14 ފެބުރުއަރީ 2024 - 10:31
ފްލެޓެއް ހޯދަން ފޯމެއް ވެސް ހުށަނާޅައި އޮއްވައި، ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ މީހަކު ގުޅައި އެ މީހާގެ ފޯނަށް ފޮނުވި އޯޓީޕީތައް އެ ގުޅި މީހަކަށް ދެމުން ގެންދިޔަ އެވެ. މި ކުރެވުނީ ކީއްކަން އެނގުނީ އެކައުންޓުން ދެ ލައްކަ ރުފިޔާ ހަތް އެކައުންޓަކަށް ފޮނުވައި ހުސްކުރި ފަހުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ކަންތަކުގެ ވާހަކަ ދައްކަދައްކައި ތިއްބާ އިއްޔެ އަދި މި އަށް ވުރެ ގިނަ ފައިސާ ހަމަ އެގޮތަށް ގެއްލުވާލައިފި އެވެ.
ފްލެޓެއް ލިބުނު ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ ފޯނަށް ފޮނުވި އޯޓީޕީ ހޯދައިގެން އިއްޔެ މީހެއްގެ އަތުން ބައި މިލިއަން ރުފިޔާ ފޭރުނީ އެވެ.
އެއްވެސް ހިދުމަތެއް ހޯދުމުގައި ފޯނަށް ފޮނުވާ އޯޓީޕީ ނުވަތަ ނަންބަރުތަކަކީ އެހެން މީހަކަށް ދީގެން ވާނެ އެއްޗެއް ނޫނެވެ. އެއީ އެންމެ ޒާތީ އަދި އެންމެ ރައްކާތެރިކަމާ އެކު ގެންގުޅެންޖެހޭ މައުލޫމާތާ އެކު ބޭނުންކުރަންޖެހޭ އެއްޗެއް ކަމާއި އެ ނަންބަރުތައް އެހެން މީހުންނަށް ނުދިނުމަށް އަބަދު އެ ދަނީ ގޮވަމުންނެވެ.
ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ ސްކޭމް ކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ހޯދުން ކުރިއަށް ވުރެ މަދުވެފައިވާ ކަމަށެވެ. އެކަމަކު، މި ފަހަރު ވަނީ ބޮޑު ދެ މައްސަލައެއް ފެންމަތިވެފަ އެވެ.
އަބްދުﷲ ވިދާޅުވީ އެ ދެ ސްކޭމް ވެސް ހިންގީ ފްލެޓު ލިބުނު ކަމަށް ބުނެ، މޮބައިލް ފޯނަށް އޯޓީޕީ ފޮނުވައިގެން، އެ ނަންބަރު ހޯދުމަށް ފަހު އެކައުންޓަށް ވަދެގެން ކަމަށެވެ. ފްލެޓު ލިބުނު ކަމަށް ބުނެ ކަމާގުޅޭ އެއްވެސް ފަރާތަކުން ކާޑުގެ މައުލޫމާތު ހޯދަން ނުގުޅާނެ އެވެ. އޯޓީޕީ ނުވަތަ ލިންކެއް ވެސް ނުފޮނުވާނެ އެވެ. އެކަންކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.
އަބްދުﷲ ވިދާޅުވި ގޮތުގައި ސްކޭމް ހިންގުމަށް އެކި ފަރާތްތަކުން އެކި ގޮތަށް ބައިވެރިވެ އެވެ. ބައެއް ފަހަރު އެކަނި އަދި ގްރޫޕެއް ހަދައިގެން ވެސް މިކަން ކުރެ އެވެ.
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިން. ސްކޭމްގެ ގިނަ-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ފުލުހުން ގަބޫލުކުރާ ގޮތުގައި އޯޓީޕީ ނުވަތަ ފޯނަށް ފޮނުވާ ލިންކަށް ނުފިތާ ނަމަ ސްކޭމް ކޮށްގެން ފައިސާ ހޯދުމުގެ ފުރުސަތު ވަރަށް ކުޑަވާނެ އެވެ. ވަރަށް މަދު ހާލަތެއްގައި، އެއްވެސް މައުލޫމާތެއް ނުދިން ނަމަވެސް އެކައުންޓު ހެކްކޮށްގެން ފައިސާ ހޯދާފައި އެބަހުއްޓެވެ. އެކަމަކު، އަބްދުﷲ ވެސް ވިދާޅުވީ އެ އިދާރާ އަށް ހުށަހެޅި މައްސަލަތަކުގައި ގިނައީ އަމިއްލަ އަށް އޯޓީޕީ ދީގެން ނުވަތަ ލިންކަށް ފިތުމުން ފައިސާ ގެއްލުމުގެ މައްސަލަތަކެވެ.
