08 އޮކްޓޯބަރ 2023 - 12:10
އާރުޓީއެލް ދެކުނުގެ އަތޮޅުތަކުގެ ދެމެދުގައި ދަތުރު ކުރުމަށް ކަނޑައެޅި ރޫޓުތަކުން އަގު ނަގަން ފަށައިފި އެވެ.
އެމްޓީސީސީ އިން ބުނީ އާރުޓީއެލް ޒޯން 5 (ގއ/ގދ) އަދި ޒޯން 6 (ޏ/ސ) އަތޮޅުގެ ދެމެދުގައި ކުރާ ހައިވޭ ލިންކް ދަތުރުތަކުން މިއަދުން ފެށިގެން އަގު ނަގާނެ ކަމަށެވެ. ގއ. އިން ގދ. އާ ދެމެދު ކުރާ ދަތުރުތަކުގެ އަގު އުޅެނީ 100ރ. އާއި 150ރ. އާ ދެމެދުގެ އަގެއްގަ އެވެ. އައްޑު އާއި ފުވައްމުލަކާ ދެމެދު ދަތުރު ކުރަން ނަގަނީ 250ރ. އެވެ.
އެމްޓީސީސީ އިން ބުނީ އާރުޓީއެލް ވެބްސައިޓާއި މޮބައިލް އެޕް މެދުވެރިކޮށް، ދަތުރު ކުރަން ބޭނުންވާ މީހުންނަށް ޓިކެޓް ނެގޭނެ ކަމަށެވެ. ޓިކެޓް ނަގައިގެން ދަތުރު ކުރަން ފެށި ނަމަވެސް އުމުރުން ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި އެންސްޕާގައި ރަޖިސްޓަރީ ވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.
އާރުޓީއެލްގެ ދަށުން ސްޕީޑު ފެރީގެ ހިދުމަތް އެންމެ ފުރަތަމަ ފެށީ މިދިޔަ އަހަރުގެ މޭ މަހު އެވެ. އެމްޓީސީސީއާ ހަވާލު ކޮށްގެން ހިންގާ އެ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 20 އަތޮޅަށް އާރުޓީއެލްގެ ހިދުމަތް ދޭން ނިންމާފައިވަނީ ހަ ޒޯނަކަށް ބަހާލައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
09 October 2023
އައްޑޫސިޓީގެ ބަހުގެއަގު ކ.އަތޮޅު މާލޭ ބަހުގެ އަގަށްވުރެން އެތައް ތަނެއް ބޮޑު..!! ހުޅުމާލޭގެ ކޮންމެހިސާބަކަށްވެސް ބަހުގައި 5ރ އަށް ދެވޭ. # އަދި ހުޅުމާލެއިން މާލެއަށް އަގުބޮޑު ޑަބަލްޑެކަރ ބަހުގައިވެސް 10ރ އަށް ދަތުރެއްކުރެވޭ. އެކަމަކު އައްޑޫސިޓީގެ ހިތަދޫއިން މަރަދޫ ަދަށާއި ފޭދޫއަވަށަށް ދިއުމަށްވެސް ކޮޅަކަށް 20ރ ނަގާއިރު އެއަރޕޯޓަށް ދެވެނީ އެއަށްވުރެން ބޮޑުކޮށް. ހުޅުމީދޫ ފެރީ ޓިކެޓް އަގާއި ޖެހިގެންއޮތް ފުވައްމުލަކަށް ދެވޭއަގުވެސް އިންތިހާއަށް ބޮޑު.
އުދުހޭ
08 October 2023
އިންތިހާބު ނިމުނީދޯ
ސާބަސް ކަލޭމެންނަށް
08 October 2023
ތިމާމެންގެ ވެރިކަން ނިމުނުކަން ޔަގީންވީމާ މިހާރު ތީގެން ވެސް އަގު ނަގަން ތި ނިންމީ. ހިދުމަތް ދޭތާ މިހާރު އަހަރެއްވީ.
ބަދުރު
08 October 2023
ދެން ކޮންމެ ކަމެއްވެސް ހިލޭތަ ކޮއްދޭންވީ؟
އައްޑީ
11 October 2023
ތީ އަބަދުވެސް އަގު ނަގަމުން އައި ހިދުމަތެއް.. ދެން އާރުޓީއެލް އޭ ކިޔާފަ ގެނައި ފެރީ އަކުން 1 ހަފުތާ ވަންދެން ހިލޭ ދަތުރުކޮށް ދިނީ.. މިހާރުވެސް ތި ނަގަނީ ހަމަ ކުރިން ވެސް ނަގަމުން އަންނަ އަގު