ޚަބަރު / ޓްރެފިކް

ރޯދަމަހާ އެކު މާލޭގެ ޓްރެފިކް ބޮއްސުންލައިފި

މަޖީދީ މަގު ވެހިކަލްތަކުން ފުރިފައި: ރޯދަމަހާ އެކު މާލޭ މަގުތަކުގެ ޓްރެފިކް ވަނީ އިތުރަށް ބާރުބޮޑުވެފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ވެހިކަލްތައް ތޮއްޖެހި ރޭ މަޖީދީ މަގު ހުއްޓުމަކަށް އަޔެވެ. ކާރާއި ސައިކަލާއި ޕިކަޕުތަކަށް ކުރިއަށް ދެވޭނެ ގޮތެއް އަދި ފަހަތަށް ޖެއްސޭނެ ގޮތެއް ވެސް ނުވި އެވެ. ވެހިކަލްތައް މަގުގައި ތާށިވެ، ބަރުގޮނު އަޅާލައަޅާލަ އެތައް އިރެއް ވަންދެން މަޑުކޮށްގެން ތިބެން ޖެހުނީ އެވެ. ފައިމަގުގައި އުޅުނު މީހުންނަށް ހިރިލެވޭނެ ޖާގަ ވެސް ނުލިބުނެވެ.

މިއީ މިހާރު ކޮންމެއިރަކު ވެސް މާލޭގެ މަގުތަކުގެ އާންމު ހާލަތެވެ.

ރޯދަމަހުގެ ވިޔަފާރިއަށް ގިނަ ބަޔަކު ނުކުމެ އުޅޭތީއާ އެކު މި ދުވަސްވަރު މަގުތަކަށް ވަކިން ބާރުބޮޑެވެ. މަޖީދީމަގާއި ބާޒާރުމަތީގައި އާދަޔާ ހިލާފަށް ޓްރެފިކް ބާރުބޮޑެވެ.

މަޖީދީ މަގު ހުއްޓުމަކަށް އައީ ވެސް ވިޔަފާރިކުރަން ގިނަ ބަޔަކު ނުކުމެ އުޅުނު ވަގުތުގަ އެވެ. އެ މަގުގެ ޓްރެފިކް ފްލޯ ފުލުހުންނަށް ވެސް ރޭ ކޮންޓްރޯލް ނުކުރެވި، ހާލަތު ބޮއްސުންލައިގެން ދިޔައީކަން ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ވީޑިއޯތަކުން އެ ހުރީ ފެންނާށެވެ.

ޓްރެފިކް ފްލޯ މޮނީޓާ ނުކުރެވުމާއި ހަމައެއް ލަމައެއް ނެތި ދުއްވާ މީހުންނާއި މަގުގެ ދެފަރާތުގައި ޕާކު ކޮށްފައި އޮންނަ ވެހިކަލްތަކާ އެކު މާލޭގެ މަގުތަކަކީ މިހާރު "ބޮޑު ބޮލުރިހުމެކެވެ".

ބޮޑުތަކުރުފާނު މަގުގައި އެއްކޮޅުން އަނެއްކޮޅަށް ކާރު ޕާކުކޮށްފައި: ރޯދަމަހާ އެކު މާލޭ މަގުތަކުގެ ޓްރެފިކް ވަނީ އިތުރަށް ބާރުބޮޑުވެފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ މީހަކު ހިތަށް އެރި ގޮތަކަށް، އެ މީހަކަށް ފަސޭހަ ގޮތަކަށް މަގުތަކުގައި ޕާކްކޮށްލަނީ އެވެ. ދެން އެ މަގުން ދުއްވާ އެއްޗަކަށް ބެލުމެއް ނެތެވެ.

މާލޭގެ ޓްރެފިކް ހާލަތު ގޯހުން ގޯހަށް ގޮސް މީހުން ރުޅިގަދަވާން ފެށުމުން ގަވާއިދާ ހިލާފަށް ޕާކު ކުރާ ވެހިކަލްތައް ޓޯކުރަން ސަރުކާރުން ނިންމި ނަމަވެސް އޭގެ ނަތީޖާއެއް އަދިވެސް ނުފެނެ އެވެ. އެ މަސައްކަތް ކުރާ ތަން ވެސް ނުފެންނަނީ އެވެ. ގަވާއިދާ ހިލާފަށް ޕާކު ކުރާ މީހާ އަދިވެސް އެކަމުގަ އެވެ. ޖެހުނު ތަނެއްގައި ޕާކު ކޮށްފައި ދަނީ އެވެ.

