ކުށްތަކުގައި ކުޑަކުދިން ބައިވެރިވުމުގެ މައްސަލައިގައި ކަމާގުޅޭ ފަރާތްތަކުން ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
07 އެޕްރީލް 2024 - 12:25
ސްކޫލްތަކުގެ ތެރޭގައި ބުލީ ކުރި 26 މައްސަލައެއް މި އަހަރުގެ މިހާތަނަށް ހުށަހަޅާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ރޭ ވިދާޅުވެއްޖެ އެވެ.
އއ. ރަސްދޫގެ މިސްކިތެއްގައި ކުޑަކުއްޖަކަށް އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމާ ގުޅިގެން ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގެ ވެރިން ބޭއްވި ނިއުސް ކޮންފަރެންސްގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، އެފަދަ މަންޒަރެއް މުޖުތަމައުގެ ތެރޭގައި ފެތުރުމުން އާންމުންގެ ކަންބޮޑުވު ކަަމަށް ވަނީ ތައުލީމީ ނިޒާމްގެ ތެރޭގައި އެފަދަ މައްސަލަތަށް ބަލައި އަމަލުކުރާ ގޮތާ ގުޅޭގޮތުން ކަމަށެވެ.
އެ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރައްވައި ޑރ. އިސްމާއިލް ވިދާޅުވީ، މި އަހަރުގެ މިހާތަނަށް އެކި ސްކޫލްތަކުން ހުށަހަޅާފައިވާ ބުލީކުރުމުގެ 26 މައްސަލައެއް ފާހަގަވެފައިވާ ކަމަށެވެ.
"މިއީ ވަރަށް ގިނަ. އެހެން ނަމަވެސް އަޅުގަނޑުމެންގެ މުޅި އިންޓަރެކްޝަންގެ ސްފިއާ އަށް ބަލައިފި ނަމަ އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް މިހާރު މި އޮތް ލެވެލްގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިއްޖެ ނަމަ މިއީ ހައްލު ކުރެވިދާނެ މައްސަލަތަކެއް ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
"އެޑިއުކޭޝަން މިނިސްޓްރީގެ އެކިއެކި ލެވެލްގައި ޓީޗަރުންނަށް ހިންގޭ ޕްރޮފެޝަނަލް ޑެވެލޮޕްމެންޓް ހަރަކާތްތަކުގައި އާއި ބެލެނެވެރިންނަށް ހިންގޭ އަހުލުވެރި ކުރުވުމުގެ ހަރަކާތްތައް އަދި ދަރިވަރުންނަށް ހިންގޭ އެކިއެކި ސިވިކް ޕްރޮގްރާމްތަކުގައި ވެސް ކުދިންގެ އެންގާ މެނޭޖް (ރުޅި ކޮންޓްރޯލް ކުރުން) ކުރުމާއި ބުލީ ކުރުން ފަދަ ވިޔާނުދާ އަދި ކޮށްގެން ނުވާނެ ފަދަ ކަންތައްތަކަށް ކުދިން އަހުލުވެރި ކުރުވާ އެފަދަ ކަންކަމުން ދުރުވުމަށް ވަރަށް ގިނަ ޕްރޮގްރާމްތަކެއް އެޑިއުކޭޝަން މިނިސްޓްރީގެ ތެރެއިން ހިނގަމުންދޭ."
ކުށްތަކުގައި ކުޑަކުދިން ބައިވެރިވުމުގެ މައްސަލައިގައި ކަމާގުޅޭ ފަރާތްތަކުން ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި، (ކ-ވ) އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް، އޭޖީ އުޝާމް، ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާން އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ބުލީގެ މައްސަލަތައް ހައްލު ކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި، ސްކޫލްތަކުގައި އެކަހަލަ ކުދިންނަށް ފަރުވާ ދިނުމަށް ކައުންސިލަރުން ނެތުމެވެ. ސަރުކާރުގެ ސްކޫލުތަކުގެ އަދަދު 225 ގައި އުޅޭއިރު، ކައުންސިލަރުން ތިބީ 51 ސްކޫލްގައި ކަމަށް ޑރ. އިސްމާއިލް ވިދާޅުވި އެވެ.
