ކުޅިވަރު / އިންގްލިޝް ލީގު ކަޕް

ސެޕްޓެމްބަރުގައި ޗެލްސީން ޖެހި ހަމައެކަނި ގޯލުން ބްރައިޓަން ބަލިކޮށްފި

ޖެކްސަން، ބްރައިޓަން ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: ގެޓީ އިމޭޖަސް

ލަންޑަން (ސެޕްޓެމްބަރު 28) - އިނގިރޭސި ލީގް ކަޕްގައި ޗެލްސީން އަމިއްލަ ދަނޑުގައި ހަނި ގޮތަކަށް ބްރައިޓަންގެ މައްޗަށް 1-0 އިން ކުރިހޯދައި ގަދަ 16 އަށް ދަތުރު ކޮށްފި އެވެ.

ޗެލްސީން ޖެހި ހަމައެކަނި ގޯލު ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނިޓުގައި ކޯލް ޕާމާ ދިން ޕާހަކުން ޖަހައިދިނީ ނިކޮލަސް ޖެކްސަން އެވެ. އޭގެ ފަހުން ވެސް އޭނާ ގޯލަށް ބޯޅަ ފޮނުވާލި ނަމަވެސް ވީޑިއޯ ރިވިއު އާއެކު ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ޖެކްސަން މި މެޗުގައި ޖެހި ގޯލަކީ ޗެލްސީން މި މަހު ކުޅުނު ހަތަރު މެޗުން ކާމިޔާބުކުރި ހަމައެކަނި ގޯލެވެ. އިނގިރޭސި ލީގުގައި މި މަހު ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުގައި 1-0 އިން ބަލިވިއިރު، ލަނޑެއް ނުޖެހި އެއް މެޗު ވަނީ އެއްވަރު ވެފަ އެވެ.

"ޓީމު ވަރަށް ރަނގަޅަށް ފެންނަނީ. ހުރިހާ ކުޅުންތެރިން ވެސް ތިބީ ވަރަށް ރަނގަޅު ފެންވަރެއްގައި،" ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުންޏެވެ.

""ކޯލް [ޕާމާ] އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއް، އަހަރެމެން މޮޅުވީ އޭނާގެ ބޮޑު ހިއްސާއަކާ އެކު. ޒުވާން ކުޅުންތެރިއަކަށް ވެފައި އޭނާ ކްލަބާއި ލަންޑަނަށް ހޭނެން އަދި ވަގުތުކޮޅެއް ނަގާނެ."

މިއީ ޗެލްސީން ތިން އަހަރަށް ފަހު ބްރައިޓަން ބަލިކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެންމެ ފަހުން ބްރައިޓަންގެ މައްޗަށް ކުރި ހޯދާފައި ވަނީ 2020/2021 ސީޒަންގައި ޕްރިމިއާ ލީގު ފުރަތަމަ މެޗުގައި ރަށުން ބޭރުގަ އެވެ. އެ ސީޒަންގައި ދެވަނައަށް ކުޅުނު މެޗުވީ އެއްވަރެވެ. ގެޖިގެން އައި ސީޒަންގައި ލީގުގައި ކުޅުނު ދެ މެޗު ވެސް ވީ އެއްވަރެވެ. އަދި މިދިޔަ ސީޒަންގައި ކުޅުނު ދެ މެޗުން ވެސް މޮޅުވީ ބްރައިޓަން އެވެ.

ޗެލްސީން ވަނީ ބްރައިޓަންގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން ގަންނަން 200 މިލިއަނެއްހާ ޑޮލަރު ފާއިތުވި ދެ ސީޒަންގައި ހަރަދު ކޮށްފަ އެވެ.

ސޮބޮސްޒްލައި، ލިވަޕޫލުން ލީޑު ނެގޮ ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

ލީގް ކަޕްގައި ރޭ ލިވަޕޫލުން ލެސްޓާ ސިޓީ ބަލިކުރީ ފަހަތުން އަރައި 3-1 އިންނެވެ. ކަސޭ މެކްއަޓީ މެޗުގެ ތިންވަނަ މިނިޓުގައި ލެސްޓާ އަށް ލީޑު ނަގައިދީފައި ވަނިކޮށް ލިވަޕޫލުން ތިން ގޯލު ވެސް ޖެހީ ފަހު ހާފުގަ އެވެ. ހާފު ފެށިގެން ތިންވަނަ މިނިޓުގައި ކޯޑީ ގަކްޕޯ އެއްވަރު ކޮށްދިން އިރުމޮޅުވި ލަނޑު 70 ވަނަ މިނިޓުގައި ޖަހައިދިނީ ޑޮމިނިކް ސޮބޮސްޒްލައި އެވެ. އަދި 89 ވަނަ މިނިޓުގައި ތިންވަނަ ގޯލު ޖަހައިދިނީ ޑިއޯގޯ ޖޮޓާ އެވެ.

އާސެނަލް ރަށުން ބޭރުގައި 1-0 އިން ބްރެންޓްފޯޑް ބަލިކުރި ގޯލު މެޗުގެ އަށްވަނަ މިނިޓުގައި ޖަހައިދިނީ ރީސް ނެލްސަން އެވެ. ރަށުން ބޭރުގައި އެވަޓަން ވަނީ 2-1 އިން އެސްޓަން ވިލާ ބަލިކޮށްފަ އެވެ.

ލީގް ކަޕްގެ ގަދަ 16 ގައި އާސެނަލް ކުޅޭނީ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ. އެވަޓަން ނުކުންނާނީޯ ބާންލީއާ ދެކޮޅަށެވެ. ލިވަޕޫލާއި ބޯންމަތު ބައްދަލުކުރަން ޖެހޭއިރު، ޗެލްސީ ނުކުންނާނީ ބްލެކްބާން ރޯވާސްއާ ދެކޮޅަށެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454