ސަރުކާރާއި ފުލުހުންނަށް އެޅޭ، ނަތީޖާއެއް ފެންނާނެ އެއްވެސް ފިޔަވަޅެއް ނެތެވެ. ޓްރެފިކް މަތަކުރަން އެކި ދިމަދިމާލުން މަގުތައް ހުޅުވައި ރިބަންފަށް ކެނޑިޔަސް ވާ މޮޅެއް ނެތެވެ.

މާލެއަށް ވެހިކަލް އަރުވަން ސަރުކާރުން އޮތީ ތަންމިނަށް ދޫކޮށްލައިފަ އެވެ. އެހެންވެ، ވެހިކަލްތައް ޕާކު ކުރާނެ ޖާގަ ނުދައްކާ ސްޓިކާ ޖަހައި ޓޯކުރެވިދާނެތޯ ސުވާލު އުފެއްދުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ބައެއް މީހުން ބުނާ ގޮތުގައި، މިއީ އާންމުން ފަރުދީ ޒިންމާ އަދާނުކުރުމަށް ވުރެ ބޮޑަށް ސަރުކާރުގެ ސިޔާސަތުގެ ފެއިލްވުމެކެވެ. ސަބަބަކީ ސްޓިކާ ޖަހައިގެން މި މައްސަލަ ހައްލު ނުވާނީ އެއީ ސިޔާސީ ގޮތުން އަބަދުވެސް މާފުވާ އެއްޗަކަށް ވުމާއި ޓޯ ކުރުމަކީ މިހާރު މި އޮތް ހާލަތުގައި ފުލުހުންނަށް ކުރެވޭ ވަރުގެ ކަމަކަށް ނުވާތީ އެވެ. މިއީ ވެހިކަލްގެ ލިމިޓެއް ކަނޑަނޭޅުމުގެ ހިތި ނަޖީތާ އެވެ.

ގަވާއިދާ ހިލާފަށް ޕާކްކުރާ ވެހިކަލްތަކުގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖެހުން މި ސަރުކާރުން ހުއްޓާލީ ޕާކިން ބިލްޑިންތައް ނާޅައި އެ ފިޔަވަޅު އަޅަން ބޭނުން ނުވާތީ އެވެ. އެ މަސައްކަތް އެންމެ އަވަހަށް ވެސް ފަށަން އޮތީ އަންނަ މަހު އެވެ. މާނައަކީ އެކަން ފަށައި ނިމެންދެން ތިބެންވީ ހަމަ ބަލަހައްޓައިގެން ހެއްޔެވެ؟ އެ މީހަކު ޖެހުނު ތަނެއްގައި ޕާކު ކުރިޔަސް ގާނޫނު ތަންފީޒު ނުކޮށް ތިބެންވީ ހެއްޔެވެ؟

72 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 14%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 7%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮހޮއްތު

11 March 2024

މިއީ ދިވެހިންކަން ދަނެގެން ވައުދުވާން ވާނީ . ކުރިން ސަޅިކޮއް އެއްފަޅީގަ ޕާކުކުރާ އަލިކިލެގެފާނު މަގު މާވެޔޮމަގު ދެފަޅީގަ ޕާކުކޮއް އެންމެ ފަހުން ދެފައިދެގޯޅީގަވެސް ޕާކު

The name is already taken The name is available. Register?

1828

11 March 2024

ތިޔަ މާތް މުޤައްދަސް ބިމުގެ ވާހަކަ ނުދައްކަބަލަ. ތިޔަ މާތް މުޤައްދަސް ބިމުގެ ވާހަކަ ދެއްކީމައި އަހަރެމެން ރާއްޖެތެރޭ މީހުންގެ މޭ ނުބައިކޮށްފައި ހޮޑުލަވައޭ. މިފަހަރު މިވަރުން ފުއްދާލާނީ.

The name is already taken The name is available. Register?

އަލީ!!

11 March 2024

ޤާނުގުތަކާ ޤަވާއިދުތަކަށް ފުލުހުން އަމަލްކުރާނަމަ އެއްވެސް ކަމެއް ބޮއްސުންލައިގެން ނުދާނެ. މައްސަލައަކީ ފުލުހުންގެ މުއައްސަސާ ފެއިލްވެފައިއޮތުން. އެއީ އެންމެންދަންނަ ހަޤީގަތެއް.

The name is already taken The name is available. Register?

ހޯހޯހޯ

11 March 2024

ބޮއްސުން ލައިގެން ހަމައެކަނިދަނީ ފުލުހުން ސްޓިކަރ ޖެހުން ހުއްޓާލުމަކުންނެއްނޫން.

The name is already taken The name is available. Register?

