ހިންމަފުށީ ގެއެއްގެ ދޮރަށް ވަޒަން އަރާފައި. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުން.
05 ފެބުރުއަރީ 2017 - 13:42
ހިންމަފުށީ ގެއެއްގެ ދޮރަށް، 2015 ގައި، އެރި ވަޒަން މީހަކަށް އަމާޒުވި ނަމަ އެކަން ވާނީ މަރުގެ އެތިފަހަރަކަށެވެ. އޭގެ ދެވަނަ ހާދިސާ ހިިނގީ މިދިއަ ބުދަދުވަހު އެވެ. ރަށާ ކައިރީގައި ސިފައިން ތަމްރީން ހަދާ ގިރިފުށި އޮތް އިރު، ވަޒަން އެރުމުގެ ދެ ހާދިސާ އަށް ފަހު އަނެއްކާވެސް މި ވަނީ ނުރައްކާތެރި ރަނގަބީލު ޖެހެން ފަށައިފަ އެވެ.
މިއިން އެއްވެސް ހާދިސާއަކާ ގުޅިގެން ސިފައިން ވާހަކައެއް ނުދައްކަ އެވެ.
ގިރިފުއްޓާ ވީ ދިމާލު އަތިރިމަތީގައި ހުންނަ ލިލީނައިޓް ކިޔާ ގޭގެ ކުޑަދޮރަކަށް ވަޒަން އަރާފައި ހުއްޓާ ބުދަދުވަހު ފެނުނު އިރު އެއީ ކޮން އިރަކު އެރި އެއްޗެއް ކަމެއް ނޭނގެ އެވެ.
ރަށު ކައުންސިލުން ކުރިން ލަފާކުރީ އެއީ، ގިރިފުށިން އައި އެއްޗެއް ކަމަށެވެ. މިދޭތެރެ އިން އެ ރަށުގައި ތަމްރީނުތަކެއް ވެސް ކުރިއަށް ގެންދިޔަ ކަމަށް ކައުންސިލުން ބުނެ އެވެ. އެކަމަކު ފުލުހުންގެ ތަހުގީގުން ލިބުނު މައުލޫމާތުން، އެއީ ގިރިފުށިން އައި ވަޒަނެއް ކަމެއް ސީދާ ބުނަން ނޭނގޭ ކަމަށް ހިންމަފުށީ ކައުންސިލަރަކު ވިދާޅުވި އެވެ.
ހިންމަފުއްޓާއި ގިރިފުށި: މި ދެ ރަށާ ދެމެދު ކިލޯމީޓަރެއްގެ ދުރުމިން ވެސް ނުހުރޭ
އޭނާ ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށް ގެންދާ ތަހުގީގުގައި، ގިރިފުށިން އެ ރަށަށް ވަޒަނެއް އަރާފާނެތޯ ބެލީ ބަޑި ޖަހައިގެންނެވެ. ތަހުގީގު ޓީމުން ޝޫޓްކުރީ ހިންމަފުށީ އަތިރިމަތީގައި ތިބެ ގިރިފުއްޓަށެވެ.
މިހާތަނަށް ބެލިބެލުމުގައި، އެއީ، ގިރިފުށިން އައި ވަޒަނެއް ކަމަށް ތަހުގީގު ޓީމަށް ގަބޫލުނުކުރެވޭ ކަމަށް ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ، މިހާރު އަޅުގަނޑުމެން މާ ބޮޑަށް ވެސް ކަންބޮޑުވޭ. ވާނުވާއެއް ނޭނގޭ،" ކައުންސިލަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަށުގެ އަތިރިމަތިން ފެށިގެން ގާތްގަނޑަކަށް 300 ފޫޓު ދުރުގައި ހުރި އެ ގެއަށް ވަޒަން އެރި ފަހުން، އެ ރަށު މީހުން ބަލަނީ އެ ސަރަހައްދަށް ނުގޮސް އުޅެވޭތޯ އެވެ. އެހާ ވެސް ބޮޑަށް ރަށު ތެރޭގައި ބިރުވެރިކަން އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މުޅި ރަށު ތެރޭގައި ވަޒަނުގެ ވާހަކަ، ކޮފީ މޭޒުތަކާއި އެހެން ތަންތަނުގައި ވެސް އެ ނޫން ވާހަކައެއް ނުދައްކާ. ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވެފައި ތިބީ،" ކައުންސިލަރު ވިދާޅުވި އެވެ.
