ޔާމީން: ފުއްގިރި މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ވަނީ ދައުވާ ކޮށްފައި
14 އޯގަސްޓް 2023 - 12:33
ރ. ފުއްގިރި ކުއްޔަށް ދީފައިވަނީ އެ ރަށަށް ހުށަހެޅުނު އަގަށް ވުރެ ކުޑަ އަގެއްގައި ކަމަށް ހެކިވެރިއަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.
ވ. އާރަށް މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާ ކުރަނީ އެރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ޔާމީންގެ އިތުރުން ސަން އިންވެސްޓްމަންޓް ކުންފުންޏާއި ސަން ކޮންސްޓްރަކްޝަންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ވެސް ކުރެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ދިނީ ފުއްގިރީގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ މަރުހަލާގައި އޭރު ހަރަކާތްތެރިވި އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އޭރުގެ މުވައްޒަފެއް ކަމަށްވާ މުހައްމަދު ޝިފާއު އެވެ. މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގައި ހުރެގެން ހެކިބަސް ދެމުން އޭނާ ބުނީ އެއްބަސްވުމުގައި ސޮއި ކުރުމާ ހަމައަށް ދިޔައިރު އޮތީ ފުރަތަމަ އެރަށަށް ހުށަހެޅުނު އަގަށް ވުރެ ކުޑަ އަގެއް ކަމަށެވެ. ނަމަވެސް އަގު ކުޑަވީ ކިހާ މިންވަރަކަށް ކަން ހަނދާން ނެތް ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި އޭރު ޑިމާންޑް އޮތް މިންވަރަށް ބަލާއިރު ތިން މިލިއަން ޑޮލަރަށް އެރަށް ކުއްޔަށް ދެވޭނެ އެވެ. ސަބަބަކީ ރ. އަތޮޅާއި ބ. އަތޮޅާއި ފ. އަތޮޅުގެ ރަށްރަށަކީ އޭރު ޑިމާންޑް ބޮޑު ރަށްރަށް ކަމަށްވާތީ ކަމަށް އޭނާ ބުންޏެވެ.
ރަށުގެ އަގު ކުޑަކުރި ކަމަށް ހެކިވެރިއަކު ހެކިބަސް ދިންއިރު އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތު ކުރިން ހެކިބަސް ދެމުން ވިދާޅުވެފައިވަނީ އަގު ކުޑަކުރީ ޔާމީންގެ ހުއްދަ ލިބިގެން ކަމަށް ކުރީގެ ނައިބުގެ ރައީސް އަހުމަދު އަދީބުގެ ފަރާތުން އެނގުނު ކަމަށެވެ.
އެ މައްސަލާގައި ދައުލަތުގެ އިތުރު ހެކިވެރިއެއްގެ ހެކިބަސް ނަގާނެ އެވެ. އޭގެފަހުގައި ދެން ކުރިއަށް ދާނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ.
އެ މައްސަލާގައި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ދައުވާ ކްރިކް ރިޒާގެ މައްޗަށް ވެސް އުފުލި އެވެ. ނަމަވެސް އޭނާގެ ބައި ދައުލަތުން ވަނީ ފަހުން އަނބުރާ ގެންގޮސްފަ އެވެ.
އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް މިހާރު އޮތީ ހައި ކޯޓުގަ އެވެ. އެ މައްސަލަ ނިމެންދެން ޖަލު ހުކުމާއި ޖޫރިމަނާގެ އަދަބު ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް ޔާމީން އެދިވަޑައިގަތުމުން ހައި ކޯޓުން އިއްޔެ ނިންމީ ޖޫރިމަނާގެ އަދަބު ފަސްކުރުމަށެވެ.
ނަމަވެސް ޖަލު އަދަބު ފަސްކުރަން އަމުރު ނުކުރެވޭނެ ކަމަށް ވަނީ ނިންމައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖެރާޑް.
15 August 2023
ވަރަށް އޮލަކޮށް ފުއްގިރާފަ ހުރި ކަމަށް ފެނޭ.. އެހެންވެ މިމައްސަލަ ވެސް ތަތްލަނީ.. އެހެންވެ ނިންމަން ލަސްވަނީ...
ނަރުބަކުރު
14 August 2023
އެއްޗެއް އަގު ކުޑަކުރުމަކީ ކުށެއްތަ؟
އަހްމަދ
15 August 2023
ޤާފިލު ވިޔަސް ތީ ބޮޑުވަރު.
