ޚަބަރު / ސުޕްރީމް ކޯޓް

"ހަވީރު" އަކީ ޑރ. ޒާހިރުގެ މިލްކެއް: ސުޕްރީމް ކޯޓު

"ހަވީރު" ގައި ބޭއްވި ބައްދަލުވުމެއްގައި ނޫހުގެ ޗެއާމަން ޑރ. ޒާހިރު -- ފައިލް ފޮޓޯ: ހަވީރު އާކައިވްސް

"ހަވީރު" ނޫހާއި ލޯމާފާނު ޕްރިންޓްގައި އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަންގެ އެއްވެސް ހިއްސާއެއް ނެތް ކަމަށާއި އަދި އެ ދެ ތަނުން ލިބުނު ނަފާގެ އެއްވެސް މިންވަރެއް ދޭން ނުޖެހޭ ކަމަށް ސިވިލް ކޯޓުން 2014 ވަނަ އަހަރު ކުރި ހުކުމަށް ސުޕްރީމް ކޯޓުން މިއަދު ތާއީދުކޮށް، އަދި މި މައްސަލާގައި ހައިކޯޓުން ކުރި ހުކުމް ބާތިލްކަމަށް ކަނޑައަޅައި، މައްސަލަ ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ ނޫސް ކަމަށްވާ "ހަވީރު" އާއި ޗާޕްހާނާ އާއި އެންމެހާ ވިޔަފާރި ހިންގަމުން އަންނަނީ "ހަވީރު"ގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިން އާއި އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު އަދި މުހައްމަދު ނައީމް އެއްވަރަށް ހިއްސާވާ ގޮތަށް މާޗް 31، 1983 ގައި ހެދި އެއްބަސްވުމެއްގެ ދަށުން އުފެއްދި "ހަވީރު ނޫސް އެޖެންސީ" އިން ކަމަށާއި އެ އެއްބަސްވުމުގައިވާ ގޮތުން "ހަވީރު"ގެ މުދަލާއި ލިބޭ ފައިދާ އެ ހަތަރު މީހުންގެ މެދުގައި ބަހަން ޖެހޭ ކަމަށް ބުނެ ރަޝީދު މޫސާ އާއި ފާރޫގު ކުރެއްވި ދައުވާގައި ޒާހިރުއާ އެއްކޮޅަށް ކުރި ހުކުމް ހައި ކޯޓުން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު އޮތީ ބާތިލްކޮށްފަ އެވެ. އެހެންވެ ޑރ. ޒާހިރުގެ ފަރާތްޕުޅުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް އޭރު ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައެއް ނުގަތެވެ.

"ހަވީތު" ގެ މައްްސަލައިގެ ހުކުމް ސުޕްރީމް ކޯޓުން އިއްވަނީ

އޭގެ ފަހުން 2021 ވަނަ އަހަރު ސުޕްރީމް ކޯޓުގައި މި ނިންމުން އިލްތިމާސްކުރުމުން މައްސަލަ އަލުން ބަލަން ނިންމައި ހައި ކޯޓުގެ ހުކުމާ ގުޅޭ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އޮތީ ވަގުތީ އަމުރެއް ނެރެފަ އެވެ.

ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު ރިޔާސަތު ބެލެހެއްޓެވި އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ހިމެނިވަޑައިގެންނެވި ބެންޗުގެ އިއްތިފާގުން މި މައްސަލައިގައި މިއަދު ކުރެއްވި ހުކުމުގައި ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ދަށު ކޯޓުގެ ހުކުމަށް ތާއީދުކުރީ އެވެ.

