ޚަބަރު / ޓީޗަރުން

ސެން ޓީޗަރުންނަށް ރިސްކް އެލަވަންސް އަލުން ހަމަޖައްސައިދެނީ

ޗަރުންގެ ދުވަސް ފާހަގަ ކުރުމަށް ހިރިޔާ ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގައި އެ ސްކޫލްގެ ޓީޗަރުން: ސެން ޓީޗަރުންނަށް ރިސްކް އެލަވަންސް އަލުން ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

Play Audio News
Powered By Javaabu

ސެން ޓީޗަރުންނަށް ރިސްކް އެލަވަންސް އަލުން ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮންމެ ދުވަހަކު ރައީސް އޮފީހުން ގެނެސްދެމުން އަންނަ "ރައީސްގެ ޖަވާބު"ގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރެއް ކަމަށްވާ މ. މުލަކު، ސޯސަންވިލާ، އައިޝަތު ޝައުފާ މިއަދު ވަނީ އެ ދާއިރާގެ ޓީޗަރުންގެ މަދުކަމާއި އެ ޓީޗަރުންނަށް ކުރިން ލިބުނު ރިސްކް އެލަވަންސް މިދިޔަ އަހަރު ކަނޑާލާފައި ވާތީ އެކަމުގެ ކަންބޮޑުވުން ރައީސަށް ދަންނަވައިފަ އެވެ.

ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރުން ތަމްރީނުކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ. މި ދާއިރާގެ އިތުރުން އަދިވެސް މަދުކޮށް ތިބި އެހެން ދާއިރާތަކުން ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އޭގެ ތެރެއިން ސެން ޓީޗަރުންނަށް ހާއްސަ އިސްކަމެއްދީގެން އެ ދާއިރާއިން ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވި އެވެ.

ސެން ޓީޗަރުންނަށް ރިސްކް އެލަވަންސް ލިބުން ހުއްޓުނީ ކުރީ ސަރުކާރުން އަމަލުކުރަން ފެށި ޓީޗަރުންގެ އާ ޕޭ ފްރޭމްވޯކްގެ ތެރެއިން މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ސަބަބަބުންނެވެ. އެކަމާ ގުޅިގެން އެ ޓީޗަރުން އޭރު ވެސް ކަންބޮޑުވުން ފާޅުކުރި އެވެ.

"އެހެން ނަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ތިޔަ ވިދާޅުވި ކަންތަކުގައި، ސެން ޓީޗަރުންނަށް ރިސްކް އެލަވަންސެއް ނޫނީ ހާއްސަ އިތުރު ފައިސާގެ އިނާޔަތެއް ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސައިދޭނަން،" ރައީސް ވިދާޅުވި އެވެ.

ތައުލީމީ ދާއިރާގައި ދިވެހި ޓީޗަރުން އިތުރުކުރަން ގައުމީ މަޝްރޫއެއް ވަރަށް އަވަހަށް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވެސް ކުރިން ވިދާޅުވެފައިވެ އެވެ.

ތައުލީމީ ދާއިރާއަށް ވަންނަ ދިވެހިންގެ އަދަދު މަދުވާ އެއް ސަބަބަކީ މަސައްކަތާ އެއްވަރުގެ މުސާރައެއް ނުލިބުން ކަމަށް ބުނެ، ކުރީގެ ސަރުކާރުން މެއި، 2022 ގައި ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރަ ބޮޑުކުރި އެވެ. ނަމަވެސް، އޭގެ ފަހުން ވެސް، ޓީޗިންނަށް ވަންނަ ދަރިވަރުންގެ އަދަދަށް މާ ބޮޑު ބަދަލުތަކެއް ނާންނަ ކަމަށް ކޮލެޖު/ޔުނިވާސިޓީތަކުން ބުނެފައިވެ އެވެ.

25 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 36%
icon sad icon sad 0%
icon angry icon angry 64%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފުރޮޅޭ

17 March 2024

އަހަރެން އުޅޭ ތަނުގައި ލިފްޓެއް ނުހުރޭ. 4 ވަނަ ފްލޯއަށް އަރަންޖެހޭ. ކިތަންމެ ދުވަހަކު ފައި ފުރޮޅޭ. މިކަމާހެދި ނުބުނަން ހުއްޓަސް ސަލާމް ބުނަންވެސް ޖެހޭ. ރިސްކް އެލަވަންސް ނުލިބޭނެތަ!

އިސްހާގް އަލީ

17 March 2024

ރައީސް މުއިއްޒް އެއްވެސް ރައްޔިތަކު ބާކީ ނުކުރާނެ. ސެން ޓީޗަރުންގެ އިތުރުން ހާއްސަ އެހީ ބޭނުންވާ ކުދިންގެ އެލަވެންސްވެސް އެމަނިކުފާ ބޮޑުކުރާނެ.