ހިންމަފުށީ ލިލީ ނައިޓްގޭގެ ކުޑަ ދޮރަކަށް ވަޒަން އަރާފައި
ހިންމަފުއްޓަށް އެރީ، 9އެމްއެމްގެ ވަޒަނެއް ކަން ބުނުން ފިޔަވައި އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރި އެވެ. މިއީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ހާދިސާއެއް ނަމަވެސް އެމްއެންޑީއެފުން އެކަމުގައި އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އެއީ ގިރިފުށިން އައި ވަޒަނެއް ނޫން ކަމަށް، ތަހުގީގު ޓީމުން ލަފާކުރާ ކަމަށްވެ އެވެ. އާންމުކޮށް 9އެމްއެމްގެ ވަޒަން ދަތުރުކުރާ ދުރުމިނަކީ، 1800 މީޓަރެވެ. ހިންމަފުއްޓާއި ގިރިފުއްޓާ ދެމެދު 1000 މީޓަރު ވެސް ނުހުރެ އެވެ.
ހިންމަފުށީ މީހުން ބުނާ ގޮތުގައި މިއީ އެހާ ލުއިކޮށް ދޫކޮށްލަން ޖެހޭ ވަރަށް ވުރެ ސީރިއަސް މައްސަލައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޑިގިއްލާ
06 February 2017
ކުޑަހުވަދޫ މީހުންނަށް ބޮޑު އެމް އެޗް 370 ފެނިގެން އެވާހަކަ ދެއްކީމަވެސް އެއްވެސް ތަހުޤީގެއް ނުކޮށް އެމްއެންޑީއެފުން ބުނީ އެއީ އެމްއެޗް370 ނޫންކަމަށް! ޢޭވިއޭޝަން އޮތޯރިޓީންވެސް ބުނީ އެސަރަހައްދުގައި އެއްވެސް ބޯޓެއް ނުއުދުހޭނެކަމަށް!އެކަމު އަދިއަދަށްދާންދެންވެސް އެފެނުނީ ކޮންބޯޓެއްކަން ބުނެނުދެވޭ/ ވަޒަނަށްވެސްވީ ހަމަ އެހެން!
އިންސާފް
05 February 2017
އެވެރިން ތިބީ މާތްﷲ ގަންދީ ހުވާކޮށްގެން ތިޔަފަދަ އަމަލެެއް ތަހުޤީގު ނިމެންޏާ ރިލްވާންއަށް ވީގޮތްވެސް މިހާރު އެގުނީސް
ތިމަންނަ
05 February 2017
އަނެއްކާ ތިޔަކަންވެސް ފެނަ ބަޑިޔާ ، ދުނަ ބަޑިޔާ . ދެމީހުން ފުއަޅުވާލަފަ ދިޔާމަ .. ހަގީގީ ބަޑިއަށް ވީ މިގޮތަށް ނުވެއްޖިއްޔާ ކިތަންމެ ހާވެސް ރަގަޅު ..