މި މައްސަލައިގައި އެންމެ މުހިންމު އެއް ނުކުތާ ކަމަށްވާ، "ހަވީރު ނިއުސް އެޖެންސީ" ގެ ދަށަށް، އެ ތަން އުފެއްދުމުގެ ކުރިން ވެސް ހިންގަމުން އައި "ހަވީރު" އާއި އެތަނުގެ އެހެނިހެން މުދާ ބަދަލުކޮށްފައިވޭތޯ ބެލުމެވެ. ސުޕްރީމް ކޯޓުން ބުނީ ހައި ކޯޓުގެ ހުކުމުގައި "ހަވީރު ނިއުސް އެޖެންސީ"ގެ މުދަލެއް ހުރިކަން ނުވަތަ ނޫންކަން ވެސް ބަލާފައި ނެތް ކަމަށެވެ. ސުޕްރީމް ކޯޓުން ބުނީ އެއް ދުވަސްވަރެއްގައި ރަޝީދު މޫސާ އަކީ "ހަވީރު" ގެ މަސްއޫލްވެރިޔާ ނަމަވެސް، މަސްއޫލްވެރިޔަކަށް ވުމަކީ މިލްކުވެރިކަން ލިބެންޖެހޭ ސަބަބެއް ނޫން ކަމަށެވެ.

ސުޕްރީމް ކޯޓުގެ އެހެން ގަޒިއްޔާއަކާ ހަވާލާދީ ހުކުމުގައި ބުނީ "ހަވީރު ނިއުސް އެޖެންސީ" އުފެއްދުމުގެ އެއްބަސްވުމުގެ ދަށުން އެތަން އުފެދިފައިވާ ކަމަށް ބަލާނެ ގާނޫނީ ބިނާއެއް ނެތް ކަމަށެވެ. ގާނޫނީ ޝަހުސެއް ވުޖޫދަށް އަންނާނީ ގާނޫނީ އިޖުރާއަތުތައް ފުރިހަމަކޮށްގެން ކަމަށާއި އެ އެއްބަސްވުމުގެ ދަށުން ރަޖިސްޓްރީކުރި "ހަވީރު ނިއުސް އެޖެންސީ" ހަދާފައި އޮތީ ޑރ. ޒާހިރު ނުވެސް ހިމަނައި މި މައްސަލައިގައި ދައުވާކުރާ ފަރާތްތަކުގެ ނަމުގައި އެކަނި ކަމަށް ވާތީ، އެ ތަނަކީ ދައުވާގައި ބުނާ ނުވަތަ "ހަވީރު ނިއުސް އެޖެންސީ އުފެއްދުމުގެ އެއްބަސްވުން" ގައި ބުނާ "ހަވީރު ނިއުސް އެޖެންސީ" ނޫން ކަމަށް ހުކުމުގައިވެ އެވެ.

އެއީ އެމްއޯޔޫ ނުވަތަ ފަހުމުނާމާއެއް ކަމަށާއި އެއީ ގާނޫނީ ގޮތުން ބަނދެވޭ ގޮތަށް އޮތް އެއްބަސްވުމެއް ނޫން ކަމަށް ވެސް ހުކުމުގައި ބުންޏެވެ.

ހަވީރުގައި އޮތް ކޯހެއްގައި ޑރ. ޒާހިރު މައުލޫމާތު ދެއްވަނީ

"ސައްހަ މުއާމަލާތެއްގެ ތެރެއިން ނުވަތަ އެ ނޫން ވެސް ގޮތަކަށް ހަވީރު ނޫހާއި ޗާޕުހާނާގެ މިލްކުވެރިކަން ނުވަތަ އެ މުދާތަކުގެ މައްޗަށް އޮންނަ އެއްވެސް ހައްގެއް އިބްރާހިމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގް ހަސަންގެ މައްޗަށް ބަދަލު ކޮށްފައިވާ ކަން ނުވަތަ އެ ނޫން ވެސް ގޮތަކަށް ނަގުލުވެފައިވާ ކަން އެނގެން ނެތް ކަން ފާހަގަ ވާތީ، އިބްރާޙިމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގް ހަސަން އަށް ހަވީރު ނޫހާއި ޗާޕު ހާނާގެ އެއްވެސް ހައްގެއް އޮތް ކަމުގައި ކަނޑައެޅިދާނެ ކަމުގައި ނުވަތަ އެފަދައިން ބެލިދާ ފަދައަކުން އަމަލު ކުރެވިދާނެ ކަމުގައި އަހުރެން ނުދެކެން." ސުޖޫން ވިދާޅުވި އެވެ.

