27 މާޗް 2024 - 19:24
ރާއްޖޭން ޗައިނާ އަށް އަނބުރާ ދައްކަންޖެހޭ ލޯނުތައް ރީސްޓްރަކްޗާ ކުރި ކަމުގެ އެއްވެސް މައުލޫމާތެއް އަދި ނުލިބޭ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އިމާދު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިން ޗައިނާ އަށް ކުރިއަށް އޮތް ފަސް އަހަރު ދައްކަންޖެހޭ ލޯނުގެ އަދަދު ދެއްކުމުގައި ވީހާ ވެސް ލުއި ގޮތްތަކެއް ހަމަޖެއްސުމަށް އެ ގައުމުގެ ރައީސް ޝީ ޖިންޕިން ނިންމަވާފައިވާ ކަން މިދިޔަ ޖެނުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ އެ މަނިކުފާނު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރަކު ވަނީ ޗައިނާއިން ނެގި ލޯނުތައް އަނބުރާ ދެއްކުން ލުއިކުރި ކަމަށް ރައީސް ވިދާޅުވެފައިވާތީ، އެކަމުގެ ތަފްސީލެއް ދެއްވަން އިމާދު އަރިހުން އެދިވަޑައިގެންފަ އެވެ.
"ޗައިނާ ލޯނުތައް ރީސްޓްރަކްޗާ ކުރެވުނު ކަމުގެ ރަސްމީ މައުލޫމާތެއް އަދި އަޅުގަނޑުމެންނަށް ލިބިފައެއް ނެތް،" އެ ސުވާލުގެ ޖަވާބުގައި އޭނާ ވިދާޅުވި އެވެ.
ރައީސް މުއިއްޒު އޭރު ވިދާޅުވެފައިވަނީ، އެ ކަން ކުރެވޭނެ ގޮތްތަކެއް ހަމަޖައްސަން ޗައިނާގެ މާލީ ދާއިރާގެ ފަންނީ ޓީމެއް ވަރަށް އަވަހަށް ފޮނުވަން ރައީސް ޝީ ނިންމެވި ކަމަށެވެ. "އޭރުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ލުއިތަކެއް ހަމަޖެހިގެން އެބަދޭ ލޯނުތައް ދެއްކުމުގައި ވެސް،" ރައީސް ވިދާޅުވެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސާ ނިޒާރު
28 March 2024
ރައީސް ނުބުނޭ ކޮށްފިޔޭ. ކުރަން އެއްބަސްވި ވާހަކަ ބުނީ. އެ ދަތުރަށް ފަހު އަދި 2 މަސްވެސް ނުވޭ. ހާސް ނުވެބަލަ. ކުރާނެ.
މ÷ދް
28 March 2024
ދޮގެއް ނޫނީ ނުހަދައޭ ހަމަ
ކައްޒބ
28 March 2024
ދޮގު މައްޗަށް ދޮގުހަދާ އެތައް ބަޔަކު އޮޅުވާލުމެއްގެ ތެރެޔަށް ވައްޓާލާފި. މި ކޮންހާ ދޮގެއް މި ހަދަނީ
ދިވެހީންގެ އިގްތިސާދު
28 March 2024
އެއްވެސް ގައުމަކުން ނަގާފައިވާ ލޯނެއް ފަސްކުރުމަކީ އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ މާލީ ރޭޓިން ދަށްވެގެންދާނެ ކަމެއް. މިގައުމުގެ އިގްތިސާދުގައި ލޯނު ދެއްކެއްހާ ހަކަތަަ އެބަހުރި. އަދި ކުޑަ އިންޓަރެސްޓް ރޭޓެއްގައި ދިގުމުއްދަތުގެ ލޯނު ނަގައިގެން، އަފައިސާއިން ދިވެހިރާއްޖޭގައި އިންވެސްޓްކޮށް ފައިދާނެގޭނެ ކިތަންމެ ކަމެއް އެބަހުރި. އެެޖާގަ ވެސް އެބައޮތް. ރައީސް މުއިޒުގެ ސަރުކާރުން ދިވެހިންގެ އިގްތިސާދެއް ބިނާކުރާނެ.
އަފްރާސިޔާބު
27 March 2024
އަދި މައުލޫމާތު ނާންނަނީ. އެވެސް މުއިއްޒު ސްޕީޑްގައި ދަތުރު ކުރާތީ އަދި މިހިސާބަށް ނާދެވިގެން އުޅެނީ. އައީމާ ލިބޭނެ. މުއިއްޒު ޗައިނާ އަށް ކުރި ދަތުރުގައި ރި ސްޓްރަކްޗަރ ކޮށް 2027 ދައި ދައްކަން ފަށަން ޖެހެނީ. އެއީ ވަރަށްވެސް ލުއިގޮތެއް. ދައްކާމުއްދަތެއް އިތުރެއް ނުކުރޭ. މިއަހަރު ދައްކަން ފަށަންޖޭ ލޯނެއް މުއްދަތުއިތުރު ނުކުރާނަމަ ބުރަ ބޮޑުވާނެ. ބުރަ ކުޑަކުރެވޭނީ އިގްތިސާދު ކުރިއަރާ މަސައްކަތަށް ފައިސާ ހޭދަ ކޮށްގެން. އެކަމެއް ނުކުރޭ. މުއިއްޒުތަފާތީ
އެފްއެމްއެމްއޭ
27 March 2024
ޗައިނާއިން ނެގި ލޯނުތައް މާފްކޮށްދޭށޭ ބުނަންވީއެއްނުން. އެއިރުން ދެން ޗައިނާއިން ލޯނު ނުދިނަސް ދިވެހިރާއްޖެއަށް ކުރިޔަށްދެވޭނެ.
ކިންލި
27 March 2024
ބެންކުން ލޯނުނަގާފަ ބުނަންވީ ދެންހެވޭ ލޯނު ނުދިނަސް ގެ ހަދާލައިގެން އަހަރުން އުޅެފާނެމާ.