ކްރިމިނަލް ކޯޓު: ވަގަށް ނެގި ބައިސްކަލެއް ނުގަތުމުން ފިހާރައަކަށް ގެއްލުން ދިން މީހަކު ވަނީ ހައްޔަރުކޮށްފައި.
01 ނޮވެމްބަރ 2023 - 12:42
ވަގަށް ނަގައިގެން ވިއްކަން އުޅުނު ބައިސްކަލެއް ނުގަތުމުން ފިހާރައަކަށް ގެއްލުންދީ އެ ތަނުގައި ތިބި މީހުންނާ މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށް ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފި އެވެ.
މި މައްސަލައިގައި ހައްޔަރުކުރީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ބަންދުގެ މުއްދަތު އިތުރުކުރި މަޖިލީހުގައި ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ އެ ފިހާރައަށް ދިޔައީ އެ ބައިސްކަލު ވިއްކުމުގެ ބޭނުމުގަ އެވެ. އެ ބައިސްކަލު ގަންނަން ދެކޮޅު ހެދުމުން ފިހާރައިގައި ހުރި މުދަލަށް ގެއްލުންދީ، މާރާމާރީ ހިންގާފައިވާ ކަމަށެވެ.
ކޯޓުގައި އޭނާ ބުނި ގޮތުގައި ފިހާރައިގައި ތިބި މީހުން ވަނީ އޭނާއަށް އަނިޔާކޮށް އެކިވަރުގެ އަނިޔާ ދީފަ އެވެ. ނަމަވެސް ސީނަށް އެޓެންޑު ފުލުހުން ބުނި ގޮތުގައި އެ ވަގުތު އޭނާ އެފަދަ ވާހަކައެއް ނުދައްކަ އެވެ.
އޭނާއަކީ މީގެ ކުރިން ވެސް ބައިސްކަލު ވަގަށް ނެގުމުގެ ރެކޯޑު އޮންނަ މީހެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޑީ
02 November 2023
އަސްލު ވީގޮކީ ފިހާރައިގަ އުޅޭ ބޭރު މީހާގެ ބައިސްކަލު ކުރީ ހަފްތާގަ ވަގަށް ނެގީ މި މީހާ ފިހާރަ ކުރިމަތީ ހުއްޓާ.މި މީހުން ފަހުން ފުޓޭޖް ބެލި އިރު މި އެނގުނީ ބައިސްކަލު ގަތީވެސް މިމީހާ އަތުންކަން.ގަނެފަ 2ހަފްތާ ވަރު ފަހުން ހަމަ ވިއްކި މީހާ އަައިއްސަ މި ވަގަށް ނަގަނީ.ދެން ކުރީ ރޭ ހަމަ މި މީހާ މި އައީ އެހެން ބައިސްކަލެއް ހިފައިން މި ފިހާރައަށް އަނެއްކަ ވިއްކަން.އެމީހުންނަށް އޭނަކަން އެނގުނީމަ ފިހާރަ އަށް އޭނަ ވަނީމަ ތަޅުލީ.އެހެންވެ ހަމަ ނުޖެހުން ހިނގީ
އަބްޑޫޅް +
02 November 2023
މީނަ ފަލަސްތީނަށް އަރުވާލާ!
ބަހަބަރު
02 November 2023
ހީވީ ހަމަ ނުވަދިހައިގެ އަހަރުތަކުގެ ހަބަރެއް ކިޔާލެވުނު ހެން. ސޯ މަޗް ނޮސްޓާލްޖިޔާ. ވަގުންގެ ތެރޭގަވެސް ދިވެހިންގެ ތާރީޚީ އާދަކާދަ ދިރުވާ ބޭފުޅުން އުޅޭކަން އެނގިއްޖެ. މާދަން ދެން ބައްތި ނުލާ ބައިސްކަލު ދުއްވުމުގެ ހަބަރެއް ޖަހާލަދިނުން އެދެން. އަނެއް ދުވަހު ސްކޫލު އޮތް ދުވަހެއްގެ ރޭގަނޑު 10:30 ގެ ފަހުން ދަރިވަރަކު މަގުމަތިން ފެނިގެން އިންޒާރު ދިން ވާހަކަ.
އަހުމަދުު
01 November 2023
އެންމެ ރަނގަޅުގޮތަކީ، 100 ފަހަރު ހައްޔަރުކޮށްފައި، އަބަދު ވައްކަން ކުރުމުގެ ރެކޯޑު އޮންނަމީހަކު ވައްކަން ކޮށްފިއްޔާމުން، ފުލުހުން އައުމުގެ ކުރިން އަތް ކަނޑާފަ، ކޯޓު ތަކުން އޭނަ ވައްކަން ނުކުރާކަން ސާބިތުކުރަން ބުނުން، މިކަހަލަ ޖާހިލު ގައުމެއް އަދުލް އިންސާފެއް ނޯންނާނެ، ރޭގަނޑު ގެއިން ނިކުންނާނީ އަމިއްލަ ދިފާއުވާން ކުޑަ ވަޅިއެއް ޖީބައްލައިގެން، މީހަކު ފޭރެން އުޅެފިއްޔާ އަމިއްލައަށް ދިފާއުވުމުގެ ހައްޤު އޮންނާނެ.