އަދި ހަވީރު ނޫސް އެޖެންސީ އާއި އެތަނުގެ މިލްކުގައިވާ ހުރިހާ ފައިސާ އާއި މުދަލުގެ ހަތަރުބައިކުޅަ އެއްބައިގެ ހިއްސާ އިބްރާހިމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގް ހަސަން އަށް ލިބިގެންވާ ކަމަށާއި ހައިކޯޓުން ކަނޑައަޅާފައި ވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން ނޫން ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި އެވެ.

މި މައްސަލައިގައި ޑރ. ޒާހިރުގެ ފަރާތްޕުޅުން ވަކާލާތުކުރެއްވީ މުއިއްޒު އެންޑް ކޯ އެލްއެލްޕީ އިން ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު އެވެ. ހަވީރު މީޑިއާ ގްރޫޕް ތަމްސީލްކުރެއްވީ އެސް އެންޑް އޭ ލޯޔާސް އެލްއެލްޕީ އިން ވަކީލް ހުސައިން ސިރާޖެވެ.

ދަށު ކޯޓުން ނިންމާފައި އޮތް ގޮތް

ސިވިލް ކޯޓުން 2014 ވަަނަ އަހަރު ކުރި ހުކުމުގައި ބުނެފައިވަނީ ފާރޫގާއި ރަޝީދު މޫސާ ހުށަހަޅުއްވާފައިވާ އެއްބަސްވުމަކީ "އޭގެ ޒާތުން އެ މައްޗަށް އަމަލްކުރެވޭ ފަދައަކުން އަދި ގާނޫނީ ގޮތުން ބަނދެވޭ ފަދައަކުން އޮތް އެއްބަސް ވުމެއް ނޫން" ކަމަށެވެ.

"ކޮންޓްރެކްޓެއް ކޮންޓްރެކްޓަކަށް ވުމަށް ބޭނުންވާ މައިގަނޑު އެއް ރުކުނަކީ މުގާބިލެއް އޮތުން ކަމުގައިވާ އިރު، ދައުވާކުރާ ފަރާތްތަކުން ބަޔާންކުރާ މާޗު 31، 1983 ގައި ކުރެވިފައިވާ އެއްބަސްވުމަށް ބަލާއިރު މި އެއްބަސްވުމުގައި އެއްބަސްވުމުގެ ބައިވެރިންނަށް އިލްތިޒާމެއް އަދި އެ ބައިވެރިން މި މުއާމަލާތަށް ދޭ ހިއްސާއެއް ވެސް ބަޔާންކުރެވިފައި ނުވާ އިރު، މި އެއްބަސްވުމުގެ ދަށުން ބަދަލުކުރެވޭ މުޤާބިލެއް ނެތް ކަން އެނގޭ" ކަމަށް ހުކުމުގައިވެ އެވެ.

އެ އެއްބަސްވުމަކީ "ހަވީރު ނިއުސް އެޖެންސީ" އުފެއްދުމުގެ އެއްބަސްވުން ކަމަށާއި އެ އެއްބަސްވުން ހެދުމުގެ ކުރިން ކުރިން ވެސް އަދި އޭގެ ފަހުން ވެސް "ހަވީރު" ގެ މަސްއޫލުވެރިޔަކީ ޒާހިރުކަން، ޝަރީއަތަށް ހުށަހެޅި ހެކިތަކުން ސާބިތުވާ ކަމަށް ދަށު ކޯޓުން ހުކުމް ކުރި އެވެ. އަދި "ހަވީރު" އާއި "ލޯމާފާނު ޕްރިންޓް"ގެ ތަރައްގީ އަށް ޒާހިރު ފިޔަވައި އެހެން ފަރާތަކުން އެއްވެސް ހޭދައެއް ކުރައްވާފައި ނުވާ ކަމަށް ވެސް ޝަރީއަތަށް ސާބިތުވާ ކަމަށް އެ ހުކުމުގައި ބުންޏެވެ.

