ކުރީގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު: އޭނާ ވެސް އޭސީސީއަށް ހާޒިރުވާން ވަނީ އަންގައިފައި.-- ފޮޓޯ: މަޖިލިސް
13 އޮކްޓޯބަރ 2025 - 19:49
އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވެސް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން މިއަދު އަންގައިފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭސީސީގެ ތަހުގީގަށް ހާޒިރުވާން ރިފްއަތުއަށް ވެސް އަންގާފައިވާ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އިބޫ ތުހުމަތު ކުރެއްވި ގޮތުގައި، މިކަމަކީ މިނިވަން މުއައްސަސާތަކަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވައިގެން އެމްޑީޕީގެ މެމްބަރުންނަށް ބިރުދެއްކުމުގެ ގޮތުން ހިންގާ ސިލްސިލާ ހަރާކާތެކެވެ.
"ސިޔާސީ ނުފޫޒުގައި ޖެހި ރައްޔިތުންގެ އިތުބާރު ގެއްލޭ މިޒާތުގެ ކަންކަން ނުކުރުމަށް އޭސީސީގެ ވެރިންނަށް އިލްތިމާސްކުރަން،" އިބޫ ވިދާޅުވި އެވެ.
ރިފްއަތު އޭސީސީއަށް ހާޒިރުވާން ޗިޓު ފޮނުވި އިރު، އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގައި ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ބަދަލު ދިން ގޮތުގެ މައްސަލާގައި ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކޮށް އެ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ވަނީ އޭސީސީއަށް ހާޒިރުކޮށްފަ އެވެ.
އޭރުގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވެސް އޭސީސީއަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ.
ފައްޔާޒް އޭސީސީއަށް ހާޒިރުވުމުގެ އަމުރުގައި ބުނެފައިވާ ގޮތުގައި، އޭނާއަށް ތުހުމަތު ކުރަނީ 2019 ވަނަ އަހަރު ބޭއްވި ޑިސްޕިއުޓް ރިސޮލިއުޝަން ކޮމެޓީގައި އޭނާ ބައިވެރިވެފައި ވަނީ އެ ކޮމެޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް އެކަށީގެން ނުވާ ބަދަލެއް ދީ، އެ ކުންފުންޏަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމެވެ.
އެ އަމަލުގެ ސަބަބުން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ވެސް އޭސީސީން ތުހުމަތުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވޯލް
14 October 2025
މިއަދު ބަންޑާރަނައިބު ހުރެ ޤާނޫނު އަސާސީއާ ތައަރަޒުވާ ގޮތައް ގިނަ ޤަނޫނު ތަކެއް ފާސްކުރެވެމުން އެދަނީ. އެގޮތުން މީހުންގެ ފޯނު ހިފަހައްޓާ އެ ބެލުމަކި ކަނޑައެޅިގެން ޤާނޫނު އަސާސީއާ ހިލާފުކަމެއް. މާދަމާ ތިމާގެ ބާރު ދިޔައީމަ ފުލުހުންގޮސް ތިމާއާ ތިމާގެ އަނބިދަރިންނާ ގާތްތިމާގެ މީހުންގެ ފޮނު ހިފަހައްޓާ އޭގައި ހުރި ޒާތީ މައުލޫމާތު ބެލިމަ ދެން ވާނީ ކިހިނެތް؟؟؟
ފަރުދީ
14 October 2025
ވެެރިކަމުގައި ތިބޭއިރު ކޮންމެ ބަޔަކުވެސް ކުރެވުނު ކަމެއް ކޮށް، ނެގުނުހާ ފައިދާއެއް ނަގާއިރު ހިތަކަށް ނާރަ ހަމަ ކަމެކޭވެސް. ތިމާމެންގެ ބާރުނެތިދާ ދުވަހު ދިމަދިމާލަށް ދަމަންފެށީމާ ރައްޔިތުން ވާވައްދަން ކިޔަނީ ސިޔާސީ ނުފޫޒޭ. މިފަދަ ކެހިވެރި ވާހަކަތަކަށް ރައްޔިތުން ނުހެއްލި، ޕާޓީ ފިކުރުގައި ނުޖެހި ސަލާމަތްވާން ދަސްކުރުމަކީ މިގައުން ކޮރަޕްޝަން މަދުކުރަން ކޮންމެހެން ކުރަންޖެހޭ ކަމެއް. ފަރުދީ ޒިންމާއެއް.