"ގުޅާފައި އޯޓީޕީ ދޭށޭ ބުންޏަސް ނުދޭންވީ. އެ މައުލޫމާތު ދީފައި އިރުކޮޅަކުން އެބަ ނަގައިގަނެވޭ ތިމަންނަ އަށް މި ހެދުނީ ގޯހެއްކަން،" އަބްދުﷲ ވިދާޅުވި އެވެ.
ސްކޭމް ހިންގަން ގިނައިން ބޭނުންކުރާ ފޯނު ނަންބަރުތައް ނަގާފައި ހުންނަނީ ބިދޭސީންގެ ނަމުގަ އެވެ. ނޫނީ ރަޖިސްޓަރީ ނުކޮށެވެ. އެހެންވެ، އެ މައްސަލަތައް އިތުރަށް ބެލުމުގައި އުނދަގޫތަކެއް ހުރެ އެވެ. ނަމަވެސް، ކަމާ ގުޅުން ހުރި އިދާރާތަކުން މިހާރު ވެސް ކުރާ މަސައްކަތްތަކުގެ ނަތީޖާ ފެންނަކަން އަބްދުﷲ ފާހަގަކުރެއްވި އެވެ. އޭގެ އަނެއް ކޮޅުން، ސްކޭމަރުންނަކީ ކުށް ކުރާ މީހުންނަށް ވާތީ، އެއް ގޮތް ނެތިއްޔާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވެސް އަނެއް ގޮތް ހޯދާނެ އެވެ.
"އަޅުގަނޑުމެން ދިރާސާތައް ކުރަމުން، ގާނޫނަށް ބަދަލެއް ގެންނަން ހުރިއްޔާ އެ ބަދަލެއް ގެންނަމުން އަދި އެއްކޮށް މަސައްކަތްކޮށްގެން ސްކޭމް ކުރެވުމުގެ ކުރިން އެވެއާކޮށް އަދި ސްކޭމެއް ވެއްޖެ ނަމަ ވީ އެންމެ އަވަހަކަށް އެކަން ކުރި ބަޔަކު ހޯދަން ފަސޭހަވާނެ އެއްކޮށް މަސައްކަތްކޮށްފިއްޔާ،" އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ވިދާޅުވީ، މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ އާ ވަސީލަތެއްގެ ގޮތުގައި ފޭސްބުކް މާކެޓް ޕްލޭސް ފާހަގަކުރެވިފައިވާ ކަމަށެވެ. ފޭކު ޕޭޖުތައް ހަދައިގެން، ފަރުނީޗަރާއި ތަފާތު އެކި މުދާ ވިއްކާ ކަމަށް ބުނެ، އާއްމުންގެ އަތުން ފައިސާ ހޯދުމުގެ މައްސަލަތައް ފާއިތުވި ދެ ތިން ހަފުތާގެ ތެރޭގައި ގިނައިން ހުށަހަޅާފައި އެބަހުއްޓެވެ.
އޭނާ ވިދާޅުވީ އެ ޕްލެޓުފޯމުގައި ގިނަ އަދަދެއްގެ ސްކޭމް ހިންގާތީ ފުލުހުންގެ ފަރާތުން އެކަން ފޭސްބުކަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ އިތުރުން، ޑޮލަރު މާރުކުރުމުގެ ވިޔަފާރި ހިންގާ ކަމަށް ބުނެ ވައިބާގައި ވެސް އެކި ގްރޫޕުތައް ހަދައިގެން މީހުންގެ އަތުން އެއް ހާސް ރުފިޔާ ހޯދާފައިވެ އެވެ.
