ފެމިލީ ކޯޓު ކުރިމަތި. ކައިވެނި ކޮށްގެން އުޅުނު 12 މީހަކަށް އެކަނި ދަރިން ބަލަހައްޓާ މައިން އަދި ބަފައިންނަށް ވަނީ އެލަވަންސްދީފައި -- ފޮޓޯ: މިހާރު
25 ޖެނުއަރީ 2024 - 10:57
ކައިވެނި ކޮށްގެން އުޅުނު 12 މީހަކަށް އެކަނި ދަރިން ބަލަހައްޓާ މައިން އަދި ބަފައިންނަށް ދޭ އެލަވަންސް ކުރީގެ ސަރުކާރުގެ ދުވަސްވަރު ދީފައިވާ ކަމަށް އެންސްޕާގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އެންސްޕާގެ މާލީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސް ދޭން ނުޖެހޭ 12 މީހަކަށް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެއް މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނީ، ލިބެން ނުޖެހޭ ބަޔަކަށް އެލަވަންސް ލިބެނީ ކައިވެންޏާއި ވަރީގެ މައުލޫމާތު ގަވައިދުން ހޯދައި އެ އެލަވަންސް ލިބޭ މީހުންގެ ސައްހަކަން ނުބަލާތީ ކަމަށެވެ.
އެންސްޕާ އިން ބުނީ އެހީ ލިބޭ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުވެއްޖެ ނަމަ އެކަން އެންގުމަކީ އެހީ ލިބޭ މީހުން ކުރަން ޖެހޭ ކަމެއް ކަމަށާއި އެކަމަކު ހާލަތު ބަދަލުވުމަށް ފަހު އަންގަމުން ނުދާ ކަމަށެވެ. ކޯޓުތަކުގެ މައުލޫމާތު އެއް ވިއުގައަކުން ގުޅިފައި ނުވާތީ، އެންމެ އެދެވޭ އަވަސް މިނުގައި އެންސްޕާ އަށް އެ މައުލޫމާތުތައް ނުލިބޭ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.
އޮޑިޓް ރިޕޯޓުގައި ވަނީ ދައުލަތަށް އަނބުރާ ލިބެން ޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި އެކަން ކުރުމަށް އިހުމާލުވާ މުވައްޒަފުންނާ މެދު އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅުތައް އެޅުމަށް އެދިފައި ވެ އެވެ.
އެކަނިވެރި މައިން ނުވަތަ ބަފައިންނަށް މިދިޔަ ދެ އަހަރު 136 މިލިއަން ރުފިޔާ ދޫކޮށްފައި ވެ އެވެ. އަހަރުން އަހަރަށް އެ އެލަވަންސަށް ދައުލަތުން ކުރާ ހޭދަ ދަނީ އިތުރުވަމުންނެވެ. މި އަހަރު ވަނީ އެކަނިވެރި މައިން އަދި ބަފައިންނަށް އެހީ ދިނުމަށް 75 މިލިއަން ރުފިޔާ ބަޖެޓުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީނު50
30 January 2024
މަށައްގޯހީ ތި 12 މީހުން. އެނގިތިބެ ހަރާންފައިސާ ބޭނުންކުރީމަ
ނަންނުކިޔާ
25 January 2024
މި 12 މީހުންގެ ނަންވެސް ހާމަކުރަން ފެނޭ . ފޯމު ލާއިރުވެސް ޝަރުޠެއްގެ ގޮތުގައި ކައިވެނިކޮށްގެން ނެތް މީހަކަށްވާއިރު ކައިވެނި ކުރާހިސާބުން އެ ނުލިބޭނެކަންވެސް އެނގޭނެތާ! އަޅެ އޮޑިޓު އޮފީހުން އެ މީހުންނަކީ ކޮބައިކަންވެސް ބުނެލަންވީނުން!