"ހަވީރު" އާއި ލޯމާފާނު ޕްރިންޓް ހިންގުމަށް ސަރުކާރާއި މާލީ އިދާރާތަކުން އެކި ދުވަސްވަރު ލޯނުތައް ނަގާފައި ވަނީ ވެސް ޒާހިރު ޒިންމާވާ ގޮތަށް އަދި ޒާހިރުގެ ނަމުގައި ކަމަށާއި އެއިން އެއްވެސް މުއާމާލަތެއްގައި ފާރޫގާއި ރަޝީދު މޫސާގެ އެއްވެސް ދައުރެއް އަދި ހިއްސާއެއް ވިޔަސް އެއްވެސް މިންވަރަކަށް ނެތްކަން އޭރު ހުކުމުގައި ފާހަގަކުރި އެވެ.

ރަޝީދު މޫސާ އާއި ފާރޫގުގެ ހައްގެއް ހަވީރާއި ލޯމާފާނު ޕްރިންޓްގައި އޮތް ކަމަށް އެ ދެ ބޭފުޅުންގެ ދައުވާގައި ބުންޏަސް 1983 އިން ފެށިގެން މިހާތަނަށް ވެސް އެ ހައްގު ރައްކާތެރިކުރުމުގެ ގޮތުން ފިޔަވަޅެއް އަޅައި ނުވަތަ ޝަކުވާއެއް ހުށަހަޅާފައި ނުވާކަން ޝަރީއަތަށް ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.

އެހެންވެ "ހަވީރު" އާއި އެތަނުގެ ޗާޕްޚާނާގައި، ދައުވާކުރާ ފަރާތުގެ ހިއްސާއެއްވާ ކަމުގައި ބެލޭނޭ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތުމުން، ދުވަހު ނޫސް "ހަވީރު" އަދި ޗާޕްޚާނާ ހިންގައިގެން މިހާތަނަށް ލިބިފައިވާ ނަފާއިން ދައުވާކުރާ ފަރާތްތަކަށް އެއްވެސް މިންވަރެއް ދިނުމަށް ދައުވާ ލިބޭ ފަރާތުގެ މައްޗަށް އަމުރުކުރާނޭ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަށް މިއަދު ސުޕްރީމް ކޯޓުން ތާއީދުކުރީ އެވެ.

"ހަވީރު" ގެ މިލްކުވެރިކަން

"ހަވީރު"ގައި ފާރޫގާއި ރަޝީދު އަދި ނައީމްގެ ހިއްސާ އޮންނަ ކަމަށް ބުނެ އެ ބޭފުޅުން ދައުވާކުރެއްވީ "ހަވީރު"އަކީ 1983 ގައި އުފެއްދި "ހަވީރު ނިއުސް އެޖެންސީ"ގެ މުދަލެއް ކަމަށް ބަލައިފަ އެވެ. އެކަމަކު އެ ނިއުސް އެޖެންސީ އުފެއްދުމުގެ ހަތަރު އަހަރު ކުރިން ވެސް "ހަވީރު"އަކީ ޑރ. ޒާހިރުގެ މަސްއޫލުވެރިކަމުގެ ދަށުން ނެރެމުން އައި ނޫހެކެވެ. އަދި "ހަވީރު ނިއުސް އެޖެންސީ" އުފައްދަން އެ ތިން ބޭފުޅުންނާ އެކު ޑރ. ޒާހިރު ސޮއިކުރެއްވި ނަމަވެސް، އޭރުގެ އިންފޮމޭޝަން ޑިޕާޓްމަންޓްގައި އެ އެޖެންސީ ރަޖިސްޓްރީކޮށްފައި އޮތީ ޒާހިރު ނުވެސް ހިމަނަ އެވެ.

Haveeru noos agency aai Haveeru noos aa gulhumei nei, kuree baathil dhauvaa eh: Zahir

Haveeru noos agency aai Haveeru noos aa gulhumei nei, kuree baathil dhauvaa eh: Zahir

The most trusted news source in the Maldives

Mihaaru

"ހަވީރު" ގެ މައްސަލައިގައި ޑރ. ޒާހިރު މީގެ ކުރިން ދެއްކެވި ވާހަކަ

ކޯޓުގައި ޑރ. ޒާހިރުގެ ފަރާތްޕުޅުންނާއި "ހަވީރު"ގެ ފަރާތުން ބުނަމުން ދިޔައީ "ހަވީރު"ގެ މިލްކުވެރިކަން އެއްވެސް އިރެއްގައި "ހަވީރު ނިއުސް އެޖެންސީ" އަށް ބަދަލުކޮށްފައި ނުވާނެ ކަމަށެވެ. އަދި އެކަހަލަ އެއްވެސް މުއާމަލާތެއް އެއްވެސް ކޯޓެއްގައި ހިންގާފައިނުވާނެ ކަމަށް "ހަވީރު"ގެ ފަރާތުން ބުނެފައިވެ އެވެ.