"މި ކަހަލަ ކަންކަމަށް ސަމާލުވާންވީ. ލިންކުތަކަށް ފިތާލެވެނީ. ވަރަށް ބޮޑަށް އެވެއާވާންވީ، އެވެއާ ކޮށްދޭންވީ." އަބްދުﷲ ވިދާޅުވި އެވެ.
ޑޮލަރު ވިއްކުމުގެ މުއާމަލާތްތައް ހިންގާ ވައިބާ ގްރޫޕުތަކުގައި ވެސް، އެހެން މީހުންގެ ނަމާއި ފޮޓޯ ބޭނުންކޮށްގެން ފައިސާ ހޯދުމަށް ފަހު ފިލައިގެން އުޅެ އެވެ. އެހެންވެ، އެކަންކަމަށް ވީހާ ވެސް ބޮޑަށް ސަމާލުކަން ދީ، ވަރަށް ޔަގީން ކުރުމަށް ފަހު ނޫނީ ފައިސާ ނުފޮނުވަން ކަމާގުޅޭ ފަރާތްތަކުން އެދެ އެވެ.
އަބްދުﷲ ވިދާޅުވީ މަކަރާއި ހީލަތުގެ މައްސަލައެއް ނަމަ އެކައުންޓު ފްރީޒްކުރާ ކަމަށެވެ. ކޯޓު އަމުރު ނަގައިގެން ނުވަތަ ބޭންކަށް އެދި ހުށަހެޅުމުން ވެސް ވަކި ވަގުތެއް ވަންދެން ފްރީޒުކޮށްފައި ބަހައްޓަ އެވެ. އެކަމަކު، އެކަން ކުރަން ވެސް ވަގުތުކޮޅެއް ހޭދަވާތީ، ގިނަ ފަހަރަށް ހުންނަނީ އެހެން މީހެއްގެ ބޭންކު އެކައުންޓު މައުލޫމާތު ލިބުމުން އެ އެކައުންޓުން އެހެން އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް ފަހު އެ ފައިސާ ނަގައިފަ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މި އަހަރުގެ ކުރީކޮޅާ ހަމައަށް އެކަނި ވެސް ސްކޭމާ ގުޅޭ 28،000 މައްސަލައެއްގައި 27 މިލިއަން ރުފިޔާ ގެއްލިގެން ހުށަހެޅި އެވެ. އޭގެ ތެރެއިން، މިހާތަނަށް ރިކަވާ ކުރެވުނީ އެއް މިލިއަން ރުފިޔާ އެވެ. ނަމަވެސް، ބުރަ މަސައްކަތް ކޮށްގެން ހޯދި ފައިސާ، ވިސްނާ ނުލާ ކުރާ ކަމެއްގެ ސަބަބުން ގެއްލިގެން ދަނީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސއްއސއ×ެދރ
15 February 2024
ވަގުންނަށް އަދަބުދޭށޭ އަދަބުދޭށޭ ވަގުންނަށް އަދަބުދޭށޭ އަދަބުދޭށޭ ވަގުންނަށް އަދަބުދޭށޭ އަދަބުދޭށޭ ވަގުންނަށް އަދަބުދޭށޭ އަދަބުދޭށޭ ވަގުންނަށް އަދަބުދޭށޭ އަދަބުދޭށޭ ވަގުންނަށް އަދަބުދޭށޭ އަދަބުދޭށޭ ވަގުންނަށް އަދަބުދޭށޭ އަދަބުދޭށޭ ވަގުންނަށް އަދަބުދޭށޭ އަދަބުދޭށޭ ވަގުންނަށް އަދަބުދޭށޭ އަދަބުދޭށޭ ވަގުންނަށް އަދަބުދޭށޭ އަދަބުދޭށޭ ވަގުންނަށް އަދަބުދޭށޭ އަދަބުދޭށޭ ވަގުންނަށް އަދަބުދޭށޭ އަދަބުދޭށޭ
ނެކްސްޓް
15 February 2024
ދޭނެ ފްލެޓޭބުނާޢިރަށް ދޭނެ ހުރިހާ އެއްޗެއްވެސް
ޢަހު
14 February 2024
އެއްވެސް ސްކޭމެއް ބޭނުން ކޮށްގެން އަހަރެމެން އަތުން ލާހިކެއްނޫނ ފައިސާ ހޯދާކަށް
ކަނބި ނުވެބަލަ.