ޑިސްއޮނަރަބަލް ޑީޑީ
25 January 2024
ކައިވެނީގެ ދެބައުކުޅައެއްބައި ވަރިން ނިމޭ ގައުމެއްގާ ވަރި-ކައިވެނީގެ ކަންކަން ވަރަށް ފާރަލާ ނުބަލައިފިއްޔާ ކަންކަން ވަރަށްބޮޑަށް ފާލުންނެއްޓިގެންދާނެ.
ބުރުގާ
25 January 2024
ވާވާ ވާސަރީ!!!!!> ތިވާނީ އެންސްޕާއިން އެބޭކަނބަލުން ހަނީމޫން ހަދާލަން ދިން އެލަވަންސް އަކައް. މިއޮތީ ވާ ގައުމެއް...........
ނުރަބޯ
25 January 2024
ލޯ އެކަނި ކިޔަވާފަތިބޭ އުސްއުސްތާޒުވެގެން އުޅޭމީހުން ތިތަންތަން ހިންގަން ހަވާލުވެ ތިބޭތީވާގޮތް. އިދާރީ އެއްވެސްކަމެއްނުދަނޭ. މާފަސްބައި އުސްވެގެން މާތްގަނެގެން އުޅޭތީ އެއްކަމެއްވެސްނުވޭ. ތިއިން ތަނަކަށް ހިދުމަތެއް ހޯދަންދިޔަޔަސް ދުއްޕާންޖައްސާނެ. ފެމިލީކޯޓްވެސް ހީވަނީ 1945ގަ އުޅޭހެން. ތިޔައީވެސް ދައުލަތުގެ ތަންތަން، މިނިވަންވިޔަސް ވަކިސަރުކާރެއްނޫން.
ހިތާދުލާމެއާބިހާކުރަނޑި
25 January 2024
ދުވަހަކު ވަޒީފާއެއްއަދާ ނުކުރާ މިރަށު މީހުންނަށް މިރަށުގެ އެމްޑީޕީ ކައުންސިލުން ކޮވިޑްތެރޭ ވަޒީފާގެއްލުނު އެލަވަންސް ދެމުންގެންދިޔަ. ކޮވިޑާހެދި ބޮލިހިލަން ނުދެވުނު ބައެކޭ ކިޔާފަ.
އަފްރާސިޔާބު
25 January 2024
ކައުންސިލުން ކުރާނީ އެބައިމީހުންނަށް ފެންނަ ކަންކަން. ކައުންސިލަކުން އެ ކައުންސިލުގެ މެންބަރުންގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރަމުންވެސް ދިޔަ. އެއީ ދައުލަތުންވެސް ބެލޭކަމަކަށް ނުވޭ. އާނ އެހެންތާ ވާނީ އެމީހުންގެ އަމިއްލަ ފައިސާ ވިއްޔާ ދައުލަތުގައި ހުންނަނީ.
ބަޑިތަކުރު
25 January 2024
މިފަދަ ކޮންމެ ކަމަކުންވެސް އެނގެނީ ދިވެހިންގެ ދަހިވެތިކަމާއި އަމިއްލަ އެދުމުގައި ހައްދުފަހަނަޅާފައިވާ މިންވަރެވެ. ފައިސާ ފޮއްޗެއް ލިބެން އޮތިއްޔާ ހަރާމެއް ހަލާލެއް ނުބަލާ ހިސާބަށް މިގައުމުގެ ހާލަތު ގޮސްފައިވާކަމުގެ ހެއްކަކީ ގައުމުގެ އެންމެ މަތީވެރިޔާވެސް އާންމު ޖަލްސާތަކުގައި އެއީ މައްސަލައެއް ނޫންކަމަށް ދޭހަވާ ބީދައަކުން ކުރީގެ ދައުރެއްގައި ވާހަކަ ދައްކާފައިވުމެވެ.