"ހަވީރު"ގެ ތަރައްގީއަށް ހުރިހާ ހޭދައެއް ކުރައްވާފައި ވަނީ ޑރ. ޒާހިރުގެ ގެކޮޅާއި އަމިއްލަ ނަންފުޅުގައި ނެންގެވި ލޯނާއި އަމިއްލަ ލާރިންނެވެ. އޭގައި އެހެން އެއްވެސް ފަރާތެއްގެ ބައިވެރިވުން ނޯންނާނެ ކަމަށް "ހަވީރު"ގެ ފަރާތުން ކޯޓު މަރުހަލާގައި ތަކުރާރުކޮށް ބުނެފައިވެ އެވެ.

"ހަވީރު މީޑިއާ ގްރޫޕް" އަކީ ޑރ. ޒާހިރުގެ ތިން ބޭފުޅުންގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. ފަހުން "ހަވީރު"ގެ ހުރިހާ މުދަލެއް ބަދަލުކޮށް، 2013 އިން ފެށިގެން، "ހަވީރު" ހިންގަމުން އައީ އެ ކުންފުނިންނެވެ.

މާޗު 31، 2016 ގައި، އޭރު 37 އަހަރު ވީ ނޫސް ހުއްޓާލީ، އަނެއް ތިން ބޭފުޅުން ބައިވެރިކޮށްގެން "ހަވީރު"ގެ ހުރިހާ މުއާމަލާތެއް ކުރަން ނެރުުނު ވަގުތީ އަމުރާ ގުޅިގެންނެވެ.

60 ކޮމެންޓް, 51 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 0%
icon angry icon angry 6%
icon wow icon wow 2%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަކުރުބޭ

04 March 2024

ޒާހިރުގެ އެކަނި މިލްކެއްކަމަށް ނިންމިދާނެ. އެއީ ގާނޫނީގޮތުން. އެކަމަކު އެއީ ހަގީގަތެއްނޫން. ޒާހިރަކީ ޚަރަދުކުރި މީހެއްވެސްނޫން. ނޫހުގަ ސަފުހާއެއްވެސް ލިޔުނު މީހެއްވެސްނޫން. އެހެންމީހުން ޚަރަދުވެސް ކުރި. ނޫހަށްވެސް ލިޔުނު. ލޯމާފާނަކީވެސް އެހެން ޖަމުއިއްޔާއަކަށް ދީފައޮތް ބިމެއްގަ ހިންގި ޗާޕުޚާނާއެއް. އެތަނުން ލިބުނުހާ ފައިސާއެއްވެސް ނެގީ ޒާހިރާ ހަވީރު ނޫހުގަ އުޅުނު މީހުން. އެވެސް ހުކުމެއް. ތިކަމުގެ ހުކުން އަދި ފަހުން އަންނާނެ އެދުވަސް އެބައޮތް

The name is already taken The name is available. Register?

ސައްޙާފް

04 March 2024

މިއީ ޤާއުމަށް ލިބުނު ހިތްދަތިކަމެއް. 2 މީހަކު (އެވެސް ޢިލްމާއި ދީން އިނގޭ ދެބޭފުޅުން) އިސްވެ އަމިއްލައެދުމަށްކުރެއްވިކަމެއްގެ ސަބަބުން ޤައުމުގެ އެންމެ ގިނަދުވަސްވީ އަދި މުޅި ޤައުމުގެ އިތުބާރުހޯދި ނޫސް ވުޖޫދުން ނެތި ދިޔައީ. އަޅުގަނޑު އެންމެ އުފާވާނީ ޑރ ޒާހިރު އަލުން މިހާރު ނޫސް ރީބްރޭންޑު ކުރައްވާ ހަވީރުނޫސް އަލުން ގެންނަވާދުވަހަކު. އެއީ ޑރ ޒާހިރުގެ ލެގަސީގެ މުހިއްމުބައެއް. އެނަން އަލުން ރުޖޫއަވާންޖެހޭ.