14 February 2024
މިތަނުގައި ކޮމެންޓް ކުރާ ބެންކް ކުދިންނަކީ ބޯގަޅި ބައެއްތަ. ބަލަ ތިބޭންކް ގައި ހުންނަ އެތައް ލައްކަ ރުފިޔާ ވަގަށްނެގީމާ ތިދައްކަނީ ބެންކުގެ މައްސަލައެއްނެތޭ އޯޓީޕީ ދިނީމައޭ ކިޔާފަ ބޭކާރު ވާހަކަ. ބެކްގައި ފައިސާ ރައްކާ ކުރަނީ އެކަމުގެ ޔަޤީންކަން ހޯދަން. އެހެން ނޫންނަމަ އެނދު ތަންދޮށަށް ފައިސާ ލާނީ. ތިތަންނޫން އެހެން ބެންކެއްގެ ވާހަކަ އެބަދައްކާތަ؟
ހުސޭނުބޭ
14 February 2024
މިނަށްވުރެ ފައިސާއާއި މުދަލަށް ދަހިވެތި ވީމާ، އޯޓީޕީވެސް ދެވޭނެ. އަދި އެވެސް އޮންނަ އުޞޫލުން ބޭރުން ކުރަން އުޅުނީމަ
ނަންނުކިޔާ
14 February 2024
ފްލެޓެއް ހޯދަން ފޯމެއް ވެސް ހުށަނާޅައި އޮއްވައި، ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ މީހަކު ގުޅައި އެ މީހާގެ ފޯނަށް ފޮނުވި އޯޓީޕީތައް އެ ގުޅި މީހަކަށް ދެމުން ގެންދިޔަ އެވެ.( މިތަނުގައި ހައްޤު ނޫން އެއްޗެއް ހޯދަން ދަހިވެތި ވުމުގެ ނަތީޖާ އެފެނުނީ..މިގޮތަށް ގެއްލޭ ފައިސާގެތެރެއިން %95 ކީ ހަމަ އެކަހަލަ ގޮތަކަށް ގެއްލޭ ފައިސާ ) ޤަބޫލު ކުރިޔަސް ނުކުރިޔަސް ހަގީގަތް ވާނީ ހަގީގަތަށް..
ކައުންސެލަރު..
14 February 2024
ދިވެހިންގެ ބޭންކު، ދިވެހިންގެ ބޭންކު، ދިވެހިންގެ ބޭންކު، ދިވެހިންގެ ބޭންކު، ދިވެހިންގެ ބޭންކު، އޯޓީޕީ.. ކީއްވެބާ ރާއްޖޭގަ ހުންނަ އެހެންބޭންކު ތަކުގެ ކަސްޓަމަރުންނަށް އޯޓީޕީ ހޯދަން ނުގުޅަނީ؟ މިސުވާލުގެ ޖަވާބު ދެވޭނެ ސަރުކާރުގެ މުއައްސަސާއެއް އެބަހުރިބާ؟
ްއާނދޯ
19 February 2024
ސީދާ ބެންކު ތެރެއިން ކުރާ ކަމެއް ވީމާ އެއީ
ޏަނާ
14 February 2024
ތިއީ އޯޓީޕީ އަކުން ވާ ކަމެއް ނޫން! ތީ ތި ބޭންކްގައި އުޅޭ މުވައްޒަފުން ކަސްޓަމަރުންގެ މަޢްލޫމާތު ސްކޭމަރުންނަށް ދީގެން ކުރާ ކަންތައްތައް ކަން ވަރަށް ޔަޤީން! ގިނަ ފަހަރަށް ތިކަހަލަ ކަންކަން ދިމާވެފައި ތިޔަ ހުންނަނީ މެދު އަދި މުސްކުޅި އުމުރުފުރައިގެ މީހުންނަށް. އެ މީހުންގެ އެކައުންޓްގައި ހުރީ ކިހާ ފައިސާއެއްކަން ވެސް ގިނަ ފަހަރަށް އެ މީހުންނަކަށް ނޭނގޭ!
ކައުންސެލަރު..