އެކަން ހައްލުކުރުމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ މަތިން ޓީޗަރުން ތަމްރީނު ކުރުމުގެ ހާއްސަ ޕްރޮގްރާމްގެ ތެރެއިން ސެން ޓީޗަރުންނާއި ކައުންސެލަރުން ތަމްރީނު ކުރުމަށް ބަލަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
08 April 2024
ސްކޫލް މާހައުލުގައި ކުދިން ކުރާ މިފަދަ ކަންކަމަށް ސްކޫލުން އަދަބު ދެވެންޖެހޭ. އަދި އެ އަދަބު ދިނުމުގެ ބޭނުމަކީވެސް ދެން ތިބި ކުދިންވެސް އެފަދަ ގޯސްކަމެއް ނުކުރުން.
ޢަނީ
08 April 2024
ކުރީ ސަރުކާރާއި މި ސަރުކާރު އަތްމަތިން ތައުލީމީ ދާއިރާ ހަލާކު ކޮއްލައިފި.ކަލަންޑަރާވެސް ކުޅުނީ ސިޔާސީ ބޭނުމުގައި.ކުދިންނާ އެކުދިންގެ މުދައްރިސުންނާމެދު ވިސްނާ އެކަކުވެސް ނެތް.ހުސް ސިޔާސީ ކަންކަމާ ވެރިކަން ދަމަހައްޓާމީހުން މިނިސްޓަރުންނަށް މި ވަނީ.
މަމީހާ
08 April 2024
ޓީވީ އައް އަރާ މޮޅު ވާހަކަ ދެއްކުންނޫން ކަމެއް އެބަ ކުރެވޭތަ؟
ތޮރީގް
07 April 2024
18 އަހަރު ނުވިޔަސް ޙައްގު އަދަބުދީ.. ކޮން 18 އަހަރެއް... ސްކޫލަށް ގޮއްސަ ވެސް އެހެން ކުދިންނަށް އުންދަގޫ ކުރަނީ... 18 އަހަރު ވާއިރު ތި 'ކުދިން' ވަޅި ހިފައިގެން އުޅޭނީ... އެމެރިކާގަ ވެސް އަދަބު ދޭ، ދިވެހި ރާއްޖޭގަ ވެސް އަދަބު ދެވެން ޖެހޭނެ... ކުށްކުރާ ޖެނެރޭޝަންތައް މިބޮޑެތި ވަނީ އަދަބު ނުދޭތީ. ރަގަޅަށް އަދަބުދީ...
ބުޕާހި
07 April 2024
ކިހިނެއް އިހުސާނާ އެޑިއުކޭޝަން މިނިސްޓަރަކަށް ތިހުރި މީހާ ހގޮވައިގެން މިހާ ކިބުރުވެރި ބަޔަކު ގޮވައިގެން މިކަން ވާނީ
ިސުސހ
07 April 2024
ފުނަދޫ ޖެންޑަރ ކުދިން ޕީސް ވިއްކާ ގޭންގު ހިންގަނީ ސްކޫލުގަ. ދިއްދޫވެސް އެފަދަ. ދެންވެސް ދައުލަތުން އެކުދިންނަށް އެތަކެތި ހޯދައިދީފަ ރުޅިނާރުވާބބައިތިއްބާ. ފޯނާ ޓެބާ އިންޓަރނެޓާ ހިތަކަށް ދީފަ ފާހިސްބަލަން ބައިތިއްބާފަ ތިބެނީ. ހުރިހާ ނުބައެއްގެ ޒިންމާ އުފުލަން ޖެހޭނީ ކަންކަމަށް ކުފޫ ހަމަނުވަނިސް އިސެވެގެން ތިބެ ރައްޔިތުންގެ ލާރިއާ ލޭބޮމުންދަ ޖާހިލު ސިޔާސީން
ނާ ގާބިލު މިނިސްޓަރު
07 April 2024
ހަމަ ހުވާ މިބުނީ، މީ ވަރަށް ނާ ގާބިލު މިނިސްޓަރެއް. ބޮޑާކަން ވެސް އިންތިހާ. ޓީޗަރޭ ޕްރޮގރާމޭ ކިޔާގެން ހުސް ދޮގު އެ ހެދީ. އިންތިޚާބަށް އެގްޒާމް ތައް އަވަސްކުރި އިރު، އަނގައިންވެސް ނުބުނޭ. ކުދިންގެ ކިޔެވުމަށްވުރެ ސިޔާސީކަންތައް މީނައަށް މުހިއްމު.
