ޚަބަރު / އޭ ލެވެލް

އުމުރުން 12 އަހަރުގެ ރަޔާން އޭ ލެވެލަށް ކިޔަވަން ފަށައިފި

ރަޔާން: އޭނާ ވަނީ މި އަހަރުގެ އޯލެވެލް އިމްތިހާނުގައި ބަޔޮލިޖީން އޭ ސްޓާ، ހިސާބާއި އިނގިރޭސި އަދި ފިޒިކްސްއިން އޭ ހޯދައިފައި.--

އޯލެވެލް އިމްތިހާނުގައި މިދިޔަ ދެ އަހަރު މޮޅު ކާމިޔާބީއެއް ހޯދި އުމުރުން 12 އަހަރުގެ ރަޔާން ރިޔާޒް އަބުދުލް ވާހިދު އޭލެވެލަށް ކިޔަވަން މިއަދު ފަށައިފި އެވެ.

ރާއްޖޭގައި އާއްމުކޮށް އޭ ލެވެލް ހަދަނީ އޯ ލެވެލް ނިންމުމަށް ފަހު އުމުރުން 16 އަހަރުގަ އެވެ. އެކަމަކު، މިއީ، މިހާ ހަގު އުމުރެއްގައި ގްރޭޑު 11 ކިޔަވަން ފެށި ފުރަތަމަ ދަރިވަރު ކަމަށް، ތައުލީމީ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

ރަޔާން އޭ ލެވެލް ފެށި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ޕްރިންސިޕަލް، ސައީދު އަހުމަދު ވިދާޅުވީ، އުމުރުން ކިތަންމެ ހަގު ވިޔަސް އާއިލާގެ އެދުމުގެ މަތިން އެ ދަރިވަރަށް ފުރުސަތު ދިނީ އޯ ލެވެލްގެ ނަތީޖާއަށް ބެލުމަށް ފަހު ގާބިލްކަން ހުރި ކުއްޖެއްކަން ޔަގީން ވުމުން ކަމަށެވެ.

ފުލުހުން ދިން ދައުވަތަކަށް ރަޔާން ފުލުހުންގެ ފޮރެންސިކް ލެބުގައި.-- ފޮޓޯ: ޕޮލިސް މީޑިއާ

ނަމަވެސް، މިއީ، ގޮންޖެހުމެއް ކަމަށް ސައީދު ވެސް ވިދާޅުވި އެވެ.

"އެހާ ހަގު އުމުރެއްގެ ކުއްޖަކު އޭލެވެލް ކިޔަވަން ފެށުމަކީ ގޮންޖެހުމެއް. އެކަމަކު ވަރަށް ތައްޔާރު. މި ފުރުސަތު އަޅުގަނޑުމެން ދޭން ނިންމީ ވެސް މިއީ ޗެލެންޖެއް ކަމަށް ބަލާފައި. ޓީޗަރުންނާއި ރަޔާންގެ ކްލާހުގެ ކުދިންނަށް ވެސް ކިޔައިދީފައި މިހާރު ވާނީ. އެންމެން ވެސް ރަޔާން އަށް އެހީތެރިކަން ފޯރުކޮށްދޭނެ،" އޭނާ ވިދާޅުވި އެވެ.

އުމުރުން އެންމެ 10 އަހަރުގައި ރަޔާން އެންމެ ފުރަތަމަ ހެދީ ކެމިސްޓްރީ އޯ ލެވެލް ޓެސްޓެވެ. ހުރަވީ ސްކޫލްގައި ކިޔަވަމުން ދިޔަ ދަރިވަރަށް އެ ފަހަރު އޭ ސްޓާއެއް ލިބުނެވެ. އޭގެ ފަހުން، މިދިޔަ މެއި/ޖޫން މަހު ބޭއްވި އިމްތިހާނުން ބައޮލޮޖީން އޭ ސްޓާ، ހިސާބާއި އިނގިރޭސި އަދި ފިޒިކްސްއިން އޭ ހޯދި އެވެ.

