އޭސީސީގެ މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް: އެ ކޮމިޝަނަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ރިޝްވަތާ ގުޅުހުންހުރި މައްސަލަތައް ހިމެނޭ -- ފޮޓޯ: ނިޝާން އަލީ / މިހާރު
13 ސެޕްޓެމްބަރ 2023 - 12:38
ރިޔާސީ އިންތިހާބުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ހުށަހެޅި 29 ޝަކުވާގެ ތެރެއިން ހަތް މައްސަލަ ތަހުގީގު ކުރަންޖެހޭ ކަމަށް ފެންނާތީ، ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފި އެވެ.
އޭސީސީން ބުނީ މިދިޔަ ހޮނިހިރުދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިނާ ގުޅިގެން އޭސީސީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ހަތް މައްސަލައެއް ތަހުގީގު ކުރަން އެ ކޮމިޝަނަށް ފެންނަ ކަމަށެވެ.
އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:
- ދައުލަތުގެ މުދާލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަ
- ރިޝްވަތާ ގުޅުހުން ހުރި މައްސަލަ
- ހުޅުމާލެއިން ގޯތި ދޫކުރި ގޮތާއި، ގުރުއަތުލުން ކުރިއަށްގެންދިޔަ ގޮތާ ގުޅޭ މައްސަލައެއް
ރިޔާސީ އިންތިހާބުގައި އިލެކްޝަންސްގެ އޮފިޝަލަކު ވޯޓުލާ މަރުކަޒަށް ވޯޓު ފޮއްޓެއް ވައްދަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އޭސީސީން ބުނީ އެ މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެ ކޮމިޝަނުން އަޅަމުން އަންނަ ކަމަށެވެ. އަދި ބައެއް ފިޔަވަޅުތައް އެޅޭނީ ބައެއް ކަންކަން ދެނެގަނެ ކަށަވަރުކުރެވިގެން ކަމަށާއި އެ ކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
އިންތިހާބުގެ ދެވަނަބުރު ބާއްވަން ނިންމާފައި ވަނީ މި މަހުގެ 30ގަ އެވެ. ދެވަނަ ބުރަށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ އާއި އިދިކޮޅު ކޯލިޝަން ޕީޕީއެމުން މިހާރު ދަނީ އިންތިހާބަށް ކެމްޕެއިން ކުރަމުންނެވެ.
ކެމްޕެއިންގައި ދައުލަތުގެ މުދަލާއި ވަސީލަތް އަދި މުވައްޒަފުން އެމްޑީޕީން ބޭނުންކުރާކަަމުގެ ތުހުމަތު އިދިކޮޅާ އެހެން ބައެއް ޕާޓީތަކުން ވެސް ދަނީ ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުއްތުކޮއި
13 September 2023
ތިޔަކަން ނިމޭނީ ޖަމަލުފޮޑިއަށް ވެގެން
ވިކާހު
13 September 2023
އެންމެ ނާގާބިލު ކޮމިސަން
ބޮޑުމީހާ
13 September 2023
ތި ސްޕީޑުގަ ތި މައްސަލަތައް ބަލައި ނިމޭއިރު ގޯތީގައި އިމާރާތްކުރެވި، އެމީހުންގެ ދަރިން ބޮޑުވެ ގެވަޅު ބަހަންޖެހިފައި އޮންނާނީ
ބޮޑުމީހާ
13 September 2023
އިންތިހާބުގެ އެއްބުރު ނިމި ހަފްތާއެއް ފަހުން އަދި ކިރިޔާ މައްސަލަތަކެެއް ހުރިކަމަށް ތި ރޭކާލީ. ތި މައްސަލަތައް ބަލައި ނިމޭއިރު 2028 ގެ އިންތިހާބު އޮންނާނީ ބޯމަތިވެފަ
ކޮތަރޭ
13 September 2023
ތިޔަ ކޮމިޝަނަށް އެނޮނިމަސްކޮށް އެތައް ދުވަހަކު ކޮރަޕްޝަންގެ މައްސަލަތައް ފޮނުވަިއިފިން. ވީކަމެއް ހަރާމް. މިހާރު މި މަޑު ކުރަނީ މިހާރު ތިބި މެމްބަރުން ބަދަލުވަންދެން އަލުން މައްސަލަތައް ފޮނުވަން.
މިލީ
13 September 2023
ގޯތި ހުއްޓުވާ
ޢަލޫ
13 September 2023
ނުހުއްޓުވޭނެ ޖެލަސް ވީތަ ...ހަހާހަހާ
ބޮއްލަ
13 September 2023
ވަރަށް ރަނގަޅު އަވަހަށް ގޯތި މައްސަލަ ބަލައި ފިޔަވަޅު އަޅައިދީ
ހުވޭ
13 September 2023
2 ވަނަ ބުރަށްދައްކާ ދަޅަ.
55559
13 September 2023
ކޮބާ ވެރިކަމުގެ ފަހު ވަގުތުކޮޅު އޭސީސީ ނިދިން ހޭލީ ދޯ؟ ކޮބާ އެމްއެމްޕީއާރުގެ މައްސަލަތަށް؟
ހަސަން ފާސިލް
13 September 2023
މިއީ މުޅިދުނިޔެއިން ކޮރަޕްޝަން ނައްތާލެވޭހާ ގާބިލު އެހާމެ އިހުލާސްތެރި ޓީމެއް. މިފަދަ ބަޔަކު މުޅި އިންސާނިއްޔަތުވެސް ދުވަހަކުވެސް ދެކިފައިނުވޭ