ގުރުއާން ހިތުދަސްކުރި ނަބީހު އަށް ސައުދީ އެމްބެސަޑަރު ހަދިޔާ ހަވާލު ކުރައްވަނީ-- ފޮޓޯ-- ހުސެން ވަހީދު/ މިހާރު
20 ފެބުރުއަރީ 2017 - 11:00
ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީން އިއްޔެ ބޭއްވި އިވެންޓެއް ކަވަރު ކުރަން ދިޔަ ނޫސްވެރިންނަށް "ހަދިޔާ"ގެ ގޮތުގައި ފައިސާ ބަހައިފި އެވެ. އެ ފައިސާ ބައެއް މީޑިއާތަކުން ވަނީ އަނބުރާ އެމްބަސީއާ ވެސް ހަވާލުކޮށްފަ އެވެ.
އޯޓިޒަމް ކުއްޖެއް ކަމަށްވާ ނަބީހު އަހުމަދު ޤުރުއާން ހިތުދަސްކުރުމުން އޭނާ އަށް ސައުދީ ސަފީރު ބަދްރް އަލް ހަލައިލް ހަދިޔާއެއް ދިނުމަށް ބޭއްވި ރަސްމިއްޔާތު ކަވަރު ކުރުމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ދިޔަ އެވެ.
އެ ރަސްމިއްޔާތު ނިމުމުން އެމްބަސީން ވަނީ ހަދިޔާއެއް ކަމަށް ބުނެ 500ރ. ލާފައި އޮތް ސިޓީ އުރައެއް ކޮންމެ ނޫސްވެރިއަކަށް ދީފަ އެވެ. "ހަދިޔާ" ދިނުމުގެ ކުރިން ބައެއް ނޫސްވެރިން އެތަނުން ނިކުތް ނަމަވެސް އެ މީހުންނަށް ފަހުން ގުޅައި، އެ ބަލައި ދިޔުމަށް ވެސް އެދުނެވެ.
"ސިޓީ އުރަ ދިން އިރަކު ނޭނގޭ ކޮން އެއްޗެއް ކަމެއް ވެސް. އެތަނުން ނިކުމެ ބެލުމުން އެނގުނީ އެއީ ފައިސާކަން ވެސް،" އިވެންޓް ކަވަރު ކުރަން ދިޔަ ނޫސްވެރިއަކު ބުންޏެވެ.
އެ އިވެންޓް ކަވަރުކުރަން ދިޔަ ރާއްޖެ ޓީވީން ބުނީ، ސިޓީއުރައިގައި އޮތީ 500ރ. ކަން އެނގުނު ވަގުތު އެ ފައިސާ އަނބުރާ އެމްބަސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ވާނީ އެތަނަށް އެ ސިޓީއެއް ވެސް ފޮނުވާފައި،" ރާއްޖެ ޓީވީން ބުންޏެވެ.
އިވެންޓް ކަވަރުކުރަން "މިހާރު"ގެ ނޫސްވެރިޔަކާއި ފޮޓޯގްރާފަރަކު ވެސް ދިޔަ އެވެ. އެ ސިޓީއުރަ ދިނުމުގެ ކުރިން "މިހާރު"ގެ ނޫސްވެރިން ނުކުމެގެން އައީ އެވެ. ފަހުން ގުޅުމުން، އެއީ ހަދިޔާއެއް ކަމަށް ބުނެފައިވާތީ އެ ބަލައެއް ނުދެ އެވެ. އެކަމަކު އެހެން ބައެއް މީޑިއާތަކުގެ ނޫސްވެރިންނަށް ދިން ފައިސާ އަށް ހެދި ގޮތެއް އަދި ސާފެއް ނުވެ އެވެ،
މިގޮތަށް ދޭ ހަދިޔާ ހަދިޔާގައި ހިފުމަކީ، ނޫސްވެރިކަމުގެ އަޚުލާގީ މިންގަނޑާ ޚިލާފު ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލިމީ
21 February 2017
ތިޔަ ފައިސާގައި ހިފުމަކީ އެއްވެސް މައްސަލައެއް ނޫން. ތިޔަ ވާހަކަ ލިޔާއިރު ނަބީހުގެ ވާހަކަ ތިޔަގޮތަށް ނުލިޔުނީ ކީއްވެބާ؟ މޮޑަރޭޓަރ މިކޮމެންޓް ކިޔާނެކަން ޔަގީން.
ހަޖްމޯލާ
21 February 2017
ސައުދީން އެއުޅެނީ އެމީހުން އެހެން ކަންކަންވެސް ކުރާގޮތަށް ލާރިދީފަ ނޫސްވެރިން ގަނެލަން، މުސްލިމުން ޓެރަރިސްޓުންނަށް ހަދާ މުޅިދުނިޔޭގެ ނަފުރަތު މުސްލިމުނަށް އަނބުރާލުމުގައި ސައުދީގެ އިސްދައުރެއްވޭ އެމީހުންގެ ހަރުކަށު ދީނީ އިލްމުން މުސްލިމުން މިއަދު ޓެރަރިސްޓުންނަށް ވެއްޖެ
އަޅުގަނޑު
20 February 2017
500 ދިރުހަމް ތަ؟ ވެދާނެ 500 ޔޫރޯ ކަމަށްވެސް.