The name is already taken The name is available. Register?

ފާފު

04 March 2024

ހަވީރު ނިމިގެން ގޮސް ރޭގަނޑަށް އެޅިފަހުން ހަނދުވަރުގެ އަލިކަން ލިބުމަކުން އަދި ދުވާލުގެ މެންދުރުހެން ހީކޮށްގެން ނުވާނެ. މިއަދު މިއޮތީ ސިޔާސީ ނޫސްވެރިކަމެއް. މިއަދު ގަލަމަށް ދެލި އަޅާކަށް ނުޖެހޭ. ލިޔެފަ ދޭއެއްޗެއް ޕްރިންޓް ކޮށްލީމަ އެނިމުނީ. " އާ ހަވީރު " ނޫހެއް ކިޔަން ލިބޭނެކަމުގެ އުއްމީދުގައި މިއިނީ.

The name is already taken The name is available. Register?

ނޯ2ހަވީރު ނިއުސް.ނޯ2މިހާރު ނިއުސް

03 March 2024

(ބަގަރާ ސޫރަތުގަ ބުނާފަދައިން)އިސްލާހަށް ކަމަށްބުނެ މި އިސްލާމީ ގައުމުގެ އަމާންކަމާ އެއްބައިވަންތަކަން ނަގަން ބައިވެރިވި ބޮޑު އެއް ގައްދާރުންދޯމީ. މިދިޔަ 10+ އ.ގަ ފެނުނު މިނިވަން ޚިޔާލުގެ ލިޔުންތަކުން "މިހާރު""ހަވީރު"ނޫހަށް ބަދަލު ކޮއްގެން ނެރުމާ ދެކޮޅު.ލޖބޓ ލާދީނީ ދީނަށް ފުރައްސާރަ ކުރާ ޚަބަރު ވ ބޮޘުވެގެންނޫނީ މިހާރު ނޫހުން ނުލިޔާނެ،..ދެރަވެއްޖެ އެހާ ގަދަރުކުރާ ފައުންޑަރެއްގެ ދަށުން އުފެދުނު "މިހާރު"ނޫހަކީ ކޮންބައެއްކަން އެނގުނީމަ ކޮމެންޓްތަކުން

The name is already taken The name is available. Register?

ލޮލަ

03 March 2024

ޑރ. ޒާހިރު އަށް ދޯކާ ދޭން 1983 އިން ފެށިގެން ކުރި މަސައްކަތް ފެއިލް. ސާބިތު ވެގެން މި ދިޔައީ މާތް ﷲ ނަސްރު ދެއްވާނީ ހައްގަށް ކަން. ޙަމްދާއި ސުކުރު.

The name is already taken The name is available. Register?

ހަވީރުގެ ދުލުން

03 March 2024

ހަވީރު ނޫސް އަލުން ނެރެވިދާނެ. އެކަމަކު އެ ރަހައެއް ދެނެއް ނުހުންނާނެ. ދުނިޔެ މިއޮތީ ބަދަލުވެފަ. ހާލަތު މިއޮތީ ބަދަލުވެފަ. ޒަމާންވެސް މިއޮތީ ބަދަލުވެފަ.

The name is already taken The name is available. Register?

ލަޠީފުހާދީ

04 March 2024

ގަބޫލުކުރަން ދަތި. ބަލާ ހަވީރު ޓީމުން ނިކުމެފެށި މިހާރުނޫސް؟ އެންމަސް ދުވަސް ނުވެ ރާއްޖޭގެ އެއްނަމްބަރު ނޫހުގެ މަގާމުނެގި. ހަވިރަކީ ހަމަ އެކަނިނީހެއްނޫން. އެއީ ނޫސްވެރިކަމުގެ ތާރީހެއް. ފަލްސަފާއެއް. ބެރޭންޑެއް އަދި ނޫސްވެރިކަމުގެ ނޯހައު އެއްފުރާޅެއްގެ ދަށުގައެންމެ ބޮޑަހުރިތަން. ޔަގީންވާކަމަކީ އަލުން ހަވިރު ނެރުމަކީ ގައުމީ ފަހުރަކަށްވާނެ.

