ކުޅިވަރު / ބައްސާމް

އެފްއޭއެމްގެ 12 މިލިއަން ޑޮލަރުން ބޮޑުބައެއް ބައްސާމް ހޭދަކުރީ މުދާގަނެ އަމިއްލަ ވިޔަފާރިއަށް: ޕީޖީ

ޖެނުއަރީ 2018 އިން އޮކްޓޯބަރު 2023 އަށް، ފީފާއިން އެފްއޭއެމް އަށް ގާތްގަނޑަކަށް 12.4 މިލިއަން ޑޮލަރު (191 މިލިއަން ރުފިޔާ) ދީފައިވޭ

އެފްއޭއެމްގެ ރައީސް ބައްސާމް: މިދިޔަ ފަސް އަހަރު ފީފާއިން އެފްއޭއެމަށް ދިން ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާ ކުރި --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިދިޔަ ފަސް އަހަރު، ފީފާއިން އެފްއޭއެމް އަށް ދިން 12 މިލިއަން ޑޮލަރުގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ، އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އެކައުންޓަށް ޖަމާކޮށް އޭނާގެ އަމިއްލަ ބޭނުންތަކަށް ހަރަދުކޮށްފައިވާކަމަށް ޕީޖީން ބުނެފި އެވެ.

ޕީޖީ އޮފީހުގެ ނިއުސްލެޓާ، "އުންސުރު" ގެ މިދިޔަ މަހުގެ އަދަދުގައި ބުނެފައި ވަނީ ޑޮލަރު މާރު ކުރުމުގެ ނަމުގައި އެފްއޭއެމްގެ އެކައުންޓުން ބައްސާމްގެ އެކައުންޓަށް ގިނަ ޢަދަދެއްގެ ފައިސާ ޖަމާކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

އެ ލިޔުމުގައި ބުނެފައި ވަނީ އެ ފައިސާ ބައްސާމްގެ އެކައުންޓަށް ޖަމާކުރުމަށް، ބޭންކަށް ފޮނުވާ މައުލޫމާތުގައި އެފްއޭއެމުން ޖަހާފައި ވަނީ "ސޭލްސް އޮފް ޑޮލަރު" ކަމަށެވެ.

" ... ނަމަވެސް، އެ ފައިސާ އަށް ވާ ދިވެހި ރުފިޔާ އެފްއޭއެމްގެ އެއްވެސް ރުފިޔާ އެކައުންޓަކަށް ޖަމާކޮށްފައިނުވެއެވެ. މާލީ މުއާމަލާތްތައް ހެކިދޭ ގޮތުގައި އެ ފައިސާ ބައްސާމް ބޭނުންކޮށްފައި ހުންނަނީ އަމިއްލަ ބޭނުންތަކަށެވެ.،" އުންސުރުގެ އާޓިކަލްގައި ވެއެވެ.

ޕީޖީ ޝަމީމް: އެފްއޭއެންގެ ކޮރަޕްޝަން މައްސަލަތައް ތަހުގީގު ކުރަން އެންގެވީ އޭނާ --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ފައިސާ ބޭނުންކޮށްގެން ބައްސާމް މުދާ ގަނެ އޭނާގެ ވިޔަފާރި އަށް ހަރަދު ކޮށް އާއިލާގެ ހަރަދުތަކާއި ބޭރު ދަތުރުތަކަށް ވެސް ހަރަދު ކުރުމުންދާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ޕީޖީ އޮފީހުގެ ލިޔުމުގައި ބުނެފައި ވެއެވެ.

އަމިން އެވެނިއުގައި ބައްސާމްގެ ނަމުގައި ދެ ޕެންޓް ހައުސް އާއި އެޕާޓްމެންޓެއް ހުރެ އެވެ."މިހާރު" އާ ވާހަކަ ދެއްކި މައުލޫމާތު އެނގޭ މީހަކު ބުނީ އެ ދެ ޕެންޓް ހައުސް އެއްކޮށްލައި ލަގްޒަރީ ފެންވަރަށް ވަނީ ހަދައިފަ އެވެ. އެ ދެ ޕެންޓް ހައުސްގެ އަގު 15 މިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށް އޭނާ ބުންޏެވެ.

އެފްއޭއެމުން ޑޮލަރު މާރުކޮށް ދިވެހި ރުފިޔާ ހޯދަމުން ގެންދިޔައީ އެއްވެސް އުޞޫލެއް ނެތި، އެކަމާ ގުޅޭ ރެކޯޑުވެސް ބެހެއްޓުމެއް ނެތި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެފްއޭއެމްގެ ކޮރަޕްޝަން މައްސަލަތަކުގައި ކުރިއަށްދާ ތަހުގީގުގެ ތެރެއިން އަދި މިހާތަނަށް ތަހުގީގު ނިންމައި ދައުވާ ކުރަން ފޮނުވީ އެންމެ މައްސަލައެކެވެ.

އެފްއޭއެމްގެ ފައިސާއިން 10،000 ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ފޮނުވައި އަމިއްލަ ކަންކަމަށް ބޭނުންކޮށްފައި ވާތީ އޭނާގެ މައްޗަށް މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާކުރުމަށް ޕީޖީން ކްރިމިނަލް ކޯޓަށް ވަނީ ފޮނުވައިފަ އެވެ.

