ޚަބަރު / އަހުމަދު މުއުތަސިމް އަދުނާން (އުއްތަމަ ފަނޑިޔާރު)

މާލޭގައި ޖިނާއީ ޝަރީއަތްތައް އޮތީ ހުއްޓިފައި، ވަގުތުން ހައްލެއް ދޭންޖެހޭ: އުއްތަމަ ފަނޑިޔާރު

މިރޭގެ ރަސްމިއްޔާތުގައި ޖުޑީޝަލް އަހަރު ރައީސް އިފްތިތާހުކޮށް ދެއްވަނީ: ޖިނާއީ މައްސަލަތައް މާލޭގައި ހުއްޓިފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި --- ފޮޓޯ/ރައީސް އޮފީސް

މާލޭގައި ޖިނާއީ މައްސަލަތައް ބެލުން ހުއްޓިފައިވާ ކަމަށާއި އެއީ މިހާރުން މިހާރަށް ހައްލެއް ހޯދަންޖެހޭ ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މިރޭ ވިދާޅުވި އެވެ.

ޖުޑީޝަލް އަހަރު އިފްތިތާހް ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކްރިމިނަލް ކޯޓު މިހާރު ހިންގަމުންދާ އިމާރާތް ބާވުމާއި މޫސުން ގޯސްވެ އެ ކޯޓަށް ލިބުނު ގެއްލުންތަކުގެ ސަބަބުން، އެ ކޯޓުން ކޮންމެހެން ނެރެންޖެހޭ އަމުރުތައް ނެރުން ފިޔަވައި އިތުރު މަސައްކަތެއް މިހާރު ނުކުރެވޭ ކަމަށެވެ. އެހެންވެ، މާލޭގައި ޖިނާއީ މައްސަލަ ބެލުން ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި އޭގެ ނޭދެވޭ އަސަރު ކުރާނެތީ އަވަސް ހައްލެއް ދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ފަނޑިޔާރުން އިށީނދެވަޑައިގަންނަވާނެ އަދި މުވައްޒަފުން ތިއްބަވާނެ ނެތްކަން ފާހަގަ ކުރަން. ނަތީޖާއަކީ ޖިނާއީ ހުރިހާ މައްސަލަތައް މާލޭގައި މިވަގުތު ހުއްޓިފައިވުން. މިކަމަކީ މިހާރުން މިހާރަށް ދައުލަތުގެ އެންމެހާ ފަރާތްތައް ގުޅިގެން އަވަސް ހައްލެއް ހޯދައިދޭން ޖެހޭނެ ކަމެއް." ރައީސް މުހައްމަދު މުއިއްޒާއި ދައުލަތުގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގަތް އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސާއި އުއްތަމަ ފަނޑިޔާރުންގެ އިތުރުން ޖޭއެސްސީގެ ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ --- ފޮޓޯ/ރައީސް އޮފީސް

