ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީން ވާހަކަ ދައްކަވަނީ: އެމަނިކުފާނުގެ ޖަލު ހުކުމް ފަސްކުރުމާ މެދު އަންނަ އާދިއްތަ ދުވަހު ގޮތެއް ނިންމާނެ
10 އޯގަސްޓް 2023 - 17:27
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމާއި ޖޫރިމަނާގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރުމާ މެދު އަންނަ އާދިއްތަ ދުވަހު ގޮތެއް ނިންމަން ހައި ކޯޓުން މިއަދު ހަމަޖައްސައިފި އެވެ.
ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް އޮތީ ހުށަހަޅުއްވައިފަ އެވެ.
އިސްތިއުނާފް މައްސަލަ ނިމެންދެން ޖަލު ހުކުމާއި ޖޫރިމަނާގެ އަދަބު ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް ޔާމީންގެ ފަރާތުން އެދިވަޑައިގަތުމުން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުން ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެކަމުގައި ނިންމާ ގޮތެއް އާދިއްތަ ދުވަހު ލިޔުމުން އަންގަވާނެ ކަމަށެވެ.
ދައުލަތުން ބުނެފައިވަނީ މިހާރު ރާއްޖޭގެ ގާނޫނު އޮތްގޮތުން އެގޮތަށް ހުކުމް ތަންފީޒު ކުރުން ފަސް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ޔާމީންގެ ވަކީލުން ވިދާޅުވަމުން ގެންދަވަނީ ސުޕްރީމް ކޯޓުން ވެސް ކުރިން ބައެއް ބޭފުޅުންގެ ޖަލު ހުކުމް ފަސްކޮށްދީފައިވާތީ ޔާމީނަށް އެ ފުރުސަތު ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.
ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސަލީމެވެ.
ޔާމީންގެ ޖަލު ހުކުމާއި ޖޫރިމަނާގެ އަދަބު އޮތުމުގެ ސަބަބުން އެމަނިކުފާނަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ވަނީ ބަންދުވެފަ އެވެ. އެއީ ގާނޫނު އަސާސީ ބުނާގޮތުން ޖިނާއީ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅުންނާއި ހުކުމާ އެއްގޮތަށް ސާބިތު ދަރަނި ނުދައްކާނަމަ ޝަރުތު އުނިވާތީ އެވެ.
ޖޫރިމަނާ ފައިސާ ނުދައްކަވާ އޮތުމުން އެ ފައިސާ ހޯދަން އެޓަނީ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައިރަހާ
10 August 2023
ޔާމީނަކީ އަހަރެން ސަޕޯޓް ކުރާ މީހެއްނޫން. އަހަރެން ހަޔާތުގައި ފެނުނު ބައެއް ރައީސުންނާއި ބައެއް އެހެން ލީޑަރުން ޖަލަށް ލުމުން ދެންވާގޮތް ފެނުނު. ޢެންމެ 6 މަސްދުވަހަށްވެސް ޖަލުގައި ކެތްކޮށްލެވުނު އެކަކުވެސް ޔާމީނު ނޫނީ ނެތް. ޔާމީނުޖަލުގައި އެހޭދަކުރަނީ 4 ވަނަ އަހަރު. މިއީ ވަރަށް ބޮޑު އަނިޔާއެއް. ޖަލުގައި ތިބޭ ޢާންމުންނާ ތަފާތުކޮށް މިފެންވަރުގެ މީހުންނަށް އެންމެން އެކީ ނޫޅެވޭއިރު ކުރެވޭނެ އެކަނިވެރި އިގުސާސްއާއި މާޔޫސްކަމަކީ ހިތަށް ގެނެވޭ ކަންކަން
ޓެރޭސް
10 August 2023
ޖަލު ހުކުމާއި ޖޫރިމަނާ ފަސް ކުރެވޭނަމަ، އެގޮތަށް ފަސްކޮށްފައި ރައީސް ޔާމީނަށް އިންތިޚާބުގައި ބައިވެރި ވުމުގެ ފުރުސަތު ނުދޭންވީ ސަބަބެއް ނެތް. 5 އަހަރުގެ ދައުރު ނިމުނީމާ ހުކުމް ތަންފީޒު ކުރެވިދާނެ. ރައީސް ޔާމީނަކީ ޅައިރުއްސުރެ ސަރުކާރު ހިންގުމުގައި އުޅުމުން ތަޖުރިބާ ހުރި ބޭފުޅެއް.
ރއީސް
12 August 2023
ރ ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި އެހުންނެވީވެސް އޭނަގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒްކުރުން ފަސްކުރުމަށް ސުޕްރިމްކޯޓުން ނެރުނު އަމްރެއްގެ ދަށުންނެވެ.
ަސފދ
10 August 2023
ސިމްޕަތީހޯދައިގެން ރައްޔިތުންނަށް އަނިޔާވެރިވަނީ..