ވިޔަފާރި / ފިނޭންސް މިނިސްޓްރީ

ކުރީގެ ސަރުކާރުގެ 54 ބިލިއަންގެ ލޯނުގެ ތެރެއިން 28 ބިލިއަން ނެގީ އިންޑިއާ އިން

ވިޔަވަތި ފޯރަމްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު -- ފޮޓޯ: މިހާރު

މި މަހުގެ 17 ގައި ދައުރު ފުރިހަމަ ކުރެއްވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ލޯނާއި ގެރެންޓީގެ ގޮތުގައި 3.5 ބިލިއަން ޑޮލަރު (54 ބިލިއަން ރުފިޔާ) ނަގާފައިވާ ކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

އެ މިނިސްޓްރީގެ ލޯނުތަކާ ގުޅޭ ރިޕޯޓުތަކުގައިވާ ގޮތުން މިދިޔަ ފަސް އަހަރު 42 ލޯނަކަށް 2.7 ބިލިއަން ޑޮލަރު (42 ބިލިއަން ރުފިޔާ) ނެގި އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބޭނުން ވެގެން ބޭރުގެ ނުވަ ލޯނަކަށް 750 މިލިއަން ޑޮލަރު (11.5 ބިލިއަން ރުފިޔާ) ވަނީ ނަގައިފަ އެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކުރިން ވެރިކަން ކުރެއްވި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނެގި ދަރަނީގެ އަދަދަށް ވުރެ 14.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ޔާމީންގެ ސަރުކާރުން ނެގި ޖުމުލަ ދަރަނީގެ އަދަދަކީ 39.6 ބިލިއަން ރުފިޔާ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ލޯނުތަކުގެ ތެރެއިން އިންޑިއާގެ އެގްޒިމް ބޭންކުން ހަ ލޯނާއި ގެރެންޓީ ދީގެން ނެގި ހަތަރު ލޯނަކަށް 1.8 ބިލިއަން ރުފިޔާ (28.4 ބިިލިއަން ރުފިޔާ) ގެ ދަރަނި ނަގާފައިވެ އެވެ. މީގެ ތެރެއިން ހަ ލޯނަށް ޖުމްލަ 1.4 ބިލިއަން ޑޮލަރު (22 ބިލިއަން ރުފިޔާ) އަރަ އެވެ. ސަރުކާރުގެ ކުންފުނިތަކުން އިންޑިއާގެ އެގްޒިމް ބޭންކުން 447 މިލިއަން ޑޮލަރު (6.8 ބިލިއަން ރުފިޔާ) ގެ ލޯނު ނެގި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ލޯނެއް ނެގީ ފަހި ދިރިއުޅުން ކޯޕަރޭޝަނުންނެވެ. އެ ކުންފުނިން 4،000 ހައުސިން ޔުނިޓް އިމާރާތް ކުރަން 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ ނަގާފައިވެ އެވެ.

އިންޑިއާގެ އިތުރުން ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) މެދުވެރިކޮށް ވެސް ގިނަ އަދަދެއްގެ ލޯނު މިދިޔަ ސަރުކާރުން ނަގާފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދަރަންޏާ އެކު ދައުލަތުގެ ޖުމްލަ ދަރަނި މި ވަގުތު ހުރީ 119 ބިލިއަން ރުފިޔާގަ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 111 ޕަސެންޓެވެ. ސަރުކާރުގެ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުގައި އަމާޒަކީ 2026 ވަނަ އަހަރު އަންނަ އިރު ދައުލަތުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 95 ޕަސެންޓަށް ތިރި ކުރުމެވެ. އެކަން ހާސިލުވާނީ، ދައުލަތުގެ ޑެފިސިޓް ކުޑަކޮށް، ބަޖެޓަށް ހަމަޖައްސަން ނަގާ ލޯނުތައް މަދުކޮށްގެންނެވެ. ދައުލަތުގެ އާމްދަނީ އިތުރު ކުރާނެ ގޮތްތައް ހޯދައިގެންނެވެ.

38 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 8%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 8%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްޑޫޅް +

21 November 2023

މި މީހުންނަކީ ބައްތެލިފަހަރުގަ ގޮސް، އިންޑިޔާއާއި އުނގު ވިޔަފާރި ކުރި މީހުންގެ ދަރިން. އޭރޫއްސުރެން އިންޑިޔާގެ ރަށްޓެހިން. އެޔާ ހިލާފަށް، އަހުރެމެން ތިބީ މާތްވެގެންވާ އިގިރޭސި ދައުލަތާއި، ފަރަންސޭސި ޖުމްހޫރިއްޔަތާއި، ފޯލަންދާއިންނާއި، މިކަހަލަ، މިކަހަލަ، ތަހުޒީބު މީހުންނާ އެކުގަ. ކަޑަލޫރުން، ސޫދުކުޅިން، ރަށްޓެހިން ހޯދީމަ ވާނެގޮތް ވަނީ.

