އެންޑީއެފްގެ ކޯސްޓްގާޑްގެ އުޅަނދެއް: ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަން ބޭރުގެ ބޯޓެއް ދައުލަތަށް ނަގަން ވަނީ އަމުރު ކޮށްފައި --- ފޮޓޯ/މިހާރު
14 މާޗް 2024 - 14:16
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރި ބޭރުގެ އުޅަނދެއް ދައުލަތަށް ނަގައި އަދި އެ އުޅަނދުގެ ވެރިފަރާތުން ހަތަރު ލައްކަ ރުފިޔާ ދައުލަތަށް ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އޭޕްރީލް 2018 ގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް އަތުލައިގަތީ ސްރީ ލަންކާގެ މަސް ބޯޓެކެވެ. އެ އުޅަނދުން ރާއްޖޭގެ ކަނޑުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކޮށްފައި ވާތީ އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކުރުމަށާއި އެ އުޅަނދު ދައުލަތަށް ނަގަން ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ.
ސިވިލް ކޯޓުން މިދިޔަ ހަފުތާގައި ކުރި ހުކުމުގައިވަނީ އެ އުޅަނދާއި އުޅަނދުގައި ބޭނުންކުރި ހުރިހާ ވަސީލަތްތައް ދައުލަތަށް ނެގުމާ އެކު، އެ އުޅަނދުގެ ވެރިފަރާތް ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމުގެ ދަށުން އެ ފައިސާ ހަތް ދުވަސް ތެރޭގައި ދައުލަތަށް ދެއްކުމަށެވެ.
މަސްވެރިކަމާ ބެހޭ ގާނޫނު ބުނާގޮތުން އެ ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގައި މަސްވެރިކަން ކުރާ އުޅަނދުތައް ދައުލަތަށް ނެގުމުގެ ބާރު އޮވެ އެވެ.
މީގެ ކުރިން ވެސް ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ އުޅަނދުތައް އަތުލައިގެންފައިވެ އެވެ. ނަމަވެސް އެފަދަ އުޅަނދުތައް ދައުލަތަށް ނެގުމަކީ ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލިދީ
14 March 2024
ދައުލަތަށް ތި ނެގީމަ އިތުރު ހަރަދުކޮށް ތި ނައްތާލަން ޖެހޭނީ. 6 އަހަރު ބަދަރުގައި އަޅާފައި އޮތް ވަކަރު ދޯނިގަނޑެއްގެ ވާހަކަ ތިދައްކަނީ..
ފަހުދު.
14 March 2024
މަބުނީ ދިވެހި މަސްދޯނި ތަކަށް ހަތިޔާރާއި އެކު އަރާ ބިރުދެއްކި އިންޑިޔާ ސިފައިންގެ ޚަބަރެއް ވެއްޖެތަ؟ އަޅާވެސް ނުލި ދޯ.
އަޙުމަދު
14 March 2024
ތިޔަމައްސަލަ ނިންމިލެއް އަވަސްކަމުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފައްފަށުން ޝުކުރިއްޔާ! މީވާ ގައުމެއް.!!!!
ރަންނަ
14 March 2024
ފާއިތުވި 5 އަހަރު ކިތައްލައްކަ ތިބަލަހައްޓަން ހަރަދު ކުރިބާ؟
ރަމްޒީބެ
14 March 2024
ތިގޮތަށް ގަވާއިދާއި ހިލާފަށް ވަދެ މަސްވެރިކަން ކުރާ ބޮޑެތި ބޯޓެތައް އަވަހަށް ޖޫރިމައިނާ ކޮށް މައްސަލަ ނިއްމެންވާނެ. ސްރީލަންކާ ކުދިމަސްބޯޓްތަކުގެ މައްސަލަ، ލަންކަސަރުކާރައި ވާހަކަ ދައްކައިގެން ހައްލު ހޯދައިދިނުން ރަގަޅު. ލަންކާ ބޯޓްތައް އެރޭބިއަން ސީއަށް މަސްވެރިކަން ކުރަން ދަމުން ރާއްޖޭގެ ކަޑުގައި ބޯޓްތައް ކަޑުގަދަވެގެން ހާލުގައިޖެހޭތީ ކޮއްމެސް ގޮތެއް ހަދައިދޭންފެނޭ.
2024
14 March 2024
ޢަދިވެސް ރާއްޖޭގެ ކޯޓްތައް މިއުޅެނީ 60 ގެ ސްޕީޑްގަ.... ބޮއިހަލަކި
އެޑީ
14 March 2024
ކޮންފަދަ ލަދުވެތިކަމެއް. 5 އަހަރުން މި ކަހަލަ ތާކުން ތާކު ނުޖެހޭ ކަމެއްވެސް މި ނިންމެނީ
ރަދީފު ބިން ރަފައިދާ
14 March 2024
ލަންކާ އެއްޗަކަށްވާތީ ތިޔަ ނެގުނީ. އިންޑިޔާ އެއްޗެއްނަމަ ދެދުވަހަކު ބެލުމުގެ ދަށުގާ ބަހައްޓާފާ ޖެހޭނީ ދޫކޮށްލަން.
ޑްރޯން
14 March 2024
މިހާރު ޑްރޯން ގެނެސްފި ދެން އިންޑިޢާ އަށް ކުރެވޭނެ ކަމެއް ނުއޮންނާނެ
ކަނބުރުގެ
14 March 2024
4 ލައްކަ ލިބޭނީ ފުރަތަމަ ދިރިހުރި ނިޝާނެއް ހުރެގެނެއްންނު؟ ރަނގަޅަށް ވިއްޔާ ތިއުޅަނދުގެ ވެރިފަރާތެއް މިހާރަކު ނުވެސް ހައްދަވާނެ.
6 އަހަރު
14 March 2024
އަމައްޔާތް 2018ގެ ކަމެއް މިނިންމުނީ 6 އަހަރު ފަހުންދޯ ކިހިނެއް ހަލާލުވާ މުސާރަޔެއްތަތީ ގާޒީންނަށް