަށް ނުބަލާ ދޫކޮށްލުމަށްފަހު، ތަހުގީގު ނުވަތަ ޕްރޮސެކިއުޝަނުން ނުވަތަ މުއްތަހަމުގެ ފަރާތުން އެވެނި މިވެނި ކަމެއް ކޮށްފަައި ނެތޭ ބުނެ، ނުކުރެވި ހުރި ކަންކަން ހޯދައިގެން އެކަންކަން އެހެން ހުރިނަމަ މިހެންވީސް ކަމަށް ބުނެ ހަމަތަކާއި ޖިނާއީ އަދުލުގެ ނިޒާމު ނުއަތަށް ހިނގާ ގޮތަށް މަސައްކަތް ކުރުމަކީ ނުރައްކާތެރި ކަމެއް." ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ކުށުގެ ތުހުމަތުވާ މީހުން އެގޮތަށް ދޫކޮށްލުމުން، މުޖްތަމައުގައި ގާނޫނާ އެއްގޮތަށް އުޅޭ މީހުން "ފިލައިގެން އުޅެން" ޖެހެ އެވެ. އަދި އެއީ އިންތިޒާމްވެގެން ހިނގާ ދައުލަތެއްގައި ކަންކަން ވެގެންވާނެ ގޮތެއް ނޫން ކަމަށާއި އަދި އެކަމާ މެދު މުއައްސަސާތަކުން ވިސްނަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.
"މިއީ ގާނޫނުތަކެއްގެ މައްޗަށް އިންތިޒާމްވެގެން ހިނގާ ދައުލަތެއްގައި ހުރެގެންވާނެ ސިފައެއް ނޫންކަން އަދުލު އިންސާފު ގާއިމް ކުރުމުގައި މަސައްކަތްކުރާ ފަނޑިޔާރުންނާއި ވަކީލުންނާއި ފުލުހުންނާއި އަދި މިކަމުގައި ޝާމިލްވާ ހަމަ ކޮންމެ ފަރާތަކުން ވެސް ވިސްނަންޖެހޭ." ހުކުމުގައި ބުނެފައިވެ އެވެ.
ފަނޑިޔާރު މުހައްމަދު ނިޔާޒް ރިޔާސަތު ބެލެހެއްޓެވި ބެންޗުގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ މަފާޒް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލް ކުރުމަށެވެ. އަދި އޭނާ އަލުން ބަންދުކުރަން ދައުލަތުން ހަތް ދުވަސް ތެރޭގައި ކްރިމިނަލް ކޯޓަށް ހުށަހަޅައިފިނަމަ އެކަމާ މެދު ގޮތެއް ނިންމަން އަމުރުކުރި އެވެ.
ފަނޑިޔާރު ނިޔާޒްގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އަހުމަދު ޝަކީލެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
24 September 2023
ވަރަށް ފެނަވަރު ރަނގަޅު އާރުލާ ހުކުމެއް...
ކަކުނިބޯ
09 August 2023
ކިއްވެގެންބާ ޔާމިނު މައްސަލަވެސް މިހެންނުވީ. ޢަޅެ ދެން ޔާމިނަކީ ރިޔާސީ ކެޑިޑޭޓެއްކަން އެގޭއިރު މައްސަލަނުނިންމާ ހައިކޯޓުގެ ބައެއްފަޑިޔާރުން ޗުއްޓީއަށްދިޔުމުން އެކޯޓް ޒިންމާކުރުމުގެގޮތުން ކެޑިޑެންސީލިބޭނެޔޭ ނުބުނެވުނީ ކީއްވެގެންބާ
ޒިންމާކުރުވާ
03 August 2023
ދައުލަތުން ނުކުރެވި ހުންނަ ކަންކަމަށް ކޯޓުން ދެން އެމީހުން ޒިންމާކުރުވަންވީ. އެ ނުކުރެވި ހުރި ކަމެއް ކުރަން ހަވާލުވެފަ ހުރި މީހަކު ނޫނީ ޕޮލިހުގެ ކަމާބެހޭ މީހުން ނޫނީ ޕީޖީ ނަމަވެސް ބަރިބަރިއަށް ޖޫރިމަނާކޮށް އެންމެ ފަހުން ޖަލަށްލާން ހުކުމްކުރަންވީ. ފަރުވާކުޑަކުރީމަ އެކަމަށް އަދަބެއް ނެތްނަމަ އިތުރަށް ފަރުވާކުޑަކުރަމުންދާނީ.
ހިތަދޫ
03 August 2023
އޭރަށް ނިކުންނަން ނަތީޖާ މާ ގެއްލުން ވާނެ. ނިކަން ވިސްނާލަބަލަ ވެދާނެ ގޮތަކަށް؟
ހަމަވިސްނުނ
03 August 2023
ހިތަށް އަރާ ސާމާނު ވަރަށް ގިނަ. ހުކުމާމެދު ހިތްހަމަޖެހޭ. ތިޔަ ފަނޑިޔާރުގެއަށް ތިބޭފުޅުން އިސްކުރެވުނުއިރު ފުނިޖެހިފައިހުރި މައްސަލަތައް އަދިވެސް އެހުރި ތަނެއްގައި އެބަހުރި. އެއީ ކޮންތާކުން ބަޔަކު އައިސްގެން ނިންމަން ހުރި ބައެއްތޯ. ވިދާޅުވާހެން ތަންތަނުން ކަންކަން ނުހޯދައިގެން އަނގަވަތައް ވެއްޓުނީމާ ނިންމަން ހުރި މައްސަލަތޯއޭ. ބައެއްގެ ނުކުޅެދުންތެރިކަން ދައްކަން ވާނީ ތިމާމެން ކުޅަދާނެވެ ތިނެގެން.