The name is already taken The name is available. Register?

ދިމާކުރާތީ

20 November 2023

ގައިތިމާގެ މީހުންނާއި އެކުވެރިންނަށް ފައިސާ ބަހައި އަމިއްލަ ޖީބުފުރާނުލާ ވެރިޔަކީ ކޮބާ? ވެރިކަމަށް އަންނަ ބޭނުމަކީ އެއީ ނޫންތަ? ބީތާވިޔަސް މިވަރު ނޭގެންޏާ ބޮޑުވަރުދޯ!

The name is already taken The name is available. Register?

އެކަކުބޮލުގައިއަޅުވަނީ

20 November 2023

ޔާމީނު ސަރުކާރުން 39.6 ބިލިޔަން. މިދިޔަ ސަރުކާރުން 54 ބިލިޔަން. އެކަމަކު މިސަރުކާރުން ކިޔާއިރު އެހުރިހާ ދަރަންޏެއް މިއަޅުވަނީ ނިމިދިޔަ ސަރުކާރުގެ ބޮލުގައި. އަހަރެމެން މިތިބީ ބަލަން. ވެރިކަމާއި ހަވާލުނުވަނީސް 80 މިލިޔަން ޑޮލަރު ނަގަން ނިންމައިފި.

The name is already taken The name is available. Register?

58965

20 November 2023

ލޯނު ނެގުމެއް ނޫން މައްސަލައަކީ. ލޯނު ނަގަނީ ކައިގެން ތައްޓަށް އަޅާ ގޮތަށްތޯ ނުވަތަ އެލޯނުން އިގްތިސާދަށް ފައިދާވެ ގައުމަށް ލިބޭ އާމްދަނީ އިތުރުވޭތޯ ބަލަންޖެހެނީ! ގައުމަށް ފައިދާއެއްވާ ޒާތުގެ އެއްވެސް ކަމެއް ނުކުރެވި 54 ބިލިއަން ނެގީމަ ކޮންމެ މީހެއް ނެގިއަސް ގޯސް. ޔާމީން ނެގި 39.6 ބިލިއަނުން ހުޅުމާލެ ފޭސް 2 ހިއްކައި. ބުރިޖެއް އަޅައިފި. މި ދެކަމަކީވެސް އާމްދަނީ އިތުރު ކުރެވޭނެ ކަންކަން.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

20 November 2023

ކުރީގެ ސަރުކާރެކޭ ކިޔާނެ ކަމެއްނެތް! މިހާރު ތިޔައޮތީ ހުރިހާ ކަމަކާ ހަވާލުވެފަ! ދެން މާކަންތައް ބޮޑުކުރަންޏާ ޖެހޭނީ ބާލަން!

The name is already taken The name is available. Register?

ހެއްވާ123

20 November 2023

އަމައްޔާއި، ދެން މަ ހީ ހީ. ދަރިންވެސް ވިހާ އިރު ބޮޑުވެފަ ނުތިބޭ ދޯ. ކެތް ކުރުމެއް ނެތްތަ އަޅެ

The name is already taken The name is available. Register?

ފދސސސ

20 November 2023

އެހެނެއް ނުބޭލޭނެ. އަހަރެމެންވެސް ވޯޓުލައިގެން ހޮވި ވެރިއެއް އެއީ. ނުކިޔަވާހުރި ޖާހިލެއްނޫން. ކަލޭމެން 5 އަހަރު ފިނިހަށް ދުވެލީގަ ގޮސް މިހާރު މުސަޅު ސްޕީޑު ބޭނުންވެގެން ތިއުޅެނީ ހަމަ ހަސަދަވެރިކަމުގަ. އަދި ވެރިކަމަށް މިވީ 5 ދުވަސް. މިއީ ސުލޭމާނުގެ ފާނުގެ ރަސްކަމެއްނޫނޭ ޖިންނީން ލައްވާ ކަންކަން ކުރުވާކަށް. އިންސާނެއްގެ އާއްމު ސްޕީޑުން ކިޔާނަމަ މި ދަރަނި މިހާއަވަހަށް ދެނެގަނެވުމަކީވެސް ކާމިޔާބެއް.

The name is already taken The name is available. Register?

މަހޭން

21 November 2023

މޮޅު ވާހަކަ ނުދައްކާ. ގުދުގުދާބެއްޔާ މެންގެ ރައީސް ޗޯރު އިބޫ ވެއްޓުނީމަ. ހަޖަމް ނުވެގެން މިއުޅެނީ.

The name is already taken The name is available. Register?

