ރާއްޖޭގެ ރިސޯޓެއް ހެދުމަށް ދޫކޮށްފައިވާ ރަށެއް. ނުނިމި ހުރި ރިސޯޓުތަކުގެ ސަބަބުން ބޮޑު ގެއްލުމެއް އަންނަނީ ވަމުން--
13 އޮކްޓޯބަރ 2023 - 16:56
ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން 88 ރަށެއްގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމުން 1.7 ބިލިއަން ޑޮލަރު (26 ބިލިއަން ރުފިޔާ) ކޮންމެ އަހަރަކު އިގްތިސާދަށް ނުލިބި ގެއްލޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން އާންމުކުރި "ފިސްކަލް ހިރާސްތަކުގެ ބަޔާން" ގައި ވާ ގޮތުން ރާއްޖޭގެ ޓޫރިޒަމް ފުޅާވެ، ކުރި އަރަމުން އައި ނަމަވެސް، ހަދަން ފަށާފައި ހުރި، ނުނިމި އެތައް ރިސޯޓެއް އެބައޮތެވެ. އެ ރިސޯޓުތަކުގެ ސަބަބުން ޓޫރިޒަމްގެ ދާއިރާ އިން ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ދަށްވެ، ރިސޯޓުތަކުން އުފެދެން ޖެހޭ ވަޒީފާތައް ނުއުފެދި ޓޫރިޒަމުން އިގްތިސާދުގެ އެހެން ދާއިރާތަކަށް ނުސީދާ ގޮތުން ލިބޭ މަންފާތައް ލިބުމަށް ހުރަސް އެޅޭ ކަން ރިޕޯޓުގައި ފާހަގަކުރި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، އެންމެ ގިނަ ރިސޯޓުތައް ނުހެދި ހުއްޓިފައި ވަނީ، ކ. އަތޮޅުގައި ކަމަށެވެ. އެ އަތޮޅުގައި މަސައްކަތް ހުއްޓި، އޮޕަރޭޝަން ނުފެށި 29 ރިސޯޓެއް އެބަ އޮތެވެ. ރާއްޖޭގައި މިހާރު އެންމެ ގިނަ ރިސޯޓް ހިންގަނީ ވެސް ކ. އަތޮޅުގަ އެވެ. އެ އަތޮޅުގައި ހިދުމަތް ދޭ ރިސޯޓުތަކުގެ އަދަދު 55 އަށް އަރަ އެވެ.
ރިސޯޓު ހެދުން ހުއްޓިފައިވާ ރަށްތައް ދެވަނަ އަށް އެންމެ ގިނައީ ގއ. އަތޮޅުގަ އެވެ. އެ އަތޮޅުގައި މަސައްކަތް ހުއްޓިފައި ވާ 10 ރަށް އެބަ އޮތެވެ. ލ. އަތޮޅުގެ ހަތް ރަށެއްގެ މަސައްކަތް ހުއްޓިފައި ވާއިރު ބ. އަތޮޅާއި ނ. ގައި ވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންގޮސް، ހިދުމަތް ދޭން ނުފަށާ އޮތް ފަސް ރަށް އެބަ އޮތެވެ.
ރާއްޖޭގައި މި ވަގުތު 173 ރިސޯޓެއް ހިންގަ އެވެ. ނުހެދި ހުރި ރިސޯޓުތަކާ މެދު ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމަށް ކުރީގެ ސަރުކާރުތަކުން މަސައްކަތް ކޮށްފައި ވެ އެވެ. މި ސަރުކާރުން ވެސް ވަނީ މި މައްސަލަ ހައްލު ކުރަން އެކި ފަހަރުތަކުގެ މަތިން މަސައްކަތްތަކެއް ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަގުމީރާ
14 October 2023
މީރާއިން އެބަ އުޅޭޔޯ ކުދި ވިޔަފާރިތައް ހިންގާ ތަންތަނަށް ވަދެ. މަހުޖަނުންނަށް ކިހާ ރަގަޅު ދޯ.
އަލިބެއްޔާގެ ދަރި
14 October 2023
މިވެސް ކުރީ ސަރުކާރުގެ ކަމެއް ދެއްތޯ؟
ވިސްނާލުމަށް އެދެމޭ
14 October 2023
ތި ރައްތަ ރިސޯޓުހަދާނެކަމެނެތް ވަރުވާއަށް ދޫކޮއްލަބަލަ ދަނޑުވެރިކަމަށް..އެހެންއެއްޗެ ނުލިބުނަސް ކާއްޓާ ކުރުނބާ ލިބިދާނެ އަގުހެޔޮކޮށް ގަންނަން..ހުރިހާ ރަށެއް ރިސޯޓުހެދިޔަސް ދިވެހިންނަވާ ފައިދާއެއްނެތް ހައެއްކަ މަހުޖަނެއްގެ ތިޖޫރިބޮޑުވަނީ ބާކީތިބި އާއްމުރައްޔިތުން ފަންޑުފޮށިހިފައިގެން އުޅެންޖެހެނީ ބޭސްފަރުވާއަށް ދެންތިބެނީ ލޯނުއަޅުވެރިންނާ ކުލީގެއަޅުވެރިން.ރައްޔިތުން ސިޔާސީމީހުންގެ އުގުންފައިބާ އަމިއްލަހަލާލު މަސައްކަތުން ދިރިއުޅެންއާދަކުރަންވެއްޖެ
ަސ.ހިތަދޫ
14 October 2023
ދީފި އެއްޗެއް މިރާއްޖެ އަކު އަނބުރާ ނުނެގޭނެ. ގާނޫނު ތައްއޮތްތާ އޮންނާނީ.