ކްރިމިނަލް ކޯޓުގެ އިތުރުން ފެމިލީ ކޯޓާއި ޑްރަގް ކޯޓަށް މިހާރު ދަތިތަކެއް ކުރިމަތިވެފައިވާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އަދި ބައެއް ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެކަމަކު އެ ދަތިތަކާ އެކު ހިދުމަތްތައް ދެމުންދާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި މަދަނީ އިޖްރައާތުގެ ގާނޫނާއި ޖިނާއީ އިޖްރައާތުގެ ގާނޫނު މިހާރު އޮތްގޮތުން އެ ދެ ނިޒާމު ތަންފީޒު ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެ ދެ ގާނޫނުގެ ސަބަބުން މައްސަލަތައް ކުރިއަށް ނުގޮސް، ފުނި ޖެހެމުންދާ ކަމަށާއި އެހެންވެ، އެކަންކަން އިސްލާހު ކުރަންޖެހޭ ކަމަށާއި އަދި ޝަރުއީ ދާއިރާގެ އެއްބާރުލުން ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ގާނޫނުތައް އެކުލަވާލުމުގައި ރައްޔިތުންގެ މަޖިލީހުން ހާސިލްކުރަން ބޭނުންވި މަގްސަދު ހާސިލްނުވެ، މައްސަލަތައް ލަސްވެ، ފުނިޖެހޭ ގޮތް ވަނީ މެދުވެރިވެފައި. މި ގާނޫނު ތަންފީޒު ކުރުމުގައި ހުރި ދަތިތަކަކީ ކޮބައިކަން ޝަރުއީ ދާއިރާގެ އެހީއާ އެކު ދެނެގަންނަން ޖެހޭ." އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތަށް ބަދަލު ކުރަން މަސައްކަތް ކުރާއިރު ޝަރުއީ ދާއިރާގެ އިދާރީ ހިންގުން ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތަށް ބަދަލު ކުރަން ވެސް ޖެހޭ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދައުލަތުގެ ހަރަދުގައި ވަކީލުން އެހީތެރިކަން ދިނުމަށް އޮންނަ ނިޒާމު ހަރުދަނާ ކުރުމަށް ބަދަލުތަކެއް ގެންނަން ޖެހެ ކަމަށެވެ. އަދި ޖިނާއީ މައްސަލަތަކެކޭ އެއްގޮތަށް މަދަނީ މައްސަލަތަކުގައި ދައުލަތުގެ ހަރަދުގައި ވަކީލުންގެ އެހީތެރިކަން ދިނުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

46 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 0%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 80%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޚަދީޖާ އަޙްމަދު

19 January 2024

ތި ޖަލްސާ އަށް އެ އުޅޭ ހިސާނު ދިޔަތަ. ކަމެއް ނުކުރެވުނަސް ބަރާބަރަށް ފުށް ޖަހައި ނަލަ ހެދިގެން ޖަލްސާއަށް އޭނަ ދާނެ.

The name is already taken The name is available. Register?

ހިސާ ނޫ

19 January 2024

އޭއި މެންޓަލް!% ތީނަގެ ވާހަކަ ކިޔާދޭންވީއުތަ؟

The name is already taken The name is available. Register?

ކުލުނުގަލާ

19 January 2024

ހުއްޓިފަ އޮއްވާ އަގުބޮޑު ޖަލްސާއެއް މިލިޔަނުން ހަރަދުކޮށްގެން ބޭއްވީމާ ޖުޑިޝަރީގެ ނިޔަތް ސާފު

The name is already taken The name is available. Register?

ރޯޔަލްރޭޕް

19 January 2024

ސޯލިހު 5 އަހަރުގެ ދައުރެއް ނިންމާލިއިރު އޮތީ މާލޭގައި ޖިނާއީ ޝަރީއަތްތައް އޮތީ ހުއްޓިފައި މާލީގައި ހުރި ކޯޓު އިމާރާތުގެ ފުރާޅާ ފަންގިފިލާ ވެސް އާނުކުރެވުނު ދައުރެއް ތަރައްގީ މާނަކުރަނީ އެކި ގޮތަށް

The name is already taken The name is available. Register?

ައ އަހްމަދު

19 January 2024

ސްލާމަތުންހުރިތަންތަނުން މައްސަލަތައްނުނިމެނީ ކީއްވެގެންތޯ މަނިކުފާނު ނުބައްލަވަނީ ކީއްވެތޯ ހާއްސަކޮށް ރައީސް ޔާމީންގެމައްސަލަ ހުކުމާހަމައަށް ގޮސްފައޮންނަތާ ދެމަސްވީ މަނިކުފާނު ހަތަރެސްފައިބާނާގެންނަމަވެސް ހުކުމެއް އަންނައްޖެހޭކަމަށް ގަބޫލުކުރައްވަންތޯ

The name is already taken The name is available. Register?

