ރާއްޖެ އައި ޓޫރިސްޓުންތަކެއް: ލޯންޗް އެކްސިޑެންޓެއްގައި 2015 ގައި ނިޔާވީ ޗައިނާ އާއި މެލޭޝިއާގެ ދެ ފަތުރުވެރިން. ފޮޓޯ: ނިޝާން އަލީ /މިހާރު
14 ފެބުރުއަރީ 2017 - 10:54
މީގެ އެއް އަހަރު ކުރިން ކ. މާފުށީ ކައިރިން ކަނޑުމަތީގައި ހިނގި އެކްސިޑެންޓެއްގައި ދެ ފަތުރުވެރިއަކު މަރުވި މައްސަލައިގައި، ލޯންޗް ދުއްވި މީހާގެ މައްޗަށް ދައުލަތުން ދައުވާކޮށްފި އެވެ.
ޑިސެމްބަރު، 2015 ގައި ލޯންޗަކާއި ޑައިވިން ދޯންޏެއް ޖެހިގެން ހިނގި އެ ހާދިސާގައި މެލޭޝިއާގެ 16 އަހަރުގެ އަންހެން ކުއްޖާއި ޗައިނާގެ 42 އަހަރުގެ އަންހެނަކު މަރުވި މައްސަލާގައި ދައުވާކުރަނީ ފ. ނިލަންދޫ އުނިމާގޭ، އިބްރާހިމް ނާސިރުގެ މައްޗަށެވެ. އޭނާއަކީ ލޯންޗް ދުއްވަން އިން މީހާ އެވެ.
ނަސީރުގެ މައްޗަށް ކުރަނީ މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އެވެ. އެއީ ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެކެވެ.
އެ މައްސަލައިގެ ޝަރީއަތް މިއަދު ފަށަން ވަނީ ހަމަޖައްސައިފަ އެވެ.
މީގެ ކުރިން 2009 ގައި ކުރެއްދޫ އައިލެންޑް ރިސޯޓްގައި ކުއަޑް ބައިކެއް ގަހެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ ފަތުރުވެރިއަކު މަރުވި މައްސަލައެއްގައި ވެސް އެ ބައިކް ދުއްވި މީހާގެ މައްޗަށް ވެސް ދައުވާކުރި އެވެ. އެކަމަކު އެ ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން އޭރު ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭބެ
14 February 2017
ކުރެއްދޫ ގަ ހިނގި އެކްސިޑެންޓްގެ ވާހަކަ ނުދެއްކުން އެދެން. އެކަމުގެ އަޑީގައި ތިބީ އަތްނުފޯރާ ބަޔެއް. ނަސީރު އަށް ދެން ވާނެގޮތެއް ބަލަން ތިބެމާ. އިހްމާލު ވެފައި ވާނަމަ އަދަބު ލިބެން ޖެހޭނެ. ކުރެއްދޫ ގައި ހިންގި އެކްސިޑެންޓް ގައި ވީހެން ނަސީރު އިނީ މަސްތުގައި ކަމެއް އަދި ނުއެނގޭ. ރާއްޖޭގައި ހުކުން ކުރަން އެތިބޭ މީހުންނާއި ދޭތެރޭ ހަމްދަރުދީވަން.
ހުކުމް 2017
14 February 2017
ޣައިރު މުސްލިމެއް، މުސްލިމެއްގެ އަތުން މަރުވެއްޖެ ނަމަ ދިޔަ ދިނުމަށްފަހު ނިންމާލަން ޖެހޭނީ. އެއީ ޝަރުޢީ ހުކުމް...
އުޝާ
14 February 2017
ބޮޑުވަރުތީ! އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތް މީހުން މާ ދީނީވެގެން. މުސްލިމުންނޫނަސް ދުނިޔޭގަ މީހުން އުޅޭ. އެމީހުންވެސް ހެއްދެވީހަމަ ކަލޭ ހެއްދެވި ފަރާތުން. ހިތްހަރުވެ ދަބަރުޖަހާފައިވާ ހިތަކަށް އިލާހީ ނޫރުގެ އަސަރެއް ނުކުރާނެ.. ހުސް ބޭރުފުށުން ފެންނަ ދަޅަ!
ބޭބެ
14 February 2017
ޝަރުއީ ނޫން ހުކުން ހުރޭތަ ...
ޅަބޭ
14 February 2017
ތިޔައް ކިޔާނީ ކުޅޭކުޅޭ ޑްރާމާ ދައުވާ. ރާއްޖެކަހަލަ 4ވަނަ ދުނިޔޭގެ ގައުމުތަކުގައި ތިކަހަލަ ދައުވާ ދުވަހަކުވެސް ސާބިތެއްނުވާނެ. މީކީ އެމެރިކާ ނޫނީ ޔޫރަޕެއް ނޫން.
ދިވެއްސެއް
14 February 2017
"މީގެ ކުރިން 2009 ގައި ކުރެއްދޫ އައިލެންޑް ރިސޯޓްގައި ކުއަޑް ބައިކެއް ގަހެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ ފަތުރުވެރިއަކު މަރުވި މައްސަލައެއްގައި ވެސް އެ ބައިކް ދުއްވި މީހާގެ މައްޗަށް ވެސް ދައުވާކުރި އެވެ. އެކަމަކު އެ ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން އޭރު ވަނީ ނިންމައިފަ އެވެ." އެއީ ހަމައެކަނި ނަމަކައް ކުރެވުނު ދައުވާއެއް. އެ ދުއްވަން އިނީ ރާއްޖޭގެ ފައިސާވެރިއެއްގެ ދަރިއެއް، އިންތިހާއަށް ނުފޫޒް ގަދަ މީހެއްގެ ދަރިއެއް. މާފުށީ ކައިރިންވި އެކްސިޑެންޓްގައި ލޯންޗް ދުއްވަން އިނީ ނިކަމެއްޗެއް. އޭނަގެ މައްޗަށް ކުއްސާބިތުވާނެ. އޭނައަކަށް ފަނޑިޔާރުނަށް ދޭނެ ހަދިޔާ އެއް ނުލިބޭނެ. މުއްސަދި މީހާއަށް އިންސާފު ލިބޭ ގައުމެއްމީ
ރޯޒް
14 February 2017
މައުލޫމާތު ގޯސް.. އެއީ ރާއްޖޭގެ ފައިސާވެރިއެއްގެ ދަރިއެއް ނޫން. އެއީ ބޭރު އިންވެސްޓަރެއްގެ ދަރިއެއް... އަދުލު އިންސާފުގެ ކޮމެންޓު ހަމަ ބަރާބަރު