ޚަބަރު / ރައްޔިތުންގެ މަޖިލިސް

އީވާގެ އުޒުރު ގަބޫލުނުކޮށް ޖަލްސާ ބާއްވައިދޭން މަޖިލީހުން ވަނީ އެދިފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރާ ގުޅިގެން އުފެދިފައިވާ މައްސަލަތަކުގައި ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަން ދެކޮޅު ހައްދަވައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ދެއްކެވި އުޒުރު ގަބޫލުނުކޮށް ޖަލްސާ ކުރިއަށް ގެންގޮސްދޭން މަޖިލީހުގެ އިދާރާ އިން އެދިއްޖެ އެވެ.

މަޖިލީހުގެ އިދާރާ އިން މިގޮތަށް އެދުނީ މިދިޔަ އަންގާރަ ދުވަހެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ 49 މެމްބަރުން ސޮއި ކުރައްވައި ހުށަހެޅި މައްސަލައިގެ ނޯޓިސް މުއްދަތު ހަމަވުމަށް ފަހު މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން އެހެން ހުރިހާ މަސައްކަތްތައް ހުއްޓާލުމަށް ފަހު އެ މައްސަލަ ކުރިޔަށް ގެންދިޔުމަށް މަޖިލީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް ޑެންގޫ ހުން ޖެހިވަޑައިގެން އާލާސްކަންފުޅާ އުޅުއްވާތީ އީވާ ވަނީ ކޮންމެ ޖަލްސާއަކަށް ސަލާން ފޮނުއްވައިފަ އެވެ. މިއަދުގެ ޖަލްސާއަށް ވެސް އެ ގަރާރު އެޖެންޑާކޮށްފައިވަނިކޮށް އީވާ ވަނީ ސަލާން ފޮނުއްވައިފަ އެވެ.

އޭގެ އިތުރުން، އީވާ ރޭ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދިޔުމަށް ރިޔާސަތުގައި އިންނަވަން އޭނާ އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

އީވާ ވިދާޅުވި ގޮތުގައި އެ ކޯޓުން މައްސަލަ ނިންމުމުގެ ކުރިން ވަކި ގޮތެއް އިހްތިޔާރު ކޮށްގެން ކުރިޔަށް ގެންދިޔުމަކީ މަޖިލީހުން މީގެ ކުރިން ވެސް އަމަލު ކުރަމުން އަންނަ ގޮތެއް ނޫނެވެ.

"...ރައްޔިތުންގެ މަޖިލީހުން ވަކި ގޮތެއް އިހްތިޔާރު ކޮށްގެން ކުރިޔއަށް ގެންދިޔުމަކީ، ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައަކަށް ނުފޫޒަކަށް ވާނެ ކަމަކަށް ވެސް އަޅުގަނޑު ދެކެން،" އީވާ ވިދާޅުވި އެވެ.

އެކަމަކު މަޖިލީހުގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު "މިހާރު" އަށް ވިދާޅުވީ އީވާގެ އެ އުޒުރު މަޖިލީހުގެ އިދާރާއިން ގަބޫލު ނުކުރާ ކަމަށެވެ.

ޒިޔާއު ވިދާޅުވި ގޮތުގައި އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާ އަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ.

އަދި ދެވަނަ ކަމަކަށް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދިނުމަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އެހެންވީމާ، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އާއި މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ކުރުމުގެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިޔުމަކީ ތަފާތު ދެ ކަމެއް ކަމަށް މަޖިލީހުގެ އިދާރާއަށް ގަބޫލުކުރެވެނީ،" ޒިޔާއު ވިދާޅުވި އެވެ.

އެކަން އީވާ އަށް ވެސް މަޖިލީހުގެ އިދާރާއިން އަންގައި، ނަޝީދުގެ ގަރާރު ކުރިއަށް ގެންދާ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވުމަށް އީވާ އަށް ދަންނަވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްޑީޕީން ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެ މާދަމާގެ ހެނދުނު 10:00 އަށް ވަނީ އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.

26 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 0%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 29%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1206

05 November 2023

ކޮން ބަހަނާއެއް ދައްކާކަށް، އުޒުރުވެރިވަންޏާ މަގާމުން އިސްތިއުފާދީފަ ގޭގަ އޮވެބަލަ. މިހާރު ތިތިބީ ސިޔާސީ ޙަޔާތް ނިމިފައޭ.

The name is already taken The name is available. Register?

ރިޔާޒު ރަށީދު

05 November 2023

މަޖލީހުގެ ރިޔާސަތުގައި ނާއިބް ރައީސް އިނދެވޭނެ ކަމާ މެދު ދެބަސްވެގެންތަ ސުޕްރީމް ކޯޓަށް ވަދެގެން މި އުޅެނީ؟

The name is already taken The name is available. Register?

