އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގެ އިނޮކޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އޭސީސީން ނުކުމެވަޑައިގެން ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
13 އޮކްޓޯބަރ 2025 - 11:57
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ އޭނާގެ މައްސަލާގައި އެއްވެސް އަސާސެއް ނެތް ކަމަށް އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގެ އިނޮކޮމިކް މިނިސްޓަރު އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ބަދަލު ދިން ގޮތުގެ މައްސަލާގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް އޭސީސީން ތަހުގީގުކުރާ މައްސަލާގައި ސުވާލު ކުރުމަށް އެ ކޮމިޝަނަށް މިއަދު ހެނދުނު ފައްޔާޒް ވަނީ ހާޒިރުކޮށްފަ އެވެ. އޭސީސީން ނުކުމެވަޑައިގެން އޭނާ ވިދާޅުވީ އެ ކޮމިޝަނުން ބަލަނީ އެއްވެސް އަސާސެއް ނެތް މައްސަލައެއް ކަމަށެވެ.
"އޭސީސީން ބަލަމުން އަންނަ މައްސަލައަކީ އެއްވެސް އަސާސެއް ނެތް މައްސަލައެއް. މައްސަލަ ތަހުގީގުކުރާ އިރު، ތަހުގީގާ ގުޅޭ އެއްވެސް ތަފުސީލެއް އެ ބޭފުޅުން އަތުގައި ނެތް،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގެ އިނޮކޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އޭސީސީން ނުކުމެވަޑައިގެން ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ފައްޔާޒް ވިދާޅުވީ އޭސީސީން ކުރަނީ އެއްވެސް "ތާކުންތާކު ނުޖެހޭ" ތަހުގީގެއް ކަމަށެވެ.
ފައްޔާޒް އޭސީސީއަށް ހާޒިރުވުމުގެ އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާ އަށް ތުހުމަތު ކުރަނީ 2019 ވަނަ އަހަރު ބޭއްވި ޑިސްޕިއުޓް ރިސޮލިއުޝަން ކޮމެޓީގައި އޭނާ ބައިވެރިވެފައި ވަނީ އެ ކޮމެޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް އެކަށީގެން ނުވާ ބަދަލެއް ދީ، އެ ކުންފުންޏަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމެވެ.
އެ އަމަލުގެ ސަބަބުން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ވެސް އޭސީސީން ތުހުމަތުކުރެ އެވެ.
ސްވިފްޓް އިންޖިނިއަރިންއަކީ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ސައުދުﷲ ހިލްމީގެ ކުންފުންޏެވެ.
ފައްޔާޒުގެ މައްސަލަ އޭސީސީން ބަލަން ފެށުމާ އެކު ސައުދުﷲ ވިދާޅުވެފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުގައި ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ބަދަލުގެ ގޮތުގައި ފައިސާ ނުދީ، އެ އަގުގެ މަޝްރޫއުތަކެއް ދީފައި ވުމަކީ ދައުލަތަށް ލިބުނު ބޮޑު ފައިދާއެއް ކަމަށެވެ.
ފައްޔާޒް މިއަދު އޭސީސީއަށް ހާޒިރުކުރި އިރު، ހަމަ މި މައްސަލައާ ގުޅިގެން ސުވާލުކުރުމަށް އެމްޑީޕީ އެންމެ ފަހު ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް އިއްޔެ ވަނީ އެ އިދާރާއަށް ހާޒިރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގޮނުއަނގަ
13 October 2025
އަސާސަކީ ފުންމާ އަރާ މައިކު ދަމާގަތުމެއްނޫން. އަސާސަކީ ބާރަށް ހަޅެއްލެވުމެއްވެސްނޫން. ކޮށްފައިހުރި ... ތަޙްޤީޤު ކުރާއިރު ފިސާރު ގުޑުގުޑު އަޅާން. ބައެއްފަހަރު ބިމުންވެސް ކެޓޭނެ.
ބާރަށްދުވާހަސަންބެ
13 October 2025
ފައްޔާޒު ބުނީމަ ގަބޫލު ކުރާނެބަޔަކުވެސް ތިބޭނެ އެއީ ބަހާލައިގެ ބައިއެޅުނުމީހުނާއި ހުޅުމާލެއިން ބިންދިންމީހުން. އެނޫންމީހުނަށް އަސާސްތައް، ކޮރޮޕުސަން، ވައްކަން، ގައުމު ލޫޓުވާލުން ވަރަށް ރަގަޅަށް ފެންނާނެ. މުޅިގައުމުގެ އެކިދިމަދިމާލުން އަސާސްތައް ބަޑިތަކުރު ވިހޭރޭ އަލަފަތްހެން ގިނަވެ ރޯނުވެގެން އުޅޭތަން މިފެންނަނީ
ދުންނާ
13 October 2025
ގެއް ގެއް ގެއް އެންމެންނަށްވެސް އެނގޭ މަގެއްކަން
އަސާސް
13 October 2025
ވެންޓިލޭޓަރ، އަދީބު، ފެނަކަ، އަލީ ވަހީދު، ފްލެޓްތައް އޮޅުވާލުން.، ނުހައްގުން ގޯތިތައް ދިނުން، ރޯޔަލް ރޭޕްކޭސް، ކޮވިޑުން ބޮޑު އަގުގަ ވައްކަން ކުރުން ރައްޓެހިންގެ ޓެސްޓް ސެންޓަރ ތަކުން، ބޮޑެތި އަދަދުން ބަދަލުގެ ގޮތުގަ ދިނުން، ފާޅުގަ ރިޝްވަތު ބެހުން. އަދިވެސް އަދިވެސް. ހުސް އަސާސެއް ނެތް ކަންކަން މިހުންނަނީ
އަމޭރު
13 October 2025
އަސާސެއް ބޭނުމެއްނުވޭ. ވައްކަން ފެނިފަ އޮތީ. ތިޔާތަނުން ފެންނަނީ ބައިއެޅި މީހުންކޮޅު. އެހެންވީމާ އެމީހުން ދާނެތާ؟ އަނެއްކާވެސް އެތިކޮޅެއް ހޯދަން މަޅިޖަހަން
އަސާގަނޑު
13 October 2025
ކަލޭމުންގެ ވައްކަމެއް ބަލަންޏާ އަސާސެއް ނޯންނާނެ.
ޘުރައްޔާ
13 October 2025
ވަރަށް ބިރުގަނެއްޖެ