ފުއްފުރޭނި
15 August 2023
އާނ.. ދައުލަތަށް ގިނައިން ފައިސާލިބެން އޮއްވާ ކުޑައަގެއްގައި ދިނުމަކީ މައްސަލައެއް.. އެދިން ބަޔަކާއި ދޭތެރޭ ޤާނޫނީ ފިޔަވަޅުވެސް އެޅޭނެ.. ދައުލަތަށް ވަރަށް ގެއްލުމެއް ލިބޭނެ.. ކޮރަޕްޝަން ހިންގާމީހުން މިގޮތަށް ކަންތައްކުރަނީ.. އެމީހުން ބޮޑުއަގުގައި ވިއްކާފައި ފައިސާ ނަގާފައި ކުޑައަގު ދައުލަތަށްދޭނީ..
އަންކަލް
14 August 2023
މިވެސް ހެކި ބަހަކަށް ފުދޭ ވާހަކައެއްބާ! އަޖައިބު… ދެން ތިކަން ހުއްޓާލާ… ޔާމީނަކަށް ކުރިމަތި ނުލެވެއެއްނު.
ސުންދުސް89
14 August 2023
ހެކިވެރުޔާ މެލޭސިޔާގައި ދިރިއުޅޭ މީހެއް. ވިޔަފާރީގެ މުޢާމަލާތު ކުރިއިރު އެމްއެމްޕީއާރު ސީގެ މުވައްޒަފެއް. ވަޒީފާއިން ލިބުނު ކުޑަ ކުޑަޢާމްދަނީއެއް ގައި މަލޭސިޔާއަށް ދިރިއުޅުން ބަދަލު ކުރެވޭނީ ލައްކަ ހިތްވަރު ލިބިގެން. ތިޔަ ހެކި ބަހަކީ ގުޅި ލާމެހިފައިވާ ހެކިބަހެއް ކަން ޔަޤީން. އަގު ކުޑަ ކުރިކަން އެނގެނީ، ކުޑަ ކުރީ ކިހާ ވަރެއްކަން ނޭނގެ. ބާވަ ދެންމީ ކޮންކަމެއް.
އަހްމަދ
15 August 2023
ނަރީޝް ކިޔާ މީހަކަށް ރެޔެއް ދުވާލެއް ވަކި ނުވީމަވެސް އެދުވަހު ތިބޭފުޅުންނަށް ހަމަޖެހުން ދެއްކި ވާހަކަ
ފޮނިޓައްޕު ހަސަނު
15 August 2023
އައްދެ މީނަމީ މިއުޅެނީ ހާދަ ވަރަކަށޭ މިގައުމު ލޫޓުވާލި މީހުން ދިފާއު ކުރަން. މެލޭޝިއާގައި ދިރިއުޅޭ ބައެއް ދިވެހިން އެމީހުންގެ މާލެގައި ހުންނަ ގެ ކުއްޔަށް ދީގެން ލިބޭ އާމްދަނީން ވެސް. ކޮންމެހެން ނުޖެހޭދޯ ތަނެއް ލޫޓުވާލައިގެން ލިބޭ ފައިސާއިން ރާއްޖޭން ބޭރުގައި ދިރިއުޅޭކަށް.
ފޮނިޓައްޕު ހަސަނު
14 August 2023
ޔާމީނު މިއަދު ޖަލުގައި އޮންނަން ތިޖެހުނީ ފުށާއި ތި ހުރިހައި އެއްޗެއް ގޮތެއް ފޮތެއް ނުބަލައި ގިރީމަތާ.
ބަޑިތަކުރު
14 August 2023
ދައުލަތުން ދިން ކުލި ކުޑަވިޔަސް ލިބުނު ފަރާތަށް އަގެއް ކުޑައެއް ނުވާނެއެވެ. ދައުލަތަށް ވަންނަ އެއްޗެއް ކުޑަކޮށްފައި އެބައި ކަމިޝަންގެ ގޮތުގައި ލިޔެކިޔުމަށް ނާރާނޭހެން ނަގާފައި އެވަރުންވެސް ހިތްނުފުރިގެން ދައުލަތަށް ދެއްކި ފައިސާކޮޅުވެސް އަނބުރަ އަނބުރާފައި ގެނެސް އަމިއްލަ އެކައުންޓަށް ވެއްދީމާވެސް މިރާއްޖޭގެ ވެރިކަމަށް ގެންނަން މިވަރުގެ މީހަކު ނެތިގެން ބަޔަކު އެބައުޅެއެވެ.
މީނަ ދޯ
14 August 2023
1 މިލިޔަން ޑޮލަރުގެ ވާހަކައެެއް.