ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގެ ޑިރެކްޓަރު، ޑރ. ޕޫނަމް، ހެލްތު މިނިސްޓަރު ނަސީމަށް މިއަދު އެވޯޑު އަރުވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ
31 އޮކްޓޯބަރ 2023 - 16:41
ޖުޒާން ބަލި ނުވަތަ ލެޕްރަސީ ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ ވެއްޖެ އެވެ.
ހެލްތު މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ލެޕްރަސީ ފެތުރުން ހުއްޓުވި ފުރަތަމަ ގައުމުގެ ގޮތުގައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެ ބަލައިގެންފައިވާ ކަމަށެވެ.
އިންޑިއާގެ ވެރިރަށް، ނިއު ދިއްލީގައި މިހާރު ކުރިއަށް ގެންދާ ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގެ ރީޖަނަލް ބައްދަލުވުމުގައި، އެ ސަރަހައްދުގެ ޑިރެކްޓަރު ޑރ. ޕޫނަމް ވަނީ ޖުޒާން ބަލި ފެތުރުން ކޮންޓްރޯލް ކުރިކަމުގެ އެވޯޑު، ހެލްތު މިނިސްޓަރު އަހުމަދު ނަސީމާ ހަވާލު ކުރައްވައިފަ އެވެ.
ހެލްތު މިނިސްޓްރީން ވަނީ އެ ބަލިމަޑުކަމުން ގައުމު ސަލާމަތްކޮށްދޭން ކެނޑިނޭޅި މަސައްކަތްކުރި ހުރިހާ ސިއްހީ ހިދުމަތްތެރިންނަށް މަރުހަބާ ދަންނަވައިފަ އެވެ.
ރާއްޖޭގައި މީގެ ކުރިން ލެޕްރަސީ ޖެހިގެން ގިނަ ބަޔަކު ތަހައްމަލުކުރި އެވެ. އެކަމަކު، 1982 ވަނަ އަހަރު އެ ބައްޔަށް ބޭސް ތައާރަފްކޮށް، ރަނގަޅު އިންތިޒާމެއްގެ ދަށުން ފަރުވާ ފެށުމާ އެކު، ބަލި ޖެހޭ މީހުންގެ އަދަދު ދަށަށް ދިޔަ އެވެ. އެއާއެކު، 1997 ވަނަ އަހަރު ލެޕްރަސީ އަކީ ރާއްޖޭގެ އާއްމުން ސިއްހަތަށް ނުރައްކަލެއް ނޫން ކަމަށް ކަނޑައެޅި އެވެ.
ލެޕްރަސީ ކޭސްތައް ފެންނަނީ އަހަރަކު 7-10 ދެމެދުގެ އަދަދަށް، ވަރަށް މަދު ރަށެއްގަ އެވެ. މި އަހަރުގެ މިހާތަނަށް އެއްވެސް ކޭހެއް އަދި ނުފެންނަ ކަމަށް އެޗްޕީއޭއިން މިދިޔަ އޮގަސްޓް މަހު ބުންޏެވެ.
Today, Maldives has been recognised by WHO as the first country to have achieved interruption of transmission of leprosy. Congratulations to all healthcare personnel past and present, who worked tirelessly to ensure the country is free of this debilitating disease. @WHOSEARO pic.twitter.com/6a6FWxTG6g
— Ministry of Health (@MoHmv) October 31, 2023
އެ ބަލި ޖެހިފައިވާ މީހުން ގަވައިދުން ޑޮކްޓަރަށް ދެއްކުމާއި މޮނީޓާކުރުމާއި ފަރުވާގައި ކުރަންޖެހޭ ޓެސްޓުތައް ކުރުން އަދި ބަލި މީހުންނަށް ސީދާ ބެލުމުގެ ދަށުން ފަރުވާ ދިނުމުގެ މަސައްކަތް ވިލަރެސްކޮށް ކުރިއަށް ގެންދަނީ އައިޖީއެމްއެޗްގެ ޑާމެޓްލޮޖީ ޑިޕާޓްމަންޓުގެ ޑޮކްޓަރުންނާއި ރަށްރަށުގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާ ގުޅިގެންނެވެ.
ލެޕްރަސީ ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ ވުމަށް، "ޒީރޯ ލެޕްރަސީ" ގެ ނަމުގައި 2019 ވަނަ އަހަރު ކެމްޕެއިނެއް ފެށި އެވެ. އެކަމަކު، ކޮވިޑާ ހެދި އެކަން މެދުކަނޑާލުމަށް ފަހު، އަނެއްކާ ވެސް މަދުވެގެން 100 ރަށަކުން ލެޕްރަސީ ނައްތާލުމުގެ މަސައްކަތް ފެށި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާގޫތު
31 October 2023
މުއިއްޒު ދައުރުގައި ކޮލިޓީ ހެލްތް މިނިސްޓަރަކު ލިބޭނެކަމަށް އުންމީދުކުރަން. މިހާރުގެ ގޮތުން ހުރިހާ ބާރެއް ކުލިނިކުތަކަށް. ލައިފްސްޓައިލް ބަލިކަމުގައިވާ ހަކުރު، ލޭ މައްޗައް ދިއުން ފަދަ ބަލިތަކަށް ހޮސްޕިޓަކުން އެޕޮއިންޓް މަންޓެއް ދެމަސް ފަހުންނޫނި ނުލިބޭ، ބޭސްހުސްވާއިރުވެސް ޑޮކްޓަރަށް ނުދެއްކޭ ދެންޖެހެނީ އެކަހަލަ ކުލިނިކަކަށްދާން އެތަނުން އިތުރަށް ޗާޖުކުރޭ.
6
31 October 2023
ހުރިހާމަސައްކަތެއް މައުމޫނު. އެކަމަކު އައްޑަނަ ލިބުނީ ނަސީމްބެއަށް.