އިބރ

19 January 2024

ދެން ނަމަނަމަ އެމްޑީޕީ ސަރުކާރެއް ނުގެންނާތި. ގައުމު ފުނޑާލާފަ އެދިޔައީ

The name is already taken The name is available. Register?

ސަލާހުއްދީން

19 January 2024

ތި ދާއިރާގައި މަސައްކަތްކޮށފައިވާ މީހުންނަށް ދެވޭ ރިޓަޔާމެންޓް ސްޓްރީމްކޮށްފައި ތިދާއިރާތް ކުރަމުންދާ ބޭކާރު ހަރަދު ހުއްޓުވީމާ އިމާރާތްކުރަން ބޭނުންވާ ފައިސާ ހުއްނާނެ.

The name is already taken The name is available. Register?

ބބބބބ

19 January 2024

މަޖިލީހު މެންބަރުންނޯ؟

The name is already taken The name is available. Register?

ޚޮޅިގަނދު

19 January 2024

ޝަރީއަތް ނުކުރެވޭ އެކަމު ބޮޑު ގަތަރުން ޖަލްސާ ބޭޢްވޭ

The name is already taken The name is available. Register?

އަލްމުދިޝް

19 January 2024

އެބުނާހެން ޔާމިންގެ ޝަރީއަތް ކުރިއަށް ނުގެންދެވިގެން ލަސްވަނީވެސް މޫސުމް ގޯސްވެގެން ގޮނޑިކޮޅުގައި އިންނައިރަށް ތެމޭހާލަތަށް ދަންޔާ މީ ލަދުވެތި ކަމެކެވެ.

The name is already taken The name is available. Register?

ގެދާނޯމޮސް

19 January 2024

އިމާރާތް ރަނގަޅުވީމާ ދެން މުސާރަ ކުޑަވެގެން މުސާރަ ބޮޑުވާއިރަށް ސިޔާސީ ނުފޫޒު ވަދެއެވެ. އިމާރާތެއް ރަނގަޅުވެގެން އާއިލީ ކަންކަން ބަލާނަމަ ޖެންޑާމިނިސްޓްރީން އެބަޔަކާ ގުޅުން ހުރިކަންކަމުގަ އުޅޭނެތެވެ. ނަމަވެސް ވެރިންނާ ހަމަޔަށް ކަމެއް ދާންފުރުސަތު ނުދީ ބޮޑުމުސާރަ ނަގައިން މިނިސްްޓަރުވެސް ކާރުކޮޅު ހިމެއިނުން އެބަދުއްވައެވެ. .

The name is already taken The name is available. Register?

ހޯހޯހޯ

19 January 2024

'މާލޭ ކްރިމިނަލް ކޯޓް' ރާއްޖޭގެ ބިން ބޮޑު އެހެން ސަރަހައްދަކަށް ބަދަލުކުރަންފެނޭ.

The name is already taken The name is available. Register?

ބބބބ

19 January 2024

މާލޭގަ ސުޕީރިއާ ކޯޓުތައް ހުރުމިގެ ބޭނުން ކަލޭ އަިއްލަ ބުއްދިން ވިސްނީމަ އެނގޭނެ. އެންމެ އާބާދީ ބޮޑު އެންމެ ކުށްގިނަ ތަނަކީ ކޮބާ؟

The name is already taken The name is available. Register?

ހޯހޯހޯ

19 January 2024

ބބބބ އެންމެ އާބާދީ ބޮޑެއްނޫން. އެކަމަކު ރަށްރަށުން މީހުން ގެނެސްގެން ތޮއްޖައްސާފައި އޮތް ތަނެއް މުގައްދަސް މާލެއަކީ. ކުށްގިނަވީ ރާއްޖެތެރޭގައި ދިރި އުޅޭ މީހުންނާހެދި؟ ކޮން ސްޕީރިއާއެއް؟ ތިޔަ މާލެ ތިގޮތަށް ދެން ދޫކޮށްލަންވީ. ތިޔައީ ދިވެހިންނަށް ޖެހިފައި އޮތް ބޮޑު ބލއެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454