ބަބޫ

17 March 2024

ކޮބާތޯ އެމީހުން ނަގާ ރިސްކަކީ؟ ޑޮކްޓަރުންނާ ނަރުހުންނަށްވެސް އެޔެއް ލިބޭ. އެކަމަކު އެއްމެ ފަހުން ކޮވިޑްގަ ރިސްކު ނަގާކަށް ނުކެރުނު. މުޅި ހަށިގަނޑު ނިވައިކޮށްގެން ނޫން ގޮތަކަށް މީހަކާ ދިމާލަށް ބަލާވެސް ނުލެވޭ. އޮންލައިންކޮށް ޑޮކްޓަރަށްދައްކާ ވައިޓަލްވެސް ޗެކް ނުކުރެވޭ. ހުންއައިސްގެން އޮންލައިންކޮށް ޓެމްޕަރޭޗާވެސް ބަލާނުލެވޭއިރު ބޮޑު އަދަދުން އެމީހުނަށް ރިސްކް އެލަވަންސް ލިބޭ.

ލުހާމް މުހައްމަދު

17 March 2024

ނޫން ތި ވިސްނާ ގޮތް ގޯހީ. ހާއްސަ އެހީއަށް ބޭނުންވާ ކުދިން ރިއެކްޓް ކުރާ ގޮތުން ވަރަށް ގިނަ ފަހަރު ޓީޗަރުންނަށް އަނިޔާވެފަ އެބަހުރި. ތަޖުރިބާއާއެކު މި ބުނަނީ.

ނޫނި

17 March 2024

މަހަކު ކިހާވަރެއްލިބިގެންތޯ ހިތްފުރޭނީ. ދުވާލަކު ކިތައްގަޑިތޯ ކުދިންނާއެކު ހޭދަކުރަނީ މިވެސް ބަލަންޖެހޭކަމެއް، ކުލާހެއްގަ އެބަތިބޭ 2 ކުދިންވެސް ހޭދަކުރަނީ ދޮޅުގަޑި އިރު ކިޔަވަދޭން 4 ޓީޗަރުން ބޮޑުމުސާރަ ދީފަ

ބޯހަލާކު

17 March 2024

މުސާރަ ދެގުނަ ބޮޑުކޮށްފި. ޢަދިވެސް ހިތްހަމައެއް ނުޖެހޭ ދޯ. ސިވިލް މީހުން ދާއިރާއިން މަރސްޓާސް ހެދިޔަސް ހަމަ މުކޮސް. ސެޓިފިކެޓް އެލެވެންސް ވެސް ނުލިބޭ. މީ ވަރަށް ބޭއިންސާފް. ދެން މުސާރަ ބޮޑު ކުރާއިރު މާލޭ ޓީޗަރުން ނަގާ ރިސްކް އަދި ބުރަ ބޮޑު. ޢެކަންކަމަށް ރިއާޔަތް ނުކުރަނީ ކީއްވެ. މި މުސާރަ އަކާ ހެދި ތަކެތީގެ އަގު މަތިވާއިރު ނިކަމެތިން ނިކަމެތި ހާލުގަ.

ޢުހުތު

16 March 2024

ސުކުރިއްޔާ ރައީސް.

ވަސީމާ ހައުލާތު

16 March 2024

އަޖައިބު. ސެން އަކަސް އެހެން ކަމަކަށް ވިޔަސް ހުކުރަސް ހޮނިހިރަސް ޕްރިންސިޕަލުން އެބަ ދަމާ ސްކޫލަށް އެކަކަމު އެމީހުންގެ އެކޮމޮޑޭޝަން ލާރި މިދިޔަ ސަރުކާރުން ކަނޑާލި ގޮތަށް މިސަރުކާރުންވެސް ނުދޭ. ދައްކަބަލަ ހޮނިހިރު ދުވަހު އޮފީހަށް ނިކުންނަން ނުޖެހޭ ޕްރިންސިޕަލެއް، އެކަމަކު އެދުވަހުގެ އެލަވަންސް ވެސް ކަނޑާލީ. މިހެން ހަދާތީ ކުދިރަށްރަށުގަ ތިބި ޕްރިންސިޕަލުން ސިޔާސީ މަގާމާ އެހެން މަގާމުތަކަށް ދުވަނީ. އެވާހަކަ ދައްކާނެމީހަކު ނުފެނޭ.

މުސްތޮފާ ކަރިމް

16 March 2024

އެކަހަލަ ކުދިން ކިބައިން ވަރަށް އަނިޔާ އަސްލު ލިބިފަ އެބަހުރި. މި އެލަވަންސް އަކީ ދޭން ޖެހޭ އެއްޗެއް. މުއިއްޒު މިކަން ކުރާތީ ޝުކުރިއްޔާ

އުދުހޭ

17 March 2024

ފައިމަގުގާ މަގުހުރަސްކުރާ މީހުންނަށް ދޭކަށް ނުޖެހޭބާ؟ މަގުހުރަސްކުރަނިކޮށް އެކްސިޑެންޓް ވެފަ އެބަހުރިވިއްޔާ.

ނޫމާން މުހައްމަދު

16 March 2024

މިއީ ވެރިންނަކީ. އެބަޔަކަށް ހައްގުވާ އެއްޗެއް ދެމުން މިދަނީ. ޖެހިލުމެއް ނެތި.

އާލިމް މުހައްމަދު

16 March 2024

އެ ޓީޗަރުންނަށް ހައްގު އެއްޗެއް ތިއީ. ތިކަން އަވަސް ކޮށްދޭތި މަނިކުފާނު

މަމޮ

17 March 2024

ލިބޭތާ ލިބިގަންނަންވާނެ..

ތިބުޔާން

16 March 2024

ހެޔޮ ވެރިޔެއް. މަރުހަބާ ހުރިހާ ސެން ޓީޗަރުން

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454