ޢެޑްމުންޑޯ
25 January 2024
ތިބުނީ ތެދެއް ، ސުނާމީއަރާ ބޮޑު މުސީބާތެއް ކުރިނަތިވީމަވެސް ބިރުވެތިވެ އިސްލާހު ވުމުގެ ބަދަލުގައި މަކަރާއި ދޮގާއި އޮޅުވާލުމުގެ ތެރެއިން ގެދޮރާއި ފައިސާ ހޯދަމުން ދިޔައީ
އުނބުށޭމު
25 January 2024
ދައުލަތުގެ ކޮންމެ އިދާރާއަކީ ވަކި ސަރުކާރެއްގޮތަށް ހިންގާތީ ވާނީ މިހެންނެވެ. އަދި ތިޔަގޮތަށް ދިމާވެދާނެކިތަންމެ ކަމެއްހުންނާނެއެވެ. މިސާލަކަށް އެކި ޤާނޫނުގެ ދަށުން އެކިގޮތަށް ޕެންޝަން ދެމުންދާއިރު ރިޕީޓްކޮށް ދޭންނުޖެހޭނެކަމަށް ބުނެފައިހުރި ޕެންޝަންތައްވެސް ރިޕީޓްކޮށް ދެވޭތަން މާގިނަ ދުވަހެއްނުވެ ފެންނާނެއެވެ. ކައިވެންޏެއް ކުރާއިރަށް އެ މައުލޫމާތު އެނގެންޖެހޭ ހުރިހާ އިދާރާއަކަށް ލިބޭނެ އިންތިޒާމެއް މިޒަމާނުގައި ގާއިމުކުރެވިދާނެއެވެ. މުސާރަނަގައިގެ
ޓެކް
25 January 2024
ކޯޓްތައް އެއް ވިއުގާއަކުން ގުޅިފައި ނެތުން މިއީ އަރަތެއް ކަހަލަ ކަމެއް. ވަރި ކައިވެޏީގެ ކޮމަން ޑާޓާބޭސް އެއް މި އޮތް ފަދަ ޒަމާނުގައި ނެތުމަކީ އަޖައިބެއް. ދަޢުލަތުގެ އިދާރާތްތައް ހިންގަނީ ވަކިވަކި ދަޢުލަތްތަކެއް ހެން، އެ އިދާރާގައި ހުންނަ މަޢުލޫމާތު އަނެއް އިދާރާއަށް ކިތަންމެ މުހިންމުވިޔަސް، އެ ސިސްޓަމަކުން ގުޅުވާލާކަށް ތަނުގައި ތިބޭ ބޯހަރު މީހުން ބޭނުމެއްނުވޭ.
އަފްރާސިޔާބު
25 January 2024
އެހެން. ކޯޓު ތަކަކީ ވަކި ދައުލަތެއް. އެމީހުން ބޭނުމެއްނުވޭ އެތަނުގެ ވަރިކައިވެނި އެއްވެސް ބަޔަކަށް އެނގޭކަށް. މިގައުމުގައި މިއޮންނަނީ 3 ދައުލަތް. 1. ރައީސުލްޖުމުހޫރިއްޔާ 2. ރައްޔިތުންގެ މަޖިލީސް 3. އަދުލު އިންސާފު. މިއިން އެއްވެސް ބަޔަކަށް އެނެއްބައިގެ ޓެރިޓޯރިއަލަކަށް ނުވަދެވޭނެ. ތިން ސަރުކާރު 3 ގޮތަށް ހިނގަމުން ދަނީ. އެއް ސަރުކާރެއްގެ މީހުން އަނެއް ސަރުކާރަކުން ގަނެގެން ގެންދާނީ.
ބިރުކޮބާ
25 January 2024
ނުޙައްޤު ފައިސާއެއް ކާލާއިރު ހިތަކަށް ނާރާ ދޯ މި ނޫން ދުވަހެއް އޮތްކަން ވެސް. ހިތާމަހުރި.