އެސްޓީއޯ އިން މާލޭގެ ފިހާރަ އަކަށް ކާޑުގެ ބާވަތްތައް ސަޕްލައި ކޮށްދެނީ: ރޯދައަށް ކޮންމެ ގެއަކަށް ފުށާއި ހަނޑޫ ފޯރުކޮށްދޭން ސަރުކާރުން ވަނީ ނިންމާފައި.---ފޮޓޯ: އެސްޓީއޯ
09 ފެބުރުއަރީ 2024 - 11:39
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް، ރޯދަ މަހަށް ކޮންމެ ގޭބިސީއަކަށް ހަނޑުލާއި ފުށް ބަހަން ނިންމާފައި ވާތީ މާލޭ ސަަރަހައްދުން އެ ތަކެތި ބޭނުންވާ ގޭބިސީތަކުން ރަޖިސްޓްރީވާން އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
މިކަމާ ގުޅޭ އިއުލާނެއް ކައުންސިލުން އިއްޔެ ކުރި އެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ބަހަން ހަމަޖައްސާފައިވާ ކަމަށާއި މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ގޭބިސީތަކުގައި އުޅޭ މީހުން، މި މަހުގެ 25 ގެ ކުރިން ނަންނޯޓު ކުރުމަށް ވެސް އެ އެއިއުލާނުގައި އެދިފައިވެ އެވެ. ނަން ނޯޓުކުރުމަށް އޮންލައިން ފޯމަކާ އެކު ކުރި އިއުލާނު ހަމަ އިއްޔެ ވަނީ ބާތިލްކޮށްފަ އެވެ.
ކައުންސިލްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އިއުލާން ބާތިލްކުރީ، ހަނޑުލާއި ފުށް ބޭނުންވާ މީހުން ނަން ނޯޓު ކުރަން ހާއްސަ ޕޯޓަލެއް ހަދާތީ ކަމަށެވެ. އޭގައި ރަޖިސްޓްރީކުރަން އަންނަ ހޯމަ ދުވަހު އަނެއްކާ ވެސް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ރޯދަ މަހު ކޮންމެ ގެއަކަށް ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ އަދި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާކުރައްވާނެ ކަމަށް ރައީސް އިއުލާނުކުރެއްވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި މިދިޔަ މަހުގެ 13 ވަނަ ދުވަހު ރައީސް ވިދާޅުވީ ދިވެހިންނަށް ބޭނުންވާ ހަނޑުލާއި ހަކުރު އަދި ފުށް އެތެރެކުރަން އިންޑިއާ އަށް ބަރޯސާ ނުވެ، ތުރުކީން ވެސް ކާޑުގެ ބާވަތްތައް ގެންނަން އެ ގައުމާ އެކު އެއްބަސްވެފައިވާ ކަމަށެވެ. އަންނަ އަހަރު އެ އަދަދު އިތުރުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
MySuperGreenDOTcom
10 February 2024
މިފަދަކަންކަމުގައި މީހުންގެ ހިޔާލުވަރަށްތަފާތުވާނެ، ބައެއްމީހުންދެކޭގޮތުގައި މީސަލާމްޖެހުން، އަނެއްބަޔަކަށް މިގޮތްހަމަރަނގަޅު، އަޅުގަނޑުދެކޭގޮތުގައި މި ޓެކުނޮލޮޖީގެޒަމާނުގައި ނަންނޯޓުނުކޮށްވެސް ބަލާއައިމާ އެގެޔަކަށްލިބެންވާ އެއްޗެއްލިބޭނެގޮތް ރޭވުމަކީ ދާދިފަސޭހަކަމެއް، މުޅިގޭގެއެންމެނާ ގޭގެވެރިމީހާގެ ހުރިހާ މައުލޫމާތެއް ގައިމު ބެލެންހުންނާނެތާ، ލިސްޓެއްހަދާލާފަ ކޮންމެދުވަހަކު ވަކިގަޑިއެއްގައި ކިޔުތަރުތީބުން ތަކެތިދޫކުރީމަނިމުނީނުންތޯ؟
ދެރަސޮރު
10 February 2024
ރައްޔިތުން ހަނޑޫ ހޯދަން ސަލާން ޖަހާ ފޯމު. ރާއްޖެ މި ވެއޓިފައިވާ ސަލާމް ޖެހުމުގެ ސިޔާސަތުން މާތް ރަސްކަނލާންގެ ސަލާމަތް ކުރައްވާންދޭވެ. އެމްޕީ ކައިރީ ސަލާން ޖެހުން، އާސަންދައަށް ސަލާން ޖެހުން. މިހާރު ހަނޑޫ ހޯދަންވެސް ސަލާން ޖެހުން ކިހާބޮޑުކަމެއްމީ، ގެޒެޓް ކޮށްފަހުރި ފުލެޓްުތަށް ނިމޭވަރަކުން އަވަހަށް ހަވާލުކުރަންފަށާށޭ، ކާޑުކޮޅުވާހަކަ ހުއްޓާލާ.....
އެކަލޯ
10 February 2024
ސިޔާސީ މީހުންގެ ފައިބުޑަށް އާދޭސް ކުރަން ދާންޖެހޭ ގޮތް ހަދަނީ. ސަރުކާރުގެ އޯގާތެރިކަމުގެ ވާހަކަ ދެއްކުމަށްވުރެ ރަގަޅީ ނުދެއްކިއްޔާ. މި ފަދަ ސަރުކާރެއް ދުވަހަކުވެސް ނުދެކެން. މަސްވެރިންނަށް ލާރިކޮޅު ނުދޭތާ 3 މަސް. ވޭތުވެދިޔަ ސަރުކާރުތަކުގައި ލަސްވަނީ ހަފުތާއަކަށް. ޢެންމެ ގިނަވރގެންވެސް.
ޓިނު
09 February 2024
މިމީހުން ހީކުރަނީ މިރާއްޖޭގައި ތިބީ ހުސް މޮޔައިންކަމަށް
ޓިނު
09 February 2024
ރިޔާސީ ބަޔާން އިއްވި ދުވަހު ބުނީ އެހެނެއްނޫ ؟
ޕޫރުބެ
09 February 2024
ވަޢުދާއެއްގޮތަށް ދޭން ނުކެރެންޏާ ހުއްޓާލާފަ ދޭ! ވަޢުދުވީ އަލުން ސަލާން ޖައްސާގޮތަކަށް ނޫން! ގޭގެ ޢަދަދު އެނގެން ހުންނާނެ
އާރީ
09 February 2024
ރޯދަ އިނާޔަތް ބޮނޑް ކޮށްބަލަ.
ޙވުގުގުހު
09 February 2024
މާލޭގަ ކުށްޔަށް އުޅޭ މީހުނަށް ތި ނުލިބޭނެ ދޯ
މުންބާއީން
09 February 2024
ވަޢުދު ފުއްދުން ވަރަށް ރަނގަޅު. އިހްލާސްތެރި ކަން އެބަ ފެނޭ.
އައްޔަ
09 February 2024
ސާބަހޭ ރައީސް !!! ފޯމްފުރައިގެން ކާފަގެ މައިދައިތަގެ އައި ޑީ ކާޑުގެ ދެފުއް ފޯމުގަ ޖަހައިގެން ދާންވީ 10ކިލޯފުއްބަލާ ބޯހަލާކު,