މެމްބަރު ހައިތަމް: ހައިތަމް އެމްޑީޕީން ވަކިވީ އެ ޕާޓީގެ ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހިގެން --- ފޮޓޯ/މަޖިލިސް
28 ސެޕްޓެމްބަރ 2023 - 15:23
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް އެމްޑީޕީން މިއަދު ވަކިވެވަޑައިގެންފި އެވެ.
ހައިތަމް "މިހާރު" އަށް ވިދާޅުވީ އެމްޑީޕީން ވަކިވެ ވަޑައިގަތީ ޕާޓީގެ މިހާރު ބައެއް ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހުން އޮތުމުން ކަމަށެވެ.
ހައިތަމް ވިދާޅުވި ގޮތުގައި ސިޔާސީ އެހެން ޕާޓީއަކާ ގުޅުމުގެ ވިސްނުމެއް މިވަގުތު އޭނާގެ ނެތެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވެސް ވަނީ އެމްޑީޕީން ވަކިވެ އިދިކޮޅު ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ.
މީގެކުރިން އެމްޑީޕީގެ އެހެން 12 މެމްބަރަކު އެ ޕާޓީން ވަކިވެ، ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް ވެސް އުފެއްދި އެވެ. ނަމަވެސް އޭގެ ތެރެއިން ދެ މެމްބަރަކު ވަނީ ފަހުން އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައިރޯ
04 October 2023
މޫސުން ބަދަލުވީ
އައިސަން
29 September 2023
ކުނިތަށް ފޮޅާ ހުސްކުރޭ. ޕީޖީ ގުރޫޕްގަ ހުރެގެން ތިޔަ ބުނާ ސިޔާސަތުތަކަށް ބަދަލު ނުގެނެވުނު މީހަކަށް ކުރެވޭނެ އެއްކަމެއް ވެސް ނޯންނާނެ.
ބިއްޖެހި
29 September 2023
ދެފުއްކެހެރި
ބައިބައަށް
29 September 2023
ތިޔަ އިޚްލާޞްތެރި އިއްޒަތްތެރި މެމްބަރުންގެ އަސްލު ސިފަ ފެންނަން ފަށާނެ. ދެންއޮތް ދައުރު ހޯދަން އެ ތައްޔާރުވަނީ. މިއީ ބަރުލަމާނީ ކަމުނުދާނެ ސަބަބަކީ. ރައީސް އަށް އޮންނަ ބާރުގެ ތެރެއިން ރަނގަޅު ކިޔަވައިގެން ތިބި މީހުންނަށް ވަޒީރުކަން ދެވިދާނެ. ނަމަވެސް ބަރުލަމާނީގައި އުޅޭނީ ހަމައެކަނި ތިޔަގުރޫޕު. ވީމާ، އަންނި އެބުނާ ބަރުލަމާނީ މިގައުމަކަށް ކަމަކު ނުދާނެ. ރިޔާސީ ރަނގަޅުވާނެ މަޑުމަޑުން. މިފަހަރު ވޯޓުންވެސް އިނގޭ ރައްޔިތުން ނިންމާގޮތް ތަފާތުކަން.
އޮނަރަބްލް އަފީފު ދީދީ
28 September 2023
ފުރުސަތަށް ބަލަބަލައި ތިއްބެވި އެމްޑީޕީގެ އެހެން މެންބަރުން ދެފަރާތަށް ކިރިކިރި ހަދާނެ ގޮތެއް ނޭގި ނުވަދަ ކުއްލިއަކަށް ދުއްވައި ގަންނާން ޖެހިލުން ވެފައި ތިއްބާ ޙައިތަމް މިއޮތީ އެކަމަށް ބޭނުންވެފައި ތިބި އެތައް ބަޔަކަށް ބިރުން ނުތިބެ "ގޮތް ނިންމާން ހިތްވަރުދީފައި" ސޯލިޙްގެ ޕާޓީގައި ހުންނާން ބޭނުން ނޫންކަމަށް ބުނެފަ. # ދި ޑިމޮކްރެޓްސް ގެ ހުށަހެޅުން ޤަބޫލުނުކޮށް ހުރިމީހާއަށް ފެންނާނީ ސެޕްޓެމްބަރު 30 ހުގެ ކުރިން ސްޕަރ މެޖޯރިޓީ ގެއްލޭތަން ފެންނާނެ.
ފރތގދ
28 September 2023
ހައިތަމް ވަކިވީމަ، ލަންކާ އެމްބަސީގަ ޑޮލަރު ވިއްކަންހުރި މާލިކަށް ވާނީ ކިހިނެއްބާ؟ ޝާހިދުގެ ބޯއީ އަކަށް ވެގެން އުޅެން ދެން ޖެހޭނީ..
ސައިޚް
28 September 2023
ވިކުނީ، ފުދޭވަރެއް ލިބޭނެ މީ ރަނގަޅު ވަގުތު، ޕާރޓީ އާއިވެސް ގުޅޭނެ، ޕީ.ޕީ.އެމް. އާ ގުޅޭނީ،
ދިރާސާކުރާވަރު ގައުމީސޯޝަލް އިޝޫއެއް
28 September 2023
ދުނިޔޭގައި އިންސާނަކަށް ލިބޭނެ އެންމެ ނުބައި އެކުވެރިން ލިބުނު މީހާއަށް ވެދާނެ ރައީސް އިބޫ ސޯލިހު. އެއްތަނަކުން މިހާގިނަ "ކޮލިޓީދަށް" (މީދެން މިއަށް ދެވޭނެ ފަސޭހަ ޑިސްކްރިޕްޝަނަކީ) އިންސާނުން މިހާކުޑަ އެހެން ސްޕޮޓަކުން ފެނިދާނެބާ؟ އަޅުގަނޑު ބުނާނީ ކޮލިޓީދަށް އެކުވެރިންނާގެން ޕްރިންސިޕަލްސް ދޫކޮށް ދޮގު ތެދަށް ހަދާގެން އަތްވާ ވާރޭގައި އުޅުމުން ނާއިންސާފުވީ މީހުން ތިއްބާ ފޭވްކޮށްދިން މީހުންގެ ފަރާތުން ރިވެންޖް! ތިބިހާ އޮޕޯޗުނިސްޓުން މިހާރު އެނގޭނެ.
އަފްރާސިޔާބު
28 September 2023
އެއީ އޮޕޯޗުނިސްޓުންނެއް ނޫން. އޭގެ ރަނގަޅު ނަމަކީ މުނާފިގުން. އެއީ ދުވަހަކުވެސް އެއްވެސް މީހަކަށް ތެދުވެރިވާނެ ބަޔެއްނޫން. ދެން އިވޭނީ ޕީޕީއެމް އަށް ސޮއިކުރި އަޑު.
ބޮޑުމީހާ
28 September 2023
އޮޑި އެއްކޮށް ނުފެތެނީސް ތި ފުންމާލީ. ވޯޓު ގުނައި ނިމެންދެން ވަގުތު އެބައޮތް
ވޯޓް
28 September 2023
ވަރަށް ފިނޑި ކުއްޖެއްތީ.