ޗަކޮއި

20 November 2023

ނެގިހާ ލޯނުން ކުރީ ކޮންކަމެއް. ބުރިޖެއް ނޭޅުނު. ރައީސް ޔާމީނުގެ ވެރިކަން ނިމުނުއިރު ފަށާފައިވާ ވީއައިއޭ ގެ އާ ޓާމިނަލެއް ނުނިމުނު. އައްޑޫ ސިޓީގެ މަގުތައް ނުނިމުނު. ކުޅުދުއްފުށި، ތިނަދޫގައި ގާއިމުކުރަންބުނި ޓާޝަރީ ހޮސްޕިޓަލު ވީތަނެއް ނޭނގެ. ގޭދޮށު މަސްފެކްޓަރީތައް ހެދީ ކޮންތާކު ކަމެއް ނޭނގެ. ޗާޕުކުރިހާ ފައިސާ ވަތން ތަނެއް ނޭނގުނު. މިކަހަލަ އެތައް ކަމެއް. ބާރަށް އަތްޖަހާ މީހުން ތިބި

The name is already taken The name is available. Register?

ވެންޓި

20 November 2023

ވެންޓިލޭޓަރ އިސްރާފުގެ ފަހުގެ އަޕްޱޭޓް ބޭނުން.

The name is already taken The name is available. Register?

ޅާމަގު

20 November 2023

ޗޯރޭ ! އެއްނޫ ދަރަނި ބޯ !

The name is already taken The name is available. Register?

ޙިނި

20 November 2023

އެންމެންވެސް މިކިޔަނީ ގުދޯ ގުދޯ، މުއިޒު ސަރުކާރުން ކިތައް ބިލިޔަން ލޯނުނަގަންތޯ ވިސްނާފަ ހުރީ؟ މުއިޒު ސަރުކާރުން ރާއްޖެ ދަރަނި ކިހާވަރަކައް ބޮޑުކުރާނެބާ؟ އައްޑުގަ އަޅންބުނި ބުރިޖު އެކަމައް ދާނެ 300-500 މިލިޔަން ޑޮލަރު. އެންމެރަންގަޅުވާނީ ގުދޯ ގުދޮ ނުކިޔާ....

The name is already taken The name is available. Register?

ދސފކދސޮފޖކ

20 November 2023

ޖޭ ވީ ދޯ

The name is already taken The name is available. Register?

ލކލކ

20 November 2023

ފިއުޗަރއަސް ނުދޭ. މާޒީ ބަލާ. ލޯނު ނަގައިގެން ކުރެވުނު ކަންކަން ބަލާ. ލޯނު ނެގި މީހާ އެލޯނު ދެއްކުމަށް ފައިސާ ހޯދުމަށް ކުރި ކަމެއް ކިޔާ. ކުރިހާވެސް ކަމަކީ ރިސޯޓު އޯނަރުންނާ ޅިޔަނުންނާ ޖާއްޓެއަށް 4 ބިލިއަނަށްވުރެ ގިނަ ޑޮލަރު މާފުކޮށްދިނުން. މިއީތަ ވެރިންގެ އިހްލާސްތެރިކަން ހުންނަންޖެހޭނެ ގޮތަކީ. ރައްޔިތުން އަތުން ސައިކަލު ނުބއިކޮށް ޕާކްކުރިއަސް ފައިސާ އެބަނަގާ. އެކަމަކު މަހުޖަނުންނަށް ދައުލަތުން ފައިސާ ބެހީ.

The name is already taken The name is available. Register?

ކޯސްޓް

20 November 2023

ފައިސާ ޗާޕުކުރީ ކިތައް ފަހަރު ތޯ ހާމަކުރުން ވެސް ވަރަށް މުހިއްމު.

The name is already taken The name is available. Register?

ތިޔައީކޮވިޑު

20 November 2023

މި ސަރުކާރުން ނަގާނެ ވަރެއް އަދި ނޭގޭ. ހުރިހާ ގައުމެއްގައިވެސް ދަރަނި ވަނީ އިތުރު. އާސަންދަ ހުއްޓަނުލެވޭނެ. ހަކުރު ފުށް ހަޑޫ އަގޮބޮޑެއް ނުކުރެވޭނެ. ތެޔޮ އަގު ބޮޑެއް ނުކުރެވޭނެ. ދެން ކިހިނެއް 900 ޕޭޖުގެ ވައުދު ފުއްދާނީ ދަރަނި ނުނަގާ

The name is already taken The name is available. Register?

6989

20 November 2023

އެދެން އެހާ އުނދަގޫ ކަމެއް؟ ނިމިދިޔަ ސަރުކާރުން ހެދިގޮތަށް ފައިސާ ޕްރިންޓް ކުރާނީނޫންތަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454