އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު--ފޮޓޯ: ފަޔާޒް މޫސާ
24 މާޗް 2024 - 12:34
ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކަށް އަރާފައިވާ ފެނާއި ނަރުދަމާ ނެޓްވޯކްތަކަށް އެ ބަދަލު ކުރަން 200 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގެ އިންފާރު ވަކި ކުރަން ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ ފެނާއި ނަރުދަމާ އާއި ބައެއް މަގުތަކަށް ހުރަސް އެޅޭ ގޮތަށް ގޯތި ދޫކޮށްފައި ވަނީ އަށް ސަރަހައްދެއްގައި ކަމަށެވެ.
އެގޮތަށް 150 އެއްހާ ބިން ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލަތައް ހުރި ކަން ކުރީ ސަރުކާރަށް ވެސް އެނގޭ ކަމަށާއި އެކަން ހައްލު ކުރަން 200 މިލިއަން ހަރަދުވާނެ ކަމަށް އޭރު ވެސް އެޗްޑީސީން ސަރުކާރަށް ދަންނަވާފައި އޮތް ކަމަށް ފަޒުލް ވިދާޅުވި އެވެ.
"މި މައްސަލަތައް ހައްލު ކޮށްގެން މަސައްކަތް ނިންމާކަށް މާ ގިނަ ދުވަހެއް ނުނަގާނެ. އުނދަގޫ ވާނީ ރީޑިޒައިނިން އާއި އެއަށް ދާ ހަރަދު،" އޭނާ ވިދާޅުވި އެވެ.
ފަޒުލް ވިދާޅުވި ގޮތުގައި މައްސަލަ ޖެހިފައި ހުރި ސަރަހައްދުތަކުން ފިޔަވައި އެހެން ހުރިހާ ބިންތަކަށް ހުއްދަ ދިނުމުގެ މަސައްކަތް މިހާރު ވެސް ކުރިޔަށް އެބަދެ އެވެ.
މިހާރު ވެސް އަށް ފަރާތަކުން އިމާރާތް ކުރުމުގެ ހުއްދަ އަށް އެދިފައިވާ ކަމަށާއި އެ މަރުހަލާތައް މިހާރު އިތުރަށް ފަސޭހަ ކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޭންޑްޔޫސް ޕްލޭންއެއް ނެތީ
26 March 2024
ކުރީގެ މިނިސްޓަރު އަސްލަމް އާއި އަކުރަމް ގެ ބޮލުގަ ތެތްކަމެއް ނެތީ. ލޭންޑްޔޫސް ޕްލޭންއެއް ނުހަދާ ކީއްވެ ދިނީ.
ޞިލްމް
25 March 2024
ފެނާއި ނަރުދަމާ އެޅީ ތަނެއް ދޮރެއް ނުބަލަ. އެހެންވެ މިހެންވީ
އިސްމާއިލް އީސަ
25 March 2024
ގޯތި ދިން އިރު އުސޫލުން ބަލާފަ ދިން ނަމަ ގައިމު ޑަބަލް މަސައްކަތް ކުރަން ނުޖެހުނީއެއްނު؟ އެހާވެސް ގަމާރީތަ ކުރީ ސަރުކާރުގެ ވެރިން.
މުސްތަފާ ކަރީމް
25 March 2024
ސޯލިހްގެ ޖަރީމާ ފެންނާނެ މިކަމުން އެކަނިވެސް.
ހަމަދު ސަލީމް
25 March 2024
ބަޔަކު ދެން ލާރި ހޯދަން ގޯތި ދިނަސް މި ބޮޑު ވަރު. ފަހުން އުދަގޫ ނުވާނެހެން ދިން ނަމަވެސް އިތުރަށް މި 200 މިލިޔަން ހަރަދު ކުރަން ނުޖެހުނީއެއްނު
ނިފްޒާ
25 March 2024
އިއްޔެ ބަލާލިން އެ ސަރަހައްދު، ބަޔެެއް ގޯތި އެބަހުރި މަގަށް އަރާ ގޮތަށްވެސް ދީފަ. އެއީ ފުކެއް ބޮޑުވަރު.
އިބްރާހިމް އުޝާމް
25 March 2024
ހުރިހާ ގޮތަކުންވެސް ގައުމު ފުޑާލާފަ ވެރިކަމުން ފައިބައިގެން މިދިޔައީ މި އެމްޑީޕީ ސަރުކާރުން.
ރިޔާަޝާާ
25 March 2024
އެޗްޑީސީއިން ހިންގަން އުޅުނީ ގޯތި ބެހުމުގެ ނަމުގަ ބޮޑު ޖަރީމާއެއް. މަގުތަށް މައްޗަށް އިންކަޑާ އެމްޑީޕީމީހުން އުޅުނީ ހޭބަލިވެގެން.
ނިޒާރްް
25 March 2024
އާހިރަތުގައި ބިން ވިއްކައިގެންނާއި ލިލޭދީގެންވެސް ދައުލަތަށް ވީ ބޮޑުތަނުން ގެއްލުން.
ޖީހާންް
25 March 2024
ރައްޔިތުންނަށް ގޯތި ދޫކޮށްފިޔޯ. އަވަހަށް ތި ގޯތިތަށް ދޭށޯ ކިޔާފަ ގޮވާ ކުދިން ކޮބާތަ. ކޮންތާކުން ކިހިނެއްތަ މި ގޯތި ދެނީ. އަކްރަމްމެން ދިން ބޮޑު ލަޑެއްމީ.