ފައިސާތަކެއް ގުނަނީ. އެސްއޯއީތަކުގެ ފަސް ލޯނަކަށް ސަރުކަރުން މިދިޔަ އަހަރު ވަނީ ގެރެންޓީ ދީފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު
04 ފެބުރުއަރީ 2024 - 10:06
ސަރުކާރު ހިއްސާވާ ފަސް ކުންފުންޏަކުން މިދިޔަ އަހަރު ނެގި 750 މިލިއަން ރުފިޔާގެ ލޯނަށް ސަރުކާރުން ގެރެންޓީ ދީފައިވާ ކަން ހާމަވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި މިދިޔަ އަހަރު ދައުލަތުން އެންމެ ބޮޑު އަދަދަކަށް ގެރެންޓީ ދިނީ ފެނަކައިން ނަގާފައިވާ 400 މިލިއަން ރުފިޔާ އަށެވެ. ދެ ލޯނެއްގެ ގޮތުގައި ނެގި އެ އަދަދު ކަނޑައެޅީ، އެ ކުންފުނީގެ ދަރަނި އިންތިހާ އަށް ބޮޑުވެ، ކޭޝް ފްލޯ ހަމައަކަށް އަޅުވާށެވެ.
ދެ ވަނަ އަށް އެންމެ ބޮޑު އަދަދެއް ނެގީ އެޗްޑީސީއިންނެވެ. އެ ކުންފުނިން ވެސް ދެ ލޯނަކަށް ވަނީ 200 މިލިއަން ރުފިޔާ ނަގައިފަ އެވެ. އޭގެ އިތުރުން މިފްކޯ އިން 150 ރުފިޔާގެ ލޯނެއް ހަބީބު ބޭންކުން ނެގި އެވެ. އެ ލޯނު މިފްކޯ އިން ނެގީ އެ ކުންފުނިން ކޫއްޑު އާއި ފުނަދޫ އަދި ތިނަދޫގައި ހަދާފައިވާ ފެސިލިޓީ އަޕްގްރޭޑު ކުރުމަށެވެ.
މިފްކޯ އިން ނެގި ލޯނު ފިޔަވައި ފެނަކަ އާއި އެޗްޑީސީ އިން ނެގި ހަތަރު ލޯނު ވެސް ނަގާފައިވަނީ މޯލްޑިވްސް އިސްލާމިކް ބޭންކުންނެވެ.
ދައުލަތުން ގެރެންޓީ ދިން ލޯނުތަކުގެ އަދަދު މިހާރު ހުރީ 14 ބިލިއަން ރުފިޔާގަ އެވެ. މިދިޔަ އަހަރު ވެސް ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނެގި ފަސް ލޯނަކަށް ގެރެންޓީ ދީފަ އެވެ.
މިދިޔަ ފަސް އަހަރު ސަރުކާރުން ވަނީ އެސްއޯއީތަކުން ނެގި 14 ލޯނަކަށް ގެރެންޓީ ދީފަ އެވެ. ގެރެންޓީ ދިން ލޯނުގެ އަދަދު 12 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އޭގެ ތެރެއިން ގެރެންޓީ ދިން އެންމެ ބޮޑު އަދަދަކީ ފަހި ދިިރިއުޅުން ކޯޕަރޭޝަނުން (އެފްޑީސީ) އިން އިންޑިއާގެ އެގްޒިމް ބޭންކުން ނެގި 127 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ) ގެ ލޯނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަނަަސް
05 February 2024
މިހާރުސަރުކާރުން އެއުޅެނީ މަސްވެރިންނަށް ފައިސާދޭން ސޮވެރިން ގެރެންޓީދީގެން ލޯނުނަގަން. ދެނޯ؟
ހަސާާން
04 February 2024
އަމީރު ބުނާނެ މިކަން ވެސް މިޔޮތީ ދިވެހިންނަށް ޓަކާ ކޮށްފައޭ. ފެނަކަ މެދުވެރިކޮށް ކޮށްފަ ހުރި ޖަރީމާ. މީގެން އެއްވެސް ކަމެއް ކޮށްފަނެތް.
ޕުސްކާސް
04 February 2024
މިހާރު ތިވާ ވައުދު ތަކާ ތި ކުރާ ކަންކަމުން ހިޔެއް ނުވެޔ ތީ ސަރުކާރަށް ނުދެއްކޭވަރުގެ އެއްޗެއް ހެން، ކުރީގެ ވާހަކަ ތިދައްކަނީ ހަމަ މަޖލީސް މިހާރު ރައްޔިތުން ކުރިމަތީ އަގުވެއްޓެމުން ދާތީތޯ؟ 100 ދުވަސް ސަރުކާރަށް ނުވަނީސް ރައްޔިތުމީހާ މާޔޫސް ވެއްޖެ. އަދިވެސް ރ.ޔާމީނު ހުރީ އިބޫ ގޭ ބަނދައް ދޫކޮށްލި ގޮތައް.