އޯޓިސްޓިކް ކުއްޖަކަށް ވިޔަސް، ރަޔާންގެ ހުވަފެންތަކުގައި ކުލަ ޖެއްސުމަށް ކުރާ މަސައްކަތެއް މަންމަ އާއި ބައްޕަ ހުއްޓައެއް ނުލަ އެވެ.

ފުލުހުން ދިން ދައުވަތަކަށް ރަޔާން ފުލުހުންގެ ފޮރެންސިކް ލެބުގައި.-- ފޮޓޯ: ޕޮލިސް މީޑިއާ

ރަޔާން އޭ ލެވެލްގައި ބައިވެރިކުރަން މަންމަ އާއި ބައްޕަ ނިންމީ އެ ސަބަބާ ހެދި އެވެ.

"ރަޔާންގެ މަންމަ އާއި ބައްޕަ ބޭނުންވީ އޭލެވެލް ކިޔަވަން ފަށަން. އަޅުގަނޑުމެން ކައިރިއަށް އައީމާ އަޅުގަނޑުމެން ވާހަކަ ދެއްކިން. އެހާ ހަގު އުމުރެއްގައި އެއީ ރަޔާން އަށް އެންމެ ރަނގަޅު ގޮތޯ އާއި އެކަމުން ކިޔެވުމަށް އެއްވެސް އަސަރެއް ކޮށްފާނެތޯ، އާއިލާ އާއި ދެމަފިރިން ވެސް ވާހަކަ ދައްކާލަން،" ސައީދު ވިދާޅުވި އެވެ.

ގޮތެއް ނިންމުމަށް އިތުރު ފުރުސަތެއް ދިނީ ރަޔާންގެ އުމުރު ހަގު ވެފައި، ކިޔަވަން ޖެހޭ ކުދިންގެ އުމުރު ބޮޑުވުމުން ކިޔެވުމަށް އަތުވެދާނެ ބަދަލަކަށް ކަމަކަށް ވިސްނުމަށް ފަހު ކަމަށް ސައީދު ވިދާޅުވި އެވެ. ނަމަވެސް ރަޔާންގެ މައިންބަފައިން ނިންމީ ދަރިފުޅު އޭލެވެލަށް ކިޔެވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަޔާން އަށް 13 އަހަރު މި އަހަރު ވަނީ. ދެން އުޅޭ ކުދިން އެއީ 10 ނިންމާފައި އައިސް އުޅޭ ކުދިން. އެހެންވެ އަޅުގަނޑުމެން އެ ގޮތަށް މަޝްވަރާ ކުރީ،" ސައީދު ވިދާޅުވި އެވެ.

ރަޔާން ސައިންސްވެރިއަކަށް ވާން ބޭނުންވާ ކަމާއި ކެމިސްޓްރީ އަށް އޭނާ ވަރަށް ލޯބިކުރާ ކަން އެނގުމުން، ފުލުހުންގެ ފޮރެންސިކް ލެބަށް ގެންގޮސް އެތަނުގައި ކަންކަން ކުރާ ގޮތް ބަލައި، ފޮރެންސިކް އެކްސްޕާޓުންނާ އެކީ ވަގުތު ކޮޅެއް ހޭދަކުރުމުގެ ފުރުސަތު ވެސް ދިނެވެ.

8 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 35%
icon sad icon sad 4%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 62%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިނާ92

19 September 2023

މޮޅުކުއްޖަކަށްވާތި. ސަޕޯޓްކުރަން ވަރަށް

The name is already taken The name is available. Register?

އުފާ

18 September 2023

ތީ ހަމަ ރަޔާން މަންމަޔާ ބައްޕަގެ ހިތްވަރު، މާޝާﷲ

The name is already taken The name is available. Register?