އެސްގީޓީ މާރަންދޫ ކަޅޭ
05 February 2017
ހިންމަފުއްޓާ ގިރިފުއްޓަށްވުރެ ގާތްވާނެ ނައިފަރާ މަޑިވަރާ، އެކަމް ދުވަހަކުވެސް މަދިވަރުގަ ޖަހާވަޒަނެއް ނާރާ ނައިފަރުގެ ގޭގެއަކަށްވެސް މީހުންގެ ގަޔަކަށްވެސް ،،،ދެރަށްދޭތެރޭ 100ފޫޓްވެސް ނުހުންނާނެ، އަނެއްކާ އަބަދު ޓްރެއިނިންްގް ހަދާތަނެއް އެއީ،،،،
ބަސް ދޮނޭ
05 February 2017
އަބަދު ބަޑިއާ ބޮން މިސައިލް ފަދަ ތަކެތިން މީހުން ނައް އަމާޒުވާ ތަނެއް އެ ފަލަސް ތީނަކީ، މަންމަގެ ބަޑުން ވިހޭން ސުރެ ބަޑީގެ އަޑު އިވުނެއް ކަމަކު ދުނިޔޭގަ 70،80،90 އަހަރު އުޅުމުގެ ނަސީބު ބައެއްމީހުން އައްލިބޭ، މިފަދަ ވާހަކަ އެއް ތިބުނުއްވީ
ރޯނުަައެދުރު
05 February 2017
މިހާ ސީރިއަސް މަައްސަލަސަ އެއް ފެންމަތިވެގެން އުޅެ އިރު ޑިފެންސް މިނިސްޓާރ ވެސް މީ ސީރިއަސް މައްސަލަ އެއް ނޫންގޮތަށް ދެކި ޓުވީޓު ކުރީތީ ހިތާމަކުރަން..އެއްވެސް ބިރެއް ނެތޯ؟؟؟ބަލަ ސުވާލަކީ އެތަނުން ޖަހާ ވަޒަން ނާރާނެ ކަމަށްވަންޔާ ކޮންތާކުން ހޯދާ އެއްޗެއް ހޭ؟؟ހިންމަފުށި ބަލާ ފާސްކުރަން ޖެހޭ ...ޑިފެންސް މިނިސްޓަރު ކަމު ހުންނަން ޖެހޭނީ ޒިންމާދާރު ސުވާލުތަކަށް ޖަވާބު ދެވޭ މީހުން ލާފަ
ދެޒާހިރު
05 February 2017
ސިފައިންނާއި ފުލުހުންނާޢި ދޭތެރޭ އުފެދިފައިވާ އަރާރުމުގައި ފުލުހުންވެސް ބޭނުންވަނީ ސިފައިން ގޯސްކުރަން. ފުލުހުންނަށް ބޮޑު މުސާރަ ނުލިބުނީ ސިފައިން މައްސަލަ ޖެއްސީމަ. އަނެއްކާ އެތައް އަހަރެއްވެއްޖެ ފުލުހުން ބޭނުންވެގެން އުޅޭ ހަތިޔާރުގެންގުޅުމުގެ ހުއްދަ ސިފައިން ނުދީ ހިފަހައްޓައިގެން އުޅޭތާ! ފުލުހުން ބޭނުންވާ ހަތިޔާރާ ގުޅޭ ކަންކަމުގައި ސިފައިން އެހާ ރައްކާތެރިނޫންކަން ދައްކަން. ފުލުހުންނަށްވެސް ފުރުސަތު ލިބިގެންކަން މިފަދަ ކަންކަން ތަހުގީގުކުރެވޭނީ. ދެރައީ މުއައްސަސާތަކުގެ ކޯޅުމުގައި ރައްޔިތުންނަށް އެއްވެސް ވަރަކަށް ނުބަލާތީ!
ހަތިޔާރު
05 February 2017
މިއީ އާންމު ރައްޔިތުން ބަޑި ގެންގުޅޭ ގައުމެއްނޫން. ފުލުހުން ހަތިޔާރު ގެންގުޅެންޖެހޭ ސަބަބެއް ނެތް.
އެކުސްޕާޓް
05 February 2017
9މމގެ ފިސްތޯލައަކުން ގިރިފުށީގަ ހުރެގެން ޖަހާގެން ތިހާ ހިސާބަކަށް ނާންނާނެ އަދި ޙާއްސަކޮށް ތިހާ ސީދަލަކަށް.. ދެން އޮއްސިގެން އަންނަވަޒަނެއް ތިގޮތަށް ނުވަންނާނެ ކަން ޔަޤީން..