The name is already taken The name is available. Register?

ނަންރީތި

03 March 2024

ތިހާ ސާފްމައްސަލައެއްގެ ހުކުމް ލަސްވެގެން ދިއުމަކީ ރާއްޖޭގެ ޝަރުއީ ނިޒާމް ގަޑުބަޑުވެފައިވާ ވަރު ޔަގީންވާކަމެއް.

The name is already taken The name is available. Register?

ސުލް

03 March 2024

އަވަހޭ ދޯ 2014 ގެ ކަމެއް މިއަދު ނިންމީމަ. މަ ހަމަ ކޮސްވެއްޖެ. ރާއްޖޭގެ ކަންތައް ހަމަ ތަފާތީއޭ. ކުދި ޖަޒީރާތަކޭ ދިރިއުޅޭ.... ހެވަން އޮން އަރތް... ވަރަށް ސަލާން.

The name is already taken The name is available. Register?

އަފްރާސިޔާބު

03 March 2024

2014 ގައި ރާއްޖޭގެ ރައީސް ކަމިގައި ހުރީ ކޮންބޭފުޅެއްތޯ ބަލާލަ ބަލަ. އެބޭފުޅަކު ވަރަށް ކޯފާ އިސްވާނެ އަޒުހަރުން ކިޔަވައިގެން މިނިސްޓަރުންގެ މަގާމު އަދާކުރި މީހުންނަށް ނުވަތަ އެއަށްވުރެ މަތީގެ މަގާމެއް ފުރުއްވި ނަމެސް.

The name is already taken The name is available. Register?

އަރިއުތުރު

03 March 2024

ހަވީރު ނޫސް ބަނަދުކުރަން ޖެހުނީ އޭރުގެ މަޖްލީސް ރައީސް މަސީހުގެ އަތްޕުޅުން އޭރުގެ ނާއީބް ރައީސް އަނގަފުޅަށް ބާތުޑޭ ކޭކު ލާތަން ފޮޓޯނެގީމަ...އަދި އާތަރު ބުރަދާސް އާއި އެކޮށް ޕާރޓީ ކުރާތަން ފޮޓޯ ނެގީމަ.. މީ ދޮގެއް ނޫން ހަވީރު ނޫހުގެ ފޮޓޯ އާކައިވް ގަ ހުންނާނެ..

The name is already taken The name is available. Register?

ފޭރް

04 March 2024

ތިޔައީ ތެދެއް. ހަވީރު ނޫސް އުއްވާލުމަކީ އެސަރުކާރުން ޤައުމަށްކުރި އެންމެ ބޮޑު އަނިޔާ. ދިވެހި ފަހުރެއް ޗިސްޗިސްކޮށްލީ

The name is already taken The name is available. Register?

އަހްމަދުބޭ

03 March 2024

" މިހާރު" ނޫހަކީ "ހަވީރު" ނޫހުގެ ދަރިއެއް. އެހެންވީމަ "މިހާރު" ނޫސް ކުޑަކޮށް އެއްކައިރި ވެލާފަ، މަންމަ އަށް އަލުން ފުރުސަތު ދޭންވީ. ހަވީރަކީ ރާއްޖޭގެ އެންމެ މަޤްބޫލް ނޫސް. އެތައް ހަނދާން ތަކެއް ފޮރުވިފައިވޭ. ޑރ. ޒާހިރު ކިބައިން ވަރަށް އާދޭހާއި އެކު އެދެން. އަލުން މި ނޫސް ނެރެދެއްވުމަށް.

The name is already taken The name is available. Register?

ސައީއްތަ

04 March 2024

ސައީއްތަ ވެސް އެދޭގޮތަކީ ތިއީ. ހަވީރު ލޯގޯ އަލުން ފެނުމަކީ ލޯބި ދަރިއަކު ރަށުންބޭރުގަހުރެފަ އަލުން އައުންކަހަލަކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454