ހިތްހަމަޖެހުމެއް
03 August 2023
ފުލުން ދުއްވާލާ މައްސަލަތަކުގެ ތެރެއިން މުޅިންވެސް ހުންނަނީ މިގޮތަށް ދުއްލާ މައްސަލަ. ފުލުހުންގެ އަގުވައްޓާލާ މައްސަލަތައް ސާބިބިތު ނުވާކަމަށް ނިންމަނީ. އެއީ ނޭންގިގެން ނުވިސްނިގެން ކުރާކަންކަމެއްނޫން. އިންސާފު ޤާއިމުކުރާނަމަ ތިމާގެ ބުއްދި އިންސާފަށް ދަތުރުބކުރުވަންޖެހޭނެ. ޤާނޫނީ އަކުރުގައި ހިފައިގެން ދމަނީ ނޭނގިގެނެއްނޫން. މިގޮތަށް ނުބައިކޮށް މައްސަލަ ނިންމާ ފަނޑިޔާރަށް އަދަބުދޭންޖެހޭ. ޢަދި އެބަޖެހޭ ޕީޖީން ޝަމީމު ޖަހާ ސަކަރާތްއްވެސް ހުއްޓުވަން.
ދަ ޑިމޮކްރެޓްސް.
03 August 2023
އދިކިރިޔާ މިޤައުމުގެ ކޯޓަކުން ރަނގަޅު ވާހަކައެއް ބުނެލީ. ތިޔަބީދައިން ޤައުމުގެ ހުރިހާ ކޯޓެއްގެ ހުރިހާ މައްސަލަތަކެއްވެސް ބަލަމުންދާނަމަ ޤައުމަށް ހަމަޖެހުމާއި އިންސާފާއި ހަމަ ޤާއިމް ކުރެވިގެންދާނެ. ހުރިހާ ފަނޑިޔާރުން އަބަދުވެސް ތިޔަގޮތުގައި ދެމިތިއްބެވުމަކީ ޤައުމުގެ އާދޭހެއް. 3 ފަނޑިޔާރުންނަށް ފަށްފަށުން ޝުކުރިއްޔާ
ވިސްނާލިޔާއިރު
03 August 2023
ލިޔެބަލަ ހައި ކޯޓުން ހުކުމް ކުރީއޭ، މިއޭ ހުކުމަކީ، ފަނޑިޔާރުންގެ ނަންތައް ވަކިވަކިން ލިޔުމުގެ ބޭނުމެއް ނެތެއްނު، ފަހުންވެސް ރިއާޔަތް ކުރަން އޮންނާނީ ގަޟިއްޔާއަށް، ފަނޑިޔާރަކަށް ނޫން، އެހެންވީމާ މިކަހަލަ ހައްސާސީ މައްސަލަތަކުގައި ބެންޗުގައި ތިބި ފަނޑިޔާރުންނާ އެމީހުންގެ އަނބިންނާ ދަރިންނާ ދަރިންދާ ސްކޫލުތަކާ ސްކޫލަށްދާ ގަޑިތައް ލިޔުން އެންމެ ރަނގަޅުކަމުގައި ނުފެނޭ.
އަލިފުޅު3
03 August 2023
ނުލިޔަންވީ އެއްވެސް ސަބަބެއް ނެތް! އެއީ ތިޔަ މައުލޫމާތު ހޯދަން ބެނުންވާ ބަޔަކަށް ތިޔަ މައުލޫމާތު ހޯދާކަށް އުނދަގުލެއް ނުވާނެ!
އަލިފުޅު3
03 August 2023
މީ ހަމަ ހަބޭސް ހުކުމެއް! ކްރިމިނަލް ކޯޓުން ހުކުން ނެރުނު ފަނޑިޔާރުން ހައްޔަރުކޮށް ދައުވާ ކުރަން ޖެހޭ! 'ކުށުގެ ތުހުމަތުވާ މީހުން އެގޮތަށް ދޫކޮށްލުމުން، މުޖްތަމައުގައި ގާނޫނާ އެއްގޮތަށް އުޅޭ މީހުން "ފިލައިގެން އުޅެން" ޖެހެ އެވެ': މީ ތަފާތު ލެވެލް އެއް! ހަމަ ހަބޭސް... ފަނޑިޔާރު ނިޔާޒް، ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އަހުމަދު ޝަކީލް އަށް ފަށް ފަށުން ޝުކުރު ދަންނަވަން. ތިޔަ 3 ފަނޑިޔާރުންނަސް ހެޔޮ ރަހްމަތް ލެއްވުން އެދި ދުޢާ ކުރަން...
ބައިކިލޯ
03 August 2023
ދަށުކޯޓްގެ ހުކުމެކޭ އީދުނަމާދުގެ ހަށަމެކޭ މިހާރު އެއްވަރު ވެއްޖެ. އެވެސް ބެނދޭ، މޮހޭ، ބެނދޭ މޮހޭ. ދަށުކޯޓުން ހުކުމްކުރޭ، މަތީކޯޓުން ބާތިލްކުރޭ.
އިންސާފު
03 August 2023
ވަރަށް ރަގަޅު ވާހަކައެއް. މައްސަލައަކީ ހުރިހާ ކޯޓުތަކަށް މި މުހިއްމު ޕޮއިންޓް ނަގައި ނުގަނެވޭކަން.