ޕްރޮފެސަރ. ތާކިހާބެ

10 March 2024

ކަލޭމެން ގިނަ ވޯޓް ހޯދަން ސިޔާސީ ބޭނުމަކަށް ރައްޔިތުންނަށް ޖެއްސުން ކުރުމަށް ދިމާވާ ކޮންމެތަނެއްގައި ޕާކުކުރުމަށާއި ފުލުހުންގެ ބާރުކަނޑުވާލަން ސްޓިކަރ ޖެހުން ހުއްޓުވުމްން ޓްރެފިކް ބޮއްސުން ލާނެކަން ނޭގޭ ނަމަ މަގާމުން ދުރުވެ ގެއަށް ވަޑައިގަންނަވާ..

The name is already taken The name is available. Register?

ތަކަނޭ

10 March 2024

ހާދަ ވަރަކަށް ކަންތައްތައް ބޮއްސުންލާ ދުވަސްވަރެކޭ!!! ހީވަނީ ބޮއްސުން ދަސްވެގެން އުޅޭހެން.

The name is already taken The name is available. Register?

ޔޫތު ވޮއިސް

10 March 2024

ކޮން ކަމެއް ބޮއްސުން ނުލަނީ. ކުނީގެ މައްސަލަ ވެސް ހައްދުންމަތީގައި. ޓްރެފިކް މައްސަލަ ހައްދުންމަތީގައި.

The name is already taken The name is available. Register?

އަސަރަފަ

10 March 2024

ފުރަތަމަ މީހުން ތަހުޒީބުވާން އެބަ ޖެހޭ. އޭރަށް ޤާބިލުވެރިންވެސް ތަންތަނަށް ލެވޭނެ

The name is already taken The name is available. Register?

ހޯހޯހޯ

11 March 2024

ކިތައްމެ ޤާބިލްވެރިއަކު ލިޔަސް މާލެ ނޫން އެހެން ސަރަހައްދުތަކެއް ނުއުފައްދައި މާލެއަކަށް ހައްލު ގެނެވޭނެ ހަމައެއްވެސް ގޮތެއް ނޯނާނެ.

The name is already taken The name is available. Register?

މަސްކު

10 March 2024

ކަންކުރަންކެރޭ އިހުލާސްތެރި ވެރިން ގައުމުގެ އިސްސަފައް ގެނެސްގެން ނޫނީ މިފުނިޖެހިފަވާ މައްސަލަތައް ހައްލުވާކަށް ނެތް. ހުސް އަމިއްލަ އެދުން ބޮޑު ގައުމައް ހެޔޮނޭދޭ މީހުން މިވެރިކަމުގަވެސް މަތީ ފަޑީގަ ތިބީ. މުސްތަގުބަލު ފެންނަނީ ޢަނދިރިކޮއް

The name is already taken The name is available. Register?

އަލިދޫނި

11 March 2024

ގައުމަށް ހެޔޮ އެދޭނީ މާރިޔާ ދީދީ އާއި، ކާޕެޓޭއާއި އިބޫ އެކަނި. 5 އަހަރު ހެޔޮ އެދުނުވަރު ފެންނަން އެހެރީ. އެހެން ބަޔަކު ހަވާލުވެ 3 މަސް ވީ ކިރިޔާ!

The name is already taken The name is available. Register?

ހޫޙޫ

12 March 2024

" ކަންކުރަންކެރޭ އިހުލާސްތެރި ވެރިން " މިބަޔަކު އެބައުޅޭތަ؟

The name is already taken The name is available. Register?

ހާލިދު ގަނީ

10 March 2024

ބޮޑުތަކުރުފާނު މަގުގެ ދެ ފަރާތުގައި ހަތަރު ފުރޮޅުލީ ގިނަ އުޅަނދުތައް ޕާކުކޮށްފައި އަދިވެސް. އަޑުއިވޭ ގިނަ ކާރު ތަކަކީ ސިފްކޯ ލޯނުން ގަނެފަ ހުރި ބައެއް ކާރުތަކޭވެސް. މިހެންވެޔޯ ޓޯނުކުރެވިގެން އުޅެނީ. ކޮބާހޭ އިސްޓިކާރޖެހުން!!!!!!!!!!!!!!!!!!!!!!!!

The name is already taken The name is available. Register?

ދަގަތްފާނު

10 March 2024

މަގޫދަނޑި ސަރުކާރެއް އޮންނަ ކޮންމެގައުމެއްގަވެސް ފުރަތަމަ ޖެހެނީ ޓުރެފިކު މައްސަލަ. އޭގެފަހުން ދުވަސްކޮޅަކު ކަރަންޓުކެނޑިކެނޑިފަ ގައުމު ބަނގުރޫޓުވެފަ ހުންނަނީ. ލަންކާގަވެސް ޓުރެފިކު މައްސަލަޖެހުނު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454