ދަރުމަވަންތަ މިސްކިތުން ވަގަށް ނެގި ފަންކާ ހަރުކޮށްފައި ހުރި ފާރު.
25 މާޗް 2024 - 12:26
ދަރުމަވަންތަ މިސްކިތުގެ ދެ ފަންކާ ރޭ ވަގަށް ނަގައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ ދަރުމަވަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާ ރޭގެ ވަގުތެއްގައި ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
މި ރޯދަމަހު ވަނީ މާލޭގެ ދެ މިސްކިތެއްގެ އަންހެނުން ވުޟޫ ކުރާ ބަޔަށް ވެސް ބަޔަކު ގެއްލުން ދީފަ އެވެ. ގެއްލުން ދީފައި ވަނީ ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާނާ ތައްޓާއި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަކަށެވެ. އެ މައްސަލަ ވެސް ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ. ނަމަވެސް އެ މައްސަލަތަކުގައި މީހަކަށް ފިޔަވަޅު ކަމަށް ފުލުހުން އަދި ނުބުނެ އެވެ.
ކޮންމެ ރޯދަމަހަކު ވެސް މާލެ އާއި ރަށްރަށުގައި ވައްކަމުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެ އެވެ.
ހުޅުމާލެ 2 ގައި ހިޔާ ފްލެޓްތައް ކައިރީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރުން އުޅުނު މީހަކު ކަރަންޓުގައި ޖެހިގެން މަރު ވެސް ވި އެވެ. އެ މީހާ މަރުވީ އެކި ދުވަސްތަކުގެ މަތިން ޓްރާންސްފޯމަރުތަކުން ވައްކަން ކުރަމުން ދަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލެޓިންމަނިކު
26 March 2024
މިތަކެތި ނަގައިގެންގެންގޮސް ވިއްކީމަ ގަންނަމީހުންވެސް ހޯދާ ބޮޑުއަދަބު ދީބަލަ. މިސްކިތައް ނަމާދަށް ދާ މީހުންގެ ފައިވާނާއި ބޫޓު ނަގައިގެން ގޮސް ވިއްކާ ކަމާއި އެގަނެގެން ބޭނުންކުރަނީ ކޮންބައެއްކަން ނޭގޭ ނުހޯދޭ ވަރުގެ ބޮޑުބިޔަ ބައްރެއް އޮތްތަނެއްނޫން މިއީ. ހުއްޓުވަންބޭނުންނަމަ ހުއްޓުވޭނެ. ފަތްބޮއެގެން ގޮސްމިކިތައް އަރާފަ ނިދަންއެބަތިބޭ.
ޓެރޭސްސް
26 March 2024
މިސްކިތްތަކަށްދޭ ގެއްލުން ފާހަގަކޮށް ސޯޝަލް މީޑިއާގައި އާއްމު ކުރަން އެބަފަށަން...
އަަހަރުން
26 March 2024
ތި ފަންކާ ވެސް ގަންނާނެ ބަޔަކު ވެސް ތިބޭނެ، ވަގުމީހާއާ ގަންނަ މިހާވެސް ކުށްވެރި ކުރަންވީ.
ފެންނަގޮތް
25 March 2024
ވައްކަންކޮށް ސާބިތު ވިއްޔާ އަތްކަނޑާނަމަ އިސާހިތަކު މި ވައްކަންތައް ހުއްޓިދާނެ.. މައްސަލަ އަކީ އަދުލު އިންސާފު ނެތުމާއި، ކުއްވެރީގެ ހައްޤު މާ ބޮޑުވުން
ސަފިކްސް
25 March 2024
ތި ވައްކަން ކުރާ މީހުން ޕޮލިހަށް ކަށަވަރުވީމަ ޕަބުލިކަށް ހާމަ ކުރުން ވަރައްމުހިއްމު ކަމުގައި ދެކެން
ކަތްދައްތަ
25 March 2024
ދަރުމަވާނެ މިއޮށްފަދަ ރޯދަ މަހު. ނޯމަލް މަހެއްގެ ކޮށްލާ ވައްކަމަކަށްވުރެ ހާސްބައި މިރޯދަ މަހު ކުރާ ވައްކަން ފަތަށް ބަރުކުރާނެ.
މާއެނގޭ
25 March 2024
ނުކުރާނެ
ޏަނާ
25 March 2024
ކަތްދައްތަ މެން ދަރުމަވާނެއޭ މިވެނި ކަމެއް ނުކުރާށޭ ކިޔާފަ ކިތަންމެ ވަރަކަށް ފިރުމާ އަޅާލިޔަސް ބާރުގަދަ މަސްތުވާ އެއްޗެހިން ސަލާމަތް ވާން ހޯދަން ޖެހޭނީ ފަރުވާ! އެކަން ނުކޮށް އަދި މަސްތުވާ އެއްޗެހީގެ ބޮޑުންނާއި ގޭންގްތަކުން ހިންގާ ކަރޓެލްތައް ނުހުއްޓުވާހާ ހިނދަކު ތިކަން އަދިވެސް ދާނީ ތި މަގުން!
ލަތީފާ
25 March 2024
މިއީ އެހެން ވެރިކަމެއް ނަމަ “ލާދީނީ” ނޫނީ ދީނަށް އިހްމާލުވާ ކަމުގެ ޓެގު އަޅުވާނެ. ސިޔާސީ މީހުން ނަކީ ދެފުއްކެރިން ކަން ރައްޔިތުން ވިސްނަވާ
ޖެއްސު
25 March 2024
ތިޔައީ ކުރީ ސަރުކާރުގެ ކަމެއް.