ސަރުކާރު މީހާ
20 February 2017
އެންމެ 500 ރުފިޔާ؟؟؟؟ އެވެރިންނަށް ކަޅު ކޮތަޅުގާ މިލިއަނުން ދީފާ މިވެރިންނަށް އެންމެ 500؟؟ ސައުދީ އެމްބަސީއަށް އެޑްވައިސް ދިން މީހުންގެ މައްސަލައެއްމީ.. އަހަރުމެން 500 ރުފިޔާ އަށް ވިކެނީ ވޯޓުލާއިރު އެކަނި... އެހެން ކަންކަމުގާ ޑޮލަރުން އަގު އަދާކުރަން ޖެހޭނީ...
ބީތާ
20 February 2017
އަހަރެމެން ތިިއަށް ކިޔާ އުޅެނީ ނަޒާޙަތްތެރިކަން އިތުރުކުރުން.. ދެން ރިޝްވަތުއޭ ކިއީމަ ވަރަށް ހަޑިދެއްތޯ؟ ނަޒާޙަތްތެެރިކަން އިތުރުކުރުމަށްޓަކައި ހަމަ ކޮންމެ ނޫސްވެރިއަކަށް ފުލެޓެއްވެސް ދެވިދާނެ.. އެދެވޭ ޙަދިޔާއަކަށް ނިސްބަތްކޮށް ނަޒާޙަތްތެރިކަން ދަރަޖަކުރަނީ..
ޡަހާ
20 February 2017
ހާދަ ކުޑަ ލާރި ކޮޅެއް. ޕީޕީ ޖަލްސާއިން ވެސް ދޭ ވަރު ދޯ. 500 ޑޮލަރު ދިން ނަމަ މާ ރަނގަޅެއް ނު
ރެޓޭ
20 February 2017
އިންޑިޔާއިން ރާއްޖޭގެ ރައްޔަތުންނަށް ވިސާނުދީ އިންޑިޔާގެ ހައިކޮމިޝަން ދޮށުގައި އަވީލުމާއިގުޅިގެން ރާއްޖޭގެ ނޫސްތަކުން އިންޑިޔާއަށް އެއްޗެހި ގޮވަންފެށީމާ، އެކަން ހުއްޓުވަން އެމީހުން ހެދިގޮތަކީ ރާއްޖޭގެ ނޫސްވެރިންނަށް އިންޑިޔާގެ ދަތުރެއްދީ ތަޖްމަހަލް ދައްކާލާ ހެދީ. އޭގެ ފަހުން އިންޑިޔާ އާއި ކިޔައިގެން ނޫސް ވެރިން އެއްވެސް އެއްޗެއް ނުލިޔާ! މީ ކޮންކަހަލަ ކަރަޕްޝަނެއް.
ވަސީމާއްތަ
20 February 2017
ދިވެއްސަކަށް ވީތީ ފަޙުރުވެރިވޭ! ނުން ދިވެއްސެކޭ ބުނަން ލަދުގަނޜ މިހާރު. . .
މުހައްމަދު
20 February 2017
އެކި ގައުމުތަކުގެ އާދަކާދަ ތަފާތު. 500 ރުފިޔާ އެދިނީ ރިޝްވަތެއްކަމެއްކަމަށް ޔަގީންކުރެވޭކަށް ނެތް. އަޅުގަނޑު ބޭނުންވަނީ ކޮންމެކަމެއް ވެސް "ގޯސްކަމެއް" ކަމުގައި ޔަގީން ނުވާ ހިނދު މީހަކަށް ނުވަތަ ބައެއްގެ މައްޗަށް ކުށްހީނުކުރުން. ނަމަވެސް މި ހާދިސާއިން ސައުދީ އެމްބަސީއަށް އެނގިގެންދާނެ މިކަހަލަ ކަންކަމަކީ ދިވެހިރާއްޖޭގައި ސެންސިޓިވް ވާކަންކަން. އެހެން ކަމުން މީގެ ފަހުން ހިޔެއްނުވޭ އެފަދަ ގޮތަކަށް ފައިސާދޭނެހެނެއް.
ހަސަނު
20 February 2017
ސައުދީ ޕުރިންސުންގެ އާދަކާދައަކީ މުށް ޖަހާފަ ލާރި ބެހުން...
ފެންވަރު
20 February 2017
ފ.އަތޮޅުގެ ވާހަކަ ފޮރުވަންކުރި ކަމެއްތޯއްޗެ؟ ދޭނީ 500 ދޯ. އަބަދުވެސް އިވޭވިއްޔަ ދިވެހިން 500 ރުފިޔާއަށް ޟަމީރު ވިއްކާ އަޑު. މިކަމުގަ އެޅޭނެ ފިޔަވަޅެއް ކުރެވޭނެ ކަމެއް ނެތް. ސައޫދީ މީހުން ރުޅިއަރުވާކަސް މި ސަރުކާރަކަށް ނުކެރޭނެ!