އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަނީ. -ފޮޓޯ: މަޖިލީހުގެ އިދާރާ
10 ނޮވެމްބަރ 2023 - 11:56
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ކުރިމަގުގައި ވެސް އެއްވެސް ކަމެއްގައި ގަވައިދާ ހިލާފަށް އަމަލު ނުކުރުމަށާއި މަޖިލީހުގެ އަޣުލަބިއްޔަތުގެ ވިސްނުމަށް ހުރަސް އެޅިދާނެ ފަދަ ކަންކަން ނުކުރުމަށް އެމްޑީޕީ ޕާލަމެންޓަރީ ގުރޫޕުން ގޮވާލައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން އެ ކަމަށް ގޮވައިލީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް އެ ޕާޓީން ހުށަހެޅި މައްސަލަ ފަސް ފަހަރެއްގެ މަތިން އެޖެންޑާ ކުރި ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ކުރިއަށް ނުގެންދެވުނު މައްސަލާގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން އިއްޔެ ނެރުނު ހުކުމާ ގުޅިގެންނެވެ. އެމްޑީޕީން ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅީ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދާއިރު، ނައިބު ރައީސް ނެތް ހާލަތުތަކުގައި ރިޔާސަތު ބަލަހައްޓާ މެމްބަރަކު އިންނަވައިގެން ޖަލްސާ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ސުޕްރީމް ކޯޓުން އިއްޔެ އެ މައްސަލައިގައި އެމްޑީޕީއާ އެއްކޮޅަށް ހުކުމް ކުރުމާ ގުޅިގެން އެ ޕާޓީގެ ޕާލަމެންޓަރީ ގުރޫޕުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެއީ ގާނޫނުއަސާސީގެ ސިޔާދަތު ކަށަވަރުކޮށްދީ، ރާއްޖޭގައި އޮތް ގާނޫނީ ވެރިކަން ނަގަހައްޓައިދިން ހުކުމެއް ކަމަށެވެ.
ކޯޓުގެ އެ ނިންމުން އެމްޑީޕީ ޕީޖީން ސިފަ ކުރީ މަޖިލީހުގައި އަޅުވާފައިވާ މަރުތަޅު ނިމުމަކަށް ގެނައުމަށް ކުރަމުން އަންނަ ކާމިޔާބީއެއްގެ ގޮތަށެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ، ކުރިއަށް އޮތް ތަނުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފު އެއްވެސް ކަމެއް މަޖިލީހުގެ އިދާރާއިން ނުކުރެއްވުމެވެ. އަދި އެއްވެސް ފަރާތަކުން، ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތް ވާ ގޮތުގެ މަތީން، ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތުން ކަންކަން ނިންމުމަށް ހުރަސް އެޅިދާނެ ފަދައަކުން ކަންކަން ނުކުރެއްވުމެވެ،" ބަޔާނުގައި ވެ އެވެ.
އެމްޑީޕީން ބުނީ ގާނުނުއަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅުމަށް ކުރާ ކޮންމެ ކަމެއް ހުއްޓުވުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް އެ ޕާޓީން ކުރިއަށް އޮތް ތަނުގައި ވެސް ކުރާނެ ކަމަށެވެ.
ސުޕްރީމް ކޯޓުން އިއްްޔެ ކުރި ހުކުމުގައި ބުނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތްތަކުގައި މަޖިލީހުގެ ގަވާއިދުގެ ދަށުން ކަނޑައަޅަންޖެހޭ ފަސް މެމްބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް އޮންނަ އޮތުމަކީ މިފަދަ މައްސަލައެއް ދިމާވާ ހާލަތުގައި އަތުވެދާނެ ގާނޫނީ ހުސްކަމަން އޮތް ހައްލެކެވެ. އެ ފަސް މެންބަރުންނަށް ރިޔާސަތު ނުބެލެހެއްޓޭނެ ހާލަތެއް ގަވައިދުގައި ނެތްކަން ހުކުމުގައި ފާހަގަކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
11 November 2023
މީހަކު ނީޔާވީބާ! އިސްޖެހިފަ ވަރަށް .....
އައިމިނާ
11 November 2023
މި ގުރޫޕް އުޅޭ ގޮތެއް ދެން.