ހުސް ނަރުދަމާ އަޅަނީ
13 October 2023
އަހަރުމެން ބޭނުމީ ޕޭމެންޓްތައް އެކައުންޓަށް ލިބޭނެ ޕޭމެންޓް ގޭޓްވޭތަކެއް. މުޅިދުނިޔެ ޔޫޓިއުބުން ފައިސާ ލިބިގެން އޮންލައިން ވިޔަފާރިކޮށްގެން މިއުޅެނީ. އަހަރުމެން ދިވެހިންނަށްވީތީ އެއްވެސް ވަސީލަތެއްނެތް. ވެރިކަންކުރާވަރަކަށް އެބަކުރޭ
ބުނެލަން
13 October 2023
ނުހަދާ ހުންނާނީ ރަށްރަށް ، ރިސޯޓެއްނުކިޔާނެ، ރަށްތަކަށްކުލިކަނޑައަޅާ ކުލިދައްކަންއަންގާ ، އިސާހިތަކު ރަށްދޫކޮށްލަފާނެ. އަތުލެވޭނެ ބައިވަރުގޮތް އެކަމަކުކީއްކުރާނީ ސިޔާސީމީހުންގެ ޖީބަށްމަންފާކުރާތީ އަތުނުލެވިފަހުންންނަނީ. ރައްޔިތުންމީކީއްކުރާބަޔެއްތަ. ރައްޔިތުންވެއްޖެ ގާނޫނުފަހަނައަޅާދާންމިހާރު ސިޔާސީމީހުންނަށްބޭނުންގޮތެއްހެދެންޏާ ރައްޔިތުންނަށްމާގިނަގޮތްހެދެންޖެހޭނެ. މިކަންކަން ހައްލުވާނީ ރައްޔިތުންހަޔާތްކެނޑިގެން.
ވާނެއޭވާނެއޭ
13 October 2023
ނުހެދި ހުރި 88 ރިސޯރޓް ހެދުމަކީ އެއީ އެއްވެސް ކަމެއް ނޫނޭ މުއިއްޒުގެ ހިތްވަރެއް ހުރިނަމަ އަދުރޭ މެން ފަދަ އުނގުން ވިސްނާ މީހުންގެ ބަސް އަހާނަމަ މިކަން ނުވާނެއޭ 88 ރިސޯރޓް ހަދާނީ އެރިސޯރޓް އޯނަރުން ބުނާ ގޮތަށް ސަރުކާރުންނޭ ހަދާދޭނީ ސަރުކާރުން ޖެހޭނީ އެމްޓީސީސީ މެއިންކޮން ގެ ގޮތުގައި ހަމަޖައްސާ ޗައިނާއިން 8 ބިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން މިކަން ކުރާނީ އެމްޓީސީސީ އާއި ދިވެހި ކޮންޓްރެކްޓަރުންނޭ ޑިޒައިން ކުރާނީ ވެސް ދިވެހިންނޭ މިގޮތަށް މިކަން
ފޮނިފޮނިޓައްޕު ކުމާރު
13 October 2023
ބޮޑެތި މަހުޖަނުންނަށް ރިސޯޓު ނުހެދުނީމާ ހުރިހާއެއްޗެއް މާފުވަނީ. ނިކަމެތިމީހާގެ ކަމެއްވިއްޔާ އޭނާގެ މުދާ ނެގެނީ.
ކެލާބެ
13 October 2023
ކެލާބެ އެބާހަމަކުރަން މެންބަރުންނައް ރިސްވަތުދީގެމް ނިކަމެތިމީހާ ކާއެތިކޮޅުން ޖީއެސްޓީ ބޮޱުކޮއްލަ
ދޮންއަގަ
13 October 2023
މިރިސޯޓް ތައްނުހެދިހުރީ ފަގީރުންނަށްވީމާ އަވަހަށް އެމީހުންނަށް މިލިޔަނުން %0 އިންޓްރެސްޓްގަ ލޯނުދީ.. އޭރުންހެދޭނީ، ނިކަމެތި ކިތަށް އާއިލާތޯ ބޮޑު އިންޓްރެސްޓެއްގަ ލޯނުނަގާ ގެނުހެދި ލީބޭރުފިޔާކޮޅު ބޭންކްތަކަށް ދައްކަދައްކާ ތިބެނީ؟؟ ލިބޭހާއެއްޗެއް އިންޓްރެސްޓަށް ދައްކަނީ.