ގޮނުއަނގަ
13 October 2025
އަހަރެން އެދެނީ މައްސަލަތައް އަވަހަށް ޝަރީތަށް ފޮނުވައިދިނުމަށް. ތިޔައީ ބިރު ދެއްލުމެއްނޫން. ވުއްވެރިން ހޯދުން ކުށްވެރިންނހޯދޭނީނހެކި ހޯދިގެން.
ކާތިބު
13 October 2025
ރިއްޕެ ތީ ތިތަނަށް ގެންދާން ރަނގަޅުމީހެއް.
އަލިކޮއި
13 October 2025
ސިނގިރޭޓުކޮޅުގެ ޑިއުޓީ ކަޓުވާލި މައްސަލަ ބަލަންޖެހޭ. ކޯޓުގައި ހިނގާހިނގާ އޮތް މައްސަލައެއް، އޮފީހުގެ ހުރިހާ ލޯޔަރުންނާ ދެކޮޅަށް ހިސާނު އާއި ރިއްފަތުގެ ލޯފާމުން ބޭނުންވިގޮތަށް އަނބުރާ ނަގައި ބާޠިލު ކުރި މައްސަލައިގައި މީނާގެ މައްޗަށް ދަޢުވާކުރަންޖެހޭ - އޭސީސީގެ މެމްބަރުން ކޮޅު ގުރުބާން ކުރީ އެމައްސަލައިގައި. .
ރެއްކާބެއްޔާ
13 October 2025
މި ގައުމުގައި އޮތީ ބޮޑު ދެ ފިކުރު. އެ ދެ ފިކުރަކީވެސް ހަގީގަތުގައި ދެ ފަކުރު. ކޮންމެ ފިކުރަކުންވެސް ފެންނާނީ އަމިއްލަ ޖީބަށް ދައުލަތުގެ މުދަލާއި ފައިސާ ޖަހާ ހުސް ފަކުރު.
ސަސި
13 October 2025
އޭސީސީ ހާދަ ހިންގާލަފައޭ، ކައުންސިލް އިމްތިހާބާ ހަމައަށް ދާއިރު އޭސީސީއިން ދައުވަތު ނުލިބޭމީހަކު އިދިކޮޅިގައި ނުހުންނާނެތާ
ބުނީ
13 October 2025
ކަނޑުވިއްކާލީމަތަ؟
ޅަބޯބޭބީ
13 October 2025
އިބޫ ހެޔޮނުވާނެ އިނގޭތޯ! މަނިކުފާނު އަކީ އަޅުގަނޑުގެމެން ހީކުރީ ތިއީ ސިޔާސީ ބޭފުޅެއްކަމަށް ވިޔަސް ސްޓޭޓްސްމަންއެއް ކަމަށް. ހަރުދަނާ ބޭފުޅެއްކަމަށް. މުއައްސަސާތާކުގެ މަސައްކަތް ކުރިޔަ ދޭންވާނެ. ޖަވާބުދާރީވާންވާނެ.
ހަލީމާފުޅު
13 October 2025
ހިސާނުކޮބާ؟ ހިސާނު؟
ރެއްކާބެއްޔާ
13 October 2025
އޭނާ އެބައުޅޭ އެއްކަލަ ހުޅުމާލޭ ކޯޓަށް މިއިން މީހަކު ގެންދޭތޯ ބަލަން.