އަބްޑޫޅް +

18 September 2023

ކޮންމެއަކަސް، ރާއްޖޭގެ ހުރިހާކުދިންވެސް 12 އަހަރުގަ އޭ ލެވެލް ހަދައި، 13 އަހަރުގަ، ހުޅަނގު ގެ ޔުނިވާޝިޓިއަކަށް ދިޔުމުގެ ފުރުސޮތު، އުސޫލެއްގެ ގޮތުން، މިހާރުން މިހާރަށް ހޯދައިދޭނެ އެބަ ޖެހޭ. އެންމެ ފުރަތަމަ، 16 އަހަރުގަ ޕީއެޗުޑީ ހެދި ދިވެހި ކުއްޖާ، ވަރަށް އަވަހަށް ފެންނާނެ. މާތުރަ.

The name is already taken The name is available. Register?

ޖީލު

17 September 2023

ތިޔައީ ކޮންމެކުއްޖަކަށްވެސް ލިބެންޖެހޭ ފުރުސަތެއް. އުގަންނައިދޭށޭ ކިޔައި ކުޅެކުޅެތިބެ ކުދިންހަލާކުވެގެން މިދަނީ

The name is already taken The name is available. Register?

ކކކކ

17 September 2023

ކޮބާ ތިހާ އަވަސް އަރުވާލުމުގެ ބޭނުމެއް. ލެޓް ދަ ކިޑް އެންޖޯއި ހިޒް ޗައިލްޑްހުޑް.

The name is already taken The name is available. Register?

ވިސްނާލަމާ

17 September 2023

މާޝާ ﷲ އެކަމަކު ތިކަން ތިގޮތައް ނުކުރުން ބުއްދިވެރި. ސްކޫލް ނިޒާމުގެ 12 އަހަރު ކިޔެވުމަކީ ކުދީންގެ ސިކުނޑި އުމުރާއެކު ހެދި ބޮޑުވުމާއި ގުޅިފަ ހުންނަކަމެއް. ހަސަދައެއް އޮވެގެން ބުނާ އެއްޗެއް ނޫން މީކީ!

The name is already taken The name is available. Register?

ކޮރަލް

17 September 2023

ރާއްޖޭ ގަ ހުނަރު ހުރި ކުދީން ވ ގިނަ އެވެ. ސްކޫލް ނިންމާ ފަ ވަޒީފާ ނެތް އެތައް ހާސް ކުދީން އެބަ އުޅެ އެވެ. ފިހާރަ ތަކުގެ ވަތްގަނޑުން ދިވެއްސަކަށް ވަޒީފާ އެއް ނުލިބެ އެވެ. 90 ޕަސެންޓް ބިދޭސީން ނެވެ. އެމީހުން އަހަރެއް ވާއިރަށް އާ އަމިއްލަ ފިހާރަ އެއް ހުޅުވަ އެވެ. ވަތްގަނޑާ ދިވެއްސަކު ކައިރި ވިޔަ ވެސް ނުދެ އެވެ. އެކަމު އެއީ ކޯޓާ ދޫކުރާ ވަޒީފާ އެއް ނޫނެވެ. ބިދޭސީ ކޭޝިއަރުން އެވަޒީފާ ގަ އެއުޅެނީ ގާނޫނާ ހިލާފަށެވެ.

The name is already taken The name is available. Register?

މައްސަލައެއް ނޫން! މައްސަލައަކީ.......

17 September 2023

ماشاءالله، تبارك الله! ވަރަށްވެސް އުފާވެރި ޚަބަރެކެވެ. ޤާބިލްކަން ހުރި ކުދިން ޢުމުރުން ހަގަސް ކިޔެވުމައިގެން ކުރިއަށް ދިއުން މައްސަލައެއް ނޫނެވެ. މައްސަލައަކީ އެފަދަ ކުދިންގެ ހަގު ޢުމުރު ރާއްޖޭގެ ސްކޫލްތަކުން ޖާގަ ލިބުމަށް ހުރަހަކަށް ވާތީ އެވެ. ނަމަވެސް ހަމަގައިމު ވެސް ވިލާ ހައި ސްކޫލް މިވަނީ އެފަދަ ކުދިންނަށް ބަންދުވެފައިވާ ދޮރު ހުޅުވާލަދީފަ އެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454