14 February 2024
ނޫހުގައި ކިތަންމެވަރަކަށްވެސް ލިޔެވިދާނެ. ވާކަމެއްނެތް. ފަހަރެއްގައި ކިތަންމެ ވިސްނައިގެން ހުންނަ މީހާއަށްވެސް މިހެން ބޮނޑިލިބިދާނެ. އެކަމަކު ސުވާލަކީ ތަހުގީގީ އިދާރާތައް ރާއްޖޭގައި އެބަހައްޓޭ، ކޯޓުތައް އެބަހައްޓޭ...، ރީތި ނަންނަން ކިޔާފައި ޔުނިޓްތައްވެސް ހަދާފައި އެބަހައްޓޭ. އެކަމަކު ދެރަކަމަކީ/ ސުވާލަކީ މިބުނާ ފަރާތްތަކުގެ ބޭނުންހިފެނީ ކިހާވަރަކަށްހޭ؟ މިފަދަކަންކަމުން ރައްޔިތުންނަށް ރައްކާތެރިކަން ނެތިއްޔާ މިތަންތަން ހެދުމުގެ މުހުތާދަކީ ކޮބާހޭ؟
ސއސއ
15 February 2024
ކަންކަން ވާކަން ދައްކަން.
ބޭންކު އަހަންމަދު
14 February 2024
ދެރަކަމެއް ދޯ.ކިހިނެއްހޭ މަގޭ އެކައުންޓުގައި ފަސްލައްކަ ރުފިޔާ ހުރިކަން ސްކޭމަރަށް އެގެނީ.ނޫސްވެރިން މިކަން ބޭންކުތަކުން އަހާބަލަ.އެމީހުން މުވައްޒަފުންނަށް ދޭ ތަމްރީނާއި ބޭންކުތަކުގެ މުވައްޒަފުންގެ އަތެއް މި ފްރޯޑްތަކުގައި ވޭ ތޯ ބަލަން ޖެހޭ.
ސުމެއްގެ
14 February 2024
އޯޓީޕީ ދިނީމާ އެކައުންޓަށް ލޮގިން ވެގެން ބެލެންސް ބަލައިލެވޭކަން އެނގޭތަ؟
ތެފައާސާ.
15 February 2024
އޯޓީޕީ ދިނީމާ ލޮގިން ވެގެން ބެލެންސް ބެލޭނެކަން އަހަރެމެންނަށްވެސް އެނގޭ. އެކަމަކު ލާރިއެއް ނުހުންނަ އެކައުންޓެއްގެ އޯޓީޕީ ހޯދާކަށް ދުވަހަކުވެސް މީހާކަށް ނުގުޅާ. ޚަބަރަކުންވެސް އަޑެއް ނާހަން އޯޓީޕީ ހޯދައިގެން ވަނދެ ބެލިއިރު އެކައުންޓުގައި ހުރި 75 ރުފިޔާ ނަގައިފިއޭ. މުޅިންވެސް ލައްކައިން. ދެނޯ؟؟؟؟؟
މައިކާލޯ
15 February 2024
އޯޓީޕީ ދިނީމާ އެކައުންޓަށް ވަދެވޭނެ. ވަދެފާ ބެލީމާ އެގޭނެ އެކައުންޓްގައި ހުރި ފައިސާގެ އަދަދު. އަދިވެސް ބޭންކް އަހައްމަދޭ ކިޔައިގެން ކޮމެންޓް ކުރާތި. ކަލޯވެސް އޯޓީޕީ ނުދޭތި.
ލޮލްޒ
15 February 2024
މަދު އަދަދެއް ގެއްލިގެން މީހަކު ހަބަރަކަށް ތާކަށް ނާރުވަންޏާ ނޭންގޭނެ ދޯ. ދެރަވެގެން ހަދާނެގޮތް ހުސްވެގެން މީހެއްކައިރީ ބުނެވޭނީވެސް ބޮޑު އަދަދެއް ގެއްލިގެން. ސްކޭމަރުން އަވަދިނެތި އެތައް ބަޔަކަށް އޮޅުވާލުމުގައި ކޮންމެ ދުވަހެއް ހޭދަކުރޭ. ހަބަރަށް އަރަނީ ބޮޑު އަދަދެއް ގެއްލޭ ފަހަރު އެކަނި.