ތޮރީގް
07 April 2024
ގާބިލު މިނިސްޓަރެއް... ސީޔާސީ ކަންކަން އެއް ގޮތަށްކަށް ވެސް ނެތް... ބެލެނިވެރިން ދަރިން ނުބަލާތީ ކުދިން ކުށްކުރަނީ.. ބައެއް ބެލެނިވެރިން ދަރިން ނުބަލާ އަބަދު ގޯސް ކުރަނީ މުދައްރިސުން، މިނިސްޓްރީ، ސަރުކާރު...
ޓީޗަރު ހަލީމް
08 April 2024
ތިކަމާ އެެއްބަސް.ކަލަންޑަރު ޓީޗަރުންނަށާ ކުދިނަނަށް 7މަސް ޗުއްޓީ ނުލިބޭގޮތަށް ބަދަލު ކުރިއިރުވެސް މަޝްވަރާއެއް ނުކުރޭ. ރެއާއި ދުވާލު އޭނާ އެނބުރެނީ އޭނާގެ ގާތް ރަހްމަތް ތެރިޔާ މުއީޒުބުނާ ސިޔާސީ ކަންތައް ކޮއްދެވޭތީ. އެކަމެއްވެސް ކުރާކަށް ނޭނގޭ.ބޮޑުތަނުން ނާގާބިލު ބޮޑާ އަދި ފޮނި މީހެއް މިއީ.
ތޮރީގް ކޮއްކޮ
08 April 2024
ތޮރީގް ބޭ، ތިޔަ ބޮޑާ އެޑިއުކޭޝަން މިނިސްޓަރު މި ކޮއްކޮއަށް އިނގޭ. ތީ މިރަށު މީހެއް. މިހާރު ވަރަށް ތިމާއަށް ތިމާ ފެނިފަހުންނަނީ. އެ ބުނީ ރަނގަޅު ވާހަކައެއް. އޭނައަށްވެސް އިންތިޚާބު މުހިންމުވީ ކުދިންގެ ޓެސްޓަށް ވުރެ.
ޗޒުހާ
07 April 2024
ހޯމް މިނިސްޓަރާއި އެޑިޔުކޭޝަން މިނިސްޓަރުގެ ނެތް ތަހުރިބާއެއް
ތޮރީގް
07 April 2024
މި ސަރުކާރު އައިތާ އަދި މިވީ އެންމެ 5 ވަރަކަށް މަސް... ދަރިން ނުބަލާތީ 14/13 އަހަރުގެ ކުދިން ކުށްކުރަނީ... މި ސަރުކާރު ނޫނީ ކުރީ ސަރުކާރުގެ މައްސަލައެއް ނޫން... ބެލެނިވެރިން ދަރިން ނުބަލަނީ...
އައިޝަތު
07 April 2024
ދ.އަތޮޅުތައުލީމީ މަރުކަޒަކީ ގަނާ ކުރުމުގެ ހާޔެއް ...
ވަޒަން
07 April 2024
ސުކޫލުތަކުގައި ތިބޭ މުދައްރިސުން ކުދިންލައްވާ މިކަން ކުރުވާ ތަން އެބަފެނޭ..... ރުޅިއަނަނަ މީހެއްގެ ދަރި އަކަށްވާތި.......................... މުދައްރިސުން ކައިރީބުނީމަ އަޅާނުލާ އަދި ކިއެއްތަ ސްކޫލުގެ އިދާރާ އަށް އެެންގިީމަވެސް އަޅާނުލާ.. ތައުލީމުދޭ މުއްސަސާތަކުގައި ބޮޑެތި މައްސަލަ އެބައުޅޭ... ޗެކުކޮށްލައްވާ...