އިތުރު މައްސަލަތަކުގެ ތަހުގީގު އަދި ވެސް ދަނީ ކުރިއަށެވެ. ތަހްގީގު އަވަސް ކުރުމަށް ބާރު އަޅައި ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް، ވަނީ އެ މައްސަލަ ތަހުގީގު ކުރާ ފުލުހުންގެ ތަހުގީގު ޓީމާ މިދިޔަ މަހު ބައްދަލު ކުރައްވައިފަ އެވެ.

އެ އެމައްސަލައިގައި މިހާރު ބާކީ ނުނިމި ހުރި މަސައްކަތްތަކަކީ ކޮބައިކަމާ އެމަސައްކަތްތައް ނިންމާނެ ގޮތުގެ ޓައިމްލައިނަކާ ބެހޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށް، ޕީޖީ އޮފީހުން ބުނެފައި ވެއެވެ. އަދި އެ ތަހުގީގަށް އިދާރާތަކުން ބޭނުންވާ އެހީތެރިކަން ހޯދޭނެ ގޮތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރި އެވެ.

ފުލުހުން އެފްއޭއެމްގެ މައްސަލަ ތަހުގީގު ކުރަން ފެށީ، ޕީޖީ އަންގަވައިގެންނެވެ. އެ ތަހުގީގުގައި މިދިޔަ އޮކްޓޯބަރު މަހު ފުލުހުން ވަނީ އެފްއޭއެމްގެ އޮފީހަށް ވެސް ވަދެފަ އެވެ.

52 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 13%
icon angry icon angry 65%
icon wow icon wow 6%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޮދީގުއިފިލި

20 April 2024

މާދަން ތީނަ އެހެން ޕާޓީއަކަށް ސޮއިކުރުމުން ތީނަގެ ހުރިހާ ފާފަތަކެއްފޮހެވޭނެ.

The name is already taken The name is available. Register?

ދެން ދޯ

19 April 2024

ކީއްވެގެންތަ އޭނަ އަދިވެސް އެމަގާމުގަ މިނިވަންކަމާއެކީ އެ އުޅެނީ

The name is already taken The name is available. Register?

އާއެކޭ

21 April 2024

މައްސަލަ ތަހުގީގު ކުރަމުންދާއިރު އެކަލޭގެ ސަސްޕެންޑު ކުރަން ޖެހޭނެ.

The name is already taken The name is available. Register?

އިއްޕަޓޭ

19 April 2024

ތިޔަ ހުރިހާކަމެއްވެސް މުޅިގައުމަށް ސާފުކޮށް އެނގޭ. ސުވާލަކީ މިފަދަ ބޮޑު ވައްކަމެއްކޮށްފަ ހުރި ފަރާތަކާމެދު ފިޔަވަޅުއަޅަން ކެރޭނެބާއޭ؟ މީނާ މިހިރީ މިހުރިހާ ޖަރީމާއެއް ހިންގާފަ، ގައުމުގެ ސިޔާސީފަރާތްތަކާ އެއްގޮތަށް ގޭންގުތަކުގެ ހިމާޔަތްހޯދައިގެން.

The name is already taken The name is available. Register?

ޗަކޮއި

19 April 2024

ބައްސާމު ކިޔާފިއްޔާ ކިންމެވެސް މައްސަލައެއް އުޅޭނެ. ކޮބާތަ މިދާކަށްދުވަހު ޖިންސީ ފުރައްސާރަކޮށްގެން އެހެލި ބައްސާމު؟؟ ވައުގަނޑު ހިނދުނީދޯ؟؟

The name is already taken The name is available. Register?

މަތިބަރު

18 April 2024

ދެން ކީވެތޯ ހައްޔަރު ނުކޮށް އެހެރީ؟؟ ހެކަށް ނުފޫޒު ފޯރުވަން ފުރުސަތެއް ދޭންތޯ ނޫނީ ފިލަންތޯ.

The name is already taken The name is available. Register?

ޓްރާންސްޕޭރެންސީ

18 April 2024

ޓެނިސް އެސޯސިއޭޝަނުންވެސް ކުރަނީ އަމިއްލަ ވިޔަފާރިތޯ ބަލާލަބަލަ.

The name is already taken The name is available. Register?

ސުވިންޑުލާ

18 April 2024

12،000،000 ސުވިންޑުލް ކުރީމަ 10،000 ފެނުނީ ކޮއްފަހުރިތަން…. މިކަޑަ… ހުރިހަ އެއްޗެއް ހާމަކުރެޭ، ދަވާކުރޭ

The name is already taken The name is available. Register?

އާސެނަލް

18 April 2024

ތިޔަ ބައްސާމްގެ ކަންތައް ހާދަ ބޮޑު ވެއްޖޭ، ދިވެހި ފުޓްބޯޅަ ހަލާކު ކޮށްލާފި،

The name is already taken The name is available. Register?

މުޑަހަންޖާ

18 April 2024

ވަގުންނަށް ހާސްދުވަހޭ ކިޔާއުޅެނީ، މިހާރު ހާހަކަށްވުރެވެސް ގިނަދުވަސްވެއްޖެ، ވަގު އަތުނުޖެހޭ.

The name is already taken The name is available. Register?

ސަލާމްް

18 April 2024

މިހެންވެ ދޯ ދިވެހިފުޓުބޯޅަ ހަލާކުވެގެން ދިޔައިރުވެސް މަގާމުން އިސްތިއުފާނުދީ މަގާމުގައި ގަދަކަމުން ހުރީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454