ޚަބަރު / ޕީޕީއެމް/ޕީއެންސީ އިއްތިހާދު

މަޖިލީހުގައި ހިންގި މާރާމާރީގެ މައްސަލަ އިދާރާތަކަށް ޕީޕީއެމް އިން ހުށަހަޅަނީ

ޝަހީމް

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ހިންގި މާރާމާރީގެ މައްސަލަ ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅާނެ ކަމަށް ޕީޕީއެމް/ޕީއެންސީ އިން ބުނެފި އެވެ.

މަޖިލިސް ތެެރޭގައި މިއަދު ހަމަނުޖެހުން ހިންގީ ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމާފައިވާތީ، މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭ ގޮތަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ހުއްޓުވުމާ އެކު އެވެ. އެންމެ ބޮޑު މާރާމާރީއެއް ހިނގީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އާއި ކަނޑިތީމް މެންބަރު އަބްދުﷲ ޝަހީމާ ދެމެދު އެވެ.

ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ޕީޕީއެމް/ޕީއެންސީ އަށް ނިސްބަތްވާ މެންބަރުންގެ ގަޔަށް އެމްޑީޕީއަށް ނިސްބަތްވާ ޕާޓީގެ މެންބަރުން އަތްލާ މާރާމާރީ ހިންގާ، އަދި މެންބަރެއްގެ ބޯ ވަނީ ފަޅާލާފައި ކަމަށެވެ.

"މިކަންކަން ހިނގަމުން ދިޔައިރު، މިކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާއިރު މިކަމަށް މަޖިލީހުގެ ރައީސް ހިތްވަރު ދެއްވުން އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނޭ ކަމެއް ނޫން. މަޖިލީހުގެ ޖަލްސާތައް އިންތިޒާމު ކުރެވޭއިރު، މަޖިލީހުގެ މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމާއި، ހަމަނުޖެހުމަށް ފުރުސަތު ނުދިނުމަށް ހަރު އަޑުން ގޮވާލަން،" ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.

އަދި މަޖިލީހުގައި ހިނގައި ދިޔަ ކަންކަން ކަމާބެހޭ މުއައްސަސާތަކަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަމުން ގެންދާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ އިން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.

އެންމެ ބޮޑު މާރާމާރީއެއް ހިނގީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ ފައިގައި، މެންބަރު ޝަހީމް ހިފަހައްޓައި ވައްޓާލުމާ ގުޅިގެންނެވެ. ދެ މެންބަރުން ޗެމްބަރު ކައިރިއަށް ވެއްޓުމުގެ ތެރޭގައި ޝަހީމްގެ ބޮލަށް ވެސް ވަނީ އަނިޔާވެފަ އެވެ. އެކަން ހުއްޓުވުމަށް މައިނޯރިޓީ ލީޑަރު މޫސާ ސިރާޖު މަސައްކަތް ކުރައްވާފައިވެ އެވެ.

ނަމަވެސް، އޭގެ ފަހުން ވެސް މެންބަރު އީސާ އާއި ޝަހީމާ ދެމެދު ހަމަނުޖެހުން ހިނގި އެވެ. ޝަހީމަށް އަނިޔާވީ އީސަ، އޭނާގެ ގައިގާ ކަކޫ އަޅުވައި އިސްތަށިގަނޑުގައި ހިފާ ދަމައިގަތުމުންނެވެ. ޝަހީމްގެ ކަންފަތް ކައިރިއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު އެ ހަމަނުޖެހުން ހުއްޓުވަން ބައެއް މެންބަރުން މަސައްކަތް ކޮށްފައިވެ އެވެ.

ޝަހީމް މިހާރު ވަނީ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އޭގެ އިތުރުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރުގެ އިނގިލި ވެސް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. މަޖިލީހުގެ މެންބަރަކު ވިދާޅުވި ގޮތުގައި ޒަރީރަށް އަނިޔާވި މެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ތެރޭގަ އެވެ. މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ތުހުމަތު ކުރެއްވި ގޮތުގައި ޒަރީރަށް ހަމަލާދިނީ އެމްޑީޕީ މެންބަރުންނެވެ.

8 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 17%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެހެން

29 January 2024

ހާދަ ހެއްވައޭ! މަޖިލީހުގެ ތަޅުމުގައި ހިނގާ ކަންކަން އެހެން އިދާރާއަކުން ބެލުމުގެ ފުރުޞަތު އޮވޭތަ؟ ތިޔަ ތަޅުމުގަ މެމަބަރަކު ވައްކަން ކުރިކަމަށް ސާފްބަހުން އިޢުތިރާޒު ވިއިރު، އެއީ (މެމްބަރުންގެ އިމްތިޔާޒު) ގައިވާ ގޮތުން އެ މައްސަލަ ނުބެލުނުކަމީ ފެންނަންއޮތް ހަޤީްގަތެއް ދެން ތިކަން ވެސް ބެލިގެން ނުވާނެތާ އެހެންވީމަ! ދައުލަތުން މުސާރަދޭ ޕޭކޮމިޝަނެއް އޮވެމެ، އަމިއްލައަށް މުސާރަ، ކަނޑައަޅައިގެން ތިބޭބައެއް! މިނޫންބަޔަކު ދައުލަތަށް ޚިދުމަތް ނުކުރަނީތަ؟

The name is already taken The name is available. Register?

މައްސަލަހުށަހަޅާ

29 January 2024

ސުޕްރީމް ކޯޓަށް ހުށަހަޅަންވީ ތިޔަޕާޓީއިން މަޖިލިސް ހުއްޓުވި މައްސަލަ.

The name is already taken The name is available. Register?

55656

29 January 2024

މޑޕ ގެ ގނޑ ގައުމު ހަލަބޮލި ކުރަންފެށީ ދޯ؟

The name is already taken The name is available. Register?

ފަހި

28 January 2024

ފިލްމްނިމޭއިރު ފަހު ތަޅާލުން މިފެންނަނީ

The name is already taken The name is available. Register?

ސައިނީސް

28 January 2024

އެމްޑީޕީ އިދުކޮޅަށް އެރީމަ ދެން ޤައުމަށް ބަލާވެރިކަން ޖެހުނީ ދޯ!

The name is already taken The name is available. Register?

ކައިނިމުނީ

29 January 2024

އެހެރީ ލައިވު ވީޑިއޯ. ކޮންބައެއްގެ ކަމެއްކަން ބޮޑުވެގެން މިއުޅެނީ އެބައެނގޭ

The name is already taken The name is available. Register?

ޢެޑްމުންޑޯ

28 January 2024

އޮފީސްތަކުގެ ޓެލެޑްރާމާ ގެ ބައިވެރިވާން މަޖްލީހުން ޕްރެކްޓިސްކުރަނީ ކަމަށްތިވާނީ ، ބައިވެރި ކުރަނީ އެކްޝަން ޑްރާމާއަކަށް ވާތީ ތަޅާފޮޅުމުގެ މަންޒަރުތަށް ހުންނާނެތާ

The name is already taken The name is available. Register?

ޭއެއްކޮޅު

28 January 2024

ސަހީމް ދެއަތުން ވަރުލާފަ އީސަގެ ޓައީ އައް ދަމަމުން ގެންދިޔަކަން ވީޑިއޯ އިންފެނޭ.. އީސަ ގޮވަމުންދޭ ޓައީން ދޫކުރުމައް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454