އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް. ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހުގެ 28 އަށް ވަނީ އިތުރުކޮށްފައި. ފޮޓޯ: ނިޝާން އަލީ /މިހާރު
16 ފެބުރުއަރީ 2017 - 20:11
އަންނަ އޭޕްރީލް 15 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް މިއަދު އިތުރު ކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނި ގޮތުގައި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރު ކުރީ އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ޝަރުތުތަކަށް ބަދަލު ގެނެސް ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގެ ގާނޫނަށް ގެނައި ބަދަލާ ގުޅިގެންނެވެ.
ކުރިން ނަން ހުށަހެޅި މީހުންގެ ތެރެއިން، ޝަރުތު ހަމަނުވެގެން ފޯމް ބާތިލުކުރި މީހުން ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ޝަރުތު ހަމަވާ ނަމަ އަލުން ފޯމް ހުށަހަޅަން ޖެހޭނެ ކަމަށް ކޮމިޝަނުން ބުންޏެވެ. އެކަމަކު ކެންޑިޑެސީ ގަބޫލުކޮށްފައިވާ މީހުންގެ ކެންޑިޑެސީ އަށް ބަދަލެއް ނާންނާނެ ކަމަށް ކޮމިޝަނުން ބުންޏެވެ.
ކައުންސިލަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަށް ލުއިތަކެއް ގެނެސް، ބައެއް ބާވަތުގެ ކުށްތައް ސާބިތުވެފައިވާ މީހުންނަށް ވެސް ކައުންސިލަރު ކަމަށް ވާދަ ކުރެވޭ ގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން އިއްޔެ ވަނީ ތަސްދީގު ކުރައްވައިފަ އެވެ.
އޭޕްރީލް އަށެއްގައި ކުރިން ބާއްވަން އުޅުނު ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރީ ވޯޓުފޮށި ބެހެއްޓުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތައް ދޫކުރުމުގައި ދަތިތަކެއް ދިމާވެގެން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. އޭގެ ކުރިން ޖެނުއަރީ މަހު ބާއްވަން އުޅުނު ލޯކަލް އިންތިހާބު ފަސް ކުރީ ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހަޅައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
17 February 2017
ކަލޯ އިންތިޚާބު ބާޢްވާނެކަމެއްނެތް ހުންނާނި ސްޕްރީމްކޯޓް ގާނުހަދަނީވެސް އެމީހުން މިހާރު ގާޒީން ވަކިކުރަނީވެސް އެމީހުން އެހެންވީމާ ޖުޑިޝަލް ސާރވިސް ކޮމިޝަނާ ރައްޔިތުންގެ މަޖިލީހާ އިލެކްޝަންސް ކޮމިޝަންކަހަލަ ބޭކާރު ތަންތަން މިގައުމުން އުވާލަން ފެނޭ އޭރުން މަބޭނުންވާގޮތަށް ވެރިކަން ކޮށްލެވޭނީ އެކަމަކު ނަމަނަމ އެހެންދީނެއް މިގައުމަށް ނުގެންނާތި ދެން މިބުނި ތަންތައް އުވާލަންވާނީ ގާނޫނީއެއްގޮތަށް
ބޮޑުތިލަދުންމަތި
17 February 2017
އަދިވެސް ފަސްކޮއްލަދެއްވަފާނަންތޯ، ކީއްކުރާ އިލެކްސަނެއްތޯ، ވިރާސީ ރަސްކަމަކައް މިހާރު ބަދަލުކުރަންވެއްޖެ، ޔާމީނު މަރުވީމަވެސް ހިއްކާފަ ތަޚުތުގަ ބައިންދާގޮތައް ޤާނޫނުވެސް ބަދަލުކުރަން މިހާރު ލަސްވެސް ވެއްޖެ، އެވަރު ބޭފުޅަކު ނުލިބޭނެ
އަހުމަދު
16 February 2017
ތީ ގައުމެއްގެ އިލެކްޝަން ކަމިއްޝަނެއްތަ ނޫނީ ވަކިސިޔާސީ ޕާޓީއެއްގެ އޮފީހެއްތޯ. ތީދެންބޮޑުވަރު ދެއްތޯ ރައީތުންނަށް ގެއްސުންކުރުމުގައިވެސް ރައީތުންގެ ފައިސާއިން މުސާރަނަގައިގެންތިބެ. ﷲ އިރާދަފުޅުން ތިޔަ ނުލަފާ މަކަރުވެރި ރޭވުންތަކުން ދިވެހިން ސަލާމަތް ކުރައްވާށިއެވެ.. އާމީން
އަލީ
16 February 2017
އަނެއްކާވެސް ޕޕމ އަށް ތައްޔާރު ނުވެވިގެން. ދެން ތިވަރުން އިންތިހާބު ނުބާއްވާ ޤާނޫނެއް ހަދައިގެން ޔާމީނު ބޭނުންވާ ބަޔަކު ކައުންސިލްގަ ތިބޭގޮތަށް ނިންމަންވީނު. ގައިމު ހަރަދުވެސް ކުޑަވާނެ. 2018ގެ ރިޔާސީ އިންތިހާބަށް ވާނެގޮތް މިހާރުވެސް ވަރަށް ސާފު. ނަމުގަ މިނިވަން ކަމުގަ އަޅު ކޮމިޝަނެއް. ލަދެއް ހުންނަ ނަމަ ތިތަނުގެ ވެރީން އިސްތިއުފާ ދީފީސްް. އެކަމު ލަދާ ހަޔާތާ މިކިޔާ އެތި ނެތީމަ ކީއްކުރާނީ ދޯ
މުހައްމަދު އަހްމަދު
16 February 2017
ޕީޕީ އެމުން މި ހިނގަނީވެސް އެމްޑީޕީ ހިނގި މަގުން. ބޮޑެތި ކުށްވެރިން ކައުންސިލް ތަކަށް ގެނެސް ކޮރޮޕްޝަން ހިންގުވަން.
ފަޔަފު
16 February 2017
ގޮނޑި ކޮއްކޮ ކޮމިސަން