ޢަޒްލާ
11 November 2023
މަޖލީހުގެ ގަވާއިދަކު ނެތް އާރައީސަކު ހުވާކުރާ ޖަލްސާއަށް ހުރަސް އަޅާ ދުންމާރި ފުމޭކަށް
އ އަހްމަދު
11 November 2023
ހަގީގަތުގަ ސްޕްރިންކޯޓައް މިމައްސަލައެއްނުބެލޭނެ އެއްބާރުން އަނެއްބާރައް އަރައެއް ނުގަނެވޭނެ މިވީގޮތަކީ އެމްޑީޕީމެންބަރުންދެކެބިރުން ކޯޓުން މިއައްއެއްޗެއްބުނީ ނުބެލޭނޭބުނިނަމަ މިފަހަރު ހުރިހާ ފަނޑިޔާރުން ބޭރުކުރީސް އެހާވެސް އަސްލަމުއެހުންނަނީ ހަތަރުމަސްދުވަހުގެ މަޖިލިސްގެރައީސް ގޮނޑި ހިސާރުކުރަންކެއްމަދުވެފަ
ބާމިސް
10 November 2023
ސުޕްރީމު ކޯޓުގެ ހުކުމަށް އިލްމީ ގޮތުން ފާޑެއް ކިޔާނަމަ އެ ހުކުމު ކަމުނުދާ ކަމަށް ބުނެވޭނީ. ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައި ކަނޑައެޅިގެން ވަކިގޮތެއް ބަޔާންކޮށްފައި އޮއްވާ އެއާ ޚިލާފުވާ ގޮތަށް ކަމެއް މާނަކޮށްގެން ކޮށްފައި އޮތް ހުކުމެއް. މަޖިލިހަށް ދިމާވެފައިވާ މައްސަލަ ހައްލުވާނީ މަޖިލިހުން ގަވާއިދަށް އިސްލާހެއް ގެނެސްގެން ނުވަތަ ސިޔާސީ ޕާޓީތަކުން ވާހަކަދައްކައިގެން މައްސަލަ ހައްލުކޮށްގެން. ސކ ގެ ހުކުން ގޯސްވުމުގެ އިތުރުން، ހައްލެއްވެސް ނުލިބޭ
ޕްލީޒ
11 November 2023
ތެދެއް، ނަސީދު އަންގަންދެން އެއްވެސް ކަމެއް ނުކުރަން މަޖިލިސް ގަވާއިދުގަ އޮތީ. އިލްމީ ނަޒަރަކުން ބަލާއިރު އެނޫން ނަތީޖާއެއް ނުފެނޭ.
ޕިސް
10 November 2023
މަޖިލިސްފެށުނީ އެޖެންޑާގައި އޮތީ ނަށީދު ރައީސްކަމުން ވަކިކުރުން. އެކަމަކު ނަޝީދު އާލާސްކަންފުޅާ އުޅުއްވާތީ މަޖިލިސްއަށް ހާޒިރުނުވޭ މިހިސާބުން ޖަލްސާ ނިމުނީ. މީ އާދީއްތަދުވަހުގެ ބޮޑުމަންޒަރު.
ކުރުސީ ލައިޓް
10 November 2023
މިހާރު އޮތް މަޖްލީސް އިބޫ އަށް އުވާލެވިދާނެ ދޯ.
ޢަޒްލާ
11 November 2023
މީ ބަރުލަމާނީ ނިޒާމެއްނަމަ އުވާލެވިދާނެ
އިސްތިއުފާއޭ
10 November 2023
ކެނެރީގެ ނަޝީދު މަޖްލީހުގެ ރައީސް ކަމުން އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
ކުންފޫ ކަރާޓޭ
10 November 2023
އަންނި ގެ އަސްލު ބޭނުމަކީ ބަޖެޓު މި ވެރިކަމުގައި ފާސްވިޔަ ނުދޭން
އިތުބާރު
10 November 2023
މި ހުކުމާއެކު ރައްޔިތުންގެ މަޖްލީހުން އަމަލުކުރި ގޮތް މިއޮތީ ސައްހަ ނޫން ކަމަސް ކަންޑައެޅިފައި! މިހިސާބުން މަޖްލީހުގެ ކައުންސިލާރ ޖެނަރަލް އިސްތިއުފާ ނުދީފި ނަމަ ވަކިކުރަން ޖެހޭނެ ކަމުގައި ދެކެން!