އަލިކާ ދިއްދޫ

05 November 2023

މުސާރަ ނަގަން އުޒުރުވެރިވޭތޯ ހަމަ އަހާލަން ބޭނުން؟ މިމީހުން ގައުމޭ ރައްޔިތުންނޭ ކިޔައިގެން އަނގައެރުވީމަ ހަމަ އަންނަނީ އަލިފާންކަހަލަ ރުޅި. ކެންޕޭނުގަ ރޯނުވަށާ ރިހާކުރު އޮޅަކުރިއަސް ތީ މުޅިންވެސް އަމިއްލަ އަންބޮޑި ބޮޑުކޮއް ގައުމު ހަލަބޮލިކޮއް ދިވެހިން ހަމަޖެހިގެން އުޅން ބޭނުންނުވާ ބައިގަނޑެއް

The name is already taken The name is available. Register?

ޟމމމމ

05 November 2023

އީވާ މެން އިރެއްގަ ދިވެހި ރައްޔިތުން ގަޅި ހެއްދިއަސް ދެން އެކަމެއް ނުވާނެ! ޑްރާމާ ކުޅުން ހުއްޓާލާ. މޮޔައަކުވެސް ތިދައްކާ ވާހަކަ ޤަބޫލްނުކުރާނެ.

The name is already taken The name is available. Register?

އަފްރާސިޔާބު

05 November 2023

މަޖިލީހުގެ އިދާރާއަކީ މިހާރު ކުޅޭކުޅޭ ތަނަކަށް ވެއްޖެ. މަށަކަށް ހިއެއްނުވޭ ގާނޫނީ މަސައްކަތްކުރާ އިދާރާއެއް ހެން ތިޔަތަން މިހާރު ހިނގަނީ.

The name is already taken The name is available. Register?

ދަ އަގުޅި

05 November 2023

ދަޑިމޮކްރެޓްސް ކިޔުމުގެ ބަދަލުގަ ކަލޭމެންގެ ޕާޓީއަށްކިޔަންވީ "ދަ އަގުޅިނެތް ކަންނެޔޮ"! ސަބަބަކީ ތިތާ ތިއުޅޭ ކޮންމެމީހަކީ ކަމަކާޖެހުމުން އެއްވެސް ގަޓެއްނެތްބައެއް! ރޫޙާނީ ލީޑަރ ވެސް 2 ފަހަރު އިސްތިއުފާ! މީއިސްތިއުފާދޭން މާ މުނާސަބު ދަނޑިވަޅެއް! އެހެނީ މެޖޯރިޓީއެއޮތީ އިތުބާރުނެތްވާހަކަ ބުނެފަ! ކުރިން ފުރަތަމަ އިސްތިއުފާދިނީ ބިރުން! ދެވަނަ ފަހަރަށް އިސްތިއުފާ ދިނީ ވެރިކަމަށް ބޫތުކައިގެން! މިހާރު ދެން ގޮނޑިދިންމީހުން ގޮނޑިންފައިބާށޭ ބުނީމަފައިބަންވީ!

The name is already taken The name is available. Register?

ހަމާސް

05 November 2023

މަޖިލިހުގެ އަމީންއާންމު ކޮންސަކަރާތެއް ޖަހާކަށް. ނައިބު ރައީސު ނެތްނަމަ ދެންކަން ކުރަންވިގޮތް މަޖިލިހުގެ ގަވާއިދުގެ އެބައޮތް. އެގޮތަށް ކަންނުކޮށް ހާސަރުދަމާނެ ކަމެއްނެތް. އޯކޭ.

The name is already taken The name is available. Register?

ޖަހަންގީރު

05 November 2023

ކުރެދި ފަލުގަ ނުދެވި ފިތިފަ އިން ދެ ކަނބިއްޔޯ... ލޯހޫރާ ބޯހޫރާ އިން ދެ ކަނބިއްޔޯ... ތުރުތުރު އަޅަ މޭ ސިހިސިހި، ހިތްސިހިސިހި އިން ދެ ކަނބިއްޔޯ... ފިޔަ ވާޅުވެ ބިރުހީވެފަ އިން ދެ ކަނބިއްޔޯ! ހާލަތާ ވަގުތާ ވަރަށް މުނާސަބު އަދި މަށަށް ވަރަށް ރީތި ފަރުމާ ބޮޑުބެރު ގްރޫޕުގެ ލަވައެއް ވީމާ، ކިޔުންތެރިންނަށް ހިއްސާ ކޮށްލީ. ވަރަށް ސަލާމް.

The name is already taken The name is available. Register?

ފިކުރު......

05 November 2023

ގައުމީ މައްސަލައަކަށް މިކަން ނުވާންވީސަބަބެއްނޭގޭ ކަމާއިބެހޭ ފަރާތްތަކުން މިކަންހައްލުކޮށްދެއްވަންޖެހޭ

The name is already taken The name is available. Register?

އަސްލު...

05 November 2023

ކެނެރީގެ މިދެމީހުންނަށް އެކަނި މަޖިލީހުގެ ގަވާއިދާއި ގާނޫނުތަށް މާނަކުރަންއިގޭނީ އެހެންމީހުންއަގަމަޑުންލައިގެން ތިބޭ، މާތްﷲގެ އިރާދަފުޅުން މިކަމުން ސަލާމަތްވާނެ، ހަގީގަތުގަވެސް މީ ގައުމަށްދެވޭ ވަރަށްބޮޑުގެއްލުމެއް، މިބަލަނީ ހުވާނުކުރެވޭތޯ އެއިރުން ވެރިކަން ލިބިދާނެއޯ....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454