ހަސަންބެ.
05 February 2017
އަހަންނަކީ އިންޑިއާ ސްރީލަންކާ އެމެރިކާ އަދި ލިބީއާގައި މިލިޓަރީ ޓްރެނިންގ ހަދާ ފައި އަދި ދިވެހި ސިފައިން ޓްރެއިނިންގ ކުރަން ގިރިފުށީގައި އެތައް އަހަރެއް ހޭދަކޮށްފައި ސިފައިންގެއިން ރެޓަޔަރ ކޮފައި ހުރި މީހެއް. ގިރިފުށީގައި ސިފައިން ބަޑިޖަހަން ފަރިތަކުރާ ދެ ރޭންޖް އެއް އޮންނާނެ. އެކަތި ރަށުގެ އެންމެ އިރުމަތީފަރާތުގައި. އަނެއް ރޭންޖް ރަށުގެ މެދުތެރޭގައި ހިންމަފުއްޓާއި ވީފަޅީގައި އޮންނާނީ. އެކަމަކު މިދެތަނުންވެސް ޓާރގެޓަށް ޖަހާވަޒަނެއް ހިއްމަފުއްޓާއި ދިމާ އަށް ދިއުމަކީ ހަމަ ނާދިރުކަމެކޭ ބުނެވެން އޮތީ. ދެން އޮތީ އެތާ ދަސްކުރާ ކުދިން ބަޑިޖަހަނީ އިންސްޓުރަކްޓާސް ތައް ވަރަށް ރަގަޅަށް މޮނީޓަރ ކުރަންތިބެގެން. އެތަނުން ކުއްޖަކު ހިންމަފުއްޓާއި ދިމާ އަށް ބަޑިޖަހަންޔާމުން އެމީހަކު ހުންނާނީ ސާޅީސް ފަސްޑިގުރީ ޓާގެޓައި އިދިކޮޅަށް އެބުރި. ފޮޓޯ އިންފެން ތިހިރަވަޒަން ފެންނަނީ ވަރަށް ދުވަސްވެ ދަބަރު ޖަހާފައި ހުރި ގޮތަކަށް . ފަހަރެއްގައި ވެދާނެ ގިރިފުށީ ރޭންޖުގެ ބަޑިޖަހާ ފަސްގަޑު ތެރެއިން ހޮވައިގެން ގޮސް ކޮންމެވެސް މީހަކު ކޮށްގެން އުޅޭކަމެއް ކަމަށް . ގިރިފުށީގައި އުޅޭ ސިފައިންނާ އާންމުވެސް އެކިބޭނުން ތަކަށް ގޮސް އުޅޭ ރަށެއްތީ. އަދި ބައެއްފަހަރު ޓްރެއިނިންހަދާ ކުދިންވެސް ހިންމަފުށީ ވަލުތެރޭގައި އެކި އެކި ޓްރެއިނިންގ ތައް ހަދަން ހިންމަފުއްޓަށް ދޭ. ރައިޔަތުން ނާއި މިހާރު ގެ އޮތް ސަރުކާރާއި ޖައްސަން ތިޔަ ރަށުގައި ބިރުވެރިކަން އުފައްދަން ރައީސް ޔާމީންގެ ސަރުކާރާއި އިދިކޮޅު ބަޔަކު ނޫނީ މީހަކު ކުރާ ވަރަށް ވިޔާނުދާ ކަމެއްތީ.
އަހުމަދު
05 February 2017
ތިކަން ތަހުގީގުކުރަން ކީއްވެ ބޭރުގެ އެހީ ނުހޯދައިގެން އުޅެނީ.
އަދުރޭ
05 February 2017
އަވަހަށް ރަށުއެންމެންގެނެސް ހުޅުމާލޭ ފްލެޓްތަކަށް އަޅާލާފަ ޗައިނާމީހުންނަށް ރައްށްވިއްކާލާ. ކޮންކަމަކާތަ ހާސްވަނީ ހުރިހާ އެއްޗަކީވެސް ފައިސާއެއްނު.